000(28 ސެޕްޓެމްބަރުގެ ބަޔާ ގުޅޭ) މިބައި ނަގާފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 148ވަނަ ޢަދަދުންނާއި(ޖުލައި 1991) އާއި 149ވަނަ ޢަދަދުންނެވެ(އޮގަސްޓް 1991) _____________________________ މަލިކުމީހުން ދިރިއުޅުމަށް ކުރާ އެންމެ ޚާއްޞަ މަސައްކަތަކީ ބޯޓްދަތުރު ކުރުމެވެ. ރަށުގެ ފިރިހެނުންގެ އައްޑިހަ އިން ސައްތަ މީހުންނަކީ ބޯޓްދަތުރުކުރާ މީހުންނެވެ. މަލިކުމީހުން ބޯޓްފަހަރުގެ ވަޒީފާއަށް ދަނީ ކޮއްޗޭ މަގުން ބޮމްބޭއަށް ގޮސްގެން ބޮންބޭއިންނެވެ. ބޮމްބޭގައި އޯލް އިންޑިއާ ފެންވަރުގެ ސީމެން އެސޯސިއޭޝަނެއް އޮވެއެވެ. އެތަން މެދުވެރިވެގެން ބޯޓްފަހަރަށް ދާމީހުން ގިނައިން ގޮސްއުޅެނީ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

(28 ސެޕްޓެމްބަރުގެ ބަޔާ ގުޅޭ)

މިބައި ނަގާފައި ވަނީ “ފަތްތޫރަ” މަޖައްލާގެ 148ވަނަ ޢަދަދުންނާއި(ޖުލައި 1991) އާއި 149ވަނަ ޢަދަދުންނެވެ(އޮގަސްޓް 1991)

_____________________________

މަލިކުމީހުން ދިރިއުޅުމަށް ކުރާ އެންމެ ޚާއްޞަ މަސައްކަތަކީ ބޯޓްދަތުރު ކުރުމެވެ. ރަށުގެ ފިރިހެނުންގެ އައްޑިހަ އިން ސައްތަ މީހުންނަކީ ބޯޓްދަތުރުކުރާ މީހުންނެވެ.

މަލިކުމީހުން ބޯޓްފަހަރުގެ ވަޒީފާއަށް ދަނީ ކޮއްޗޭ މަގުން ބޮމްބޭއަށް ގޮސްގެން ބޮންބޭއިންނެވެ. ބޮމްބޭގައި އޯލް އިންޑިއާ ފެންވަރުގެ

ސީމެން އެސޯސިއޭޝަނެއް އޮވެއެވެ. އެތަން މެދުވެރިވެގެން ބޯޓްފަހަރަށް ދާމީހުން ގިނައިން ގޮސްއުޅެނީ CDC  ހަދައިގެން ޝިޕިންގ ކޯޕަރޭޝަން އޮފް އިންޑިޔާގެ ބޯޓްފަހަރަށެވެ.

ނަމަވެސް މިހާރު އިންޑިޔާ ފިޔަވައި އެހެން ޤައުމުތަކުގެ ބޯޓްފަހަރަށް މީހުން ފޮނުވައިދޭ ހަތަރު އޭޖެންސީއެއްވެސް މަލިކުމީހުން ހިންގައެވެ.

އެއެޖެންސީތައް ވެސް ހިންގަނީ ބޮމްބޭގައެވެ. ބޯޓްފަހަރުން ޖާގަލިބުމަށް އެމީހުން ކިޔަނީ ނައުކުރި ލިބުމެވެ. މިދެންނެވި އެޖެންސީތަކުގެ ތެރޭގައި’މިނިކޮއި ޕީޕަލްސް ވެލްފެއަރ އެސޯސިއޭޝަން” އަލްކަރީމް މަންޒިލް- ފިފްތްފްލޯރ ބޮމްބޭ އާއި “މިނިކޮއިޕެލަސް” ހިމެނެއެވެ. މީގެ އިތުރަށް މަލިކުގެ އަވަށެއްކަމުގައިވާ ފަލައްސޭރީގެ މީހުން އެމީހުންނަށް ޚާއްސަކޮށް ހިންގާ ދެ އެޖެންސީއެއްވެސް ހުރެއެވެ.

މަލިކުމީހުން މިދެންނެވި އެޖެންސީތަކަށް ކިޔަނީ “ލާތި” އެވެ. މީހަކު ލާތި މެދުވެރިކޮށް ބޯޓްދަތުރުކުރަން ދާން ބޭނުންވެއްޖެނަމަ، އެންމެ ފުރަތަމަވަނީ ލާތީގެ މެމްބަރަކަށެވެ. ލާތީގެ މެމްބަރަކަށް ވެވެނީ އެއްހާސްރުފިޔާގެ ފީއެއް ދިނުމުންނެވެ. މިފައިސާ ދެއްކުމުން ލާތީގެ މެމްބަރަކަށްވީއެވެ. މީގެ އިތުރަށް ކެއުމަށް ދުވާލަކަށް -/10 ރުފިޔާ ދެއްކުމުން ބޯޓަށް ދެވެންދެން ބޮމްބޭގައި ހުރުމާއި، ބޯޓްދަތުރުކޮށް ނިންމާފައި އައިސް ކޮއްޗެއަށް ދިއުމާ ދެމެދު ބޮމްބޭގައި ހުންނައިރު ކެއުމުގެ ޚަރަދުތަކާއި ހުރުމުގެ ކަންތައް ލާތީން ހަމަޖައްސައިދެއެވެ.

މީގެ އިތުރަށް ބޯޓަށް ގޮސްފައި އައިސް ކަނޑައެޅިފައިވާ ފީއެއް(މަލިކު ބަހުރުވައިގައި ބާޑައެއް) ދޭން ޖެހެއެވެ. ބޯޓަށް އެރުމުގެ ފީއެއްގެ ގޮތުން ވެސް ލާތިއަށް ހަތަރުހާސް ރުފިޔާ ދޭން ޖެހެއެވެ.

ކުރީންވެސް ދެންނެވި ފަދައިން މަލިކުމީހުންގެ އާމްދަނީގެ އެންމެ ބޮޑު ވަސީލަތަކީ ބޯޓްދަތުރުކުރުމެވެ. ނަމަވެސް ބޯޓްދަތުރުކުރަން ގޮސް ތިބި މީހުންގެ ޖުމްލަ ޢަދަދެއް، އެމީހުން އެވްރެޖްކޮށް ރަށަށް އެތެރެކުރާ ފައިސާގެ ޢަދަދެއް، އެނގޭނެ ގޮތެއް ހަމަޖެހިފައެއް ނޯވެއެވެ. ސިންޑިކޭޓް ބޭންކްގެ މަލިކު ގޮފިން މަޢުލޫމާތުދޭ ގޮތުގައި ދަތުރުކުރާ މީހުން އެލޮޓްމެންޓްގެ ގޮތުގައި މަހަކު ފަނަރަލައްކަ ރުފިޔާ ރަށަށް ފޮނުވައެވެ. ނިސްބަތުން ބަލާއިރު އިންޑިޔާއަށް އެންމެ ގިނަ ބޭރުފައިސާ އެތެރެކޮށްދޭ ސީމަނުންނަކީ މަލިކުގެ ފަޅުވެރިންނެވެ.

މަލިކު މީހުން ބޯޓްފަހަރުގެ އިންޖިނު ޑިޕާޓްމަންޓާއި، ޑެކްޑިޕާޓްމަންޓްގައި ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އޮފިސަރުންގެ ރޭންކްގައި ހިމެނޭ މަލިކު މީހުން ވަރަށް މަދެވެ. ސެކެންޑް އިންޖިނޭރެއްގެ މަޤާމުގައި އެކަކު ހުރެއެވެ. އެއީ ހަސަންބޭގޯތީ އިބްރާހީމެވެ. އަންޒަމާން ނިކެބާރު ހިސާބަށް ދަތުރުކުރާ ބޯޓްފަހަރުގެ މާލިމީންކަމުގައިވެސް މަލިކުމީހުން ތިބެއެވެ. ކެޕްޓަނެއްގެ މަޤާމުގައިވެސް އެކަކު ހުންނަކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. އެއީ އައުގޯތި ޢަލީއެވެ. މީގެ އިތުރަށް ފިޓަރުން، ވެލްޑަރުން، އޮއިލަރުން،ކްއާޓަރމާސްޓަރުން، ޗީފްކުކުން، ސަރަނގުން، ކާޕެންޓަރުންގެ މަޤާމްގައި މަލިކުމީހުން ވަރަށް ގިނައެވެ.

މަލިކަކީ ޢާންމުކޮށް ދަނޑުވެރިކަން ކުރާ ރަށެކޭ ދެންނެވޭކަށް ނެތެވެ. ނަމަވެސް ދިވެހިރުއް ހެއްދުމާއި، ކުފުރާ ތައްޔާރުކުރުމަކީ މަލިކުގައި އާމްދަނީ ހޯދުމުގެ ގޮތުން ކޮށް އުޅޭ މަސައްކަތެކެވެ. މަލިކުގެ ކޯޕަރޭޓިވް ސޮސިއިޓީއަށް 1989 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން

90 ވަނަ އަހަރުގެ ޖެނުއަރީއަށް 61.78 ޓަނުގެ ކުފުރާ ގަނެފައިވެއެވެ. އޭގެ އަގަކީ ގާތްގަނޑަކަށް 9.5 ލައްކަ ރުފިޔާއެވެ. މަލިކުގައި ދިވެހިރުކުގެ އިތުރަށް ހައްދާ ބާވަތްތަކުގެ ތެރޭގައި ފަތްކެޔޮ، ކަށިކެޔޮ، ފަޅޯ(ފުހައްޔާ) ބަނބުކެޔޮ، މުރަނގަ، ބަށި، މިރުސް، ވިލާތުބަށި، ޗިޗަންޑާ، ލުނބޯ، ބިލަމަގު، ގޯނބިލި، މައްސާގު، ބީންސް(ހިމެރި) އުއްދަނޑި، ބިލެތް ފަދަ ތަކެތި ފާހަގަކުރެވެއެވެ. މަލިކަކީ ފަސްގަނޑުގެ ގޮތުންނާއި، ޖިއޮގްރަފީ ގޮތުންވެސް ރާއްޖޭގެ ރަށަކަށްވުމާއެކު މަލިކުގައި ހެދެނީ ރާއްޖޭގައިވެސް ހެދޭ ބާވަތްބާވަތުގެ ގަސްގަހާގެއްސެވެ. އާދެ، ހިރުނދު، ކާނި، މިދިލި، ފުނަ، ކަނޑޫ، ހެލެބެނލި ފަދަ ބާވަތްތަކެވެ. މީގެ އިތުރަށް އުނި، ދިއްގާ، ކަނދު، ނިކަ، އަހި، ދުނބުރި، ހިތި، ޅޮސް، ކުރެދި ފަދަ ގަސްގަހާއި، ހިސާބަކަށް ސައްކޭލާއި ހައިވަކަރުގަސް ހުރެއެވެ.

ދިވެހިރާއްޖެއަށްވެސް ތަރުކާރީ އާއި މޭވާ ބޭރުން އެތެރެކުރާ ފަދައިން މަލިކަށް ވެސް ތަރުކާރީ އާއި މޭވާގެ ބާވަތްތައް ގެންނަނި “ދިގުކަރަ”އިންނެވެ. އާދެ، އިންޑިޔާގެ ކެރެލާއިންނެވެ.

މަލިކުގައި ދަނޑުވެރިކަންކުރާ މީހުންގެ ތެރޭގައި ގިނައީ ލަކްޝަދީބުގެ އެހެނިހެން ރަށްރަށުން މަލިކަށް އައިސްތިބޭ މީހުންނެވެ.

މަލިކުމީހުންނަކީ މޭވާއާއި ތަރުކާރީގެ ބާވަތްތައް ހެއްދުމަށްވުރެ ގަނެގެން ބޭނުންކުރުމަށް ތަރުޙީބުދޭ ބައެކެވެ.

ކަންމިހެން ހުރިކަމުގައި ވިޔަސް ލަކްޝަދީބު ސަރުކާރުން މަލިކުގެ ދަނޑުވެރިކަން ކުރިއެރުވުމަށް ސަމާލުކަން ދެއެވެ. މަލިކުގައި ސަރުކާރުގެ އެގްރިކަލްޗްރަލް ޑެމޯންސްޓްރޭޝަން ޔުނިޓަކާއި، މާގަސް ހައްދާ ފާމެއް އޮވެއެވެ. އެތާނގެ ވެރިޔަކަށް 1990 ސެޕްޓެމްބަރުގައި ހުރީ އެގްރިކަލްޗްރަލް ޑެމޯންސްޓްރޭޓަރަ ޢަބްދުﷲ ކޮޔާއެވެ. އޭނާއަކީ ކަލްޕެނީގެ މީހެކެވެ.

ލަކްޝަދީބުގެ ޕްލޭނިންގ ޑިޕާޓްމެންޓްގެ 1989 ގެ ހިސާބުތައް ދައްކާ ގޮތުން ދަނޑުވެރިކަމުގެ ގޮތުން މަލިކުން އަހަރަކު ލިބެނީ:

ގޮވާން   12.25 މެޓްރިކްޓަން

މޭވާ    55.00 މެޓްރިކްޓަން

ތަރުކާރީ  26.20 މެޓްރިކްޓަން

މަލިކުގައި އިންޑިޔާގެ މަރުކަޒީ ސަރުކާރުން ހިންގާ ސެންޓްރަލް އެގްރިކަލްޗަރަލް ރިސާރޗް އިންސްޓިޓިއުޓެއް ހުރެއެވެ. އެތާނގެ ވެރިޔަކަށް 1990 ސެޕްޓެމްބަރގައި ހުރީ ޖޮއިންޓްޑިރެކްޓަރ އެމް.ޖީ.ބޮޕައްޔާ އެވެ. އެތާނގެ މަސައްކަތަކީ ދިވެހިރުކާ ބެހޭ ގޮތުންނާއި ކާށްޓާ ބެހޭ ގޮތުން ތަޙްލީލްކުރުމެވެ. އެކަމަށްޓަކައި 8 އޭކަރުގެ ބިމެއް ޚާއްޞަކޮށްފައި އޮވެއެވެ.

އެގްރިކަލްޗަރާ ގުޅިފައިވާ ބައެއް ކަމުގައިވާ ގެރިބަކަރިއާއި ކުކުޅު ގެންގުޅުންވެސް މަލިކުގައި އޮވެއެވެ. ސަރުކާރުގެ އެނިމަލް ހަޒްބަންޑްރީ އެންޑ ޕޯލްޓްރީ ޑިޕާޓްމަންޓެއް ހުރެއެވެ. އެތާނގެ މަސައްކަތަކީ ގެރިބަކަރިއާއި ކުކުޅު ގެންގުޅުމާއި، މަހާއި، ބިހާއި، ކިރުވިއްކުމާއި ޢާންމުންނަށް މަޢުލޫމާތުދިނުމާއި ގެރިގެންގުޅޭ މީހުންނަށް ހެޔޮ އަގުގައި ކާނާ ހޯދާދިނުމާއި، ގެރިބަކަރީގެ ޞިއްހަތު ރަނގަޅުކުރުމަށްޓަކައި ބޭސްފަރުވާކޮށް ދިނުމެވެ. ޑިޕާޓްމަންޓްގެ ވެރިޔަކަށް ހުންނަނީ މަލިކުމީހެކެވެ. ޖަނަވާރާ ބެހޭ ޑޮކްޓަރެއް ކަމުގައިވާ އައުގޯތީ އަތިރީގޭ މުޙަންމަދެވެ.

ތިރީގައި މިވަނީ މަލިކުގެ ޕޯލްޓްރީއާ ބެހޭ ގޮތުން ލަކްޝަދީބުގެ ޕްލޭނިންގ ޑިޕާޓްމެންޓުން 1989 ގައި ޝާޢިއުކޮށްފައިވާ ތަފާސް ހިސާބުތަކެވެ.

ދުވާލަކު ލިބޭ ބިސް:

ސަރުކާރު:  111

އަމިއްލަ:   733

ދުވާލަކު ލިބޭކިރު:

ސަރުކާރު:    13 ލިޓަރު

އަމިއްލަ:     50 ލިޓަރު

ގެރި (1987 ގެ ބޯހިމެނި ހިސާބުން) 87

ބަކަރި(1987 ގެ ބޯހިމެނި ހިސާބުން) 765

ކުކުޅުހާ(1987 ގެ ބޯހިމެނި ހިސާބުން) 4963

މަލިކުގައި އޮންނަ ގެރިގެންގުޅޭ ފާމަކީ އަމިއްލަ ހަތްމީހަކާއި ސަރުކާރުގެ ފާމާ ގުޅިގެން އުފައްދައިފައިވާ ތަނެކެވެ. އެތާނގައި ބައިވެރިވާ އަމިއްލަ

މީސްމީހުންނަކީ، މެނެގޭއަލި ފުންހިލޮޅު، ފާޠިމާ ތުއްބޭބެގޯތި ބޮޑުއަތިރި، ތިއްތިގޭ ހައްވަ އައުމަގު، ހަންޑިކަގޯތިކުޑަގޭ ހައްވަ، ބާޑަ، ބަނބުކެޔޮގޭ ޢާއިޝާ، ފަލައްސޭރި، މަލިންގޭ މޫސަ، ފަލައްސޭރި، އޮޅުބަގޭ އިބްރާހީމް، ފަލައްސޭރި އެވެ.

ޕޯލްޓްރީ ފާމް އުފައްދައިފައި ވަނީ 1989 ގައެވެ. ވިހި މީހަކު މިކަމުގައި ޙިއްސާވެއެވެ. އެއީ، އެޗް.ބީ.ހަސަންމަނިކުފާނު، ފުރައްކާޑު މުޙައްމަދު، ޑޮކްޓަރު ބީ.މުޙަންމަދު މަނިކުފާނު، ހާޖިކާގޯތި އާއިޝާ، މާވަޑިގޯތި ހުސައިން، ކެރުހާޖިގޭ ދަލޭކާ، އާއިޝާ ސޮސަޓީދޮށުގެ، އާމިނާ މުއްތުގެ، ވީ.ޖީ.މުޙަންމަދު ކުއްޓި، ބީ.އޭ.އިބްރާހީމް ކުއްޓި، ވަލުގޯތި ތުއްބިބީ، މުއްތެގޭ އިބްރާހީމް، ހެއްޔޯގޯތި ހައްވާ، ކަރީމްގޯތި އިބްރާހީމް، ހުސައިންބާވަގޭ އިސްމާއީލް، މާލޭގޭ ހައްވަ، އަތިރިކޮޅުގޭ އުތުރުފަރާތުގޭ ފާތިމާ، އަލުމަސްކާގޯތި ފާތިމަ، ހީނާފަތްގޯތީ އާމިނާ، ކިލައުގަނޑުގޭ ހުސައިން، މިމީސްމީހުންނެވެ.

ރޯނުވެށުމާއި ބޮލިހިލުމާއި ރުއްއެރުމަކީ މަލިކުމީހުން އިހުޒަމާނުގައި ދިރިއުޅުމަށްޓަކައި ކޮށް އުޅުނު މަސައްކަތްތަކުގެ ތެރެއިން މިހާރު ނުމިއި ނުދިރިހުރި މަސައްކަތްތަކެވެ.

އިންޑިޔާކަނޑުގެ ވިޔަފާރީގެ ތާރީޚަށް ބަލާއިރު ދިވެހިރާއްޖޭގެ ބޮއްޔާއި، ރޯނާއި، ހަކުރާއި، ދިލަޖެއްސިމަހާއި، ރާއްޖޭގައި ވިޔާ ކަސަބުގެ ކިނާރީއާއި، ފަށުއިފޭރާމާއި، މާވަހަރަކީ އެތެރެވަރީގައި ވަރަށް އަގުހުރި ބާވަތްތަކެކެވެ. މީލާދީން ސާދަވަނަ ސައްތައިގެ ފަހުކޮޅުން ފެށިގެން ޔޫރަޕްގެ ވިޔަފާރިވެރިން އެތެރެވަރިއަށް އައުމަށްފަހު އެމީހުންވެސް އެންމެ ބޮޑަށް ބޭނުންވި ވިޔަފާރި މުދަލުގެ ތެރޭގައި ދިވެހިރާއްޖޭގެ މިދެންނެވި އުފެއްދުންތައް ހިމެނެއެވެ.

ދިވެހިރާއްޖޭގެ އަތޮޅެއްގެ ގޮތުންނާއި އަޅުގަނޑުމެންގެ ދުރު ކާފައިންގެ ދަރިންގެ ހައިޘިއްޔަތުން މަލިކުގައިވެސް އޭރު މިދެންނެވި ހުރިހާ ބާވަތްތަކެއް އުފައްދަމުން ގެންދިޔައެވެ. މަހާއި، ކުފުރާއާއި، ބޮއްޔާއި، ރޯނާއި، ހަކުރާއި، ކިނާރީއާއި ފަށުއިފޭރާން ހިފައިގެން އިންޑިޔާގެ ބަނދަރުތަކަށާއި ސިލޯނުގެ ބަނދަރުތަކަށް ދަތުރުކުރި ދިވެހި އޮޑިފަހަރުގެ ތެރޭގައި މަލިކު އޮޑިފަހަރުވެސް އޭރު ހިމެނެއެވެ.

ނަމަވެސް އެތެރެވަރިޔާއި ދުނިޔޭގެ ވިޔަފާރިއަށް އައި އިންޤިލާބާ ވިދިގެން ދިވެހިރާއްޖޭގެ ރޯނުވެށުމާއި، ބޮލިހިލުމާއި، ރުއްއެރުމާއި، ފޭރާންވިޔުމަށް އައި ހީނަރުކަން މަލިކު އަތޮޅުގެ މިދެންނެވި މަސައްކަތްތަކަށް ވެސް ވަނީ އައިސްފައެވެ. ކުރިންވެސް ދެންނެވި ފަދައިން ރާއްޖެއެކޭ އެއްފަދައިން މިހާރު މަލިކުގައިވެސް ފޭރާންވިޔުމެއް ނެތެވެ. ރާއްޖޭގެ މީހުންވެސް ޓޫރިސްޓުންނަށް ވިއްކުމަށް ރީތި ބޮލި ހޮވައި އުޅޭ ގޮތަށް މަލިކުމީހުންވެސް ބޮޑުބޮލި ނަގައެވެ. ރާވެރިކަމާއި ރޯނުވެށުމުގައި ހިސާބެއްގެ ނޭވާފަށެއް އަދިވެސް އެބަހުއްޓެވެ.

މަލިކުމީހުން ރޯނުވެށުމާއި ރާވެރިކަންކޮށް އުޅޭ ގޮތާއި ދިވެހިން އެމަސައްކަތްކުރާ ގޮތާއިމެދު ވިސްނާލާއިރު ރޯނުވަށައިއުޅެނީ އެއްގޮތަކަށެވެ.

މަލިކުމީހުންވެސް ރޯނުވަށާއިރު ފުރަތަމަ ކުރާކަމަކީ ބޮނބިފާކުރުމެވެ. އެކަމަށްޓަކައި ކޮނެފައި ހުންނަވަޅުވަޅަށް އެމީހުން ކިޔަނީ އޮޅެވެ. “އޮޅަށް”

ބޮނބިފާކުރަން އެޅުމަށް އެމީހުން ކިޔަނީ ބޮނބިތެމުމެވެ. އެމީހުން މިމަސައްކަތް ކުރަނީ ހަމަ އަޅުގަނޑުމެންވެސް ކުރާ ގޮތަށެވެ. ބޮނބިތެޅުމާއި، ތަޅައި ނިމިގެންގޮސް މޫދުން ދޮވެ ކުނޑިފިލުވުމާއި، އަވީލައި ހިއްކުމާއި، ބޮނބި ފިނދުމާއި، ލީލި އެޅުމާއި، ރޯނުވެށުމުގައި

ރާއްޖެއާއި މަލިކާ ތަފާތެއް ނެތެވެ. މަލިކުގައި ރޯނު ފޯއްޔެއްގައި އޮންނަނީ އެކާވީސް އުޅިއެވެ. ބާރަފޯލި އެއްކޮށްފައި އެއްފޯލި ރޯނު އޭގެ ބޭރުން ހުރަހަށް ބާރަށް އޮޅާލީމާ އެއޮތީ ރޯނު ބޮނޑިއަކަށް ވެފައެވެ. ފަންސަވީސް ބޮނޑިރޯނު އެއްކޮށް ބަނދެފައި އޮންނައިރު އެއީ ބަނޑެއްޔެކެވެ.

އިހުގައި ރާއްޖޭގައިވެސް ވިޔަފާރިކުރާ ތަންތަނަށް ކާޑު ގަންނަން ނުވަތަ އެނޫންވެސް ތަކެތި ގަންނަން ރޯނު ހިފައިގެން ގޮސް އުޅުނު ފަދައިން މަލިކުގައިވެސް ރޯނު ހިފައިގެން ވިޔަފާރިކަމު ގޮސް އުޅުނެވެ. އާދެ، މުދަލަށް މުދާ ބަދަލުކުރުމުގެ ވިޔަފާރީގެ އުސޫލުންނެވެ.

މަލިކާއި ރާއްޖޭގައި ރާވެރިކަން ކޮށް އުޅެނީވެސް އެއްގޮތަކަށެވެ. މަލިކު މީހުން ރުއް އެރުމަށް ކިޔަނީ އަރަން ދިއުމެވެ. ދެތާނގެ މީހުން ރާވެރިކަން ކުރާގޮތް، އަޅުގަނޑު ފަރުވާތެރިކަމާއެކު ބެލިބެލުމުން އަޅުގަނޑަށް ފާހަގަކުރެވުނު ހަމައެކަނި ތަފާތަކީ މަލިކުގެ ރާވެރިން ރުކުގައި ކާލި ބަނދެފައި ނުހުންނަ ކަމެވެ. އެމީހުން ރުކަށް އަރަނީ، އަތަށާއި ފަޔަށް ޅާނބުލައްވައިގެންނެވެ. އަޅުގަނޑު މަލިކުން ދިޔާހަކުރެއް ނުދެކެމެވެ. ފެނުނީ ކަރުހަކުރެވެ. ރާކެއްކުމާއި ހަކުރުހެދުންވެސް އަޅުގަނޑުމެންނާ އެއްގޮތެވެ.

މަލިކުމީހުން ދިރިއުޅުމަށްޓަކައި ކޮށް އުޅޭ މަސައްކަތްތަކުގެ ތެރޭގައި މިޒަމާނުގައި އިޤްތިޞާދީ ބަހުރުވައިގައި “ސްމޯލް ސްކޭލް ކޮޓެޖް އިންޑަސްޓްރީޒް’ ގެ ގޮތުގައި ފާހަގަކުރާ މަސައްކަތްތައް ވެސް ހިމެނެއެވެ. ތިރީގައި މިވަނީ، މަލިކުގައި ހުރި މިދެންނެވި ބާވަތުގެ އިންޑަސްޓްރީޒްތަކެވެ.



ކުރާމަސައްކަތް ވެރިފަރާތް އިންޑަސްޓްރީގެ ބާވަތް
ކީހުން

 

 

 

ކީހުން

 

 

ހަނޑޫމުގުރުން އަދިވެސް…

 

 

ހަނޑޫމުގުރުން އަދިވެސް….

 

ތެޔޮހޭނުން

 

 

ސޮޑާ/ކިރުއުފެއްދުން

 

 

ސޮޑާއެޅުން

 
އެފް.މޫސާ އަންވަރު

ސެނިއަލް ސޯމިލް

ބޮޑު ގަނޑުވަރު، އަލޫޑި،މަލިކު

 

ވީ.ބީ.އިބްރާހީމް ކުއްޓި

ބިސްމިﷲ ސޯމިލް،މަލިކު

 

ޖީ.މުޙަންމަދު މަނިކުފާނު،

އަރެޕާލިގޯތި

 

ކޯ.އޮޕް.ސޮސައިޓީ،މަލިކު

 

ހަސަން ގަނޑުވަރު

ކުދެހި، މަލިކު

 

މުދިންގެ ޒައިނުއްދީނު

ކުދެހި، މަލިކު

 

ފުރައްކާޑު މުޙަންމަދު،މަލިކު

 
ސޯމިލް

 

 

 

ސޯމިލް

 

 

ފްލާރމިލް

 

 

ފްލާރމިލް

 

އޮއިލްމިލް

 

 

ސޮޑާތައްޔާރުކުރުން

 

 

ސޮޑާތައްޔާރުކުރުން

 
1

 

 

 

2

 

 

3

 

 

4

 

5

 

 

6

 

 

7


ކުރާމަސައްކަތް ވެރިފަރާތް އިންޑަސްޓްރީގެ ބާވަތް
ފެހުން

 

 

 

 

 

 

 

 

 

 

އާޓި ކްރާފްޓްސް،

ހުނިގޮނޑި، އަދިވެސް…

 

 

 

 

މަރާމާތުކުރުން/ދަވާދުލުން އަދިވެސް…

 

 

 

އޮޓޯމަރާމާތުކުރުން

 

 

 

 

ހުރިހާ ވައްތަރެއްގެ ކަރަންޓް

 
(1) ކާރުގެ ހަސަން(ނުކުޅެދޭ)،އަލޫޑި މަލިކު

(2)  ޙުސައިން އަލުމަސްކާގޯތި،

ފުންހިލޮޅު(ނުކުޅެދޭ)

(3)  ވީ.އެމް.ސަލީމު

ޖެޓީ ކައިރި، މަލިކު

(4)  ޕީ.މުޒައްމިލް ހާޖީ، މަލިކު

(5) އެމް.އެޗް.އިބްރާހީމް

އިޒްހަކް ޓެއިލަރިންގ،ފަލައްސޭރި

(6) މުޙަންމަދު އަންވަރު، ބޮޑުގަނޑުވަރު

(7) އެފް.ކޭ.ޙުސައިން، ފުންހިލޮޅު

 

(1) ބިދުހަރުގެ މުޙަންމަދު،ފުންހިލޮޅު

(2) މަލިމަގޯތި ދޮންކޮ(ނުކުޅެދޭ)، ފަލައްސޭރި

(3)  އަލިކޮއިގޯތި އިބްރާހީމް

ތަރިވައްތަގޯތި،ބޮޑުއަތިރި

(4)  ޢަލީ ތިލަވަޅުގެ

 

(1) ޖީ.މުޙަންމަދު މަނިކުފާނު

(2) ޕީ.މުޒައްމިލް ހާޖީ

 

(1) ފަލައްސޭރީގައި

(2) ދެކުނު ޕަންޑަރަމް

 

 

 

ރަފީލް

 
ފެހުން

 

 

 

 

 

 

 

 

 

 

ވަޑާންގެ

 

 

 

 

 

ސައިކަލް ރިޕެއަރ ޝޮޕް

 

 

އޮޓޯ ސަރވިސްސެންޓަރ

 

 

 

 

އިލެކްޓްރޯނިކް އިކްއިޕްމަންޓް
8

 

 

 

 

 

 

 

 

 

 

9

 

 

 

 

 

10

 

 

11

 

 

 

 

12

 

 


ކުރާމަސައްކަތް ވެރިފަރާތް އިންޑަސްޓްރީގެ ބާވަތް
ޖެގްރީ އުފެއްދުން

 

 

 

ބޯކޮށުން

 

 

ޕާނާއި ބަނަހާއި ބިސްކޯދު ފަދަ

ތަކެތި ފިހުން

 

ވެލްޑިންގ/ގްރޭންޑިނގ

 

ފޮޓޯނެގުން

 

ވަށިތައްޔާރުކުރުމާއި ފެހުން

 

 

 

 

 

ސުފުރާ ހެދުން
(1) ބޮޑު މަންޖެގެ ކަތްދަ، އައުމަގު

(2) އޮޑިވަޅުގެ ފާޠިމާ،ފަލައްސޭރި

(3) ދޮންފަންދާގެ ފާޠިމާ،ފަލައްސޭރި

 

(1) އަދެންގެ މުޙަންމަދު، ފުންހިލޮޅު

(2) ކޭ.މުޙަންމަދު(ނުކުޅެދޭ)، ބާޑަ މަލިކު

 

ވީ.އެމް.އިބްރާހީމް ކުއްޓި، ސުނީދާ ބޭކަރީ، ބާޑަ

 

 

ޢަލީ މޮނެގެ،ފުންހިލޮޅު

 

ޢަލީ،މަސްއޮޑިކާގޯތި، އައުމަގު، މަލިކު

 

(1)މާލީގެ ޙައްވަ، ބާޑަ

(2)މާމައުގޯތި ހައްވާ

(3)ތުއްބޭބެގޯތި ހައްވާ

(4) ބީ.ބީ. ހައްވަ

(5) މަހިލާ ސަމާޖް

 

ފާތިމާ ހީލަތްގޯތި، ޝޭޑިވަޅު، މަލިކު
ޖެގަރީ ތައްޔާރުކުރާ ޔުނިޓް

 

 

 

ބޯކޮށާ ފިހާރަ

 

 

ބޭކަރީ

 

 

ވޯރކްޝޮޕް

 

ފޮޓޯ ސްޓޫޑިއޯ

 

ވަށިތައްޔާރުކުރުން/ފެހުން

 

 

 

 

 

ސުފުރާ ތައްޔާރުކުރުން

 
13

 

 

 

14

 

 

15

 

 

16

 

17

 

18

 

 

 

 

 

19

 

 

 

 

 

 


ކުރާމަސައްކަތް ވެރިފަރާތް އިންޑަސްޓްރީގެ ބާވަތް
މަސްބާނާބުޅި ދަގަނޑުގެ އެހެނިހެން

މަސައްކަތް

 

 

 

 

 

 

ތެޔޮހޭނުން
(1)ތިލަވަލުގެ މޫސާބޭބެ، ފުންހިލޮޅު

(2) މަލިންބޭބެގޯތި މުޙަންމަދު، ފުންހިލޮޅު

(3)ބިދާރުގެ ޔޫސުފު، ފުންހިލޮޅު، މަލިކު

(4) މަލިންބޭބެގޯތި ޙަސަން، ފުންހިލޮޅު

(5) ހީނާފަތްކާގެ މުޙަންމަދު، ފުންހިލޮޅު

(6)އިބްރާހީމް މަނިކުފާނު ފުރައްކާޑު

ދެކުނު ޕަންޑަރަމް، މަލިކު

 

ޢަލީ އައުއިޑިޔައްކަލް

 

 

 
ދަގަނޑު ތެޅުން

 

 

 

 

 

 

 

އޮއިލް
20

 

 

 

 

 

 

 

21

މަލިކުމީހުންގެ ދިރިއުޅުމަށް ކޮންމެހެން ބޭނުންވާ ތަކެތި އެތެރެކޮށް ހެޔޮ އަގުގައި ވިއްކުމާއި، އެމީހުން އުފައްދާ ތަކެތި(ކުފުރާ، ހިކިމަސް ފަދަ ތަކެތި) ގަތުމަށް ކޯޕަރޭޓިވް ސަޕްލައި އެންޑ މާކެޓިންގ ސޮސައިޓީއެއް މަލިކުގައި އުފެދިފައި އޮވެއެވެ. މިއީ ސަރުކާރުގެ އެހީއާއެކު ރަށު އެންމެން ޙިއްސާވެގެން އުފައްދާފައިވާ ތަނެކެވެ.

ސޮސައިޓީން އާންމުކޮށް އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި ހަނޑޫ، ހަކުރު، ފުށް، ސާފުތެޔޮ، ސައިފަތް، ޕާމްއޮއިލް، ހިމެނެއެވެ. މީގެ އިތުރަށްވެސް ޢާންމު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ބާވަތްތަކެއް ސޮސައިޓީން ވިއްކައެވެ. މިސޮސައިޓީގެ ތިންގޮފި މަލިކުގައި ހުރެއެވެ. މައިގޮތްޕަށް މަލިކުމީހުން ކިޔަނީ ބަނބުކެޔޮގަސްދޮށު ސޮސައިޓީއެވެ.

ކޯޕަރޭޓިވް ސޮސައިޓީން ހިންގަނީ ރަށުމިހުން އައްޔަންކުރާ ހަ ޑިރެކްޓަރުންގެ މައްޗަށް އެކުލެވޭ ބޯޑެއްގެ މަޝްވަރާ މަތިންނެވެ. މިބޯޑުގައި ސަރުކާރުން އައްޔަންކުރާ ދެ ރެޕްރެޒެންޓެޓިވުންވެސް ހިމެނެއއެވެ. 1990 ސެޕްޓެމްބަރުގައި މިމަޤާމުގައި ތިއްބެވީ މަލިކުގެ ޑެޕިއުޓީ ކަލެކްޓަރ މުރާދޫގަނޑުވަރު ހަސަންމަނިކުފާނާއި، ޕޯޓް އެސިސްޓެންޓް ކަލިފަދާތަގޭ މުޙަންމަދެވެ.

ޢަމަލީ ގޮތުން ސޮސއިޓީ ހިންގަނީ ސޮސައިޓީގެ ސެކްރެޓަރީއެވެ. 1990 ސެޕްޓެމްބަރުގައި އެމަޤާމުގައި ހުންނެވީ ގޮއިދުގޯތި ޢަލިމަނިކުފާނެވެ.

ފުޑްކޯޕަރޭޝަން އޮފް އިންޑިޔާއިން މަލިކު ރައްޔިތުންނަށް ދޫކުރާ ރޭޝަންކާޑު(ރައްޔިތުންނަށް ހެޔޮ އަގުގައި ވަކި އަދަދަކަށް ދޫކުރާ ކާޑު)

ވިއްކަނީވެސް ސޮސައިޓީންނެވެ. އިންޑިޔާގެ އެހެނިހެން ސަރަހައްދުތަކަށް ވުރެ މަލިކަށް ދޫކުރާ ރޭޝަން އިތުރެވެ. އަގުވެސް ހެވެވެ. މިސާލަކަށް، އަވަށްޓެރި ކޮއްޗޭ މީހަކަށް މަހަކު 450 ގްރާމް ހަކުރު ލިބޭއިރު މަލިކު މީހަކަށް އެއްހާސް ގްރާމް ހަކުރު ލިބެއެވެ.(މިނިކޮއި

އެޓް އަ ގްލާންސް- 1980 ޞަފްޙާ: 8)

މަލިކުގައި ސަރުކާރުގެ ޚަޒާނާގެ ގޮތްޕެއް ހުރެއެވެ. އެތާނގެ ނަމަކީ ސަބްޓްރެޒަރީއެވެ. އެތާނގެ މަސައްކަތަކީ ސަރުކާރުގެ މުސާރަވެރިންގެ މުސާރައިގެ ކަންތައް ހަމަޖެއްސުމާއި ސަރުކާރުގެ ފައިސާ ބެލެހެއްޓުމެވެ. ސަބްޓްރެޒަރީގެ އޮފިސަރެއްގެ މަގާމުގައި 1990 ސެޕްޓެމްބަރުގައި ހުރީ ލަކްޝަދީބުގެ އަގައްތީގެ ބޭކަލެކެވެ. މިސްޓަރ ޢަބްދުއްރަޙްމާނެވެ.

މަލިކުގައި ބޭންކެއްވެސް ހުރެއެވެ. އެއީ ސިންޑިކޭޓް ބޭންކުގެ ގޮތްޕެކެވެ. އެބޭންކުގެ ހެޑްއޮފީސް ހުންނަނީ އިންޑިޔާގެ ކަރުނާޓަކާގެ މަނިއްޕާލުގައެވެ. ސިންޑިކޭޓް ބޭންކުގެ މަލިކުގޮފީގެ މެނޭޖަރަކަށް 1990 ސެޕްޓެމްބަރުގައި ހުންނެވީ މިސްޓަރ ކުންޏިކޮޔާ އެވެ.މިބޭންކުގެ ގޮފިތައް އިންޑިޔާ ފިޔަވައި އެހެން ޤައުމުތަކުގައި ވެސް ހުރެއެވެ.

(ނުނިމޭ)

____________________________________

About the author
Leave Comment