000             މިލަވަ (ކަހީނ ދޫރް ޖަބް ދިން ދަހލް ޖާޔޭ / ދުރުން، މާދުރުދުރުން، ދުވާލުގެ އުޖާލާކަންފަނޑުވުމުން،) މިއީ 1971 ގައި ނިކުތް ފިލްމް ‘އާނަންދު’ގެ ލަވައެކެވެ. (މިލަވައިގެ ރާގުގެ އަސްލަކީ ހެމަންތު ކުމާރުގެ ބަންގާޅީ ލަވައެއްގެ ރާގެކެވެ.) މިލަވައިގައި ފިލްމުގެ މައިގަނޑު މައުޟޫއު ބުނެދީފައިވެއެވެ. އާދެ ފިލްމުގައި ބުނެދެވެނީ ދުނިޔެވީ ހަޔާތަކީ ވަގުތީ އެއްޗެއްކަމެވެ. ދުނިޔޭގެ ކަންކަމީ އަބަދު އެއްގޮތަކަށް ދެމިއޮންނަ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ކަންކަމާމެދު ޔަގީންކަމާއެކު ހަމައެކަނި ބުނެވެން އޮންނަނީ އެކަންކަމަކީ ބަދަލުވެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

             މިލަވަ (ކަހީނ ދޫރް ޖަބް ދިން ދަހލް ޖާޔޭ / ދުރުން، މާދުރުދުރުން، ދުވާލުގެ އުޖާލާކަންފަނޑުވުމުން،) މިއީ 1971 ގައި ނިކުތް ފިލްމް ‘އާނަންދު’ގެ ލަވައެކެވެ. (މިލަވައިގެ ރާގުގެ އަސްލަކީ ހެމަންތު ކުމާރުގެ ބަންގާޅީ ލަވައެއްގެ ރާގެކެވެ.) މިލަވައިގައި ފިލްމުގެ މައިގަނޑު މައުޟޫއު ބުނެދީފައިވެއެވެ. އާދެ ފިލްމުގައި ބުނެދެވެނީ ދުނިޔެވީ ހަޔާތަކީ ވަގުތީ އެއްޗެއްކަމެވެ. ދުނިޔޭގެ ކަންކަމީ އަބަދު އެއްގޮތަކަށް ދެމިއޮންނަ ކަންކަމެއް ނޫނެވެ. ދުނިޔޭގެ ކަންކަމާމެދު ޔަގީންކަމާއެކު ހަމައެކަނި ބުނެވެން އޮންނަނީ އެކަންކަމަކީ ބަދަލުވެ ފުރޮޅެމުންދާ ކަންކަންކަމެވެ. އިންސާނާގެ ހަޔާތައް ބަލާލިއަސް މިހަގީގަތް ސާފުކޮށް ފެނެއެވެ. އެންމެ ފުރަތަމަ ތުއްތުކުއްޖެކެވެ. ދެން އޭނާ ބޮޑުވެ ޒުވާނަކަށް ވެއެވެ. އެއަށްފަހު ދުވަސްވެ މުސްކުޅިވެދެއެވެ. އަދި އެންމެފަހުން އޭނާ ދުނިޔެދޫކޮށް ދާންޖެހެއެވެ. އިންސާނާގެ ދުނިޔަވީ ހާލާތުތަކަށް ބަލައިލިއަސް މިހަގީގަތް ފެނިގެންދެއެވެ. ބައެއް ފަހަރު ފުރިހަމަ ސިއްހަތުގައި އޭނާ ހުރެއެވެ. އަނެއްބައި ފަހަރު އުޅެން ޖެހެނީ ބަލިވެއެވެ. ބައެއް ފަހަރު އަތްމަތި ދަތިވެ ފަގީރު ހާލުގައި އުޅެން ޖެހެއެވެ. އަނެއްބައި ފަހަރު އަތްމަތި ތަނަވަސް މުއްސަނދި ދިރިއުޅުމެއް އުޅެން ލިބެއެވެ. ބައެއް ފަހަރު ހިތްހަމަ ޖެހި އުފަލުގައި އޭނާ ހުރެއެވެ. އަނެއްބައި ފަހަރު ކަންބޮޑުވެ ހިތްދަތިކަމާ ހިތާމައާ އޭނާ ކުރިމަތި ލާން ޖެހެއެވެ.

          އިންސާނީ ހަޔާތް މާދިގުމުއްދަތަކަށް ދެމިގެން ނުދިޔަޔަސް، އަދި ހަޔާތުގެ ކަންކަމަށް ދާއިމީ ވަކި ސިފައެއް ލިބިފައިނެތަސް، އިންސާނާއަށް ދިރިހުންނަށް ލިބޭ ވަގުތުކޮޅުގައި ހިތްހަމަ ޖައްސާލައިގެން އުފާވެރިކަންމަތީ ހުންނަން ދަސްކުރަން ޖެހެއެވެ. ފިލްމު “އާންދުގެ” ގެ މެސެޖަކީ މިއެވެ. އާދެ! ފިލްމުގައި،  އެ ފިލްމުގެ ބަތަލު، އާނަންދުގެ ހަޔާތުގެ ސަފުހާތަކުން މި މެސެޖު ފޯރުކޮށްދޭން މަސައްކަތް ކުރެވިފައިވެއެވެ. ފިލްމުގައި އާނަންދަށް ވަނީ ކެންސަރު ބަލި ޖެހިފައެވެ. އޭނާގެ ބައްޔަކީ އެއަށް ފަރުވާއެއްނެތް ބައްޔެއްކަން، އޭނާއަށް ރަނގަޅަށް އެނގެއެވެ. އަދި އޭނާގެ ހަޔާތުގައި ދެން ބާކީ މާގިނަ ދުވަސްތަކެއް ނެތްކަންވެސް އޭނާއަށް އިހުސާސުވެއެވެ. ބާކީއޮތް ދުވަސްތަކުގައި އޭނާގެ ބޭނުމަކީ ފަހަރެއްގައިވެސް އަމިއްލަ ހާލަތުގެ މައްޗަށް ހަމްދަރުދީވެ ހިތާމަކުރުމެއް ނޫނެވެ. ދެން އޮތް ބާކި ދުވަސްތައް ވެސް ބޭނުން ހިފޭގޮތުގައި ހޭދަކުރުމެވެ. އެ ދުވަސްތައް ވެސް އުފަލުގައި ހިތްހަމަ ޖައްސާލައިގެން ހޭދަކޮށްލުމެވެ.

           މި ލަވައިގައި، އާނަންދު، އޭނާގެ ހަޔާތުގެ މައްޗަށް ވިސްނުމުގެ ނަޒަރަކުން ބަލައިލައެވެ. އިރުއޮއްސި، މަޑުމަޑުން، ދުނިޔެމައްޗަށް އަނދިރިކަން ވެރިވެ، ހަމަ ހިމޭންވުމުން، ހަޔާތުގެ މާޒީގެ ބައެއް ސަފުހާތަކުގެ ޒިކުރާއާއި ހަޔާތުގެ ބައެއް ތަޖުރިބާތަކުގެ ހަނދާނތައް އޭނާގެ ހިތަށް އާދެއެވެ. އޭނާގެ އުއްމީދު ތަކާއި ހުވަފެންތަކެވެ. ހަޔާތުގައި ދިރިހުންނަށް ބާރުއަޅައި ހިތްވަރުދޭ މުހިއްމުކަންތައްތަކުގެ ތެރޭގައި މި ކަންކަން ހިމެނިފައވެއެވެ. މީގެ އިތުރުން، ދުނިޔަވީ ހަޔާތް އޭނާއަށް ދަސްކޮށްދިން، އިންސާނީ ގުޅުންތަކުގެ ހަގީގަތެވެ. ބައެއްފަހަރު، ގާތްތިމާގެ ގުޅުންތައް ދެމެހެއްޓުން އޮންނަނީ އުނދަގޫވެފައެވެ. ނަމަވެސް، އަނެއްބައި ފަހަރު، ނުވެސް ދަންނަ ބީރައްޓެހިންނާ ގުޅުން އުފެދި، މިފަދަ ގުޅުންތައް އެތައް އެތައް ދުވަސްތަކަކަށް ދެމިގެންދެއެވެ. ރަހުމަތްތެރިކަމުގެ ގުޅުންފަދަ ގުޅުމެވެ. ލޯބީގެ ގުޅުންފަދަ ގުޅުމެވެ. އަދި ޚުދު އިންސާނީ ތަބީއަތަކީވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. އިންސާނާގެ ހިތަށް ނިކަން ބަލައިލަބަލާށެވެ! ބައެއްފަހަރު އެހިތް އޭގެ އަމިއްލަ ހާލަތުގެ މަތީން ހަނދާން ނައްތާލައި އެހެންމީހުންގެ ހިތާމަތަކާއި ވޭންތައް އުފުލައެވެ. އަމިއްލަ ނަފުސުގެ ކަންތައްތައް އިހުމާލުކޮށްލައި އެހެންމީހުންނަށް އެހީތެރިވެދެއެވެ. ނަމަވެސް، އެހިތް އަމިއްލަ ހާލަތު ރަނގަޅަށް ދަނެއެވެ. އޭނާގެ އުއްމީދުތަކާއި ހުވަފެންތައް އެހިތުގައި ވަނީ އަބަދަށްޓަކައި ރައްކާކުރެވިފައެވެ. އެ އުއްމީދުތަކާ ހުވަފެންތަކަކީ ދުވަހެއްގައި ވެސް އޭނާއާ ވަކިކުރެވޭނޭ އެއްޗިއްސެއްނޫނެވެ. އޭނާގެ ހިޔަނިފަދައިން އަބަދުމެ އެއެއްޗެތި ވާނީ އޭނާއާ އެކުގައެވެ. އަދި ކިއެއް ހެއްޔެވެ؟ އޭނާގެ އުއްމީދުތަކާއި ހުވަފެންތަކަކީ އޭނާ ހިތްހަމަ ޖައްސައިދީ އޭނާއަށް ތަސައްލީ ދޭކަންކަމެވެ. ޚާއްސަކޮށް ހަޔާތުގެ ފަހުކޮޅުއެވެ. އާދެ! އިންސާނާގެ ހަޔާތުގެ ދެބައިކުޅަ އެއްބައި ހޭދަވަނީ އޭނާގެ އުއްމީދުތަކާއި ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައެވެ. ދެން އޮތްބައިގައި އެކަންކަން ވެފައިއޮންނީ، އޭނާއަށް ހިތްހަމަޖެހުމާއި ތަސައްލީދޭ ކަންކަމަށްވެފައެވެ.

          ފިލްމް އާނަންދުގައްޔާއި އަދި މިލަވައިގައި ތަމްސީލުވެ ފެނިގެންދަނީ ޖަޕާނުގެ ފަލްސަފީ މަފުހޫމެއް ކަމުގައިވާ ‘މޮނޯ ނޯ އަވާރޭ’ގެ މާނައެވެ. ދުނިޔަވީ ކަންކަން ދެމިހުންނަނީ ވަރަށް ކުރުމުއްދަތަކަށްކަން ދެނެގަނެގެން ހުންނަންޖެހޭކަމެވެ. މިއީ އެއާ ދޭތެރޭ އެއްވެސް މީހަކު ދެބަސްނުވާނޭ ހަގީގަތަކަށް ވިއެއްކަމަކު، ވަރަށް ގިނަފަހަރު، އިންސާނާއަށް، މިކަން ދެނެގަނެވެނީ، ކޮންމެވެސް ބޮޑު ކަމެއް ލައިގަތުމުންނެވެ. ގާތް ތިމާގެ މީހަކު މަރުވުން، ނުވަތަ ބަލިމަޑުކަމަކާ ކުރިމަތިލާން ޖެހުން ނުވަތަ ފައިސާ ނޫނީ މުދަލުގެ ގެއްލުމަކާ ކުރިމަތިލާން ޖެހުން ފަދަ، ކަމެކެވެ. މި ފިލްމާއި ލަވައިގެ ވެސް މެސެޖަކީ މިފަދަ ހާލަތްތައް ކުރިމަތިވުމުން، ދުނިޔޭގެ ކަންކަމަށް ދާއިމީ ސިފަ ލިބެގެން ނުވާކަން ދެނެގަނެ، ހިތްހަމަޖައްސައިލައިގެން ދިރިއުޅުމާއިގެން ކުރިއަށްދާން ޖެހޭނޭކަމެވެ. މި ކަން ތަމްސީލުވެގެން ދަނީ، ފިލްމުގައި، އާނަންދު، އޭނާއަށް ކެންސަރު ބަލި ޖެހުމުންވެސް ހިތްހަމަ ޖައްސައިލައިގެން އޭނާގެ ހަޔާތުގެ ފަހު ދުވަސްތައް ހޭދަކުރެވޭތޯ މަސައްކަތް ކުރާތަން ފެނުމުންނެވެ.

        މިލަވަ، ދިވެހި ތަރުޖަމާއާއެކު އަޑު އައްސަވާލައްވަން ބޭނުންފުޅުނަމަ، މިއެޑްރެހަށް ޒިޔާރަތްކޮށް ލައްވާށެވެ. މި ލަވަޔާއެކު ލަވައިގެ އަސްލު ބަންގާޅި ލަވަވެސް ދިވެހި ތަރުޖަމާއާއެކު ހިމަނާލެވިފައި ވާނެއެވެ.


https://youtu.be/YwJf8DTE7w0

ލަވަ

ކަހީނ ދޫރް ޖަބް ދިން ދަހލް ޖާޔޭ،

ސާނޖްހ ކީ ދުލްހަން، ބަދަނު ޗުރާޔޭ ޗުހޕުކޭ ސޭ އާޔޭ،

މާނަ

ދުރުން، މާދުރުދުރުން، ދުވާލުގެ އުޖާލާކަންފަނޑުވުމުން،

ރޭގަނޑުގެ އަދިރިކަން ލަދުވެތި އަރޫސެއްހެން ސިއްރުސިއްރުން، މަޑުމަޑުން، ދުނިޔެމައްޗަށް ވެރިވެއެވެ.

 

ލަވަ

މެރޭ ޚަޔާލޯނކޭ އާނގަން މޭނ،

ކޮއީ ސަޕްނޯނ ކޭ ދީޕު ޖަލާޔޭ، ދީޕު ޖަލާޔޭ،

މާނަ

ދެން އަހަރެންގެ ހިޔާލުގެ ދަރުބާރުގޭގައި،

ކޮންމެވެސް މީހަކު އަހަރެންގެ ހުވަފެނުގެ ބައްތިތައް ދިއްލައެވެ، ހުވަފެނުގެ ބައްތިތައް ދިއްލައެވެ.

 

ލަވަ

ކަބީ ޔޫނހީ، ޖަބު ހުއީ، ބޯޖަހލު ސާނސޭނ،

ބަހރް އާޔީ ބައިޓޭހ، ބައިޓޭހ، ޖަބް ޔޫނ ހީ އާނކޭނ،

މާނަ

ދެން ވަކިސަބެއްނެތި ނޭވާލާން އަހަންނަށް އުނދަގޫވެދެއެވެ.

އަދި އިށީދެލައިގެން މިހެންއިންނައިރު ފެންކަޅިވެ ކަރުނައިން އަހަރެންގެ ދެލޯފުރި ބަރުވެދެއެވެ.

 

ލަވަ

ތަބީހ މަޗަލް ކޭ، ޕޔާރް ސޭ ޗަލް ކޭ،

ޗޫހއޭ ކޮއީ މުޖޭހ ޕަރް ނަޒަރް ނަ އާޔޭ، ނަޒަރް ނައާޔޭ،

މާނަ

ދެން ލޮބުވެތި އިޝާރާތެއްވެދެއެވެ.

ކޮންމެވެސް މީހަކު އަހަރެންގައިގައި ބީހިލައެވެ. އެމީހެއް، އަހަންނަކަށް ނުފެނެއެވެ. އެމީހެއް، އަހަންނަކަށް ނުފެނެއެވެ.

 

ލަވަ

ކަހީނ ތޯ ޔޭ ދިލް ކަބީހ، މިލް ނަހީނ ޕާތޭ،

ކަހީނ ސޭ ނިކަލް އާޔެ، ޖަނަމޯނ ކެ ނާތޭ،

މާނަ

ބައެއް ފަހަރު އެއްތަނަކުން ވެސް ހިތާއިހިތް ގުޅެވޭ ގޮތް އޮންނަނީ ނުވެފައެވެ.

އަނެއްބައި ފަހަރު އެތައް ހަޔާތެއްގެ ދިގު މުއްދަތަކަށް ދެމިގެންދާ ވަރުގަދަ ގުޅުން އުފެދިދެއެވެ.

ލަވަ

ގަހނީ ތީ އުލްޖަން، ބެރީ އަޕުނާމަން،

އަޕުނާ ހީ ހޯކޭ ސަހީ، ދަރްދު ޕަރާޔޭ، ދަރްދު ޕަރާޔޭ،

މާނަ

މިއީ (އަރަތެއްކަހަލަ ދެނެގަންނަން) ވަރަށް އުނދަގޫ  މައްސަލައެކެވެ. އަދި އަހަރެންގެ އަމިއްލަ ހިތްވެސް އަހަރެންގެ ދުޝްމަނަކަށްވެދެއެވެ.

އާނއެކެވެ، އެހިތް އެއީ އަހަރެންގެ މިލްކެކެވެ. ނަމަވެސް އެހެން މީހެއްގެ ވޭންތައް އެހިތް ބަރުދާސްތުކުރެއެވެ. ނަމަވެސް އެހެން މީހެއްގެ ވޭންތައް އެހިތް ބަރުދާސްތުކުރެއެވެ.

 

ލަވަ

ދިލް ޖާނޭ، މެރޭ ސާރޭ، ބޭހދެ ޔޭހ ގަހެރޭ،

ޚޯހ ގަޔޭ ކައިސޭ މެރޭ، ސަޕުނޭ ސުނަހރޭ،

މާނަ

އަހަރެންގެ ހިތް އަހަރެންގެ ފޮރުވިފައިވާ ހުރިހާ ސިއްރުތައް ދަނެއެވެ.

އަދި އަހަރެންގެ ރަން ހުވަފެންތައް ގެއްލިގެން ދިޔަގޮތް ވެސް (އެހިތް ދަނެއެވެ).

(އެއްބަޔަކު ދެކޭގޮތުގައި މިތާގައި ‘ޚޯގަޔޭ ކައިސޭ މެރޭ’ ގެ ބަދަލުގައި ލަވައިގައި ކިޔަނީ ހޯގަޔޭ ކައިސޭ މެރޭ’ މިހެންނެވެ. މިހެންކަމަށްވާނަމަ، ތަރުޖަމާގައި މިދަންނަވާހެން ލިޔެލެވިދާނެއެވެ. “އަދި އަހަރެންގެ (ހުވަފެންތައް) ރަން ހުވަފެންތަކަކަށް ވެގެން ދިޔަގޮތް ވެސް (އެހިތް ދަނެއެވެ).

ލަވަ

ޔޭހ މެރޭ ސަޕުނޭ، ޔެހީނ ތޯހޭނ އަޕުނޭ،

މުޖްހ ސޭ ޖުދާ ނަ ހޯނގޭ އިންކޭ ޔޭ ސާޔޭ، އިންކޭ ޔޭ ސާޔޭ،

މާނަ

މިއީ އަހަރެންގެ ހުވަފެންތަކެވެ. (މިހާރު) އަހަރެންގެ އަތުގައި އޮތް ހަމައެކަނި އެއްޗަކީ މިއެވެ.

މިހުވަފެންތަކުގެ ހިޔަނިވެސް އަހަންނާ ވަތްކެއް ނުކުރެވޭނެއެވެ. ހިޔަނި ވެސް މެއެވެ.

ލަވަ

ކަހީނ ދޫރް ޖަބް ދިން ދަހލް ޖާޔޭ

ސާނޖްހ ކީ ދުލްހަން، ބަދަނު ޗުރާޔޭ ޗުހޕުކޭ ސޭ އާޔޭ،

މާނަ

ދުރުން، މާދުރުދުރުން، ދުވާލުގެ އުޖާލާކަންފަނޑުވުމުން،

ރޭގަނޑުގެ އަދިރިކަން ލަދުވެތި އަރޫސެއްހެން ސިއްރުސިއްރުން، މަޑުމަޑުން، ދުނިޔެމައްޗަށް ވެރިވެއެވެ.

_________________________

 

About the author
Leave Comment