|
ދީނާއި ދުނިޔެ -
ޢަޤީދާ
|
|
ހޮނިހިރު, 25 މެއި 2013 00:01 |
|
ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް މިދުނިޔޭގައި މީސްތަކުން އުޅެން ފެނިފައި އޮންނަނީ ދެ ގޮތެކެވެ. އެއްގޮތަކީ އަމިއްލަ ނަފުސު ރުއްސަން (Self oriented)މަސައްކަތް ކުރުމެވެ. ނުވަތަ އަމިއްލަ އެދުންތައް ފުއްދަން މަސައްކަތް ކުރުމެވެ. ދެވަނަ ގޮތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ރުއްސެވުން (God oriented)ހޯދަން އުޅުމެވެ.
|
|
|
ޚަބަރާއި މަޢުލޫމާތު -
މަޢުލޫމާތު
|
|
ހޮނިހިރު, 25 މެއި 2013 00:00 |
ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު ފެންމާތީ މާރުކޭޓު(ނުވަތަ ފްލޯޓިންގ މާރކިޓް)އަކީ ބޯޓުފަހަރުގައި މުދާވިއަކާ މާރުކޭޓުތަކެވެ. މި ކަން ފެށިފައި ވަނީ ޢާއްމު ދިރިއުޅުމުގައި ކަނޑު ދަތުރުރުފަތުރު މުހިއްމު ދައުރެއް އަދާކުރި ޒަމާނުގައެވެ. މިއަދު މި ފަދަ މާރުކޭޓުތައް ޢާއްމު ގޮތެއްގައި ހިންގަނީ ފަތުރުވެރީންގެ ޝައުޤުވެރިކަމަށް ޓަކައެވެ. މި ފަދަ އެންމެ ބޮޑެތި މާރުކޭޓުތައް މިހާރު ފެންނަން ހުރީ ތައިލޭންޑާއި އިންޑޮނޭޝިއާ އާއި ވިއެޓްނާމް ފަދަ ޤައުމުތަކުންނެވެ.
|
|
ބަހާއި އަދަބު -
ވަޒަންބަހުރުވަ
|
|
ހުކުރު, 24 މެއި 2013 00:01 |
|
ޙަސަން ޝާކިރު މުޙައްމަދު އުންމީދަކީ ޒުވާނުން ޤައުމަށް އަބަދު ލިބެވިވާ އުއްމަތް އެކީ ދިރޭނޭ ރަމްޒާ މަޤާމު ފަހިވާ
ތަމްރީނުތައްމެ ހޯދައި އެކިއެކި މަޤާމުތަކުގައި ތަދުބީރު އެކުލަވައިގެން ސީދާ މަގުން ހިގަންވާ
|
|
ބަހާއި އަދަބު -
ވާހަކަ
|
|
ހުކުރު, 24 މެއި 2013 00:04 |
އާދަމް ޝަރީފު ރޯޒީ ، ށ. ފުނަދޫ މަންމަގެ ހާލު ކިހިނެއް ހެއްޔެވެ؟ ތިޔަ ދުނިޔޭގައި ދިރިއުޅުން ރަނގަޅުހެއްޔެވެ؟ އަހަރެންގެ އުމުރުން އެންމެ ހަތް އަހަރުގައި އަހަރެން އެކަނިމާއެކަނި ދޫކޮށްލާފައިގޮސް މުޅިން އެހެން ދުނިޔެއެއްގައި އުޅޭއިރު އަހަރެންގެ މަތިން ހަނދާނެއް ނުވޭހެއްޔެވެ؟ އަހަންނަށް 7 އަހަރު ފުރުނު އިރު މަންމަގެ ޙާލު ވަރަށް ދެރައެވެ. އަލުން ދުނިޔޭގައި އުޅެވޭ ވަރަށްވުރެ މަންމަގެ ނުކުޅެދުންތެރިކަން ބޮޑެވެ. އެފަދަ ޙާލެއްގައި އޮވެގެން މަންމަ ދެއްކި ވާހަކަ ތަކުގެ ތެރެއިން އަހަރެންގެ ސިކުނޑީގައި ހަރުލާފައި އޮތީ ހަމަ އެންމެ ވާހަކަ އެކެވެ.
|
|
ތާރީޚާއި ސަގާފަތު -
ސަގާފަތު
|
|
ބުރާސްފަތި, 23 މެއި 2013 00:01 |
ޙުސައިން ޢަލީ، ގަނޑުވަރު، ހދ.ކުޅުދުއްފުށި އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޚިތާނުރުމަކީ، ސަލާމްލެއްވި އިބްރާހީމްގެފާނުގެއުމުރުފުޅުން 80 ވަރަކަށް އަހަރުފުޅުވީފަހުން އެކަލޭގެފާނު އަމިއްލަފުޅަށް ކުރެއްވި ކަމެވެ. އިބްރާހީމްގެފާނަކީ، ނަބީބޭކަލެއް އަދި ރަސޫލުބޭކަލެއްވެސް މެއެވެ. ރަސޫލު ބޭކަލަކު އުމުރުފުޅުން 80 (އަށްޑިހަ) އަހަރު ފުޅު ވީފަހުން މިކަހަލަ ކަމެއް ކުރެއްވުމުގައި ވަރަށް މަތިވެރި ޙިކުމަތްތަކެއް އެކުލެވިގެން ވާނެކަމީ ޝައްކެއްވެސް ހުރިކަމެއްނޫނެވެ. އަޅުގަނޑުމެންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ފޮނުއްވެވި އިރު ހުންނެވީ ޚިތާނުފުޅު ކުރެވިފައިވާ ކަމުގައި ދެކެވެމުން އަންނަވާކަ ތަކަކީ ގަބޫލު ކުރެވޭ ވާހަކަ ތަކެކެވެ. އަދި އަޅުގަނޑުމެން ދިވެހީންގެތެރޭގައިވެސް ދުނިޔެއަށް އަންނައިރު ޙިތާނުކުރަން ނުޖެހޭ ކުދިން ތިބޭކަމީ އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ.
|
|
|
|
|
|
|
ޞަފްޙާ 1 ■ ޖުމްލަ ޞަފްޙާގެ ޢަދަދު 199 |