ތަރުޖަމާ: ޑރ. ޢަބްދުލް ޣަފޫރު ޢަބްދުއްރަހީމު
ދުވަސްކޮޅެއް މެދު ކެނޑުމަށްފަހު އަނެއްކާ ވެސް ލަވައެއްގެ ތަރުޖަމާ ހުށަހަޅާލަމެވެ. މި ލަވަޔަކީ މެކްސިކޯގެ މޫސީގާރަކުކަމުގައިވާ އަލްބެރްޓޯ ޑޮމިންގުއޭޒްގެ "ޕަރފީޑިއާ" (ބޭވަފާތެރިވުން، ޚިޔާނަތްތެރިވުން) ގެ އިގިރޭސިކޮޕީއެވެ. މިކޮޕީ ލިޔުއްވީ މިލްޓަން ލީޑްސެވެ. ލަވައިގެ މައުޟޫއަކީ ލޯތްބާއި ބޭވަފާތެރިވުމެވެ. ތަފާތު ފަންނާނުން މިލަވަ ކިޔައިފައިވެއެވެ. އިސްޕެނިޝް ބަހުންނާއި އިގިރޭސިބަހުން ވެސްމެއެވެ. މީގެތެރޭގައި ޒާވިޔޭ ކޫގހާޓް، ނެޓް ކިންގް ކޯލް،ލިންޑް ރޮންސްޑަޓް، އަދި ޖޫލީ ލަންޑަން ހިމެނެއެވެ.

ޖޫލީ ލަންޑަންގެ އަޑުން މިލަވަ އަޑުއައްސަވައިލައްވަން ބޭނުންފުޅުނަމަ މި އެޑްރެހަށް ޒިޔާރަތް ކޮށްލައްވާށެވެ.

http://www.youtube.com/watch?v=P8MjJXvnzj4

*************************

To you
My heart cries out ‘perfidia’
For I find you, the love of my life
In somebody else’s arms

 

ކަލާއާދިމާއަށް
“ބޭވަފާތެރިޔާއެވެ!” އަހަރެންގެ ހިތް އެބަ ގޮވަމުންގެންދެއެވެ.
އެހެނީ، ކަލާ – އަހަރެންގެ ހަޔާތުގައި އެއްމެ ބޮޑަށް ލޯބިވެވުނުމީހާ-،  އަހަންނަށް ފެންނަނީ
އެހެންމީހެއްގެ އުރުތެރޭގައި ވާތަނެވެ.

Your eyes are echoing “Perfidia”
Forgetful of the promise of love
You’re sharing another’s charms

 

ކަލާގެ ލޮލުން ފެންނަމުން ދަނީބޭވަފާތެރިކަމެވެ.
ވެވުނުލޯބީގެ ވައުދުތައް މަތީން (ކަލާވަނީ) ހަދާންނައްތާލައިފައެވެ.
ކަލާ ހިއްސާކޮށް އުފާތައް ހޯދަމުން ތިގެންދަނީ އެހެންމީހެއްގެ ޖާދުވީ ސިހިރުތަކުންވެ.

With a sad lament my dreams are faded like a broken melody
While the gods of love look down and laugh
At what romantic fools we mortals be

 

ފުން ހިތާމަތައް ދެމުންއަހަރެންގެ ހުވަފެންތައް،ކެޑި ބުރިވެފައިވާ ލަހުނެއްފަދައިން، ފަނޑުވެ ނެތިގެން ދިޔައީއެވެ.
އަދި ތަގުދީރު އަހަރުމެންނާ ދިމާއަށް އިހާނަތުގެ ލޮލަކުން ބަލައި މަލާމާތުގެ ހިނިތުންވުމަކުން ހިނުތުންވަމުންދާއިރު އެވެ.
އަހަރުމެން އިންސާނުންނަކީ ލޯބީގެ މައިދާނުގައި އެހާ މޮޔަ ބަޔަކަށްވީތީ އެވެ.

And now
I find my love was not for you
And so I take it back with a sigh
Perfidia’s won
Goodbye

 

އަދި މިހާރު އަހަންނަށް އެގި ޔަގީންވެއްޖެއެވެ.
ކަލާއަކަށް އަހަރެންގެ ލޯބި ހައްގެއްނޫނެވެ.
އެހެންވެ ހިތާމައިގެ ފުންމާނޭވާއެއްލައި އެލޯބި އަހަރެން އަބުރާ ގެންނަމެވެ.
ބޭވަފާތެރިކަން ކާމިޔާބު ހޯދައިފިއެވެ.
ކަލާ އަށް އަހަރެން އަބަދުގެ އަބަދަށް އަލްވަދާއު ކިޔަމެވެ.

With a sad lament my dreams are faded like a broken melody
While the gods of love look down and laugh
At what romantic fools we mortals be

 

ފުން ހިތާމަތައް ދެމުން އަހަރެންގެ ހުވަފެންތައް، ކެޑި ބުރިވެފައިވާ ލަހުނެއްފަދައިން، ފަނޑުވެ ނެތިގެން ދިޔައީއެވެ.
އަދި ތަގުދީރު އަހަރުމެންނާ ދިމާއަށް އިހާނަތުގެ ލޮލަކުން ބަލައި މަލާމާތުގެ ހިނިތުންވުމަކުން ހިނުތުންވަމުންދާ އިރު އެވެ.
އަހަރުމެން އިންސާނުންނަކީ ލޯބީގެ މައިދާނުގައި އެހާ މޮޔަ ބަޔަކަށް ވީތީއެވެ.

And now
I find my love was not for you
And so I take it back with a sigh
Perfidia’s won
Goodbye

 

އަދި މިހާރު އަހަންނަށް އެގި ޔަގީންވެއްޖެއެވެ.
ކަލާއަކަށް އަހަރެންގެ ލޯބި ހައްގެއްނޫނެވެ.
އެހެންވެ ހިތާމައިގެ ފުން މާނޭވާއެއް ލައި އެލޯބި އަހަރެން އަބުރާ ގެންނަމެވެ.
ބޭވަފާތެރިކަން ކާމިޔާބު ހޯދައިފިއެވެ.
ކަލާ އަށް އަހަރެން އަބަދުގެ އަބަދަށް އަލްވަދާއު ކިޔަމެވެ.

——————————–

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.