ތަންކޮޅެއް ކުރިން ތާޅަފިއްޔާ ދިޔުމަކީ، ހުކުރުވިލޭރޭ ފަތިހު ކުރަމުން އައި ކަމެކެވެ. މާދަމާއަކީ، ހުކުރުދުވަސްކަން ހަނދާންކޮށްދިނުމަށް ކުރަމުން އައި ކަމެއްކަމަށް މަރްޙޫމް ޖަމީލްދީދީމެން ފަދަ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެއީ، ތާޅަފިއްޔެއް ހިފައިގެން އެ ފުމެމުން މާލޭ ކޮލިހިނގާ މަގު ވަށައިގެން ހިނގާފައި ދާދިއުމަކަށް ކިއިފައި އޮތް ނަމެކެވެ. ކޮލިހިނގާ މަގަކީ، ކޮލިލާއިރު ކޮލިކަލޭގެ ހިނގާ މަގުތަކެވެ. އެމަގުތަކުގައި ހިނގަމުން ރަސްމީ ބައެއް ކަންތައް އިއުލާންކުރާނެއެވެ. ނަމަވެސް އަޅުގަނޑު މިއުޅެނީ ކޮލިލާގޮތް އޮޅުން ފިލުވައިދޭކަށް ނޫނެވެ. ތާޅަފިއްޔާ…

ތަންކޮޅެއް ކުރިން ތާޅަފިއްޔާ ދިޔުމަކީ، ހުކުރުވިލޭރޭ ފަތިހު ކުރަމުން އައި ކަމެކެވެ. މާދަމާއަކީ، ހުކުރުދުވަސްކަން ހަނދާންކޮށްދިނުމަށް ކުރަމުން އައި ކަމެއްކަމަށް މަރްޙޫމް ޖަމީލްދީދީމެން ފަދަ ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެއީ، ތާޅަފިއްޔެއް ހިފައިގެން އެ ފުމެމުން މާލޭ ކޮލިހިނގާ މަގު ވަށައިގެން ހިނގާފައި ދާދިއުމަކަށް ކިއިފައި އޮތް ނަމެކެވެ. ކޮލިހިނގާ މަގަކީ، ކޮލިލާއިރު ކޮލިކަލޭގެ ހިނގާ މަގުތަކެވެ. އެމަގުތަކުގައި ހިނގަމުން ރަސްމީ ބައެއް ކަންތައް އިއުލާންކުރާނެއެވެ. ނަމަވެސް އަޅުގަނޑު މިއުޅެނީ ކޮލިލާގޮތް އޮޅުން ފިލުވައިދޭކަށް ނޫނެވެ. ތާޅަފިއްޔާ ދިޔުމަކީ ކޮބައިކަން ވަރަށް ކުރުކޮށް ސާފުކޮށްލަދެވޭތޯ ބަލާށެވެ.

ތެދެއް މެއެވެ. ފަތިހުގެ އެ ހަމަހިމޭން ވަގުތުގައި އިއްވާލާ މިއަޑަކީ ވަރަށް ބިރުވެރި އަޑެކެވެ. ކޮލިހިނގާ މަގުގައި ހުންނަ ގޭގޭ ކުޑަކުދީން އެއަޑަށް ހަތަރެސްފައި އެކީ އެއްލިގެން ނުދާނޭކަމެއް ނުރޯނޭކަމެއްވެސް ނޭނގެއެވެ. ނަމަވެސް އެކަމަކީ އަޅުގަނޑުގެ ނަޒަރުގައި މާނައިން ފުރިގެންވާ ކަމެކެވެ. ޝައްކެއްވެސް ނެތެވެ. އޭނާ ތާޅަފިލި ފުމެމުން ދާދިއުމުގައި މާނަތަކެއް އެކުލެވިގެންވެއެވެ. އެކަމާއި އެއަޑާއި އެކުލެވިފައެވެ. އިބާރާތްތަކެއް ނުވަތަ ވާހަކަތަކެއް ކިޔައިދިނުމަކާ ނުލައި އެއަޑު އޭގެ ޒާތުން އެބުނެދެނީ، މިބަޔާންކުރާ ބާވަތުގެ ވާހަކަތަކެއްކަމަށް ޚިޔާލުކުރެވެއެވެ.

މިއީ ބަރަކާތްތެރި ހުކުރުދުވަހުގެ ފަތިހެވެ. އަވަހަށް ފަތިސްނަމާދަށް ތެދުވާށެވެ. މިހިސާބުން މުއުމިނުންގެ އީދުދުވަހަށް ފެށުނީއެވެ. ކަންނެތްކަމާއި ވަކިވެ ތަންމަތިތައް ދޫކޮށް އަވަހަށް ގައިން ތާހިރުވެ، މިސްކިތާ ދިމާއަށް އަވަސް ފިޔަވަޅުތަކެއް އެޅޭތޯ ބަލާށެވެ. ފަތިސްނަމާދުގެ ހެޔޮކަމާއި ދަރުމަވާނީ ލިބިގަންނާށެވެ. އިރުއަރަންދެން ހެޔޮ އެއްޗެހި ކިޔާށެވެ. އެކުރަނީ މިއިއުލާނެވެ.

މިހާރު މިއޮތީ ޒަމާން ބަދަލުވެފައެވެ. މިހާރުވެސް މިހާރުގެ ގޮތަށް އެބަ ތާޅަފިއްޔާ ދެއެވެ. ނަމަވެސް މިހާރުގެ ގޮތަށް އެބަ ތާޅަފިއްޔާ ދެއެވެ. ނަމަވެސް ޒަމާނަށް އައި ބަދަލާއެކު ވަގުތުވެސް ތަފާތުވެގެންނެވެ. ގޮތްވެސް ތަފާތުވެގެންނެވެ.

ކޮންމެ ދުވަހަކު ހަވީރު ކަހަލަ ގޮތަކަށް ޕިކަޕެއްގައި ތާޅަފިއްޔެއް ބޭނުންކޮށްގެން މާލޭގެ މަގުތަކުގައި އަޑުގަދަކުރަމުން ދުއްވާތީ ފެނެއެވެ. އެ ޕިކަޕް ތާޅަފިލިން ގޮވާއެއްޗެއް ގޮވާލާ އިރަށް ބައެއް ގޭގެ ކުދިން ސިއްސައިގެން ނުދާނެ ކަމެއް، އެއާއެކު ރޮއި ނުގަންނާނެކަމެއްވެސް ނޭނގެއެވެ.

ތާޅަފިއްޔާ ދާ މީހާ ހަމައެކަނި އެފުމެލީމާ ނިމުނީތާއެވެ! މިހާރުގެ ގޮތަށް ތާޅަފިއްޔާ ދާމީހުން ބާވަތެއްގެ ގޮވެލިތަކެއްވެސް ގޮވައެވެ. މިގޮވެލިތައް ގޮވަމުން މާލޭގެ ޚާއްޞަ މަގުތަކެއްގައި އެއުޅަނދެއް ދުއްވަމުން ގެންދާނެއެވެ.

މިކަމާ ގުޅިގެން އަޅުގަނޑު ހިތަށް އެރިއެވެ. ތަޖުރިބާވެރިން އެވިދާޅުވަނީ ހަމަ ތެދުފުޅެކެވެ. “ތާރީޚަކީ އޭގެ އަމިއްލަ ނަފްސު އިއާދަ ކުރާ އެއްޗެކެވެ.” މަޝްހޫރު ޅެންވެރިޔެއް ކަމުގައިވާ އަލްމަރްޙޫމް ހޯރަފުށީ އާދަމް ސަލީމް ވިދާޅުވަނީ “ތާރީޚަކީ ހަޤީޤަތުގާ ސާފު އެއްޗެކޭ- މާރީތިކޮށް އިއާދަ ވަމުން އަންނަ އެއްޗެކޭ”  ބައްލަވާށެވެ. އެތައް ޒަމާނެއް ވެފައި ތާޅަފިއްޔާ ދިޔުން “އާހެދުމެއް ލައިގެން” މިއޮއް ތެދުވީއެވެ. ކުރެވެމުންދާ ކަންތައް ދާދި އެއްގޮތެވެ. ނަމަވެސް ހުރިހައި ކަމެއްވެސް މިވަނީ، ޒަމާނާ އެއްގޮތަށް ބަދަލުވެފައެވެ.

އެދުވަސްވަރު ތާޅަފިއްޔާ ދިއުމުގައި ބަސްތަކެއް ބޭނުމެއް ނުކުރެވެއެވެ. ނަމަވެސް ކަމުގެ “ޙާލުގެ ދުލުން” އެކުރަނީ ބޮޑު އިއުލާނެކެވެ. މިއަދު މިއޮތީ، ހަމަހިމޭން “ޙާލުގެ ދުލެއް” ނޫނެވެ. އަޑުގަދަކަމާއެކު އިވެމުންދާ ބަސްތަކުން ކުރެވެމުންދާ އިއުލާނެކެވެ. އެއާއެކު ކަންވެސް އަދި ތަންވެސް އޭގެ އިތުރަށް ގޮތްވެސް މިވަނީ މުޅިން ބަދަލުވެފައެވެ.

____________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment