ޖަމުޢިއްޔާ އުފެދުން

ލިޔުންތެރިންގެ ގުޅުމަކީ، ދިވެހިބަހާއި  ދިވެހި އަދަބިއްޔާތު  ދިރުވައި އާލާކުރުމާއި، ދިވެހި އަދަބިއްޔާތުގައި ހިމެނޭ  ޅެންވެރިކަމާއިލިޔުންތެރިކަމާއި  ވާހަކަދެއްކުންތެރިކަމުގެ  ހުނަރުތައް  ތަރައްޤީކޮށް ދެމެހެއްޓުމަށް  މަސައްކަތްކުރުމާއި، ދިވެހިބަހާއި  ދިވެހި  އަދަބީ  ފަންނުތައް ތަރައްޤީކުރަން  މަސައްކަތްކުރާ  ފަރާތްތަކަށް  އެހީތެރިވެ  އެއްބާރުލުން ދިނުމާއި، ދިވެހި  އަދަބީ  ތަރިކަތައް  ރައްކާތެރިކޮށް  ދެމެހެއްޓުމަށް މަސައްކަތްކުރުމާއި،  ދިވެހިބަހާއި  އަދަބިއްޔާތު ދިރުވުމަށްޓަކައި  ބައްދަލުވުންތަކާއި  ޖަލްސާތަކާއި  ކުލާސްތައް ބޭއްވުމާއި  ލިޔުންތައް ޝާއިޢުކުރުމުގެ މަޤްޞަދުގައި،  30  ރަބީޢުލްއާޚިރާ  1431 (15  އޭޕްރީލް  2010) ގައި މިނިސްޓްރީ އޮފްހޯމްއެފެއާޒްގައި ރަޖިސްޓަރީކޮށްފައިވާ ޖަމުޢިއްޔާއެކެވެ.  ރަޖިސްޓަރީ ނަންބަރަކީ: T/2010/42/24 އެވެ.

ޖަމުޢިއްޔާގެ  މުއައްސިސުންނަކީ،  ހ. އާމުލީގޭ  އަލްފާޟިލް ޢަބްދުﷲ ޞާދިޤާއި  ހ. ނަވާގަން  އަލްފާޟިލް  ޢަލީ މޫސާ ދީދީއާއި  ވ.ކަންދު  އަލްފާޟިލް  ރޯނުގޭ  ޙަސަން މަނިކާއި  މއ. ކަޝްމީރުވާދީ  އަލްފާޟިލް  އިބްރާހީމް ޙުސައިން މަނިކާއި  މ. މިސުރުގަނދަކޯޅިގޭ އަލްފާޟިލް  ކަށިމާ  އަޙްމަދު  ޝާކިރެވެ.  ޖަމިއްޔާގެ  އިދާރާއަކީ،  ހ. އާމުލީގެ އެވެ.

ހިންގާ ކޮމިޓީ (3)

ދިވެހިރާއްޖޭގެ ލިޔުންތެރިންގެ ޖަމްޢިއްޔާ [ލިޔުންތެރިންގެ ގުޅުމު] ގެ 3 ވަނަ ދައުރުގެ ހިންގާ ކޮމިޓީ ހޮވުނީ 1 ސެޕްޓެންބަރު 2017 ގައެވެ. ހިންގާ ކޮމިޓީއަށް ކުރިމަތިލުމަށް 2 ފަހަރެއްގެ މަތިން އިޢުލާނުކޮށްގެން ވެސް މަގާމުތަކަށް ކުރިމަތި ލައްވާފައިވަނީ ހިންގާ ކޮމިޓީއަށް ބޭނުންވާ އަދަދަށް ކަމަށްވާތީ، ހިންގާ ކޮމިޓީ ހޮވިފައިވަނީ، ވޯޓު ލުމަކާ ނުލައެވެ. ނާއިބު ރައީސުންނާއި އިތުރު މެންބަރުންގެ މަގާމު ކުރިން ތަރުތީބު ކުރެވެނީ ވޯޓުގެ އަދަދުން ކަމަށް ވިޔަސް، މިފަހަރު ވޯޓުލާން ނުޖެހޭތީ،  އެ މަގާމުތައް ތަރުތީބު ކުރެވިފައިވަނީ ގުރުއަތުލައިގެންނެވެ.

ލިޔުންތެރިންގެ ގުޅުމުގެ 3 ވަނަ ދައުރަށް އިންތިޚާބުވެފައިވާ ހިންގާ ކޮމިޓީ ތިރީގައި މިވަނީއެވެ.

 1. ރައީސް: މއ. އުރަހަ، ޢަބްދުއްރަޝީދު ޙުސައިން
 2. ނާއިބު ރައީސް: (1) ސ.ފޭދޫ / އާރާމުގޭ، ޢަބްދުﷲ ނަޢީމް އިބްރާހީމް
 3. ނާއިބު ރައީސް: (2) ހ.ހުދުފިނިފެންމާގޭ، ޙަސަން ޝާކިރު މުޙައްމަދު
 4. ޚަޒާންދާރު: މއ. ސިލްވަރބީމް، އަޙްމަދު ނަސީމް
 5. ސެކްރެޓަރީ: ހ. ވަލަންޖް، ޙުސައިން މުޙައްމަދު ޙަނީފް
 6. މަޢުލޫމާތު ފަތުރާ ސެކްރެޓަރީ: ގ. ލަންކާ، މުޙައްމަދު ސަލީމް
 7. އިތުރު މެންބަރު: (1) މ. ލަކީސްޓަރ، އަޙްމަދު ސަމީރު ޢަލީ
 8. އިތުރު މެންބަރު: (2) ށ. މަރޮށީ / ނޫރާނީގޭ، އިބްރާހީމް ސަލީމް
 9. އިތުރު މެންބަރު: (3) ރ. ކަނދޮޅުދޫ / ކެތި، ޢަބްދުﷲ މުޞްލިޙް
 10. އިތުރުމެންބަރު:  (4) ގ. ހުދުރުވާ، އަޙްމަދު ޝިޔާމް
 11. އިތުރު މެންބަރު: (5) މއ. ވެނީލާގޭ،  މުޙައްމަދު ނަޒީރު
ހިންގާ ކޮމިޓީ (2)

ޖަމްޢިއްޔާ ގެ ދެވަނަ ދައުރުގެ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ޖަލްސާ ބޭއްވުނީ 28 ޖެނުއަރީ 2012 (އަންގާރަ) ދުވަހުގެ ރޭ 9:00 ގައި އާރޓް ގެލަރީގައެވެ. ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ 11 މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު އިންތިޚާބުގައި 13 ކެންޑިޓޭޓުން ކުރިމަތިލެއްވި އެވެ.  އިންތިޚާބުގެ  ނަތީޖާގައިވާ  ގޮތުން  ލިޔުންތެރިންގެ  ގުޅުމުގެ ދެވަނަ  ދައުރުގެ ހިންގާ ކޮމިޓީއަށް އިންތިޚާބު ވެވަޑައިގަތް މެންބަރުންނަކީ:

1 . ރައީސް: އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން، މއ. އުރަހަ.

2 . ނާއިބު ރައީސް: އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، މާޒީ/ ލ. މާވަށް

3. ނާއިބު ރައީސް: އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ.

4 . ޚަޒާންދާރު: އަލްފާޟިލް ޙުސައިން ސިރާޖު، ހެދޭ ކުރި، ހދ. ވައިކަރަދޫ

5 . ސެކްރެޓަރީ:  އަލްފާޟިލް ޢަބްދުﷲ މުޞްލިޙު، ކެތި، ރ. ކަނދޮޅުދޫ

6 . މަޢުލޫމާތު ފަތުރާ ސެކްރެޓަރީ: އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް، ގިރިޓީގެ/އއ.ތޮއްޑޫ.

7 . މެންބަރ: އަލްފާޟިލް އަޙުމަދު ޝިޔާމް، ގ. ހުދުރުވާގެ، މާލެ

8 . މެންބަރު:  އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހީމް، އާރާމުގެ، ސ. ފޭދޫ

9 . މެންބަރު: އަލްފާޟިލް ޢައްބާސް އިބްރާހީމް، މ. ސިލްވަރ ކްލައުޑް، މާލެ

10. މެންބަރު:  އަލްފާޟިލް އަޙްމަދު ސަމީރު ޢަލީ، މ. ލަކީ ސްޓަރ

11 . މެންބަރު: އަލްފާޟިލް ރޯނުގޭ ޙަސަން މަނިކު، ވ. ކަންދު.

