000މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ 20 ވަނަ ދުވަހެވެ. މިއަދުގެ ޒިކުރާއަކީ ކޮންމެ މުސްލިމަކު ދިރުވުން ޙައްޤު ވެގެންވާ ޒިކުރާ އެކެވެ. މައްކާ ފަތަޙަ ކުރެއްވެވި ދުވަހެވެ. ޙައްޤާއާއި ބާޠިލު ފާޅުވެ އެނގުނު ދުވަހެވެ. މިކަމެއް ހިނގީ ހިޖުރައިން 8 ވަނަ އަހަރު (މީލާދީން 630 ވަނަ އަހަރު) އެވެ. އެ ފަތަޙައަކަށް ފަހު އިސްލާމް ދީނަށް، މީސްތަކުން ފައުޖުފައުޖުއަށާއި ބިސީބިސީއަށް، ޖަމާޢަތް ޖަމާޢަތަށް ވަންނާން ފެށިއެވެ. މާތް ﷲއަށް އީމާންވުން ފިޔަވައި އެހެން “ކުށެއް”ނުކުރާ ބަޔަކު…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މިއަދަކީ ބަރަކާތްތެރި ރަމަޟާން މަހުގެ 20 ވަނަ ދުވަހެވެ. މިއަދުގެ ޒިކުރާއަކީ ކޮންމެ މުސްލިމަކު ދިރުވުން ޙައްޤު ވެގެންވާ ޒިކުރާ އެކެވެ. މައްކާ ފަތަޙަ ކުރެއްވެވި ދުވަހެވެ. ޙައްޤާއާއި ބާޠިލު ފާޅުވެ އެނގުނު ދުވަހެވެ. މިކަމެއް ހިނގީ ހިޖުރައިން 8 ވަނަ އަހަރު (މީލާދީން 630 ވަނަ އަހަރު) އެވެ. އެ ފަތަޙައަކަށް ފަހު އިސްލާމް ދީނަށް، މީސްތަކުން ފައުޖުފައުޖުއަށާއި ބިސީބިސީއަށް، ޖަމާޢަތް ޖަމާޢަތަށް ވަންނާން ފެށިއެވެ. މާތް ﷲއަށް އީމާންވުން ފިޔަވައި އެހެން “ކުށެއް”ނުކުރާ ބަޔަކު އެބައިމީހުންގެ އަމިއްލަ ރަށުން ބޭރުކޮށްލުމަށްފަހު، ޢިއްޒަތާއި ޤަދަރާއެކު، އެނބުރި މިއަދު އެބައިމީހުންގެ ރަށަށް އައެވެ.

މައްކާ ފަތަޙަ ކުރެއްވުން އަޅުގަނޑުމެންގެ ލޯމަތީ ހާމަވެގެން ދަނީ އިސްލާމީ ހަރުދަނާ އުޞޫލުތަކެއްގެ ބިންގަލާއެކުގައެވެ. ގޮވެތިގެދޮރުގެ ޙުރުމަތްތެރިކަމާ މިސްކިތްތަކުންގެ ޙުރުމަތްތެރިކަން މި ފަތަޙައިގައި އިސްލާމުން ހާމަކޮށްދިނެވެ. ދެން ފެނިގެންދަނީ އިސްލާމީ ވަރުގަދަ ބިންގަލެކެވެ. އޯގާތެރިކަމާއި ކުށަށް މަޢާފުކުރުމުގެ އިންސާނީ ޕްރިންސިޕަލްއެވެ. އެންމެ ފުރަތަމަ އިސްލާމީ ލަޝްކަރަށް ކީރިތި ރަސޫލާ އެންގެވީ ކީކޭތޯއެވެ. ލޭއޮހޮރުވުމަކާ ނުލައި މައްކާގެތެރެއަށް ވަދެވޭތޯ ބެލުމަށް އަމުރު ކުރެއްވިއެވެ. މައްކާ ފަތަޙަ ކުރެއްވުމަށްފަހު، އެރަށުގެ ރައްޔިތުންނާ މުޚާޠަބު ކުރައްވާ ޙަދީޘްކުރެއްވެވީ “ތިޔަބައިމީހުންނަކީ މިނިވަނުންނެވެ.” އެބައިމީހުންގެ ހިތްތަކުގައި އެވަގުތު ޝުޢޫރު ކުރަމުންދިޔަ ބިރު، މިބަސްފުޅުންގެ ސަބަބުން ހިތްހަމަޖެހުމަކަށް ބަދަލުވެގެން ދިޔައެވެ. މިއީ މުސްލިމުންގެ އޯގާތެރިކަމާއި ހިތްހެޔޮކަމުގެ މިސާލެކެވެ. މިއީ މުސްލިމުން ބަދަލުހިފުމާއި ލޭއޮހޮރުވުންފަދަ ހަރުކަށި ޢަމަލުތަކާއި ދެކޮޅު ހަދާކަމުގެ ނަމޫނާއެކެވެ. މިހެން ޙަޤީޤަތް އޮތް އިރުވެސް ހުޅަނގުގެ ޕްރެސްތައް އަރުވާ އަޑުތަކަށް އަޅުގަނޑުމެން ފަހެ ހެއްލެންވީތޯއެވެ؟ އިސްލާމް ދީން ފެތުރުނީ ކަނޑިންނޭ ބުނެވެން އެބައޮތްތޯއެވެ.

މިއާޚިލާފަށް މިއަދު މުސްލިމުންގެ މަތިވެރި މުޤައްދަސް ބިންތަކެއް ވަނީ ހުޅަނގުގެ ކަޑިން މުޑުދާރުކޮށްފައެވެ. ބާރުގެ ހިޔާވަހިކަމުގެ ދަށުގައި ޤާނޫނީ އާރަކާ ބާރެއް ނެތި މުސްލިމުންގެ އެތައް މިލިއަން ބައެއްގެ ޙަޔާތް މިއަދުވަނީ އިސްތިޢުމާރާއި އިޒްރޭލް ބަރުބާދުކޮށްފައެވެ. މުސްލިމުންގެ ފުރަތަމަ ޤިބްލަވަނީ އިޒްރޭލްގެ ވެރިރަށަކަށް ހަދާފައެވެ. ދުނިޔެގޮވާލާ ގޮވާލުމަކަށް އަޅާނުލައެވެ. ބަދަލު ހިފުމާއި ހަސަދަވެރިކަމުގެ ހުޅުގަނޑުގެ އަލީގެ ދަށުގައެވެ. މައްކާ ފަތަޙަ ކުރެއްވުމުގެ ހަނދާންތައް އަޅުގަނޑުމެންގެ ހިތްތަކުގައި އާލާވަމުންދާއިރު، އަޅުގަނޑުމެންގެ މުޤައްދަސް ތަންތަން ޔަހޫދީ ނުފޫޒުގެ ދަށުން ނިގުޅައިގަތުމަށް މަސައްކަތް ފަހެ ފަށާކަށް ނުވޭބާވައެވެ.

(މީލާދީން 1979 އޮގަސްޓް މަހުގެ 13 ވަނަ ދުވަހުގެ “ހަވީރު” ނޫހުން ނަކަލުކޮށްފައި)

About the author
Leave Comment