000އީރާނުގެ ޝާހް مصرގައި ހުންނެވުމަށް އަޅުގަޑުމެން إعتراض ކުރަނީ މިސަބަބުތަކަށްޓަކައެވެ. އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. ފުރަތަމަ ލިޔުއްވަން ފެއްޓެވީ [ސަރުކާރުގެ ޚަބަރު] ގެ ދައުރުގައެވެ. އޭގެ ފަހުން ރާއްޖޭގައި ނުކުތް ހުރިހާ ނޫސް މަޖައްލާތަކަށް ހެން ލިޔުއްވިއެވެ. ތަފާތު ދާއިރާތަކުގެ ލިޔުންތަކެވެ. ތަރުޖަމާތަކެވެ. އޭނާގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ދައުލަތުން އޭނާއަށް ވަނީ، “ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަން ގަލަން” އަރުވައިފައެވެ. ރާއްޖޭގެ ނޫސް ވެރިކަމަށް 50 އަހަރު ފުރުމުގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އީރާނުގެ ޝާހް مصرގައި ހުންނެވުމަށް އަޅުގަޑުމެން إعتراض ކުރަނީ މިސަބަބުތަކަށްޓަކައެވެ.

އަލްފާޟިލް ޢަބްދުއްރަޙީމް ޢަބްދުލްމަޖީދު (ރަޙިމަހުﷲ) އަކީ، ކުޅަދާނަ ލިޔުންތެރިއެކެވެ. ފުރަތަމަ ލިޔުއްވަން ފެއްޓެވީ [ސަރުކާރުގެ ޚަބަރު] ގެ ދައުރުގައެވެ. އޭގެ ފަހުން ރާއްޖޭގައި ނުކުތް ހުރިހާ ނޫސް މަޖައްލާތަކަށް ހެން ލިޔުއްވިއެވެ. ތަފާތު ދާއިރާތަކުގެ ލިޔުންތަކެވެ. ތަރުޖަމާތަކެވެ.

އޭނާގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި ދައުލަތުން އޭނާއަށް ވަނީ، “ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރަން ގަލަން” އަރުވައިފައެވެ. ރާއްޖޭގެ ނޫސް ވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައެވެ. 5 ޖޫން 1993 ގައެވެ.

ޢަބްދުއްރަޙީމްގެ މި ލިޔުން ނަކަލުކޮށްފައި މިވަނީ، ދުވަހު ނޫސް “ހަވީރު” ގެ 28 މާޗް 1980 ވީ ހުކުރު ދުވަހުގެ އަދަދުން ނެވެ.



ތިރީގައި އަޅުގަނޑު ލިޔެފައި އެވަނީ ސެޕްޓެމްބަރ 1979ގައި، މިސްރުގެ މަޝްހޫރު، إخوان المسلمون ގެނޫސް “الدعوة” ގައި  شائع ކުރެވިފައިވާ مضمونއެއްގެ ترجمة އެކެވެ. مضمونއަކީ މީގެ 5 މަސް ދުވަސް ކުރީން ލިޔެވި شائع ކުރެވިފައިވާ مضمونއެއް ކަމަށްވިޔަސް، މިވަގުތު خاص ގޮތެއްގައި، އޭގައި ބަޔާންކުރެވިފައިވާ ވާހަކަތަކުގެ أهميةކަން ބޮޑުވަފައިވާ ކަމަށް ލަފާކުރެވޭތީ މިترجمة  ހުށަހަޅާލުމަށް ގަސްދުކުރީއެވެ.      عبدالرحيم عبد المجيد

އީރާނުގެ ކުރީގެ شاه އަށް مصرން سياسي حماية ދިނުމަށް، مصرގެ عام رأي ގެ ވަރަށްބޮޑު ބަޔަކު ދެކޮޅުހަދައި إعتراضކުރާ ފަސް ސަބަބެއްވެއެވެ.

1     އީރާނުގެ شاه އަކީ، އިޒްރޭލުގެ إخلاصތެރި އެކުވެރި رحمة ތެރިއެއްކަމުގައި ހިމެނިފައިވާކަމެވެ. رمضان މަހުގެ [އޮކްޓޯބަރ 1973ގެ] ހަގުރާމައިގައި، އިޒްރޭލްގެ ޓޭންކުތަކަށް އެޅެވުނު ތެލަކީ، شاه ދެއްވިތެޔޮކަން ހަދާންކޮށްލުމުން މިދެންނެވި ބަހުގެ ހެއްކަކަށް ފުދެއެވެ. އިޒްރޭލަށް ލިބޭ ތެލުގެ ބޮޑުބަޔަކީ،  شاه ދެއްވާތެލެވެ. 1973ވަނަ އަހަރުގެ ހަގުރާމަ ފެށުމުންވެސް، މިތެޔޮ ދެއްވުން ހުއްޓައި ލައްވާކަށް شاه ޚިޔާލެއް ނުކުރައްވައެވެ.

2     އީރާނުގެ ކުރީގެ ޑިކްޓޭޓަރަކީ، مصرން، އޭނާގެ ކުރީން ساسي حماية ދެވުނު އެހެން ހުރިހާ سياسي މީސްތަކުންނާ خلاف ވެރިއެކެވެ. شاه އާއި އޭނާގެ عائلة ބޭފުޅުން، އީރާނުގެ ސަރުކާރުގެ خزانة ހުސްކޮށްލައްވައި އަތުލައްވާފައިވާ މުދައުތަކުގެ އަދަދުގެ ބޮޑުކަމަށް ބަލާއިރުއެވެ. އީރާނުގެ إسلامي ثورة އާ ދެކޮޅު، ޔޫރަޕުގެ ހުރިހާ ނޫސްތައް އެއްބަސްވެ إتفاق ވާގޮތުގައި، އީރާނުގެ ކުރީގެ شاهއާއި އޭނާގެ عائلةގެ މުދާވެރިކަން، އެއް ހާސް މިލިޔަން [އެއް ބިލިޔަން] ޑޮލަރަށްވުރެ އިތުރު ވެގެން ވެއެވެ. މިފައިސާވެރިކަމުގެ حقيقي އަދަދު ކަޑައަޅާލުމުގައި، ނޫސްތަކުގެ މެދުގައި خلاف ހުއްޓެވެ. ބައެއް ނޫސް ބަޔާންކުރާގޮތުގައި، އެއީ ދިހަ ހާސް މިލިޔަން ޑޮލަރެވެ. އަނެއްބައި ނޫސް ބުނަނީ 16 ހާސް މިލިޔަން ޑޮލަރުކަމަށެވެ. އަދި އަނެއްބައި ނޫސް، ވިހި ހާސް މިލިޔަން ޑޮލަރާ ހަމައަށް މިއަދަދު ގެންދެއެވެ.

ނޯޓުކޮށްލައްވާށެވެ. މިދެންނެވި ހީނުކުރެވޭފަދަ خيالي އަދަދުތަކަކީ، މުޅި مصرގެ ބަޖެޓުގެ ޖުމްލަ އަދަދަށްވުރެ ވެސް އިތުރު އަދަދުތަކެކެވެ.

مصرން، އީރާނުގެ شاه އަށް، سياسي حماية ދިނުމުގެ މާނައަކީ، އީރާނުގެ ރައްޔިތުންގެ އަތުން شاه ވަގަށް ނެންގެވި، މިދެންނެވި ފައިސާތައް حماية ކޮށްދިނުމެވެ. މިކަމަކީ އެއްވެސް މީހަކަށް قبول ނުވެވޭނޭކަމެކެވެ.

3     مصر ން سياسي حماية ދެވުނު، ހުރިހާ سياسي މީސްތަކުންނާ،  އީރާނުގެ شاهއާ ދެމެދުގައި ތަފާތުތައް އެބަހުއްޓެވެ. އަދި ކީއްތޯއެވެ؟ މުޅި ދުނިޔޭގައި  سياسي حماية ދެވޭ މީސްތަކުންނާ ވެސް، އީރާނުގެ شاه خلاف އެވެ. ސަބަބަކީ شاهގެ ވެރިކަމުގެ ދުވަސްވަރުގައި، މަރާލެވުނު، ކުށެއްނެތް މީސްތަކުންގެ ގިނަކަމެވެ. خاصކޮށް އޭނާގެ ވެރިކަމުގެ އެންމެފަހު އަހަރުގެ ތެރޭގައި، އޭނާގެ ވެއްޓެމުންދިޔަ تخت حماية ކުރެއްވޭތޯ ކުރެއްވި މަސައްކަތުގައި، އީރާނުގެ 80 ހާސް މީހުންނަށްވުރެ ގިނަބަޔަކު قتل ވެވުނުކަން ހަނދާންކޮށްލުމުން ވެސް، މިދެންނެވި ވާހަކައިގެ ހެއްކަކަށް ފުދެއެވެ.

ޝައްކެއްނެތެވެ. 1978 ވަނަ އަހަރުން ފެށިގެން، 1979 ވަނަ އަހަރުގެ ކުރީކޮޅާ ޖެހެންދެން، އީރާނުގެ ރަށްތަކުގެ ގިނަމަގުތަކުގެ މަތީގައި މަރަމުން ގެންދެވުނު މީސްތަކުންގެ މަރުގެ مسئول ފަރާތަކީ شاه އެވެ. މިއީ، 38 އަހަރުގެ މުއްދަތަކަށް ދެމިފައިއޮތް شاهގެ ވެރިކަމުގެ ކަޅު دورގެ ތެރޭގައި މަރާލެވުނު މީސްތަކުން ވެސް ނުލައެވެ.

شاه، އީރާނުން ފަހާލެވުމުގެ ކުރިން، އޭނާ قتل ކުރެއްވި ގިނަ މީސްތަކަށް ބަލާއިރު ނިކަރާގުއާގެ ޑިކްޓޭޓަރު ޖެނެރަލް ސުމޯޒާ ނޫން މީހަކާ އަޅާލެވޭވަރު ވެސް ނުވެއެވެ. އެންމެ ފަހުން ސުމޯޒާ ވެސް އޭނާގެ ރަށުން ފަހާލެވުނީއެވެ. މި ދެ ޑިކްޓޭޓަރުންނަށް ބަލާއިރުވެސް، ދެވެރިންގެ މެދުގައި މައިގަޑު ތަފާތުކަމެއް ވެއެވެ. އެއީ، ސުމޯޒާއާ ދެކޮޅަށް ثورة ކުރި މެދުތެރޭ އެމެރިކާގެ، އެރަށުގައި އުޅުނު މީސްތަކުންނަކީ، ހަތިޔާރު އަޅައިގެން އުޅުނު ބަޔެކެވެ. މިއާ خلافއަށް އީރާނުގެ ރައްޔިތުން، شاه އާ ދެކޮޅަށް  ثورة ކުރިއިރު، އެ މީހުންނަކީ إيمان ކަމުގެ ހަތިޔާރު ނޫން އެހެން އެއްވެސް ހަތިޔާރެއް ނެތް ބައެކެވެ. ކަންމިހެން ހުރި އިރު އޭނާގެ އަމިއްލަ قومގެ ދަރީން ކަތިލައިހެދި، ލޭ އޮހޮރުވާ މީހަކަށް، مهمان دارى އަދާކުރަން ރުހޭނީ ކާކުތޯއެވެ؟

4     شاه، މަރާލެއްވި މީސްތަކުންނާ  ނު حق ގޮތުގައި އަތުލެއްވި މުދާތަކަށްޓަކައި، އޭނާގެ މައްޗަށް شريعة ހިންގުމަށް، شاه، އީރާނަށް ފޮނުވައި ދިނުން އީރާނުގެ ރައްޔިތުން ނުހަނު حق ގޮތުގައި އެދިއެދި ތިއްބައި مصرން شاهއަށް مهمان دراى އަދާކުރުމުގެ ސަބަބުން، مصرއާ އީރާނުގެ ރައްޔިތުންގެ ދެމެދު، رحمة ގުޅުން ކަޑާލެވުމަކީ، އެދެވޭ ރަނގަޅު ކަމެއްކަމަކަށް އެއްވެސް މީހެއްގެ ބުއްދި قبولއެއް ނުކުރާނެއެވެ. އީރާނުގައި، شاه ހިންގެވި ވެރިކަމުގެ ނަތީޖާއަކަށް ވެފައިވަނީ، އީރާނު މުޅިން ބަރުބާދު ވެގެން ދިއުމެވެ.

5     مصرން، އީރާނުގެ شاهއަށް مهمان دارى އަދާކުރުމަކީ، سياسي حماية އެދޭ މީހުން قبول ކުރުމާމެދު، مصرގެ قانون أساسي ގެ 53 ވަނަ مادة އާ صريح ގޮތެއްގައި خلاف ވެވޭ خلاف ވުމެކެވެ. މިހެނީ ނުހަނު ސާފުގޮތެއްގައި އެ مادة ގައި بيان ވެފައިވަނީ “دولةން، ساسي حماية ދެވޭނީ، ރައްޔިތުންގެ مصلحةތައް، ނުވަތަ އިންސާނީ حق ތައް ނުވަތަ عدل އާއި صلح، دفاع ކުރުމަށްޓަކާ މަސައްކަތްކުރުމުގެ ސަބަބުން، އަނިޔާ ލިބެވޭ ބޭރުގެ ކޮންމެ މީހަކަށެވެ.” يقين ކަމާއެކު އެނގެނީ، އީރާނުގެ شاهއަކީ، މިދެންނެވި ހުރިހާ أصول ތަކުގެ عدوއެއް ކަމެވެ. އޭނާއަކީ، ރައްޔިތުންގެ مصلحة ތަކުގެ عدوއެކެވެ. އިންސާނީ حقތަކާއި، صلحއާއި عدلވެރިކަމުގެވެސް عدوއެކެވެ.

މިދެންނެވި ހުރިހާ ކަމަކަށްޓަކައި، އަދި ބަޔާންވެދިޔަ 5 ސަބަބާ އެހެންވެސް ސަބަބުތަކާހުރެ، އަޅުގަނޑުމެން ދެކެނީ، އީރާނުގެ شاهއަށް مصرން مهمان دارى އަދާކުރުމަކީ، އަޅުގަނޑުމެންގެ ރައްޔިތުން ތިބި ތެދުވެރި ސީދާގޮތާއި އަދި ހުރިހާ އިންސާނުން قبول ކޮށް تبعވާ عدلވެރިކަމުގެ ހުރިހާ أصولތަކާ تعارض ވާ ކަމެއްކަމަށެވެ. އަދި އެއީ، قومއެއްގެ ނިކަމެތިވެ ދިޔަ عزة ތެރިއަކަށް މާތްކޮށް ހިތުން ލާޒިމުކުރާ، إسلامي تعليمއާ ގުޅޭވެސް ކަމެއް ނޫނެވެ. އޭނާގެ އަނިޔާ ލިބިގެންވާ ރައްޔިތުން މެދުވެރިކުރައްވައި، މާތް ﷲ ނިކަމެތި ކުރެއްވި، ލޭ އޮހޮރުވާ އަނިޔާވެރިއަކަށް مهمان دارى އަދާކުރުން އެއީ إسلامي تعليم އާ އެއްގޮތްވާ ކަމެއް ނޫނެވެ. މިދެންނެވި ލޭ އޮހޮރާ އަނިޔާވެރިޔާއަކީ، އޭނާގެ ވެރިކަމުގެ ދުވަސްތަކުގައި، އެއްވެސް حق އަކާ ނުލައި، ރައްޔިތުންގެ ލޭއޮހޮރައި، “ރަށުން ފަހައި ބޭރުކޮށްލުމުގެ ކުރިން، ރައްޔިތުންގެ މުދަލަށް خياانة ކޮށް، އެމުދައުތަކުން ރައްޔިތުން محروم ކޮށްލި މީހެކެވެ.”

______________________________

About the author
Leave Comment