ހިންގާ ކޮމިޓީ (1)

ޖަމްޢިއްޔާ ފުރަތަމަ ހިންގާ ކޮމިޓީއަށް މެންބަރުން އިންތިޚާބު ކުރުމުގެ ޖަލްސާ ބޭއްވުނީ 6 ޖުލައި 2010 ގައި ހ. އާމުލީގޭގައެވެ. ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ 11 މަޤާމަށް މެންބަރުން އިންތިޚާބު ކުރުމަށްޓަކައި ބޭއްވުނު އިންތިޚާބުގައި 19 ކެންޑިޓޭޓުން ކުރިމަތިލެއްވިއެވެ. އިންތިޚާބުގެ ނަތީޖާގައިވާ ގޮތުން ލިޔުންތެރިންގެ ގުޅުމުގެ ފުރަތަމަ ދައުރުގެ ހިންގާ ކޮމިޓީއަށް އިންތިޚާބު ވެވަޑައިގަތް މެންބަރުންނަކީ:

1 . ރައީސް: އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން، މއ. އުރަހަ.

2 . ނާއިބު ރައީސް: އަލްފާޟިލް ޢަބްދުﷲ ރަމީޒް، ގ. އޯޝަންމީޑް.

3 . ނާއިބު ރައީސް: އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރު، މ. މިސުރުގަނދަކޯޅިގެ.

4 . ޚަޒާންދާރު: އަލްފާޟިލާ ޢާއިޝަތު ޙުސައިން މަނިކު، ހ.ރީނދޫކޮކާގެ.

5 . ސެކްރެޓަރީ: އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު، މާޒީ/ ލ. މާވަށް.

6 . މަޢުލޫމާތު ފަތުރާ ސެކްރެޓަރީ: އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް، ގިރިޓީގެ/ އއ.ތޮއްޑޫ.

7 . އިތުރު މެންބަރު: އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު، ހ. ހުދުފިނިފެންމާގެ.

8 . އިތުރު މެންބަރު: އަލްފާޟިލް އަޙްމަދު ސަމީރު ޢަލީ، މ. ލަކީ ސްޓަރ.

9 . އިތުރު މެންބަރު: އަލްފާޟިލް ވިލުފުށި މުޙައްމަދު ރަޝީދު، ހ. ފަޅޯމާ.

10 . އިތުރު މެންބަރު: އަލްފާޟިލް ރޯނުގޭ ޙަސަން މަނިކު، ވ. ކަންދު.

11 . އިތުރު މެންބަރު: އަލްފާޟިލް މުޙައްމަދު ނަޒީރު، މއ. ވެނީލާގެ އެވެ.

ޖަމުޢިއްޔާގެ ޙަރަކާތްތައް ހަލުވިކުރުމަށާއި އިދާރީ ފަސޭހައަށްޓަކައި، ހިންގާ ކޮމިޓީގެ ޤަރާރަކުން އިދާރީ 3 މަޤާމެއް އުފައްދައި އެ3 މަޤާމަށް ބޭފުޅުން ހަމަޖެއްސުނެވެ. އެއީ:

ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން: އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު.

ޑިރެކްޓަރ، ޕްރޮގްރާމްސް: އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު.

ޖެނެރަލް ސެކްރެޓަރީ: އަލްފާޟިލް އިޔާޒު ޖާދުﷲ ނަސީމް މި 3 ބޭފުޅުންނެވެ.

މީގެ އިތުރުން “އިދާރީ އެހީތެރިޔާ”ގެ ނަމުގައި ޖަމުޢިއްޔާގެ އިދާރީ އޮފީހުގައި މަސައްކަތްކުރާނެ ދާއިމީ މުވައްޒިފަކުހަމަޖެއްސުނެވެ.

ލޯގޯ އާއި ކުލަ

ޖަމުޢިއްޔާގެ ލޯގޯ ފަރުމާކޮށްދެއްވާފައިވަނީ “މުއާޓް އެންޑް އޭ” ގެ ފަރާތުން އަލްފާޟިލް މުޢާވިޔަތު ޢަލީއެވެ. ލޯގޯއިންރަމްޒުކޮށްދެނީ އެއް އަމާޒަކަށް އެތުރިފައިވާ ގަލަންތަކެކެވެ. އަދި އެގަލަންތަކުން ދުރަށް ފެތުރިފައިވާ އިރުގެ ދޯދިތަކެއް ދައްކުވައިދެއެވެ.ލޯގޯ ވެބްސައިޓްގެ ބޮލުގެ އެންމެ ކަނާތް ފަރާތުގައި ހުންނާނެ އެވެ.

ޖަމްޢިއްޔާގެ ރަސްމީ ކުލަތަކަކީ ކަޅާއި ހުދެވެ. ޢާއްމު ގޮތެއްގައި ލިޔެކިޔުންތައް (ގިނައިން) ހުންނަނީ ހުދުކަރުދާހުގައި ކަޅު ދެލިން ކަމުގައިވާތީ އެވެ.