“ލިޔުންތެރިޔާ” އަކީ ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން މަހަކު އެއް ފަހަރު ނެރޭ އަދަބީ މަޖައްލާއެކެވެ. މަޖައްލާގެ ފުރަތަމަ ޢަދަދު ނުކުތީ ޑިސެމްބަރ 2011 ގައެވެ.  މާލޭގެ މަޝްހޫރު ގިނަ ބުކްޝޮފްތަކުން “ލިޔުންތެރިޔާ” ބައްލަވައިގަންނަން ލިބިވަޑައިގަންނަވާނެ އެވެ. މި މަޖައްލާއަށް ލިޔުން ފޮނުއްވުމުގެ ދޮރު ވަނީ ދިވެހިބަހުން ލިޔެ އުޅޭ އެންމެންނަށް ހުޅުވިފައެވެ. ލިޔުން ފޮނުއްވާނީ މަޖައްލާއަށް އެޑްރެސް ކުރައްވައި ހ. އާމުލީގެއަށެވެ. ނުވަތަ ތިރީގައި މިވާ އެޑްރެހަށް އީމެއިލް ވެސް ކުރެއްވިދާނެއެވެ .

info@liyuntherin.org

މަޖައްލާގައި ޝާއިޢުކުރެއްވުމަށް ފޮނުއްވާ ލިޔުންތައް އޭ 4 ސައިޒުގެ 2 ޞަފުޙާ ބައި ނުވަތަ 3 ޞަފުޙާއަށްވުރެ ދިގު ނުކުރެއްވުން އެދެމެވެ. އެއީ ވޯޑް ފޯމެޓްގައި ފަރުމާ ފޮންޓު 12 ގައި ޓައިޕްކޮށްފައި ހުންނައިރު އެވެ. ސިޔާސީ ދާއިރާ ފިޔަވައި ޤައުމަށް ފައިދާހުރި ކޮންމެ މައިގަނޑުނަމަކަށް ވެސް ލިޔުއްވިދާނެ އެވެ. “ލިޔުންތެރިޔާ” އަށް ފޮނުއްވާ ޅެމެއް ނަމަ 7 ބައިބައިތަށް ވުރެ ކުރު ނޫން އަދި 15 ބައިތަށް ވުރެ ދިގު ނޫން މިންވަރަކަށް ބެހެއްޓެވުން އެދެމެވެ.

ލިޔުންތެރިޔާގެ:

ލިޔުންތެރިންގެ ގުޅުން

ޢަބްދުއްރަޝީދު ޙުސައިން

ޢަބްދުﷲ ނަޢީމު އިބްރާހީމް

 

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ޙަސަން ޝާކިރު މުޙައްމަދު

އަންވަރު އިބްރާހީމް

އަޙްމަދު ސަމީރު ޢަލީ

އާދަމް ނަޞީރު އިބްރާހީމް

އަޙްމަދު ޝިޔާމް

ލިޔުންތެރިންގެ ގުޅުން، ހ. އާމުލީގެ، މާލެ

މަސްއޫލުވެރިފަރާތް:
އެޑިޓަރ:
އެގްޒެކެޓިވް އެޑިޓަރ:
އެޑިޓޯރިއަލް ބޯޑުގައި އިތުރަށް ހިމެނިވަޑައިގަންނަވާ ބޭފުޅުން:
އިދާރާ: