000އިންސާނާގެ ވިސްނުމާއި ފިކުރަކީ ހުރިހާކަމެއް ނިންމުމުގެ ބާރު ލިބިގެންވާ އެއްޗެއްނޫނެވެ. އެއީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ ބުއްދިކުރުމާއި ފިކުރު ކުރުމުގެ ބާރަކީ ވެސް އުނި އެއްޗެއްކަމަށް ވާތީއެވެ. އިންސާނާއަށް އަބަދު ކުރިމަތިވަނީކީ އޭނާ ހިތް އެދޭގޮތެއްނޫނެވެ. އޭނާ ބޭނުންވާ ގޮތެއްވެސް ނޫނެވެ. ބައެއް ފަހަރު އޭނާ ބަލިވެ، އެކަމުގެ ވޭން އުފުލަންޖެހެއެވެ. އަނެއްބައި ފަހަރު އޭނާ ކުރާ ކަންކަން ފެއިލުވެދެއެވެ. އަނެއްބައި ޙާލަތްތަކުގައި އޭނާ އެންމެ އެދޭ ކަންކަން އޭނާއަށް ހާސިލު ނުވެދެއެވެ. ހަމަ މިބީދައިން މީގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އިންސާނާގެ ވިސްނުމާއި ފިކުރަކީ ހުރިހާކަމެއް ނިންމުމުގެ ބާރު ލިބިގެންވާ އެއްޗެއްނޫނެވެ. އެއީ އިންސާނާއަށް މާތްﷲ ދެއްވާފައިވާ ބުއްދިކުރުމާއި ފިކުރު ކުރުމުގެ ބާރަކީ ވެސް އުނި އެއްޗެއްކަމަށް ވާތީއެވެ. އިންސާނާއަށް އަބަދު ކުރިމަތިވަނީކީ އޭނާ ހިތް އެދޭގޮތެއްނޫނެވެ. އޭނާ ބޭނުންވާ ގޮތެއްވެސް ނޫނެވެ. ބައެއް ފަހަރު އޭނާ ބަލިވެ، އެކަމުގެ ވޭން އުފުލަންޖެހެއެވެ. އަނެއްބައި ފަހަރު އޭނާ ކުރާ ކަންކަން ފެއިލުވެދެއެވެ. އަނެއްބައި ޙާލަތްތަކުގައި އޭނާ އެންމެ އެދޭ ކަންކަން އޭނާއަށް ހާސިލު ނުވެދެއެވެ. ހަމަ މިބީދައިން މީގެ އިދިކޮޅަށް ވެސް ދުނިޔެ ހިނގަމުންދެއެވެ. މިއީ އިންސާނީ މި ކައުނުގައި ރެޔާދުވާލު ކަންހިގަމުންދާ ގޮތެވެ. އޭގެ ތަބީއަތެވެ.

އިންސާނާ މި ބިންމަތީ އުޅެމުންދާ ހިނދު، މާތްﷲ އެމީހަކަށް ކުރިމަތިކުރުވާ ކޮންމެ ކަމަކީވެސް އެއިން އޭނާއަށް ފައިދާއާ ލާބަ ދެއްވާނެކަމެވެ. އަބަދު އިންސާނާ އެދޭ ހުރިހާ ކަމެއް އޭނާއަށް ވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެންނަމަވެސް އެގޮތަށް އެކަން މެދުވެރިވާނަމަ އިންސާނާއަށް އޭނާ ހެއްދެވިފަރާތާއި ހެއްދެވި ބޭނުން ހަނދާންނެތިވެ ހިނގައިދާނެއެވެ. އިމާންކަން ބަލިކަށިވެ މާތްﷲގެ މަތިން ހަނދާންނެތިވެ ހިނގައިދާނެއެވެ. ބަލިވުމަކީވެސް އޭގެ ޒާތުގައި މާތްﷲގެ މިންވަރުފުޅާ އިރާދައިގެ ތެރެއިން ވާކަމެވެ. އެއީ އިންސާނާ އިމްތިޙާނުކުރެއްވުމަށް އެކަލާނގެ ކަނޑައަޅުއްވާފައިވާ މަގެކެވެ. ހަމައެއާއެކު ބަލިވާ ކޮންމެ ފަހަރަކު އެބަލީގެ ވޭނުގައި އޭނާ ކެތްތެރިކަމާއެކު މާތްﷲގެ މިންވަރަށް އީމާންވެ ސަބަބުގައި ހިފައިގެން މަސައްކަތްކުރާނަމަ އޭނާގެ ކުދި ފާފަތައް ފޮހެވިގެންދެއެވެ. އެބަލީގެ ވޭނުގައި އޭނާ ކެތްތެރިކަމާއެކު ތަހަންމަލު ކުރާނަމަ އެއީ އާޚިރަތްދުވަހު އޭގެ ސަބަބުން އޭނާގެ ދަރަޖަ އުފުލިދާނެކަމެވެ.

ނިކަން ވިސްނާލަބަލާށެވެ. މިފަދަ ކޮންމެ ހާލަތެއްގައި ހެއްދެވިފަރާތުގެ މަތިން ހަނދާންކޮށް ނުދޭތޯއެވެ. ބޭހާއި ޑޮކްޓަރުންގެ އެހީތެރިކަމާއެކުވެސް ޝިފާދެއްވުން ވަނީ މާތްﷲގެ ބާރުގައިކަން ތަސައްވަރު ނުވޭތޯއެވެ. އެހެންކަމުން ކެތްތެރިކަމުގެ ތެރެއިން ހަގީގަތުގައި އަޅުގަނޑުމެންނަށް ދަސްވެގެންދާ ފިލާވަޅަކީ ހެއްދެވިފަރާތް ހަނދާންކުރުމެވެ. މާތްﷲ ގެ މިންވަރުފުޅާއި ނިއުމަތްތަކެވެ. މިންވަރަށް އީމާންވުމާއި އެކަލާނގެ ޤަޟާގަދަރަށް އިމާންވުމެވެ. އަދި ހަމައެއާއެކު ބޮޑާކަމުގެ ސުންޕާ ބަލިން ދުރުހެލިވުމެވެ.

އެއްވެސް ޝައްކެއްނެތެވެ. ބަލިވުމަކީ މާތް ﷲ އިންސާނާ އިމްތިހާނުކުރެއްވުމުގެ ތެރެއިން ލައްވާފައިވާކަމެވެ. މުސްލިމުންގެ ގޮތަކީ މިއިން ކޮންމެ ވަގުތެއްގައިވެސް މާތްﷲއަށް ޝުކުރުވެރިވުމެވެ. އިރާދަޔާއެކު އެކަން އެގޮތަށް މެދުވެރިވީކަމަށް ގަބޫލުކޮށް ސަބަބުތަކުގައި ހިފަހައްޓައި އެކަމަށް ރުހިގެންވުމެވެ.

އިންސާނާގެ އަމިއްލަ ހާލަތާމެދު ނިކަން ފިކުރުކޮށްލަ ބަލާށެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަށް އުޅެވެނީ ދުޅަހެޔޮ ސިއްހަތުގައި ނޫންތޯއެވެ. އަރާމާ އުފަލުގައި ނޫންތޯއެވެ. މާތްﷲ ދެއްވި ތަކެތިން ކައިގެން އެކަލާނގެ ރިޒުޤުން ބަނޑުފުރައިގެން ނޫންތޯއެވެ. މާތްﷲ ދެއްވި ނިއުމަތްތައް ހަނދާންނައްތާލައި މަޖަލާއި ޖާހިލުކަމުގެ ތެރޭގައި ނޫންތޯއެވެ. މިދިރިއުޅުމުގެ ތެރެއިން ގިނަފަހަރަށް އަޅުގަނޑުމެންނަށް ހޭވެރިކަން ވަނީ މުސީބަތެއް ކުރިމަތި ވުމުންނެވެ. އެކަމުގެ ސަބަބުން ތިމާއަށް އެތައް ތަކުލީފަކާއި ބުރަތަކެއް ކުރިމަތިވުމުންނެވެ. މިއީ އިންސާނީ ދިރިއުޅުމުން ފެންނަ ހަގީގަތެއްނޫންތޯއެވެ.

އަބޫ ހުރައިރާ ރަޟިޔަﷲ އަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ދަތި އުނދަގޫ ހާލުގައި، އެމީހެއްގެ ދުޢާ އިޖާބަ ވުމަށް އެދޭ މީހާ، ހެޔޮ ހާލުގައި ގިނަގިނައިން ދުޢާ ކުރާހުށިކަމެވެ.” މުސްލިމުންގެ ގޮތަކަށްވާންވީ މިއުސޫލެވެ. އަބަދުވެސް މާތްﷲ ހަނދާންކުރުމެވެ. ތިމާ ހިތްއެދޭ ކަމެއް ފެއިލުވުމުން ނުވަތަ ތިމާ ބަލިވުމުން ބަލިން ޝިފާދެއްވާތޯ ދަންނަވާފަދައިން ކޮންމެ ހާލަތެއްގައިވެސް މާތްﷲ ހަނދާންކުރުމެވެ. އެއީ އެކަލާނގެ މިންވަރުފުޅުން ވާކަމެއްކަން ޤަބޫކުރުމެވެ.

_______________________

About the author
Leave Comment