ޒަމާނުއްސުރެ ދިވެހީން ސަރުކާރަށާއި ސަރުކާރުގެ ތަންތަނަށް ނިސްބަތްކޮށް ބަސްތައް ބޭނުންކޮށް އުޅުނީ އެންމެ މާތް ބަހުރުވައިންނެވެ. މިކަން މިގޮތުގައި ދެމެހެއްޓުމަށް ޓަކައި “ބަހުގެ ހަމައިގެ” 49 ވަނަ ދެންނެވުމުގައި މިކަމަށްބާރު އަޅުއްވައި އޮފީސްތަކަށް ފޮނުއްވާފައިވެއެވެ. ސަރުކާރާއި ސަރުކާރުގެ އޮފީސްތަކަށް ނިސްބަތްވާގޮތަށް ވާހަކަދެކެވެމުންދާނީ އެންމެ މާތްކޮށެވެ. މިސާލަކަށް: ހ. ރައީސް އޮފީހުން އަންގަވަނީ ސަރުކާރުގެ އޮފީސް އޮފީހުން ދޫކުރައްވާ އެކިއެކި ރަސްމީ            ލިޔުންތަކަށް އުނިއިތުރެއް ގެންނަވައިފައި ދޫނުކުރެއްވުމަށެވެ.          ށ. ޑިޕާޓްމެންޓް އޮފް ޕަބލިކް ހެލްތުން އަންގަވަނީ…

ޒަމާނުއްސުރެ ދިވެހީން ސަރުކާރަށާއި ސަރުކާރުގެ ތަންތަނަށް ނިސްބަތްކޮށް ބަސްތައް ބޭނުންކޮށް އުޅުނީ އެންމެ މާތް ބަހުރުވައިންނެވެ. މިކަން މިގޮތުގައި ދެމެހެއްޓުމަށް ޓަކައި “ބަހުގެ ހަމައިގެ” 49 ވަނަ ދެންނެވުމުގައި މިކަމަށްބާރު އަޅުއްވައި އޮފީސްތަކަށް ފޮނުއްވާފައިވެއެވެ.

  1. ސަރުކާރާއި ސަރުކާރުގެ އޮފީސްތަކަށް ނިސްބަތްވާގޮތަށް ވާހަކަދެކެވެމުންދާނީ އެންމެ މާތްކޮށެވެ.

މިސާލަކަށް: ހ. ރައީސް އޮފީހުން އަންގަވަނީ ސަރުކާރުގެ އޮފީސް އޮފީހުން ދޫކުރައްވާ އެކިއެކި ރަސްމީ

           ލިޔުންތަކަށް އުނިއިތުރެއް ގެންނަވައިފައި ދޫނުކުރެއްވުމަށެވެ.

         ށ. ޑިޕާޓްމެންޓް އޮފް ޕަބލިކް ހެލްތުން އަންގަވަނީ ސާފުފެން ނުވަތަ ކެއްކިފެން ބުއިމަށެވެ.

           ނ. ސަރުކާރުން އަންގަވާ މިފަދަ އެންގެވުންތަކަށް ޢަމަލުކުރަން ޖެހޭނެއެވެ.


  1. އިސްލާމް ދީނާ ކީރިތި ޤުރްއާނަށް ނިސްބަތްވާގޮތަށް ބައެއް ބަސްބަސް ބޭނުންކުރެވެމުން ދަނީ ވެސް އެންމެ މާތް ގޮތަށެވެ.

މިސާލަކަށް:

       ހ. އަޅުގަނޑުމެންގެ މާތް އިސްލާމް ދީނުގައި ތެދުވެރިވުމަށް އަމުރު ކުރައްވައިފައިވެއެވެ.

       ށ. ކީރިތި ޤުރްއާނުގައި އަންގަވާފައިވަނީ “މާތް ރަސްކަލާނގެ ވޮޑިގެން ވަނީ ތެދުވެރިންނާ

         އެކުގައެވެ.” މިފަދައިންނެވެ.

މިގޮތަށް ލިޔެކިޔުންތައް ކުރިޔަށް ގެންދަވަނިކޮށް މި ދޭތެރެއަކުން މީޑިޔާއިން

މިހުރިހައި ތަންތަނަށް އާދައިގެ ގޮތަށް ވާހަކަދެކެވި ލިޔެވެމުން ދާންފަށައިފިއެވެ.

މީގެ ސިއްރެއް އެއްގޮތަކަށްވެސް ނޭނގުނެވެ.

އަޅުގަނޑަށް ވިސްނިފައި އޮންނަ ގޮތުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން

ބަޔާނެއް ދެއްވާނަމަ އެދެއްވަނީ، އެތާނގެ އިއްޒަތްތެރިއެކެވެ. އެ އިމާރާތް އެތާނގައި

ހުރެގެން ގޮވަނީއެއް ނޫނެވެ. އެހެންކަމުން އެބޭފުޅަކަށް ވާހަކަދައްކަންވާނީ، އެންމެ މާތް

ބަހުރުވައިންނެވެ.

މިހެން މިދެންނެވީ، ޚަބަރު ފަތުރާއިރު ކިޔަނީ މިސާލަކަށް “އެ ސުކޫލުގެ ފެންވަރު

ރަނގަޅުކުރާނެކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.” މިހެންނެވެ. ހަމަ ދެވަނަ

ޖުމުލައިގައި އެމިނިސްޓްރީގެ ނައިބު ވިދާޅުވިއޭ” އެބަބުނެއެވެ. ކުރީ ޖުމުލައިގައި އެބުނަނީ

ހަމަ އެބޭފުޅާގެ ވާހަކައެވެ. މިތާނގައި “އޭނާ ބުންޏޭ”، ބުނެވޭ ނަމަ އެހަމަ ކަމުހިނގައިޖައީހެވެ.

މިހަމަ ބޭނުންކުރާ ބައެއް މީހުން ބުނަނީ އިމާރާތް ވާހަކަ ނުދައްކާނެ ކަމަށެވެ. އެހެންވެ

ނުކިޔެނީއެވެ. އެކަމަކު ހައިރާންވާކަމަކީ، އެއިމާރާތް އެބަބުނެއެވެ. ވާހަކަ ނުދައްކާ އެއްޗެއް

ބުނަނީ ކިހިނެއްބާވައެވެ. ވީއިރު މިހަމަޔަކީ “ފުލެއް ބިތެއް މައްޗެއް” ނެތް ހަމައެކެވެ.

ދިވެހިބަހުގެ “ފުންނާބުއުސް” އަދި އިސްކޮޅުފުޅުން ދިގު ބޭފުޅުންގެ އިބާރާތްކޮޅެއް ބައްލަވާލައްވާށެވެ.

“ރާއްޖެ އިސްލާމްވުން” މިމައުޟޫއަށް އޒ. މުޙައްމަދު ޖަމީލު ލިޔުއްވާފައިވާ ލިޔުއްވުމެއްގައި ވިދާޅުވެއެވެ.

ވުޒާރަތުއް ދާޚިލިއްޔާގެ ފަރާތުން ނެރުއްވާ “ދިވެހި ތާރީޚަށް އައު އަލިކަމެއް” ދެން 1974 “އަމާޒުގައި” އެމަނިކުފާނު ލިޔުއްވި މަޒުމޫނެކެވެ.

“ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް” މި މައިގަނޑުނަމަށް ލިޔުއްވި މަޒުމޫނެއްގައި ލިޔުއްވާފައިވެއެވެ.

“ތާއަބަދު ދެމިހުންނަ ހެޔޮ ޒިކުރާއަކަށް ނިމުމެއް ނެތޭ”

1932 ވަނަ އަހަރު ދިވެހި ދައުލަތް ދުސްތޫރީ ދައުލަތަކަށް ބަދަލުވެ ވުޒާރާތައް އުފެދެމުން ދިޔައިރު، ވުޒާރަތުލް ހައްޤާނިޔާގެ ކާތިބެއްގެ ގޮތުގައި ދައުލަތުގެ ވަޒީފާ މުޙައްމަދު ރަޝިދަށް ދެއްވައިފިއެވެ.

1977 ވަނަ އަހަރު “އަމާޒު” ގައި ލިޔުއްވާފައިވާ މިދެންނެވި މަޒުމޫނުގެ އަނެއް އިބާރާތެވެ.

އަރުވާލެވިފައި ހުންނަވަނިކޮށް ލަސްތަކެއް ނުވެ ސަރުކާރުން މާފުކުރައްވައި މާލެ ގެންނަވައިފިއެވެ. ކުޑަދުވަސްކޮޅެއް ފަހުން މަހުކަމަތުލް އައުޤާފުގެ ކާތިބެއް ގޮތުގައި ދައުލަތުގެ ވަޒީފާ ދެއްވައިފިއެވެ.

ހަމަ މިޒުމޫނުގެ ދެވަނަ ބައިގައި އާދެ “ދާދި އަވަހަށް ނެތިފަނާވިޔަކަސް އަގެއްނެތް ޖިސްމުތައް”

ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ ފެށުމާއެކު ދައުލަތުގެ ފަރާތުން މާލޭގެ ހަތަރު އަވަށުގެ ރައްޔިތުންނަށް

އެކި ބާވަތުގެ އިރުޝާދުތައް ދެއްވާންޖެހިއްޖެއެވެ.

 

މަހުކަމަތުއް ދާޚިލިއްޔާގެ އެންގެވުންތަކާއި ރައްޔިތުންނަށް އިރުޝާދު ދެއްވުމުގެ ގޮތުން… ލިޔުންތައް ގިނަވެއްޖެއެވެ.

ލަސްތަކެއް ނުވެ އޭނާ މަހުކަމަތުލް އައުޤާފުން ދާޚިލިއްޔާއަށް ބަދަލުކުރައްވައިފިއެވެ. އަދިވެސް، ބޮޑުތަދުގެ ތެރޭގައި

ކާބޯތަކެތި އުފައްދާ ގަސް އިންދުމަށް ދައުލަތުން އަންގަވައިފިއެވެ. މާލޭގެ ހަތަރު އަވަށަށް އެކަމާބެހޭ މުބާރާތެއް

ހުޅުއްވާލެއްވިއެވެ.

“ރޯގާއިން ދިފާޢުވުމާ” ބެހޭ ގޮތުން އެމަނިކުފާނު ލިޔުއްވި ލިޔުއްވުމެއްގައިވެއެވެ.

ސަރުކާރުން ގޭގެއަށް ހަކުރު ފާރޮށި ސާގު ފަދަ ތަކެތި ފޮނުއްވައި މަރުވާ މީހުން ވަޅުލެވޭނެ ގޮތް ހައްދަވައި ދެއްވާން ފަށްޓަވައިފިއެވެ.

 

ދިވެހި ޤައުމު ސަލާމަތް ކުރެއްވުމަށްޓަކައި ދައުލަތުން އެޅުއްވި ހަރުދަނާ ފިޔަވަޅުތައް ތާރީޚް ފާހަގަކުރާނެކަން ކަށަވަރެވެ.

  


  • މިއީ މުސްތަޤްބަލްގެ ދަރީންނަށް ދައުލަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެވެ.

ސަރުކާރުގެ ޚަބަރު 12

”ދިވެހިރާއްޖެ ހަގުރާމައިގެ ވިލާގަޑެއްގެ ދަށުގައި” މީގައި ލިޔެވިފައިވާ ބައެއް އިބާރާތްތައް.

މަޙުކަމަތުއް ޝަރުއިއްޔާ އިން އިސްލާމްދީނާއި ގާނޫނުގެ ހަމަތަކުގެ މަތީން އިންސާފުކުރައްވައި އެމީހުން އަރުއްވާލައްވައި ނިމުނީއެވެ.

 

ސަރުކާރުން ކާތަކެތި ލައްވާފައި ފޮނުއްވި ޑަންގީ ރަހުމާނީ ފާދިއްޕޮޅުގައި ޖެއްސުމަށް ފަހު ފުރައިގެން ހިނގައްޖެއެވެ.

މިހިސާބުން ނަކަލު ކޮށްލަނީ، “މަދުރަސީ ޙަޔާތުގެ މަންޒަރެއް” އަލްއުސްތާޒު އިބްރާހީމް ޝިހާބުގެ އިބާރާތްކޮޅެކެވެ.


  • ދުވަހަކީ ކޮންމެ މަދުރަސާއަކަށް ދައުލަތުން އެކަށީގެންވާ އަދަދަކަށް މުދައްރިސުން ޚާއްސަ ކުރެއްވި ދުވަހެވެ.
  • ފަރީދިއްޔާގެ ނާޒިރަކު ކަމުގައި އަންނަބީލު މުޙައްމަދު ލަޠީފު އިސްކުރެއްވުނެވެ.
  • އިނގިރޭސި ދައުލަތާ ދިވެހި ދައުލަތާ ދެމެދު ވެވުނު އެގްރިމެންޓްގެ 1 ވަނަ ނަންބަރުގައި

ލިޔުއްވާފައިވެއެވެ.


  • ދިވެހި ދައުލަތާއި ބޭރު އެހެން ދައުލަތް ދައުލަތާ ދެމެދުގައި ހިނގާ ހުރިހައި ގުޅުމެއް ހިންގަވާނީ

އިނގިރޭސި ދައުލަތް މެދުވެރިކުރައްވައެވެ.

 

“ދިވެހީންގެ ފުރަތަމަ އެއަރޕޯޓް” މި މައިގަނޑުގެ ދަށުގައި ލިޔުއްވާފައިވާ ލިއުއްވުމެއްގައި ވެއެވެ.

“ދައުލަތުން އެންގެވި އެންގެވުމަށް” ފުރިހަމަޔަށް އިޖާބަދެވުނެވެ.

ބަހުގެ ބޮޑެތި އުސްތާޒުންގެ ލިއުއްވުންތައް މިގޮތަށް ހުރިއިރު، މިއަދުގެ ލިޔުންތެރީން ޚާއްޞަކޮށް

ރިޕޯޓަރުން އެގޮތަށް އެލިޔާ ސިއްރެއް އަޅުގަނޑަކަށް ނޭނގުނެވެ. އެގޮތެއް އެނގޭނަމަ ހާދަ ރަނގަޅޭ

ހީކުރަމުން މި ލިޔުމުން ގަލަން ވަކިކޮށްލަމެވެ.

-ނިމުނީ-

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment