ތިރީގައިމިވާ ޚިޔާލު ފޯމު ބޭނުންފުޅު ކުރައްވައިގެން މި ޖަމްޢިއްޔާއަށް ޚިޔާލު ފޮނުއްވާށެވެ. މިއީ ހަމައެކަނި ޖަމްޢިއްޔާގެ ކަންތައްތައް ކުރިއަށް ގެންދާށާއި، ކުރެވިދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަންތައްތަކާއި، ބަދަލު ކުރަން ފެނިވަޑައިގަންނަވާ ކަންތައްތަކާ ބެހޭގޮތުން ތިޔަބޭފުޅުންގެ ޚިޔާލުފުޅު ފޮނުއްވަން ޚާއްޞަ ކޮށްފައިވާ ފޯމެކެވެ. އަދި މި ޖަމްޢިއްޔާގެ މަޖައްލާ “ލިޔުންތެރިޔާ” އަށްވެސް މި ފޯމުން ޚިޔާލު ހުށަހެޅުއްވިދާނެއެވެ. އެހެންނަމަވެސް މި ވެބްސައިޓްގައިވާ ލިޔުމަކަށް ޚިޔާލުފުޅެއް ހުށަހަޅުއްވަން ބޭނުންފުޅުނަމަ، އެ ލިޔުމަކާއެކުގައިވާ ފޯމުގެ ބޭނުންފުޅު ކުރެއްވުން އެދެމެވެ. ކޮންމެ ޚިޔާލުފުޅެއް ވިޔަސް ދިވެހިބަހުން ތާނައިން ހުށަހެޅުއްވުމަށް ސަމާލުކަންދެއްވުން އެދެމެވެ.

3 Comments
 1. ސާދުނާ

  ސަމީރުބޭގެ ލިޔުމެއް ވަރަށް ކިޔާލާހިތްވެގެން މިއުޅެނީ

  (0)(0)
 2. އެނޮނީމަސް

  ޅެން ހަދަން ދަސްކޮށްދޭ ކޯހެއް، ނުވަތަ ޅެން ހަދަަން ޝައުޤުވެރިވާ ފަރާތްތަކަށް ޅެންހެދުމާ ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދެވޭނެ ގޮތެއް މި ޖައްމިއްޔާއިން ހޯދަވާދެއްވައިފިނަމަ ރަނގަޅުވާނެ ކަމަށް ދެކެން

  (0)(0)
 3. އެނޮނީމަސް

  ދިވެހިބަހުން ލިޔެފައިވާ ދިވެހިބަހުގެ ފޮތްތައް މިސައިޓުން ލިބުމަކީ ސައިޓަށް ލިބިގެންދާނެ އިތުރު ފުރިހަމަކަމެއްކަމުގައި ދެކެމެވެ. މިސާލަކަށް ދަންނަވާނަމަ ފަތްތޫރައިގެ ޢަދަދުތަކާއި، ކުރީގެ ވާހަކަތައްކަމުގައިވާ ދޮންމޮހޮނާއި މިޔަރު ފަދަ ވާހަކަތަކަކީ ލިއުންތެރިކަމުގެ ގޮތުން ވަރަށް ރަނގަޅު ފޮތްތަކެއްކަމުގައި ދެކެމެވެ. އަދި މީގެ އިތުރުންވެސް ގިނަ ޢަދަދެއްގެ ފޮތްތައް ދިވެހިބަހުން ލިޔެވި ސާޢިއުކުރެވިފައިވާ ވާނެކަން ކަށަވަރެވެ. އަޅުގަނޑު އުންމީދުކުރަނީ މިފަދަ ފޮތްތައް މިފަދަ ސައިޓަކުން ލިބެން ހުންނަކަމަށްވަނީނަމަ އޭގެ ފައިދާ ގިނަ ބަޔަކަށް ނުވަތަ ގިނަ ދަރިވަރުންތަކަކަށް ކުރާނެއެވެ.

  (1)(0)
Leave Comment