މިލިޔުމުގައި އަޅުގަނޑު މިބަލައިލަނި މީގެ ދުވަސްކޮޅެއް ކުރިން ރައްޓެއްސަކު އަޅުގަނޑަށް ވައިބަރުން ފޮނުވި ފޮޓޯ އެއްގައިވާ އިނގިރޭސިބަހުން ލިޔެފައިވާ ދޮޅަސް ދެ ފޮޅުވަތަށެވެ. މި ދެންނެވި ލިޔުމަށް ބަލައިލުމުގެ ކުރިން ސުންޑަ ކެލަޕައަކީ ކޮންތަނެއްގައި އޮންނަ ކޮންތަނެއްތޯ ބަލައިލުމަށް ގޫގުލް ކޮށްލީމެވެ. ތިރީގައި މިވަނީ ވިކިޕީޑިއާ ގެ ފްރީ ސައިޓްތަކުން ހޯދި ބައެއް މަޢުލޫމާތުގެ ޚުލާސާ އެކެވެ. އިންޑޮނޭޝިއާގެ ނޯތު ޖަކާޓާގައި އޮންނަ ސުންޑަ ކެލަޕަ  (Sunda Kalapa)އަކީ ޖަކާޓާގެ ދުވަސްވީ ބަނދަރެކެވެ. މިއަދު އެބަނދަރުގައިވަނީ، ދެކުނބުލީ…

މިލިޔުމުގައި އަޅުގަނޑު މިބަލައިލަނި މީގެ ދުވަސްކޮޅެއް ކުރިން ރައްޓެއްސަކު އަޅުގަނޑަށް ވައިބަރުން ފޮނުވި ފޮޓޯ އެއްގައިވާ އިނގިރޭސިބަހުން ލިޔެފައިވާ ދޮޅަސް ދެ ފޮޅުވަތަށެވެ.

މި ދެންނެވި ލިޔުމަށް ބަލައިލުމުގެ ކުރިން ސުންޑަ ކެލަޕައަކީ ކޮންތަނެއްގައި އޮންނަ ކޮންތަނެއްތޯ ބަލައިލުމަށް ގޫގުލް ކޮށްލީމެވެ. ތިރީގައި މިވަނީ ވިކިޕީޑިއާ ގެ ފްރީ ސައިޓްތަކުން ހޯދި ބައެއް މަޢުލޫމާތުގެ ޚުލާސާ އެކެވެ.

އިންޑޮނޭޝިއާގެ ނޯތު ޖަކާޓާގައި އޮންނަ ސުންޑަ ކެލަޕަ  (Sunda Kalapa)އަކީ ޖަކާޓާގެ ދުވަސްވީ ބަނދަރެކެވެ. މިއަދު އެބަނދަރުގައިވަނީ، ދެކުނބުލީ ރިޔާނެގި ލަކުޑި އުޅަނދެވެ. ޑަޗް މީހުންގެ ނިޝާންތަކެވެ. މިއަދު އެއީ ފަތުރުވެރީންގެ ސަމާލުކަން ހުއްޓިފައިވާ އެއް މަންޒިލެވެ.

ތާރީޚީ ގޮތުން.

ޗައިނީޒް ލިޔުންތެރިޔާ ޗު-ފެން-ޗި   1200 ވަނަ ގަރުނުގައި ލިޔުއްވާފައިވަނީ، ޗައު ޖު-ކުއަ  ފާހަގަކުރައްވާ ގޮތުގައި އިންޑޮޝިނޭއަން އާޗިޕިލޭގޯ ރަސްކަމުގެ ތެރޭގައި އެންމެ ބާރުގަދަ މުއްސަނދި ދެ ރަސްކަމަކީ، ސިރިވިޖިޔާ  އަދި ޖާވާ ކަމަށެވެ. 13 ވަނަ ގަރުނުގައ ިވެސް ސިރީވިޖިޔާ ސުމެޓްރާ ގެ މައްޗަށާއި މެލޭ ޕެނެސިއުލާއާއި ހުޅަނގު ޖާވާގެ މައްޗަށް އަމުރު ހިންގިއެވެ.

13 – 16 ވަނަ ގަރުނަށް ސުންޑަ ކިންގްޑޮމް ގެ މައި ބަނދަރަކީ ސުންޑަ ކެލްޕަ އެވެ. މި ބަނދަރު ބައިަުލްއަގުވާމީ ގޮތުން ކުރިއަރާ ދިއައީ ސްޕައިސް ޓްރޭޑްގައި ޚާއްޞަކޮށް އަސޭމިރުހުގެ ވިޔަފާރީ ގައެވެ.

1691 ގައި ޖަޔަކާޓާގެ އަނދާފައިވާ އަޅިތަކުގެތެރޭ ބަޓަވިއާ ސިޓީ އިިމިރާތް ކުރީ ޑަޗް އީސްޓް އިންޑިއާ ކޮމްޕެނ،ީ ސަލްޓަނޭޓް އޮފް ބޭންޓެން އަތުން އަތުލައިގެންނެވެ. އެ ހިސާބުން ބަޓަވިއާގެ ބަނދަރަކަށްވީ ކުރީގެ ދުވަސްވީ ބަނދަރެވެ. އެ ބަނދަރަށް ދެވަނަ ފަހަރަށް ސުންޑަ ކެލަޕަ ކިއާ ނަން ދިނީ އިންޑޯނޭޝިއާ މިނިވަންވުމަށް ފަހުގައެވެ.

ސުންޑާ ކެލަޕާގެ ވިޔަފާރި މުދާ.

ސުންޑާ ކެލަޕާގައި ވިކެވޭ ވިޔަފާރި މުދަލަކީ، ފެންވަރު ރަނގަޅު މުދަލަށް ވުމަކީ އަބަދު އެ ބަނދަރު އެންމެ ބޮޑަށް ތޮށްޖެހިފައި އޮންނަން ދިމާވާ މައިގަނޑު އެއް ސަބަބެވެ. ވިޔަފާރި މުދަލުގެތެރޭ ހިމެނެނީ ހަވާދުގެ ބާވަތްތަކާއި، ކާނާގެ ބާވަތްތަކާއި ފޭރާމުގެ ފޭލިތަކާއި ރަނާއި އަޅުންނާއި އަދި ލަކުޑިއެވެ. އެ ތަކެތި ގެންނަނީ ނުސެންތަރާ އާއި އޭސިއާގެ ޤައުމުތަަކުން ނެވެ. އެ ބަދަރުގައި ވިކެވޭ އެންމެ ފެންވަރު ރަނގަޅު ހަވާދުގެ ބާވަތަކީ އަސޭމިރުހާއި ހެލެބެއްޔާއި ކަރަންފުލާއި އަދި ފޮނިތޮށްޓެވެ. އަޅުން ގެންނަނީ ދިވެހިރާއްޖެއިން ނެވެ. ރަން ގެންނަނީ ސުމަޓްރާއިން ނެވެ. އަދި ރުކުން އުފައްދާ އެއްޗިއްސާއި ހަޑުލާއި ތަރުކާރީގެ ބާވަތްތަކާއި އަދި މޭވާ ބާވަތްތައް ހިމެނެއެވެ. ގެރިމަހާއި ބަކަރިމަހާ ކުކުޅު ގެންނަނީ ޖާވާއިންނެވެ. އަތުން ވިޔެފައި ހުންނަ ފޮތީގެ ބާވަތްތައް މެލަކާއަށް ވިއްކާއިރު ހަވާދުގެ ބާވަތްތައް ޔޫރަޕަށް ބޭރުކުރަނީ ހަމަ އެކަނި ކެއުމުގެ ގޮތުގައި ބޭނުންކުރާކަށް ނޫނެވެ. އިޓަލީ އާއި ގްރީސްއަށް ސެންޓު އުފެއްދުމަށާއި ބޭހުގެ ބާވަތްތައް އުފެއްދުމަށް ވެސް މެއެވެ.

______________________


 

 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment