މި ކައުނު ހައްދަވައި ކައުނުގައި ލައްވާފައިވާ އަޖައިބު ކުރުވަނިވި ކަންކަމާމެދު ތިބާ ފިކުރުކުރަންތޯއެވެ. އިރުއަރާ އޮއްސުމެވެ. ރޭގަނޑާއި ދުވާލު ދައުރުވަމުންދާ ދިއުމެވެ. އުޑުން ވާރޭވެހި ބިމުން ގަސްފަޅާ ހެދުމެވެ. އެއިން މޭވާ ނުކުމެ ފައްކާވާގޮތެވެ. ވިސްނުމުގެ ނަޒަރަކުން ފިކުރުކޮށްލުމަށް މިފަދަ އެތައްކަމެއް މާތްﷲ ވަނީ މި ކައުނުގައި ލައްވަވާފައެވެ. އެފަދަ ކޮންމެ ކަމަކީ ވިސްނާބަޔަކަށް އެކަލާނގެ މަތިވެރިކަމާއި ވޮޑިގެންވުން ދަލީލުކުރުވާނެ ކަންކަމެވެ. އިލާހުވަންތަ ކަލެއްގެ ރޭއްވެވުމާއި ތަދުބީރުކުރެއްވުން ހިމެނިގެންވާކަން ހާމަވާ ދަލީލުތަކެވެ. މިއީ ދޮގެއްތޯއެވެ. ބިމުން ގަސްފަޅާ…

މި ކައުނު ހައްދަވައި ކައުނުގައި ލައްވާފައިވާ އަޖައިބު ކުރުވަނިވި ކަންކަމާމެދު ތިބާ ފިކުރުކުރަންތޯއެވެ. އިރުއަރާ އޮއްސުމެވެ. ރޭގަނޑާއި ދުވާލު ދައުރުވަމުންދާ ދިއުމެވެ. އުޑުން ވާރޭވެހި ބިމުން ގަސްފަޅާ ހެދުމެވެ. އެއިން މޭވާ ނުކުމެ ފައްކާވާގޮތެވެ. ވިސްނުމުގެ ނަޒަރަކުން ފިކުރުކޮށްލުމަށް މިފަދަ އެތައްކަމެއް މާތްﷲ ވަނީ މި ކައުނުގައި ލައްވަވާފައެވެ. އެފަދަ ކޮންމެ ކަމަކީ ވިސްނާބަޔަކަށް އެކަލާނގެ މަތިވެރިކަމާއި ވޮޑިގެންވުން ދަލީލުކުރުވާނެ ކަންކަމެވެ. އިލާހުވަންތަ ކަލެއްގެ ރޭއްވެވުމާއި ތަދުބީރުކުރެއްވުން ހިމެނިގެންވާކަން ހާމަވާ ދަލީލުތަކެވެ.

މިއީ ދޮގެއްތޯއެވެ. ބިމުން ގަސްފަޅާ ހެދުމަކީ އޭގެ ޒާތުގައި ތިބާއަށް އާކަމަކަށް ނުވެދާނެއެވެ. އަދި ގަހުން މޭވާ ލިބުމާއި އޭގައި އަޅާމޭވާގައި ތަފާތު ރަހަތައް ލުމަކީވެސް ތިބާއަށް މާބޮޑު އަޖައިބަކަށް ނުވެދާނެއެވެ. އެހެންނަމަވެސް އަޅެބުނެބަލާށެވެ. ދުނިޔޭގެ ކޮންމެ ބިމެއްގައި އިންދައި ހެއްދިނަމަވެސް އެ މޭވާއަކަށް ޚާއްޞަކުރެވިފައިވާ ނިއުޓްރިޝަންގެ މާއްދާތައް އެ މޭވާއެއްގައި ނުހުރޭތޯއެވެ. އެއަށް ބަދަލެއް ނާދެއެވެ. މިސާލަކަށް ދަންނަވާނަމަ އޮރެންޖަކީ އެއިން ވިޓަމިން ސީ ލިއްބައިދޭ މޭވާއެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގެ ބިމެއްގައި އިންދައި ހެއްދިނަމަވެސް އޮރެންޖުން ލިއްބައިދޭ  ވިޓަމިން ގެ މި މާއްދާ އެގޮތުގައި ހުރެއެވެ. ފުސްކޭލާއި، ފޭރާއި މިރުސްގަސް އެއް ވަޅުގަނޑެއްގައި އިންދައި އެއަށް އެއްފެނެއްދީ އެއްކާނާއެއް އެޅިނަމަވެސް އެއިން ކޮންމެ ބާވަތަކުން ލިއްބައިދޭ ނިއުޓްރިޝަންގެ މާއްދާތައް ތަފާތެވެ. އެހެންނަމަވެސް އިންދީ އެއްބިމެއްގެ އެއް ބާވަތެއްގެ ފަހުގައެވެ. ފެންދިނީ އެއްތަނަކުން ނަގައިގެން އެއް ފެނެކެވެ. މިހެންވަނީ ކީއްވެބާވައެވެ.

މި ޙަޤީޤަތް ބަޔާންކުރައްވައި سورة الرعدގެ 4 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައިވެއެވެ. وَفِي الْأَرْ‌ضِ قِطَعٌ مُّتَجَاوِرَ‌اتٌ وَجَنَّاتٌ مِّنْ أَعْنَابٍ وَزَرْ‌عٌ وَنَخِيلٌ صِنْوَانٌ وَغَيْرُ‌ صِنْوَانٍ يُسْقَىٰ بِمَاءٍ وَاحِدٍ وَنُفَضِّلُ بَعْضَهَا عَلَىٰ بَعْضٍ فِي الْأُكُلِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَعْقِلُونَ މާނައީ ” އަދި ކައިރިކައިރީގައިވާ ތަފާތު ބައިތައް، އެ ބިމުގައިވެއެވެ. އަދި މޭބިސްކަދުރާއި، ގޮވާމާއި، ކަދުރުރުއްތަކުގެ ބަގީޗާތައް ވެއެވެ. އެއްތަނޑަކަށް ހުންނަ ގަހާއި، އެއްތަނޑަކަށް ނުހުންނަ ގަހެވެ. އެ ހުރިހާ ތަކެއްޗަށް ދެވެނީ، އެއް ފެނެކެވެ. އަދި ތިމަންރަސްކަލާނގެ އޭގެ އެއްބާވަތް އަނެއް ބާވަތަށްވުރެ ކެއުމަށް މޮޅުކުރައްވަމެވެ. ހަމަކަށަވަރުން، އެ (ހުރިހާ) ކަންތަކުގައި، ވިސްނާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.” މިއީ ކިހާބޮޑު ޙަޤީޤަތެއްތޯއެވެ. މާތްﷲގެ ކުޅަދައްވަންތަކަމާއި އެކަލާނގެ ތަދުބީރުކުރެއްވުން ހުރި ގޮތް ނިކަން ދެކިބަލާށެވެ. އިންސާނުންނަށް ބޭނުންވާނެ ހުރިހާކަމެއް އެކަލާނގެވަނީ ފުރިހަމަ ނިޒާމެއްގެ މަތިން ކަނޑައަޅުއްވާފައެވެ. އެ ނިޒާމުގެ ތެރޭގައި އެކަންކަން އެގޮތަށް ބުރުޖަހަމުން ދަނީއެވެ. އަޅުގަނޑުމެނަށް އޮތީ މިފަދަ ކަންކަމާމެދު ވިސްނާފިކުރުކުރުމެވެ. އެކަލާނގެ ދެއްވި ނިޢުމަތާ މެދު ޝުކުރުވެރިވުމެވެ.

އަސްލަކީ މިއީއެވެ. މާތްﷲ މިފަދަ ކޮންމެ ކަމެއް ލައްވާފައިވަނީ އެކަންކަމާމެދު ވިސްނާ ފިކުރުކުރުމަށެވެ. އެކަލާނގެ ދެއްވި ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފުމަށްޓަކައެވެ. ހެއްދެވި ފަރާތް ދެނެގަނެ އީމާންކަން ހަރުދަނާކުރުމަށް އޮތް މަގެއްގެ ގޮތުގައެވެ. ތިބާ އަޅެބުނެބަލާށެވެ. މި ބިމުން ފަޅާހެދިބޮޑުވާ ކޮންމެ އޮއްޓަރެއްގައިވެސް މި ޙަޤީޤަތް ނުވޭތޯއެވެ. ފަސްގަނޑުގެ ގޮތުން އެއް ބައްރާއި އަނެއް ބައްރު އެކަލާނގެ ވަނީ ތަފާތު ކުރައްވާފައެވެ. އެހެންނަމަވެސް އެފަދަ ކޮންމެ ބިމެއްގައި އިންދާ ހެއްދިނަމަވެސް އެ މޭވާގެ ބާވަތަކަށް ޚާއްސަކުރެވިފައިވާ ފައިދާއެއް އެ މޭވާއަކުން ލިއްބައިދެއެވެ. އެކަމުގައި ފަރަގެއް ނެތެވެ. ފެންދީ ކާނާއަޅާ ހުރިހާ ގޮތަކުން ހޭހަންކޮށް ހެއްދިނަމަވެސް މެއެވެ. ނުވަތަ ގުދުރަތީގޮތުން ފެންލިބިގެން އޭގެ އަމިއްލަ ޒާތުގައި ހެދިބޮޑުވެ މޭވާއެޅިނަމަވެސް މެއެވެ.

މިއީ ކިހާބޮޑު ނިޢުމަތެއްތޯއެވެ. ކިހާބޮޑު އަޖައިބެއްތޯއެވެ. މާތްﷲ އިންސާނާއަށް ބޭނުންވާނެ ހުރިހާ ކަމެއް ވަނީ ފުރިހަމައަށް މި ބިންމަތީ ލައްވާފައެވެ. އިންސާނުންގެ ބޭނުންތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ އެއީއެވެ.  سورة النحل ގެ 11 ވަނަ އާޔަތުގައި މާތްﷲ ވަޙީކުރައްވާފައި ވެއެވެ. يُنْبِتُ لَكُمْ بِهِ الزَّرْعَ وَالزَّيْتُونَ وَالنَّخِيلَ وَالْأَعْنَابَ وَمِنْ كُلِّ الثَّمَرَاتِ ۗ إِنَّ فِي ذَٰلِكَ لَآيَةً لِقَوْمٍ يَتَفَكَّرُونَ މާނައީ “އެކަލާނގެ އެ ފެނުގެ ސަބަބުން ގޮވާމާއި، ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާގަސްތައް ތިޔަބައިމީހުންނަށްޓަކައި ފަޅުއްވަތެވެ. ހަމަކަށަވަރުން، فكر ކުރާ ބަޔަކަށް އެކަންކަމުގައި ހެއްކެއްވާކަން ކަށަވަރެވެ.”

އަޅުގަނޑުމެން މިފަދަ ކަންކަމާމެދު ވިސްނާ ފިކުރުނުކުރަނީ ކީއްވެތޯއެވެ. މި ބިމުގައި މާތްﷲ އިންސާނާއަށްޓަކައި ލައްވާފައިވާ ނިޢުމަތްތައް މަދުތޯއެވެ. ގަސްގަހާގެއްސަށް ބޭނުންވާނެ ކާނާގެ އެންމެހާ ބާވަތްތައް މާތްﷲ ވަނީ ބިމުގައި ލައްވާފައެވެ. ގަހުން ލިބޭ މޭވާއާ ތަރުކާރީގައި އިންސާނާއަށް ބޭނުންވާނެ ފައިދާހުރި ހުރިހާ މާއްދާތަކެއް އެކަލާނގެ ވަނީ ލައްވާފައެވެ. ބިމުގައި ލައްވާފައިވާ ފެނަކީ އެންމެހާ ދިރުންތަކަށް އާރޯކަން ގެނުވައިދޭ ވަސީލަތެކެވެ. އުޑުން ވެއްސަވާ ވާރޭފެނުން ދިރުންތަކަށް ތާޒާކަން ގެނުވައިދޭ ނޫންތޯއެވެ. މޭވާއި ތަރުކާރީގެ ތެރެއިން ބާވަތްތައް ތަފާތުކުރައްވައި އެއިންކޮންމެ އެއްޗެއްގައިވެސް އިންސާނުންނަށް ބޭނުންވާނެ ކޮންމެވެސް ޚާއްސަ ކަމެއް ލައްވާފައި ނުވޭތޯއެވެ. މިއީ ހަމަޔަޤީނުންވެސް މިކަންކަމާމެދު ވިސްނާ ފިކުރުކުރާ ބަޔަކަށް އިބުރަތަކަށް ވާނެ ކަންކަމެވެ.

____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment