މާފަންނު ދަނޑިކޮށީގޭގައި ހުންނެވި، މުސްކުޅި ރަނަހަމައިދި ކަލޭގެފާނުންނަކީ މުސްކުޅި ޢިމާދުއްދީން ރަދުންގެ ތިއްބެވި ބެއިފުޅުންގެ މައިފުށުގެ ބޮޑުބޭބެއެވެ. މީނާ މާންދޫގޭ ބަނޑޭރިކަމުގައި ހުންނެވިއިރު އެއްދުވަހަކު ހަވީރު ޢިމާދުއްދީނު ރަދުން ފޮނުއްވީމާ އައި މީހަކު އޭނާ ގާތުގައި ނަންގެންފިޔޭ. ރަދުން ވިދާޅު ބަސްފުޅު އިއްވެވިޔޭ. މިރޭ މިތާގައި ލަވަކިއުއްވާން ކަމަށެވެ. ޢިޝާނަމާދުން ފައިބައިގެން ސެޓިގަމު ބަޔަކު އަންނާނެއެވެ. ވެވެއް އޮތްތޯ އަހައިބަލާށޭ ވިދާޅުބަސްފުޅު އިއްވެވީމާ އައީއޭ. ރަނަހަމައިދި ކަލޭގެފާނު އާނ ވެވެއް އެބޯތޭ. މިހެން ބުނުއްވައިފިއޭ. ދެން ދުރުވެ…

މާފަންނު ދަނޑިކޮށީގޭގައި ހުންނެވި، މުސްކުޅި ރަނަހަމައިދި ކަލޭގެފާނުންނަކީ މުސްކުޅި ޢިމާދުއްދީން ރަދުންގެ ތިއްބެވި ބެއިފުޅުންގެ މައިފުށުގެ ބޮޑުބޭބެއެވެ. މީނާ މާންދޫގޭ ބަނޑޭރިކަމުގައި ހުންނެވިއިރު އެއްދުވަހަކު ހަވީރު ޢިމާދުއްދީނު ރަދުން ފޮނުއްވީމާ އައި މީހަކު އޭނާ ގާތުގައި ނަންގެންފިޔޭ. ރަދުން ވިދާޅު ބަސްފުޅު އިއްވެވިޔޭ. މިރޭ މިތާގައި ލަވަކިއުއްވާން ކަމަށެވެ. ޢިޝާނަމާދުން ފައިބައިގެން ސެޓިގަމު ބަޔަކު އަންނާނެއެވެ. ވެވެއް އޮތްތޯ އަހައިބަލާށޭ ވިދާޅުބަސްފުޅު އިއްވެވީމާ އައީއޭ.

ރަނަހަމައިދި ކަލޭގެފާނު އާނ ވެވެއް އެބޯތޭ. މިހެން ބުނުއްވައިފިއޭ. ދެން ދުރުވެ ގޭގައި ހުންނަވަނިކޮށް އެރެއިގެ ޢިޝާވަޤުތަށް ފަހު ލަވަ ކިޔާމީހުން އަތުވެއްޖެޔޭ. ރަދުންވެސް ފައިވާންފުޅު އަޅުއްވައިފިޔޭ. ދެން ރަނަހަމާދި ކަލޭގެފާނު ގޭގައި ހުއްޓައި ބަލައި ފޮނުއްވައި ގެންނަވައިފައި.

ރަދުން: ބަލަ އާދަންފުޅާޔޭ. މިރޭ މިތާގައި ލަވަކިޔުއްވާނޭތީ އެކަންތައް މިތާގާ ވެވޭންއޮތްތޯ އަހާން މީހަކު ފޮނުވީމާ ވެވެން އެބޯތޭ ބުނެފައި އަޅާނުލާ ތިޔަހުރީ ކީއްވެފާހޭ.

ރަނަހަމައިދިކަލޭގެފާނު: އެއައި މީހަކު އަޅުގަނޑު ގާތުގައި ކީއެއްޗެއްކީ އަޅުގަނޑު އެކަނި ހުއްޓަޔެއް ނޫނޭ. އެހެން މީހުން ވެސް ތިބޫއޭ.

އޭނާ އަޅުގަނޑު ގާތުގައި ބުނީ މިތާގައި ވެވެއް އޮތްތޯ އަހައިބަލާށޭ. މިހެންނޭ. އަޅުގަނޑު ބުނީވެސް ވެވެއް އޮތް ވާހަކަޔޭ. އެވެޔޮ މިހާރުވެސް އެބައޮތޭ.

ރަދުން: އާނ އާނ އެންމެ ފިއްޔެއް ތަފާތުވިޔަސް ބަސްބަހުގެ މާނަ ގޯސްވެ މިކަހަލަ ކަންތައް ޖެހިދާނެއެވެ. ދެން ލަވަ ކިޔުއްވާން ތައްޔާރުކުރާށޭ.

ވަރަށް އަވަހަށް ކަންތައް ތައްޔާރުކޮށްގެން ލަވަކިޔުއްވައިފޫއެވެ.

-ނިމުނީ-

   ހަވާސާ ނޯޓު: މިވާހަކަ ނަގާފައި ވަނީ ޙުސައިން ޞަލާޙުއްދީނު ލިޔުއްވި “ދިވެހީންގެ ވާހަކައިން” ނެވެ.   

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment