000ފެހިކުލައިގެ ތޮޅިމިރުސް: ފެހިކުލައިގެ ތޮޅިމިރުހެއްގައި ހުންނަ ވިޓަމިން އޮރެންޖެއްގައި ހުންނަ ވިޓަމިނަށް ވުރެ އިތުރެވެ. އަދި ފުރިޖުގައި މިރުސް ބަހައްޓާނަމަ ތަނޑި ނަގާފައި ބެހެއްޓުމުން މިރުސްތައް ދޮން ނުވެ ފެހިކަންމަތީ ގިނަ ދުވަހު ހުންނާނެއެވެ. ލެޓިއުސްފަތް: ލެޓިއުސް ފަތް ވަޅިންކެނޑުމުގެ ބަދަލުގައި އަތުން ވަކިކޮށްލާށެވެ. އަދި ބޭނުން ކުރުމުގެ  ކުރިން ލޮނުކޮޅެއް ބުރުވާލުމުން އޭގެ ރަހަ ވަރަށްމީރު ވާނެއެވެ. ދޮންކެޔޮ: މާބޮޑަށް ދޮންވެ ފާވެފައިވާ ދޮންކޭލަކީ ހަކުރު ހުންނަ މީހުން  ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ.…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ފެހިކުލައިގެ ތޮޅިމިރުސް:

ފެހިކުލައިގެ ތޮޅިމިރުހެއްގައި ހުންނަ ވިޓަމިން އޮރެންޖެއްގައި ހުންނަ ވިޓަމިނަށް ވުރެ އިތުރެވެ. އަދި ފުރިޖުގައި މިރުސް ބަހައްޓާނަމަ ތަނޑި ނަގާފައި ބެހެއްޓުމުން މިރުސްތައް ދޮން ނުވެ ފެހިކަންމަތީ ގިނަ ދުވަހު ހުންނާނެއެވެ.

ލެޓިއުސްފަތް:

ލެޓިއުސް ފަތް ވަޅިންކެނޑުމުގެ ބަދަލުގައި އަތުން ވަކިކޮށްލާށެވެ. އަދި ބޭނުން ކުރުމުގެ  ކުރިން ލޮނުކޮޅެއް ބުރުވާލުމުން އޭގެ ރަހަ ވަރަށްމީރު ވާނެއެވެ.

ދޮންކެޔޮ:

މާބޮޑަށް ދޮންވެ ފާވެފައިވާ ދޮންކޭލަކީ ހަކުރު ހުންނަ މީހުން  ބޭނުން ކުރުން ރަނގަޅު އެއްޗެއް ނޫނެވެ. އެއީ އޭގައި ހަކުރުގެ މިންވަރު ވަރަށް މަތިވާނެތީއެވެ. އަދި ރޭގަނޑުގެ ކެއުމުގެ ފަހުން ދޮންކެޔޮ ބޭނުންކުރުން ވެސް އެހައި ރަނގަޅެއް ނޫނެވެ. އޭގެ ބަދަލުގައި ހެނދުނު ދޮންކެޔޮ ބޭނުން ކުރުން ރަނގަޅު ވާނެއެވެ.

ދަނޑިއަލުވި:

ދަނޑިއަލުވި ކައްކަން ވާނީ މަތިނުޖަހައި ހާމައަށް ބަހައްޓައިގެންނެވެ. އަދި ޕްރެޝަރ ކުކަރެއްގައި ކެއްކުން ވެސް ރަނގަޅެއްނޫނެވެ. ކައްކާ ނިމުމަށް ފަހު ފެންފޮދު އުކައިލަންވާނެއެވެ. ދަނޑިއަލުތްވާއެކު އެއް ކެއުމެއްގައި އިނގުރު ބޭނުން ކުރުން ރަނގަޅެއް ނުވާނެއެވެ.

__________________________

މައުލޫމާތު: 16 ޖޫން 2016 ގެ [ޑެއިލީ މިރަރ] އިން

About the author
1 Comment
  1. މޫސާ

    ވިޓަމިން މިއީ އާމްކޮން ކިޔާގޮތް ދެއްތޮ ނަމަވެސް މިފަދަ ލިޔުމެއް ހުށަހަޅާލަ ދެއްވާއިރު ހިމެނެނީ ކޮން ކޮން ވިޓަމިނެއް ކަން އަދި އޮރެންޖް ގަ އާއި މިހުރުގެ ހުރިތަފާތު ޕަސެންޓޭޖްވެސް ހުށަހަޅާލި ނަމަދޯ މި ހާރު ގޫގްލް ސަރޗް ކޮއްލީމަ ހުރިހާ މައުލޫމާތެއްވެސް އެހުރީ ހެންނަން

    (2)(0)
Leave Comment