000(  ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވީ އާދީއްތަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި) ރޯދަމަހަކީ އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މިއީ ވަކި މުއްސަންޖަކަށް ނުވަތަ މޮޅު މީހަކަށް އެކަނި ލިބިގެންވާ ފުރުޞަތެއް ނޫނެވެ. އަޅުގަނޑުމެންގެ ރޫޙާނީ ބާރާ އީމާންކަން ވަރުގަދަކޮށް ބަދަހިކުރުމަށްޓަކައި އެންމެ ރަޙީމުވަންތަ މާތް ﷲ ލައްވަވާފައިވާ ބަރަކާތްތެރި ރޭތަކަކާއި ދުވާލުތަކެކެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ މައްޗަށް ވެރިވުމަށްޓަކައި އަދި ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

(  ހިޖުރައިން 1399 ވަނަ އަހަރުގެ ރަމަޟާން މަހުގެ 19 ވީ އާދީއްތަ ދުވަހުގެ [ހަވީރު] ނޫހުން ނަކަލުކޮށްފައި)

ރޯދަމަހަކީ އަޅުގަނޑުމެން އެންމެންނަށް ލިބިފައިވާ ރަނުގެ ފުރުޞަތެކެވެ. މިއީ ވަކި މުއްސަންޖަކަށް ނުވަތަ މޮޅު މީހަކަށް އެކަނި ލިބިގެންވާ ފުރުޞަތެއް ނޫނެވެ. އަޅުގަނޑުމެންގެ ރޫޙާނީ ބާރާ އީމާންކަން ވަރުގަދަކޮށް ބަދަހިކުރުމަށްޓަކައި އެންމެ ރަޙީމުވަންތަ މާތް ﷲ ލައްވަވާފައިވާ ބަރަކާތްތެރި ރޭތަކަކާއި ދުވާލުތަކެކެވެ. އެތެރެއާއި ބޭރުގެ ދުޝްމިނުންގެ މައްޗަށް ވެރިވުމަށްޓަކައި އަދި ފުރިހަމަ މުޖުތަމަޢެއް ބިނާ ކުރުމަށްޓަކައި އެންމެ ބޭނުންވާ ރޫޙާނީ ބާރުތައް ލިބިގަތުމަށްޓަކައި ލައްވަވާފައިވާ މޫސުމެކެވެ.

– މިޒަމާނުގައި – މާއްދީ ބާރަކީ ވެސް ބޭނުންތެރި އެއްޗެކެވެ. ނަމަވެސް މި ރޫޙާނީ ބާރާ މާއްދީ ބާރު އެކުވެގެން މެނުވީ ކުރެވޭ ކޮންމެ މަސައްކަތަކީ، ވައިގެތެރެއަށް އުކާލާ ކުނިތަކެކޭ އެއްފަދަ އެއްޗެކެވެ. ރޫޙާނީ ބާރުން ބާރު ލިބިގެން މެނުވީ މާއްދީ ބާރު ހޯދޭނެ މަގެއް ނެތެވެ. ނުވަތަ މާއްދީ ބާރުން ކުރާނެ އެއްވެސް މަންފާއެއް ނެތެވެ.

ވީމާ، ދުނިޔެވީ ދިރިއުޅުން ކުރިއެރުވުމަށްޓަކައި ރޫޙާނީ ބާރުން ގަހަނާއެޅިގެންވުން ލާޒިމެވެ. ރޯދަމަހަކީ، ރޫޙާނީ ބާރުގެ މަހެކެވެ. ރޯދައަކީ، އެފަދަ ބާރެއްގެ މަޞްދަރެކެވެ.

About the author
Leave Comment