އެޑްމަންޑް ލޮކާރޑްއަކީ މެޑިކަލް ޑޮކްޓަރެކެވެ. ކްރިމިނޮލޮޖިސްޓެކެވެ. ފޮރިންސިކް ސައިންޓިސްޓެކެވެ. ގާނޫނީ ވަކީލެކެވެ. އެކުވެރިންގެ “ފްރާންސް ގެ ޝަރލޮކް ހޮލްމްސް” އެވެ. ޑރ.އެޑްމަންޑް ލޮކާރޑް ގެ ފަންނަކީ ޕަބްލިކް ހެލްތް ގެ ދާއިރާއާއި ފޮރިންސިކް ސައިންސްގެ ދާއިރާ އެވެ. ޑރ.އެޑްމަންޑް ލޮކާރޑްއަކީ ކްރިމިނޮލޮޖީ އަދި ފޮރިންސިކް ސައިންސްގެ ބާނީ ގެ ގޮތުން މަޝްހޫރުވެ ވަޑައިގެން ބޭފުޅެކެވެ. އެޑްމަންޑް ލޮކާރޑް އުފަންވެވަޑައިގަތީ 1877 ވަނަ އަހަރު ނޮވެންްބަރު 13 ވަނަ ދުވަހު ފްރާންސް ގެ ސެއިންޓް – ޗެމަންޑް ގައެވެ.…

އެޑްމަންޑް ލޮކާރޑްއަކީ މެޑިކަލް ޑޮކްޓަރެކެވެ. ކްރިމިނޮލޮޖިސްޓެކެވެ. ފޮރިންސިކް ސައިންޓިސްޓެކެވެ. ގާނޫނީ ވަކީލެކެވެ. އެކުވެރިންގެ “ފްރާންސް ގެ ޝަރލޮކް ހޮލްމްސް” އެވެ. ޑރ.އެޑްމަންޑް ލޮކާރޑް ގެ ފަންނަކީ ޕަބްލިކް ހެލްތް ގެ ދާއިރާއާއި ފޮރިންސިކް ސައިންސްގެ ދާއިރާ އެވެ. ޑރ.އެޑްމަންޑް ލޮކާރޑްއަކީ ކްރިމިނޮލޮޖީ އަދި ފޮރިންސިކް ސައިންސްގެ ބާނީ ގެ ގޮތުން މަޝްހޫރުވެ ވަޑައިގެން ބޭފުޅެކެވެ.

އެޑްމަންޑް ލޮކާރޑް އުފަންވެވަޑައިގަތީ 1877 ވަނަ އަހަރު ނޮވެންްބަރު 13 ވަނަ ދުވަހު ފްރާންސް ގެ ސެއިންޓް – ޗެމަންޑް ގައެވެ. މެޑިސިން ކިޔަވާ ވިދާޅުވި ދުވަސްވަރު ގާނޫނީ ކަންކަމުގައި ސައިންސް ބޭނުންކުރުމުގެ ޚިޔާލުފުޅު އުފެދިގެން އައެވެ. އޭނާ ތީސިސް ލިޔުއްވީ “ލީގަލް މެޑިސިން އަންޑަރ ދަ ގްރޭޓް ކިންގް” މައުޟޫޢުގައެވެ.  ޑރ.އެޑްމަންޑް ލޮކާރޑް ކުރެއްވި 40 މަސައްކަތްޕުޅު ޝާއިޢު ކުރެއްވިއެވެ. އެންމެ މަޝްހޫރުވީ  “ޓްރީޓީ އޮފް ކްރިމިނަލިސްޓިކްސް” އެވެ. މިއީ ހަތް ވޮލިއުމް ގެ ސީރީސް އެކެވެ.

ޑރ.އެޑްމަންޑް ލޮކާރޑް، ޑރ. އެލެގްޒެންޑްރޭ ލެކަސޭންގެ އެހީތެރިއެއް ގޮތުގައި ދުވަސްކޮޅަކަށް މަސައްކަތް ކުރެއްވިއެވެ. އަދި މަދު އަހަރުތަކެއް ފަހުން ގާނޫނީ މަސައްކަތް ފެއްޓެވިއެވެ. 1907 ވަނަ އަހަރު ގާނޫނީ ވަކީލު ކަމުގެ ފާސް ނެންގެވިއެވެ. އަދި އެއާއެކު އެންތްރޮޕޮލިޖިސްޓް އަލްފޮންސޭ ބާރޓިލޯން އަރިހުން ކިޔަވާވިދާޅުވިއެވެ. އަލްފޮންސޭ ބާރޓިލޯން މަޝްހޫރު ވެވަޑައިގެންފައިވަނީ ކުރިމިނަރަލުން ވަކިކޮށް ދެނެގަތުމަށް ގެންގުޅުއްވި އެންޓްރޮމެޓްރިކް ސިސްޓަމުންނެވެ.

ދުނިޔޭގެ އެއްވަނަ ބޮޑު ހަނގުރާމައިގައި ލޮކާރޑް ފްރެންޗް ސީކްރެޓް ސާރވިސް ގެ މެޑިކަލް އެގްޒާމައިނަރ އަކަށް މަސައްކަތް ކުރެއްވިއެވެ. ސިފައިންގެ މީހުންނާއި ޕްރިސްނަރުންގެ ޔުނީފޯމުތަކަށް ލިބިފައި ހުންނަ ގެއްލުންތަކާއި ޔުނީފޯމުގައި ޖެހިފައި ހުންނަ ލެއާއި އެހެނިހެން ލައްތައް ބައްލަވައިގެން މަރުވި ސަބަބާއި މަރުވިތަން ދެނެގަތުމަށެވެ.

1910 ވަނަ އަހަރު ލިއޮން ޕޮލިސް ޑިޕާރޓްމެންޓުން ލޮކާރޑްއަށް ފުރަތަމަ ޕޮލިސް ލެބޯޓަރީ ހެދުމުގެ ފުރުޞަތުދީ ކުށުގެ ވެށިން ހެކީގެ ގޮތުގައި އެއްކުރެވޭ ތަކެތީގެ ސައިންސީ ތަހުގީގުތަކާއި ތަޙުލީލުތައް ކުރުމަށް ޕޮލިސް ޑިޕާރޓްމެންޓްގެ މަތީ ފަންގިފިލާއިން އެކަމަށް ތަން ހަވާލުކުރިއެވެ. 1912 ވަނަ އަަހަރުގެ ކުރިން ޕޮލިސް ޑިޕާރޓްމެންޓް، ލެބޯޓަރީ ރަސްމީކޮށް ގަބޫލު ކުރިއެވެ. އަދި ފުރަތަމަ ފޮރިންސިކް ލެބޯޓަރީ ރަސްމީގޮތުން އުފެދިގެން އައެވެ.

ފިންގަރޕްރިންޓް ދިރާސާކުރުމާ ބެހޭ ދާއިރާ ޑެކްޓިލޮގްރަފީ ތަރައްގީ ކުރެއްވުމުގައި އޭނާގެ ހިިއްސާ ބޮޑުކަމުން ލޮކާރޑް މަޝްހޫރުވެ ވަޑައިގަތެވެ. ލިއޯންގެ ލެބޯޓަރީ ތަޢާރަފުކުރި ފަހުން ލޮކާރޑް ފިންގަރޕްރިންޓް ގެ ޕޯރެސް އަދި މި ޕޯރެސްތަކުން އުފައްދާ ނިޝާންތައް ދެނެގަތުމުގެ ޢިލްމު، ސައިންސް އޮފް ޕޯރެސްކޮޕްސީ ތަރައްްޤީ ކުރެއްވިއެވެ. އޭނާ ލިޔުއްވަމުން ގެންދެވީ ދެއިނގިލި ދެމެދުގައި ވަކި ޚާއްޞަ 12 ޕޮއިންޓެއް މުޅިން އެއްގޮތްވެއްޖެނަމަ އެއީ ޕޮޒިޓިވް އައިޑެންޓިފިކޭސަން އެއްކަމުގައެވެ. މި މަސައްކަތުން ކުރިމިނަލުން އައިޑެންޓިފައި ކުރުމަށް ކުރިން ބޭނުންކުރަމުން އައި ބާރޓިލޯންގެ އެންތްރޯޕޮމެޓްރީ ޓެކްނިކް ގެ ބަދަލުގައި ފިންގަރޕްރިންޓް ބޭނުންކުރަން ފެށުނެވެ. 1929 ވަނަ އަހަރު ލޮކާރޑް އަދި އެހެނިހެން ކްރިމިނަލިސްޓުން ގުޅިގެން ސްވިޒަރލޭންޑްގައި އިންޓަރނޭޝަނަލް އެކަޑަމީ އޮފް ކްރިމިނަލިސްޓިކްސް އުފެއްދެވިއެވެ. މި ޢިމާރާތް ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމައިގައި ނެތިގެން ދިޔައީއެވެ.

މީގެ އިތުރުން އެޑްމޮންޑް ލޮކާރޑް އަކީ އޭނާގެ ލޮކާރޑް’ސް އެކްސްޗޭންޖް ޕްރިންސިޕަލް ފޯމިއުލާރ ގެ ސަބަބުން މަޝްހޫރުވި ސައިންޓިސްޓެކެވެ. އެއްޗެތިތަކެއްގެ މެދުގައި ޓްރޭސް އެވިޑެންސް ބަދަލުވުމާ ގުޅޭ ތިއަރީއަކީ  “ކޮންމެ ބީހުމެއްގަ ނިޝާނެއްވާ” ކަން ހާމަކޮށްދިން ތިއަރީއެވެ. މި ތިއަރީން ބުނެދެނީ ދެއެއްޗެއް އެކަތި އަނެކަތީގައި ބީހުމުން ކޮންމެ އެއްޗެއްވެސް އަނެކަތިން ކޮންމެވެސް މިންވަރެއްް ހިއްސާކުރެއެވެ. ނުވަތަ އެ އެއްޗަކަށް މިންވަރެއް ދޫކޮށް ދެއެވެ.

ލޮކާރޑް ގެ ބީހުމުން ބަދަލުވާ އަސާސަކީ ފޮރިންސިކް ސައިންސްއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވި އަސާސްއެވެ. ލޮކާރޑް އަވަހާރަވީތާ ބައިގަރުނުވީ އިރުވެސް  މިއަދާއި ހަމައަށްވެސް ލޮކާރޑް ގެ މި ވިދާޅުވުން ކޯޓު ކުރެވެއެވެ.

އެޑްމަންޑް ލޮކާރޑް އަވަހާރަވީ 1966 ވަނަ އަހަރު އެޕްރީލް 4 ވަނަ ދުވަހު ފްރާންސް ގެ ލިއޯން ގައެވެ.

__________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment