000 ދުވަސްވަރަކީ ސަރުކާރުގެ އެއް އޮފީހެއްގައި ހުންނަ މުވައްޒަފަކު އެހެން އޮފީހަކަށް ބޭނުންވެއްޖެނަމަ، ފަސޭހަކަމާއެކު އެ އޮފީހަކަށް ބަދަލު ކުރެވޭ ދުވަސްވަރެކެވެ. އެއްބަޔަކު އަނެއްބަޔަކަށް މިފަދަ ކަންކަމަށް ބަލަބަލާ ތިބި ދުވަސްވަރެއް ވެސް މެއެވެ. އެހެންކަމުން ބައެއް ފަހަރު ބައެއް އޮފީހަށް މާބޭނުންނޫން މުވައްޒަފުން އެހެން އޮފީހަކަށް ފޮނުވައިލުމަށްފަހު އެ އޮފީހަށް ބޭނުން މުވައްޒަފަކު ހޯދިވެސް ދެއެވެ. މިފަދަ ދުވަސްވަރެއްގައި އެއް އޮފީހެއްގައި ހުރި ތަންކޮޅެއް ފަރުވާކުޑަކޮށް ކަންތައްކުރާ ކުއްޖަކާމެދު އެ އޮފީހުގެ ވެރިޔާގެ ހިތްޕުޅު ނުތަނަވަސްވާން…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ދުވަސްވަރަކީ ސަރުކާރުގެ އެއް އޮފީހެއްގައި ހުންނަ މުވައްޒަފަކު އެހެން އޮފީހަކަށް ބޭނުންވެއްޖެނަމަ، ފަސޭހަކަމާއެކު އެ އޮފީހަކަށް ބަދަލު ކުރެވޭ ދުވަސްވަރެކެވެ. އެއްބަޔަކު އަނެއްބަޔަކަށް މިފަދަ ކަންކަމަށް ބަލަބަލާ ތިބި ދުވަސްވަރެއް ވެސް މެއެވެ. އެހެންކަމުން ބައެއް ފަހަރު ބައެއް އޮފީހަށް މާބޭނުންނޫން މުވައްޒަފުން އެހެން އޮފީހަކަށް ފޮނުވައިލުމަށްފަހު އެ އޮފީހަށް ބޭނުން މުވައްޒަފަކު ހޯދިވެސް ދެއެވެ.

މިފަދަ ދުވަސްވަރެއްގައި އެއް އޮފީހެއްގައި ހުރި ތަންކޮޅެއް ފަރުވާކުޑަކޮށް ކަންތައްކުރާ ކުއްޖަކާމެދު އެ އޮފީހުގެ ވެރިޔާގެ ހިތްޕުޅު ނުތަނަވަސްވާން ފަށައިފިއެވެ. ނަމަވެސް އޭނާގެ ބަދަލުގައި ކުއްޖަކު ލެއްވޭނީ އެ އޮފީހުން އޭނާ އެހެން އޮފީހަކަށް ފޮނުވައިލެވިގެންނެވެ.

ނުވަތަ މަގުބޫލު ސަބަބެއް ހުށަހެޅުމަށް ފަހު އޭނާ އެ އޮފީހުން ވަކިކޮށްގެންނެވެ.

އެ ވެރިޔާ މި މުވައްޒަފު ވަކިކުރައްވާން ބައްލަވައިލެއްވިއިރު އެފަދަ މަގުބޫލު ސަބަބެއް ދެއްކޭކަށް ނެތެވެ. އެގޮތަކީ، އޭނާ ކޮންމެ ދުވަހަކު ބަރާބަރަށް އެކޮށްއުޅޭ ގޮތަކަށް މަސައްކަތް ކުރެއެވެ. އެހެންކަމުން މުޅީން ފަރުވާކުޑަ ކުއްޖެއްގެ ނަމުގައި އެ އޮފީހުން ވަކިކުރާން ލިޔެވޭކަށް ނެތެވެ. ތެދުތެދަށް ބުނަނީނަމަ، އޭނާ މަސައްކަތް ކުރަނީ “ކަމަކަށް ކަމެއް” ކުރާ ގޮތަށެވެ. އެކަމެއްގައި ފަރުވާ ބަހައްޓައިގެން ކޮށްނިންމަން އޮންނަ ގޮތަކަށް ނޫނެވެ.

އޭނަޔާ ހުރެ އޮފީހުގެ ބައެއް މުވައްޒަފުން އޭނާ އުޅޭ ގޮތަށް އުޅެން ވެސް ފަށައިފިއެވެ. އެމީހުންގެ ވާހަކައަކީ، އަހަރެމެން މިހެން އުޅޭކަމުން ވަނީ ވަކިން ކޮންކަމެއް ހެއްޔެވެ؟ މިހާރު މިއޮތީ “އެންމެ މަހެއް ވެސް މުޅި ފެންގަނޑު ކިލަނބުކޮށްލަފާނެއޭ” ބުނާގޮތް ވެފައެވެ.

މިހިސާބަށް ކަންތައް ދިއުމުން އޮފީހުގެ ވެރިޔާ ގޮތެއް ވިސްނާވަޑައިގެންފިއެވެ. އެއީ އޭނާގެ ރައްޓެހި އެހެން ބޭފުޅެއްގެ އޮފީހަށް އޭނާ ބަދަލު ކުރުމެވެ. މި ބޭފުޅަކީ ކިހާ ތަޖުރިބާއެއް ލިބިވަޑައިގެން ހުންނެވި ކަންކަމަށް ލޯ ހުޅުއްވެވޭ ބޭފުޅަކު ކަމެއް މީނާއަކަށް ވަޒަނެއް ނުކުރެވެއެވެ.

ކޮންމެއަކަސް އެއްދުވަހަކު މި ދެ ވެރިންގެ ދެމެދުގައި އެ މުވައްޒަފުގެ ވާހަކަ ދެކެވިއްޖެއެވެ. މުވައްޒަފު ބަދަލުކުރަން ބޭނުންފުޅުވާ އޮފީހުގެ ވެރިޔާ ވާހަކަ ފެއްޓެވިއެވެ.

“އަޅުގަނޑު މިއައީ ކުޑަވާހަކައެއް ދަންނަވަން. އެއީ އަޅުގަނޑުމެން އޮފީހުގައި އުޅޭ ވަރަށް ރަނގަޅު ކުއްޖަކު މި އޮފީހަށް ބަދަލު ކުރައްވާތޯ އެ ވާހަކަ ދަންނަވަން.”

“ކީއްވެތޯ އޭނާ ބަދަލުކުރައްވަން ތިޔަ އުޅުއްވަނީ؟”

“އެއީ އޭނާގެ ބަދަލުގައި ފިރިހެންކުއްޖަކު ގެންނަން ވެގެން. ފިރިހެން ކުއްޖަކުލައްވައި ކުރުވާ މަސައްކަތްތަކެއް އޭނާ ލައްވައެއް ނުކުރެއްވޭނެއެއް ނޫންތޯ؟ އަދި އެހެން ނޫނަސް އޭނާ ހުއްޓައެއް އެހެން ކުއްޖަކު ނުވެސް ލެއްވޭނެ ނޫންތޯ؟ ދަންނަވަންތޯ؟ އެއީ އޮފީހުގައި ގިނައިރު މަސައްކަތް ކުރަން އިންނަ ކުއްޖެއް. ކުރާ ކަންތައް ވެސް ހަމައެހައި ރަނގަޅުވާނެ. އަދި އޭނާގެ ކިޔަމަންތެރިކަން ދަންނަވަންތޯ؟ އޮފީހަށް އައުމަށްފަހު ގަޑި ޖެހެންދެން އޮފީހުގައި އިންނާނެ. އިރުއިރުކޮޅުން ބޭރަށް ނުކުމެއެއް ވެސް ނޫޅޭނެ.”

އޭނާގެ ވާހަކަތައް އަޑު އައްސަވަން އިންނެވުމަށަފަހު، ބަދަލުކުރަން އުޅޭ އޮފީހުގެ ވެރިޔާ ވިދާޅުވިއެވެ.

“ހަމަތެދެއްތޯ؟ ތިޔަހާ ރަނގަޅު ކުއްޖެއްކަމަށް ވަނީ ވިއްޔާ އޭނާ ވަކި ނުކުރައްވާ ތިޔަ އޮފީހުގައި ބަހައްޓަވާ.”

_______________________________________

About the author
Leave Comment