ފުރަތަމަ ފަހަރަށް ޗައިނާގެ ކުންފުނިތަކުން ބޭރުގައި ކުރި އިންވެސްޓްމަންޓް ޗައިނާގައި ބޭރުގެ ކުންފުނިތަކުން ކުރި އިންވެސްޓްމަންޓަށްވުރެ ގިނަކަމަށް 2015 ވަނަ އަހަރުގެ ހިސާބުތަކުން ދައްކައެވެ. ބޭރުގެ އިންވެސްޓްމަންޓް 18.3% އަށް އުފުލިފައިވާއިރު، ފައިސާގެ އަދަދަކީ 145 ބިލިއަން އެމެރިކާ ޑޮލަރެވެ. މި މުއްދަތުގައި ޗައިނާގައި އިންވެސްޓްކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްގެ މިންވަރަކީ 135 ބިލިއަން އެމެރިކާ ޑޮލަރެވެ. ފާއިތުވި 25 އަހަރުގެ ތެރޭގައި ޗައިނާގެ އިޤްތިޞާދުގެ ދުވެލި އެންމެ ދަށަށް ދިޔައީ މިދިޔަ އަހަރުއެވެ. އިޤްތިޞާދުގެ ކުރިއެރުމުގެ ދުވެލި…

ފުރަތަމަ ފަހަރަށް ޗައިނާގެ ކުންފުނިތަކުން ބޭރުގައި ކުރި އިންވެސްޓްމަންޓް ޗައިނާގައި ބޭރުގެ ކުންފުނިތަކުން ކުރި އިންވެސްޓްމަންޓަށްވުރެ ގިނަކަމަށް 2015 ވަނަ އަހަރުގެ ހިސާބުތަކުން ދައްކައެވެ. ބޭރުގެ އިންވެސްޓްމަންޓް 18.3% އަށް އުފުލިފައިވާއިރު، ފައިސާގެ އަދަދަކީ 145 ބިލިއަން އެމެރިކާ ޑޮލަރެވެ. މި މުއްދަތުގައި ޗައިނާގައި އިންވެސްޓްކޮށްފައިވާ ފޮރިން އިންވެސްޓްމަންޓްގެ މިންވަރަކީ 135 ބިލިއަން އެމެރިކާ ޑޮލަރެވެ. ފާއިތުވި 25 އަހަރުގެ ތެރޭގައި ޗައިނާގެ އިޤްތިޞާދުގެ ދުވެލި އެންމެ ދަށަށް ދިޔައީ މިދިޔަ އަހަރުއެވެ.

އިޤްތިޞާދުގެ ކުރިއެރުމުގެ ދުވެލި މަޑުޖެހުމުން ޗައިނާގެ ވަރަށް ގިނަ ފާމުތަކުން ޤައުމުން ބޭރުގައި ވިޔަފާރިކުރާތަން ފެނެއެވެ. އެމެރިކާ އަދި ޔޫރަޕުގެ ކުންފުނިތަކުން ކަންތައްތައް ކުރާނެ ގޮތާއި، ޓެކެނޮލޮޖީއާއި އެފަރާތްތަކުގެ ނުފޫޒު ބޭނުންކުރި މިންވަރު ވަނީ ފެނިފައެވެ.

ފާއިތުވި އަހަރު އިންވެސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރޭގައި އިޓަލީގެ ޓަޔަރު އުފައްދާފަރާތް ޕިރޭލީ، އެމެރިކާގެ ފިލްމު ސްޓޫޑިއޯ ލެޖަންޑަރީ، ސުވިސް ސްޓޯން ޖަޔަންޓް ސިންޖެންޓާ، އަދި ޖަރުމަނުގެ ރޮބަޓިކްސް ކޮމްޕެނީ ކޫކާ ހިމެނެއެވެ. ” އަހުރެމެންނަށް ހީވަނީ ޗައިނާގެ ކުންފުނިތަކުން ނެގުމުން އެހީތެރިވެދެނީ ހައި އެންޑް ޕްރޮޑަކްޝަން (ބޮޑެތި އުފެއްދުންތައް) އަށް ބޭނުންވާ އުންޞުރުތައް ހޯދުމަށެވެ. މިގޮތުން ޑިޒައިން، ރިސާރޗް އެންޑް ޑިވެލޮޕްމަންޓް، މާކެޓިން އަދި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އެފަރާތްތަކުގެ މަގާމު ދުނިޔޭގެ ބާޒާރުގައި ހިފަހައްޓާ، ސިނާއަތްތަކާއި އަދި ލޮޖިސްޓިކްސް ޗެއިން” ހޯދުން ކަމަށް ޗައިނާގެ ކޮމާރސް މިނިސްޓަރު ނިއުސް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަމުން ވިދާޅުވިއެވެ.

ބޭރުގައިކުރާ ސީދާ އިންވެސްޓްމަންޓްތައް ޗައިނާގެ ކުންފުނިތަކުން ވަނީ އިތުރުކޮށްފައެވެ. އެއީ ސަރުކާރުގެ ޑާޓާތަކުން ދައްކާ ގޮތުގައި 26 އިންސައްތަ އުފުލި 24 ބިލިއަނަށް އަރާފައެވެ. ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިޤްތިޞާދުގެ ކުރިއެރުން މިފެންނަނީ މަޑުޖެހިފައިވާ ތަނެވެ. މިއާއެކު ބެއިޖިންގ ބާރުއަޅަނީ އިސްލާހުކޮށް އެކްސްޕޯޓު ކުރުމުގެ ވިޔަފާރިން ޓްރާންސްފޯމް ޗައިނާއަށް ބަދަލުކުރުމަށެވެ.

ޗައިނާ ލޭބަލްކޮށްފައިވަނީ “ދަ ފެކްޓަރީ އޮފް ވޯލްޑް” އަށެވެ. އެއީ އުފެއްދުންތެރކަމުގެ ސިނާއަތުގެ ހަރަކާތްތައް އަހަރުތަކެއް ވަންދެން ކުރަމުން އަންނާތީއެވެ. އެއީ އިޤްތިޞާދު ކުރުއަރަމުން އަންނަ މައިގަޑު މަސަދަރު ވެސް މެއެވެ.  އެހެންނަމަވެސް ކުއްލިއަކަށް ފެކްޓްރީގެ ހަރަކާތްތައް މަޑުޖެހިފައިވަނީ  ބޭރުގެ ކުންފުނިތަކުއް އެހެން ޤައުމުތަކަށް ބަދަލުކޮށް އަގު ހެޔޮކޮށް ތަކެތި އުފެއްދުމަށް ދެކުނު އޭޝިޔާގެ ޤައުމުތަކަށް ބޭރުގެ ކުންފުނިތައް ބަދަލުކުރާތީއެވެ.

_________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment