މިސްޓަރ ސޭލަރ  (Sayler)އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ޖީބުފުޅުގައި ރަނުން ހަދާފައިވާ ކުޑަކުޑަ ބޫޓު ކިބައެއް އަބަދުވެސް އޮވެއެވެ. މި ބޫޓު ކިބައަކީ ރޭގަން ރައީސަކަށް ވެވަޑައިގަތުމުގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ރަޙްމަތްތެރި ބޭފުޅަކު ހަދިޔާއަކަށް އެރުވި އެއްޗެކެވެ. ރޭގަން ޤަބޫލު ފުޅު ކުރައްވާ ގޮތުގައި މި ބޫޓު ކިބައިގައި ކޮންމެވެސް ރޫޙާނީ ބާރެއް އެކުލެވިގެން ވެއެވެ. އެބާރެއްގެ ސަބަބުން ކުރިމަތިވެ ވަޑައިގަންނަވާ…

މިސްޓަރ ސޭލަރ  (Sayler)އަކީ އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ މެންބަރެކެވެ. އޭނާ ވިދާޅުވާ ގޮތުގައި އެމެރިކާގެ ކުރީގެ ރައީސް ރޮނަލްޑް ރޭގަންގެ ޖީބުފުޅުގައި ރަނުން ހަދާފައިވާ ކުޑަކުޑަ ބޫޓު ކިބައެއް އަބަދުވެސް އޮވެއެވެ. މި ބޫޓު ކިބައަކީ ރޭގަން ރައީސަކަށް ވެވަޑައިގަތުމުގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން ރަޙްމަތްތެރި ބޭފުޅަކު ހަދިޔާއަކަށް އެރުވި އެއްޗެކެވެ. ރޭގަން ޤަބޫލު ފުޅު ކުރައްވާ ގޮތުގައި މި ބޫޓު ކިބައިގައި ކޮންމެވެސް ރޫޙާނީ ބާރެއް އެކުލެވިގެން ވެއެވެ. އެބާރެއްގެ ސަބަބުން ކުރިމަތިވެ ވަޑައިގަންނަވާ ކޮންމެ އާފާތަކުން ސަލާމަތްވެ ވަޑައިގަނެއެވެ. މާޗް 1981 ގައި ރޭގަން އަވަހާރަ ކޮށްލަން ބަޔަކު ދިން ޙަމަލާއިން ސަލާމަތްވެ ވަޑައިގަތީވެސް މި ބޫޓު ކިބައިގެ ސަބަބުން ކަމަށް ރޭގަން ދެކެވަޑައިގަނެއެވެ.

މި ބޫޓު ކިބަ ރޭގަންގެ އަތްޕުޅުގައި އަބަދުވެސް އޮވެއެވެ. 1981 ވަނަ އަހަރުގެ ޖޫން މަހު އެއް ދުވަހަކު މިސްޓަރ ސޭލަރ އަށް ރޭގަންގެ ފައިންޕުޅު ފެނިގެން ދެންނެވިއެވެ. “މަނިކުފާނު މިހާރުވެސް އެއްކަލަ ބޫޓުކިބަ ގެންގުޅުއްވަން ތޯއެވެ؟”

ރޭގަން ވިދާޅުވިއެވެ. “އާނއެކެވެ. ގެންގުޅެމެވެ.”

I sure do.

މިހެން ވިދާޅުވެފައި ކޯޓުގެ ވައަތްޕުޅު ފަރާތު ޖީބުން އެއްކަލަ ބޫޓުކިބަ ނަންގަވައި ދައްކަވައިލެއްވިއެވެ. (ޓައިމްސް އޮފް އިންޑިއާ – 24 ޖޫން 1981)

މިއީ ވަހުމަށް އަޅުކަން ކުރުން  (Superstition)ކަމާ މެދަކު އެއްވެސް ޝައްކެއްނެތެވެ. އެކަމަކު މި އަޅުކަން ކުރުމުގައި އެނގި ފާޅުވެގެންދާ ސަބަބެއް އެބަ އޮތެވެ. އެއީ މި ދުނިޔޭގައި އިންސާނުންނަށް މެދުވެރިވާ ކަންތައްތަކަކީ ސިއްރުން ފުރިގެންވާ ކަންތައްތަކަށް ވުމެވެ. އެކަންތައްތަކުގެ ޙަޤީޤީ މާނައާއި، ސަބަބު ވިސްނައިގަންނާކަށް އިންސާނުންނަކަށް ނޭނގެއެވެ. އެއީ “ސިއްރު ޙަރަކާތް” ތަކެކެވެ. އެ ޙަރަކާތްތަކުގެ ސަބަބުން ބައެއް މީހުންނަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހެއެވެ. އަނެއް ބަޔަކަށް ފޮނި ކާމިޔާބީ ލިބެއެވެ.

އެއް ކަމެއްގެ ސަބަބުން ދެ މީހަކަށް ކުރިމަތިވާ ނަތީޖާ އެއްގޮތެއް ނުވެއެވެ. މުޅިން ތަފާތެވެ. އެކަކަށްވެސް އެ މީހަކަށް އެ ކުރިމަތިވީ ކަމެއް ކުރިމަތިވީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެއްދުވަހަކު އަޅުގަނޑު ވިޔަފާރިވެރިއެއްގެ ގާތުން އޭނާގެ ވިޔަފާރީގެ ކާމިޔާބީގެ ސިއްރަކީ ކޮބައިތޯ އެހީމެވެ. އޭނާ އިރުކޮޅަކު ވިސްނާލަން ހުރެފައި ބުންޏެވެ. “ނަޞީބެވެ.” ކާމިޔާބީގެ ތިން ސަބަބެއް ބަޔާން ކޮށް ދޭށޭ ބުންޏަސް އެމީހަކު ޖަވާބުގައި ބުނާނީ “ނަޞީބެވެ. ނަޞީބެވެ. ނަޞީބެވެ.” މިހެންނެވެ.

ދުނިޔޭގައި ހިނގާ ކަންތައްތަކުގެ ސިއްރު ނޭނގެނީ އެކަންތައްތައް ހިންގަވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަށް ވާތީއެވެ. އިންސާނުންނަކަށް ﷲ ސުބްޙާނަހޫ ވަތަޢާލާ ހަމަ ލޮލަކަށް ނުފެނެއެވެ. ވުމާއެކު ފެންނަން ހުންނަ ކޮންމެވެސް އެއްޗެއް ކަލަކަށް ހަދަނީއެވެ. އެއީ ރަން ބޫޓު ކިބައަކަށް ވިޔަސް ނުވަތަ އަނގޮޓިއަކަށް ވިޔަސް ވަރިހަމައެވެ.

ކޮންމެވެސް ފަރާތަކަށް އަޅުކަން ކުރަން އިންސާނާއަށް ވަނީ މަޖްބޫރުވެފައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ. ނުވަތަ އެކަލާނގެ ފިޔަވައި އެހެން ކޮންމެވެސް ފަރާތަކަށެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment