އަޅުގަނޑުމެން އެންމެން އަބަދުވެސް ދައްކާ ވާހަކައަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނަވަންކަން ދެމެހެއްޓުމަށް ރައްކާތެރިވާންޖެހޭނެ ވާހަކައެވެ. މިނިވަން ކަމަށް ބުރޫއަރާ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ނަސޭހަތްތެރިވެއެވެ. މި ވާހަކަތައް ތާއަބަދު ތަފާތު އެކިއެކި މަހެފިލުތަކާއި، މުނާސަބުތަކުގައްޔާއި ސްކޫލް ކުދިންނަށާއި ޢާންމުންނަށް ހިންގާ ޙަރަކާތްތަކުގައި ވާހަކަދައްކާ ނަސޭހަތްދީ ހަދައެވެ. ޤައުމެއްގެ ފުދުންތެރިކަމާއި އެޤައުމެއްގެ މިނިވަންކަމާ ގުޅިވަނީ ލާމެހިފައެވެ. އިޤްތިޞާދީ ފުދުންތެރިކަން ނެތިއްޖެނަމަ އެޤައުމެއްގެ ކަންކަން ނިންމުމުގައި އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ނުފޫޒު ސީދާކޮށާއި ނުސީދާކޮށް ކުރެއެވެ.…

އަޅުގަނޑުމެން އެންމެން އަބަދުވެސް ދައްކާ ވާހަކައަކީ ދިވެހިންގެ ދީނާއި ސިޔާދަތާއި މިނަވަންކަން ދެމެހެއްޓުމަށް ރައްކާތެރިވާންޖެހޭނެ ވާހަކައެވެ. މިނިވަން ކަމަށް ބުރޫއަރާ ފަދަ އެއްވެސް ޢަމަލެއް ނުހިންގުމަށް ނަސޭހަތްތެރިވެއެވެ. މި ވާހަކަތައް ތާއަބަދު ތަފާތު އެކިއެކި މަހެފިލުތަކާއި، މުނާސަބުތަކުގައްޔާއި ސްކޫލް ކުދިންނަށާއި ޢާންމުންނަށް ހިންގާ ޙަރަކާތްތަކުގައި ވާހަކަދައްކާ ނަސޭހަތްދީ ހަދައެވެ. ޤައުމެއްގެ ފުދުންތެރިކަމާއި އެޤައުމެއްގެ މިނިވަންކަމާ ގުޅިވަނީ ލާމެހިފައެވެ. އިޤްތިޞާދީ ފުދުންތެރިކަން ނެތިއްޖެނަމަ އެޤައުމެއްގެ ކަންކަން ނިންމުމުގައި އިޤްތިޞާދީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކުގެ ނުފޫޒު ސީދާކޮށާއި ނުސީދާކޮށް ކުރެއެވެ. ތާރީޚް ހެކިދޭ ގޮތުގައި ގިނަ ޤައުމުތަކުގެ މިނިވަންކަން ގެއްލިފައިވަނީ ވިޔަފާރީގެ ނުފޫޒުންނެވެ. ތަނުގެ ރައްޔިތުން އެހެން ބައެއްގެ މައްޗަށް ބަރޯސާވެ ބިދޭސީން ވިޔަފާރީގެ މުޢާމަލާތުގެ ކޮންޓްރޯލް އެމީހުންގެ އަތްމައްޗަށް ދިއުމުގެ ސަބަބުންނެވެ. މިގޮތުން ފަލަސްތީނާއި އަހުރެމެންގެ  އަވަށްޓެރި ޤައުމުތަކުގެ މިނިވަންކަން ގެއްލިގެން ދިޔަދިޔުމުގެ އެއް ސަބަބަކަށް ވެފައިވަނީ އެޤައުމަތަކަށް ޒިޔާރަތްކޮށް ހިންގި ބިދޭސީ ވިޔަފާރިތަކެވެ. މިއަދު ރާއްޖޭގެ ހާލަތު އޮތީ ކިހިނެތްތޯ ބަލައިލަމާ ހިނގާށެވެ.

 ރާއްޖޭގެ ކަންމަތީގެ ވިޔަފާރިންފެށިގެން، ސައިހޮޓާ، ރެސްޓޯރެންޓް އަދި ސެލޫންފަދަތަންތަނުގައި މުޅިންހެން ތިބެނީ ބިދޭސީންނެވެ. މިފަދަ ތަންތަނުގައި ބިދޭސީންގެ ނުފޫޒު ފޯރާފައިވަނީ ވަރަށް ބޮޑަށެވެ. މިކަމުގެ ސަބަބުން މިފަދަ ތަންތަނުން ލިބޭ ޚިދުމަތަށް މިވަނީ ވަރަށް ބޮޑަށް ނޭދެވޭ އަސަރުކޮށްފައެވެ. މިގޮތުން ދާދި މިދާކަށްދުވަހު ފެންމަތިވި އެއް މައްސަލައަކީ ރިސޯޓްތަކުން އުކާލާ ކެއްކުމަށް ބޭނުންކުރާ ތެޔޮ ބާޒާރަށް ގެނެސް ހޮޓާތަކުގައި ބޭނުންކުރާ ވާހަކައެވެ. މިފަދަ އެތައް މައްސަލައަކާ މިވަނީ ކުރިމަތިލާންޖެހިފައެވެ.

 އަޅުގަނޑު މިތަނުގައި ފާހަގަކޮށްލަން މިއުޅެނީ ކަންކަން ފާލުން ނެއްޓިގެން ގޮސްފައިވާތީ ދިމާވާ އެހެން މައްސަލައެއްގެ  ވާހަކައެކެވެ. ކަންމަތީ ފިހާރަތަކާއި ސައި ހޮޓާތަކާއި ބޯކޮށާ ތަންތަން ދިވެހިންގެ އަތުން ބީވެފައިވާ މިންވަރުގެ ވާހަކައެވެ. މިހާރު ހެދިފައިވާ ގަވާއިދުގެ ދަށުން ފިހާރަ ފަދަ ތަންތަނުގެ ކޭޝިއަރުންނަށް ނުވަތަ ސޭޓުންނަށް ބިދޭސީން ތިބުމަކީ މަނާކަމެކެވެ. މިހެންވެ ކޮންމެވެސް ދިވެއްސަކު ފިހާރައިގެ ވަތްގަނޑު ބަލަހައްޓަން ހުރެއެވެ. އެކަމަކު އެފިހާރައިގެ އެއްޗެއްގެ އަގު އޮޅުންފިލުވަން ސުވާލެއް ކޮށްފިނަމަ، އެއެއްޗެއްގެ އަގު އެނގޭނީ އެތަނުގައި ހުންނަ ބިދޭސީ މީހާއަށެވެ. އަދި ވަކިން ޚާއްޞަކޮށް ޑިސްކައުންޓަށް އަހައިފިނަމަ އެކަމުގައިވެސް ގޮތެއް ނިންމަނީ ބިދޭސީ މީހާއެވެ. ހީވަނީ އެއީ ފިހާރައިގެ ބޮޑު ސޭޓް ނުވަތަ ވެރިފަރާތްހެންނެވެ. އަދި މިވަރުން ކަންތައްތައް ނިމުނީއަކީ ނޫނެވެ. މިހާރު ދިވެހިންނަށާއި އަދި ބިދޭސީންނަށް ފިހާރަ ފަދަ ތަންތަނުން ޚިދުމަތް ދިނުމުގައިވެސް ވަރަށް ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެއްދުވަހަކު އަޅުގަނޑު ޚިދުމަތްދޭ ތަނެއްގައި ހުއްޓާ ދިވެއްސަކު އައިސް ރާސްޓަސްއެއް ލިބިދާނެތޯ ސުވާލުކުރުމުން ރާސްޓަސް ހުސްވެސްޖެކަމަށް ބިދޭސީ މީހާ ބުންޏެވެ. އޭގެ އިރުކޮޅެއް ފަހުން ބިދޭސީ މީހަކު (އެބިދޭސީ މީހާގެ ޤައުމުގެ މީހަކު) އައިސް ރާސްޓަސް އެއް ހޯދުމަށް އެދުމުން އެމީހާ ބޭނުންވާ އަދަދުގެ ރާސްޓަސް އޭނާއަށް ހަމަޖައްސާއިދިނެވެ. މިފަދަ ކަންކަން އަޅުގަނޑެކޭ އެއްފަދައިން އެތައް ދިވެހިންނަށް ތަޖުރިބާކުރަންޖެހިފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މިއީ ކުޑަކަމެއްކަމުގައި ދެކިގެންނުވާނެއެވެ. ރާސްޓަސް ފަދަ ކުދިކުދި ކަންކަން އެމީހުންގެ އަތްދަށަށް ދިއުމުން ކުރަން ޖެހުނު ހިތި ތަޖުރިބާ، ކުރިމަގުގައި އެއަށްވުރެ ބޮޑެތި ކަންތައްތަކުގައި ދިމާވެ، މާދަމާ އަޅުގަނޑުމެންނަށް ފެންނާނީ ބިދޭސީންގެ އަތްދަށަށް ބާރުތައް ދާންފެށުމުން އެމީހުން ދިވެހިންނާއި ދޭތެރޭ މުޢާމަލާތްތަކުގައި ގެނގުޅޭ ތަފާތުކުރުންތަކެވެ. މިއީ ފަހަރެއްގައި ކަންކަމުގެ ފެށުން ކަމަށްވެސް ވެދާނެއެވެ. އަދި މިގޮތަށް ކަންތައްތައް ދިމާވާނަމަ ދިވެހިންގެ އިޤްތިޞާދު ބޭރުމީހުންގެ އަތްމައްޗަށް ގޮސް ދިވެހިން ބިދޭސީންގެ މައްޗަށް ހުރިހާ ކަމެއްގައި ބަރޯސާވެ، މުޅި ޤައުމު އެމީހުންގެ އަތްދަށަށް ދިއުމަކީ ވެދާނެކަމެކެވެ. މިކަންކަމަށް ހުރިހާ ދިވެހިން ސަމާލުވެ، ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ ދިވެހިންގެ މިނިވަންކަމާއި އިޤްތިޞާދީ ފުދުންތެރިކަން އަންނަން އޮތް ޖީލަށް އަމާނާތްތެރިކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް ފަރުދީގޮތުން އުފުލަންޖެހޭ ޒިންމާ އުފުލުމަށް ސަމާލުވަމާ ހިނގާށެވެ! އަދި އިޤްތިޞާދު ބޭރުގެ ބައެއްގެ އަތްމައްޗަށް ދޫކޮށްލައިގެ ނުތިބެމާތޯއެވެ!

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. ް

    ކިއުންތެރިއެއް
    ލިޔުންތެރިޔާ ސަލީމަށް ފަށްފަށުން ޝުކުރިއްޔާ! އަލިއަޅުވާލަދެއްވާފައި މިއޮތް ބޭރު މުއައްޒިފުންގެ މައްސަލައަކީ ހަގީގަތުގައި މިހިނދަށް ބޮޑުވެފައިވާ ގައުމީ މައްސަލައެއް. ކަމަށް އޮތް ހައްލުތަކަށް ވެސް ބައްލަވާލެއްވި ނަމަ މިލިޔުން އަދި މިއަށް ވުރެ ވެސް ފުރިހަމަ އެއްޗަކަށްވީސް!

    (0)(0)
Leave Comment