ލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފިއެވެ.  ފޮތް ހަދިޔާ ކުރުން އޮތީ އިއްޔެ ހެނދުނު 9.30 ގައި ނައިފަރު ޕަބްލިކް ލައިބްރަރީގައެވެ. ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ފޮތްތައް ހަދިޔާ ކުރެއްވީ ޖަމިއްޔާގެ އެއް ނާއިބު ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. ލައިބްރަރީގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެ ލައިބްރަރީގެ ވެރިޔާ އަލްފާޟިލް މުޙައްމަދު ނިޒާރު އިބްރާހީމެވެ. ލައިބްރަރީއަށް ހަދިޔާ ކުރެވުނު ފޮތްތަކުގެތެރޭގައި ހިމެނުނީ، ލިޔުންތެރިޔާ މަޖައްލާއާއި ޅެންވެރިޔާ މަޖައްލާގެ އަދަދުތަކާއި…

wp_20160924_09_30_20_proލިޔުންތެރީންގެ ގުޅުމުގެ ފަރާތުން ފާދިއްޕޮޅު ނައިފަރު ޕަބްލިކް ލައިބްރަރީއަށް ފޮތް ހަދިޔާކޮށްފިއެވެ.  ފޮތް ހަދިޔާ ކުރުން އޮތީ އިއްޔެ ހެނދުނު 9.30 ގައި ނައިފަރު ޕަބްލިކް ލައިބްރަރީގައެވެ. ލިޔުންތެރިންގެ ގުޅުމުގެ ފަރާތުން ފޮތްތައް ހަދިޔާ ކުރެއްވީ ޖަމިއްޔާގެ އެއް ނާއިބު ރައީސް އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދެވެ. ލައިބްރަރީގެ ފަރާތުން ފޮތްތަކާ ހަވާލުވެވަޑައިގަތީ އެ ލައިބްރަރީގެ ވެރިޔާ އަލްފާޟިލް މުޙައްމަދު ނިޒާރު އިބްރާހީމެވެ.

ލައިބްރަރީއަށް ހަދިޔާ ކުރެވުނު ފޮތްތަކުގެތެރޭގައި ހިމެނުނީ، ލިޔުންތެރިޔާ މަޖައްލާއާއި ޅެންވެރިޔާ މަޖައްލާގެ އަދަދުތަކާއި ޖަމިއްޔާގެ ބައެއް މެންބަރުން ލިޔުއްވާފައިވާ ބައެއް ފޮތެވެ. އެ ގޮތުން މުޅިއެކު 33 ފޮތް ހަދިޔާ ކުރެވުނެވެ.

ނައިފަރު ޕަބްލިކް ލައިބްރަރީއަކީ، މެދުނުކެނޑި ހިންގަވާތާ ތިރީސް ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ލައިބްރަރީއެކެވެ. އެ ލައިބްރަރީ ރަޖިސްޓަރީ ކުރެވިފައިވަނީ، 7 މާރިޗު 1980 ގައެވެ. އެ ލައިބްރަރީގައި މިހާރު އާންމުކޮށް ލިބެން ނުހުންނަ ގިނަ އަދަދެއްގެ ދިވެހިފޮތާއި ނޫސް މަޖައްލާތައް ހުރިކަން ފާހަގަ ކުރެވެއެވެ.

އެ ލައިބްރަރީގެ ވެރިޔާ އަލްފާޟިލް މުޙައްމަދު ނިޒާރު އިބްރާހީމަށް ވަނީ، ލައިބްރަރީ ހިންގުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު، 1991 ވަނަ އަހަރު ލިބިވަޑައިގެންފައެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment