މިއީ، ރާއްޖޭގެ ޓޫރިޒަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1998 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ޝާއިއުކުރެއްވި “ދިވެހިރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ޓޫރިޒަމް، ތަރައްްޤީގެ 25 އަހަރު” މި ފޮތުން ނަކަލުކޮށްފައިވާ ލިޔުމެކެވެ. …………………………………………………… އިޓަލީވިލާތުގެ ރައްޔިތެއްކަމަށްވަ މރ.ޖޯޖް ކޯބިންއަކީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރި ފަރާތެވެ. ކޯބިންއަކީ، ވަރަށް “އެޑްވެންޗަރަސް” މީހެކެވެ. ޓްރެވަލް އޭޖެންސީއެއް ހިންގާ “އިންޓެންސިވް ޓްއަރޒް” ރާވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޯބިން ދަތުރުކުރިއެވެ. އެއީ އިންސާނުންގެ ހަލަބޮލިކަމުން ސަލާމަތްވެފައިވާ…
މިއީ، ރާއްޖޭގެ ޓޫރިޒަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި 1998 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ޝާއިއުކުރެއްވި “ދިވެހިރާއްޖޭގެ ޓޫރިޒަމް ދެމެހެއްޓެނިވި ޓޫރިޒަމް، ތަރައްްޤީގެ 25 އަހަރު” މި ފޮތުން ނަކަލުކޮށްފައިވާ ލިޔުމެކެވެ.

……………………………………………………

wp_20161007_21_42_41_pro-2އިޓަލީވިލާތުގެ ރައްޔިތެއްކަމަށްވަ މރ.ޖޯޖް ކޯބިންއަކީ، ރާއްޖެއަށް ފަތުރުވެރިކަން ތައާރަފުކުރުމަށް މެދުވެރި ފަރާތެވެ. ކޯބިންއަކީ، ވަރަށް “އެޑްވެންޗަރަސް” މީހެކެވެ. ޓްރެވަލް އޭޖެންސީއެއް ހިންގާ “އިންޓެންސިވް ޓްއަރޒް” ރާވާ މީހެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޯބިން ދަތުރުކުރިއެވެ. އެއީ އިންސާނުންގެ ހަލަބޮލިކަމުން ސަލާމަތްވެފައިވާ ޤުދުރަތީ އާ ތަންތަން ހޯދުމުގެ މަޤުޞަދުގައެވެ. މިގޮތުން މރ.ޖޯން ކޯބިން އިންޑިޔާގެ އެކއެކި ސަރަހްއދުތަކަށް ޒިޔާރްތަކޮށް ހެދިއެވެ. އަދިހަމަ އެހެންމެ ދިވެހިބަހުން ވާހަކަދައްކާ، އާދަކާދަ އެއްގޮތް އަދި ދިވެހިރާއްޖޭގެ އަތޮޅެއްކަމަށް ބެލެވުނު މަލިކަށް ވެސް ޒިޔާރަތް ކުރިއެވެ.

ކޮޅުނބުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގޮސް ރާއްޖެއާ ބެހޭ މަޢުލުމާތު ހޯދަން އުޅުމުގެތެރޭގައި ކޯބިންނަށް އަލްފާޟިލް ކެރަފާ އަޙްމަދު ނަސީމާ ބައްދަލުވިއެވެ. އަދި ޖޯޖް ކޯބިންއަށް އަލްފާޟިލް އަޙްމަދު ނަސީމުގެ ފަރާތުން ރާއޖެއާ ބެހޭ މަޢުލޫމާތު ލިބި ރާއްޖެއާމެދު ކޯބިން ޝައުޤުވެރި ވިއެވެ. މިކަމުގެ ނަތީޖާއަކަށް ވެގެން ދިޔައީ އާގުބޯޓެއް ކަމަށްވާ “މޯލްޑިވްސް އެކްސްޕޯޓަރ” ގައި މރ.ޖޯޖް ކޯބިން ރާއްޖެ އައުމެވެ. އެއީ، އެކްޓޯބަރ 1971 ގައެވެ. މިދަތުރުގައި އަލްފާޟިލް އަޙްމަދު ނަސީމު ވެސް ކޯބިންއާ އެކު ބައިވެރިވިއެވެ. އަދި ދަތުރުގެ މަގުމަތީގައި ރާއްޖެއަށް ޓޫރިސްޓުން ގެނައުމުގެ ވާހަކަ ދެކެވުނެވެ. މިދަތުރުގައި އިޓަލީގެ ފޮޓޯގްރާފެއް ކަމަށްވާ މރ. ފްރެންޗެސްކޯ ބެނީނީ ވެސް ކޯބިންއާއެކު ބައިވެރިވިއެވެ.

މރ. ކޯބިންއާއި އަލްފާޟިލް މުޙައްމަދު ޢުމަރު މަނިކާ ރާއްޖެއިން ބައްދަލުވިއެވެ. ރާއްޖޭގައި ކޯބިން ހުރި ދުވަސްވަރު މރ. ކޯބިންއާއި މރ. ބެނީނީ ކޮލިގޭ ލޯންޗުގައި އެކިތަންތަނަށް ޒިޔާރަތްކޮށް ފޮޓޯނަގާ ހެދިއެވެ. މިގޮތުން ވިހަމަނާފުށްޓާއި ފަރުކޮޅުފުށްޓާއި އަދި ވެސް އެހެން ރަށްރަށް ހިމެނެއެވެ. ކޯބިންއާއެކު ގިނައިން މިފަދަ ތަންތަނަށް ގޮސް އުޅުނީ އަލްފާޟިލް ޗަމްޕާ ޙުސައިން ޢަފީފެވެ. ކޯބިން ރާއްޖޭން އެނބުރި ގޮސް ރާއްޖެއާ ބެހޭ ދެތިން ލިޔުމެއް ޝާއިޢު ކުރިއެވެ. އަދި ރާއްޖެއާ ބެހޭ ފޮޓޯތައް ވެސް ޝާއިޢުކުރިއެވެ. މރ. ކޯބިންއާއި މރ. ބެނީނީ ރާއްޖެއާ ބެހޭ ފޮތެއް ތައްޔާރު ކުރިއެވެ. އެއީ 1972 ގައި ޝާއިޢު ކުރެވުނު ” DUE MILLE ISOLE FELICE “

އެވެ. އަދި ޖޯޖް ކޯބިންގެ އެޖެންސީ ކަމުގައިވާ “އެޖެންޒިއާ ވިއާޖީ ސެސްޓޯ ކޮންޓިނެންޓޭ” ގެ ފަރާތުން ރާއްޖެއަށް ފަތުރުވެރިން ފޮނިވަން ފެށިއެވެ.

__________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment