000 ކެޕިޓަލް މާކެޓް ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މާކެޓްގެ އިންފްރާސްޓްރަކްޗަރ (މާކެޓް ހިންގުމަށް ބޭނުންވާ ވަސީލަތްތައް) ތަޢާރަފުކޮށް ގާއިމުވެފައި އޮތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިގޮތުން މާކެޓް ޙަރަކާތްތެރިކުރުމަށް ބޭނުންވާ މުހިންމު ފަރާތްތަކުގެ ތެރޭގައި ރެގިޔުލޭޓަރީ އޮތޯރިޓީއާއި، ސްޓޮކް އެކްސްޗޭންޖާއި، ޤާނޫނީ ލަފާދޭ ފަރާތްތަކާއި، އޮޑިޓަރުންނާއި، ބްރޯކަރުންނާއި، ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއި، އިންވެސްޓްމަންޓް ބޭންކަރުންނާއި، ޑިޕޮޒިޓަރީ ޚިދުމަތްދޭފަރާތާއި، އަދި އެހެނިހެން މާކެޓް މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތައް ހިމެނެއެވެ. ކެޕިޓަލް މާކެޓަށް ތައްޔާރުވުމުގެ ގޮތުން މަތީގައި ދެންނެވިފައިވާ ކަންތައްތައް ގާއިމުވެފައިވޭތޯ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ކެޕިޓަލް މާކެޓް ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މާކެޓްގެ އިންފްރާސްޓްރަކްޗަރ (މާކެޓް ހިންގުމަށް ބޭނުންވާ ވަސީލަތްތައް) ތަޢާރަފުކޮށް ގާއިމުވެފައި އޮތުމަކީ ވަރަށް ބޭނުންތެރިކަމެކެވެ. މިގޮތުން މާކެޓް ޙަރަކާތްތެރިކުރުމަށް ބޭނުންވާ މުހިންމު ފަރާތްތަކުގެ ތެރޭގައި ރެގިޔުލޭޓަރީ އޮތޯރިޓީއާއި، ސްޓޮކް އެކްސްޗޭންޖާއި، ޤާނޫނީ ލަފާދޭ ފަރާތްތަކާއި، އޮޑިޓަރުންނާއި، ބްރޯކަރުންނާއި، ކްރެޑިޓް ރޭޓިންގ އެޖެންސީތަކާއި، އިންވެސްޓްމަންޓް ބޭންކަރުންނާއި، ޑިޕޮޒިޓަރީ ޚިދުމަތްދޭފަރާތާއި، އަދި އެހެނިހެން މާކެޓް މެދުވެރިއެއްގެ ދައުރު އަދާކުރާ ފަރާތްތައް ހިމެނެއެވެ.

ކެޕިޓަލް މާކެޓަށް ތައްޔާރުވުމުގެ ގޮތުން މަތީގައި ދެންނެވިފައިވާ ކަންތައްތައް ގާއިމުވެފައިވޭތޯ ބަލައި ސިސްޓަމް ޓެސްޓްކުރުމާއި، ކެޕިޓަލް މާކެޓް ހިނގާނުހިނގާ ގޮތުގެ މަޢުލޫމާތު ލިބެންޖެހެއެވެ. އަދި މާކެޓާއި ގުޅޭ ގަވާއިދުތަކާއި އުސޫލުތައް ގާއިމުވެފައި ހުންނަންޖެހެއެވެ. މި ކަންކަމުގެ މަޢުލޫމާތު މާކެޓްގެ ބައިވެރިންނަށް ކަމާބެހޭ އިދާރާތަކުން އޮޅުންފިލުވައިދީ ޢާންމުން ހޭލުންތެރިކުރަންޖެހެއެވެ. މިކަންކަން އިންތިޒާމުކުރުމުގެ މަގުސަދަކީ އިންވެސްޓަރުންގެ އިތުބާރު ހޯދުމާއި، އިންވެސްޓަރުންގެ ޙައްޤުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

މިގޮތުން ސިސްޓަމަށްކުރާ އިތުބާރު ހިފެހެއްޓުމަށާއި އަދި އިންވެސްޓަރުންގެ ރައްކާތެރިކަން ހޯދައިދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ގާއިމުކުރުމަށް ގޮތްތަކެއް ވަނީ ކޮންމެ ޤައުމަކުންވެސް އެ ޤައުމެއްގެ މާކެޓް ރެގިޔުލޭޓްކުރާ ފަރާތްތަކުން ކަނޑައަޅައިފައެވެ. މިހެންވެ ޢާންމުންނަށް ކެޕިޓަލް މާކެޓް ޕްރޮޑަކްޓެއްގައި އިންވެސްޓްކުރުމަށް ހުޅުވާލައި ދައުވަތު ދިނުމުގެ ޢާންމު ޕްރޮސީޖަރަށް ކުޑަގޮތަކަށް ބަލައިލަމާ ހިނގާށެވެ. މިގޮތުން ކެޕިޓަލް މާކެޓް މެދުވެރިކޮށް ކުންފުންޏަކުން ފަންޑު ހޯދުމަށް ނިންމައިފިނަމަ ޢާންމު ގޮތެއްގައި ކުންފުނިން ތިރީގައި މިވާ ކަންތައްތައް ފުރިހަމަ ކުރަންޖެހެއެވެ.


 1. ހޯދާ ފަންޑުންކުރާނެ މަސައްކަތް ވިލަރެސްކުރުން
 2. މާކެޓް އިންޓަރމީޑިއަރީޒްތަކާ އެކު އެއްބަސްވުން ހެދުން
 3. މާކެޓް ބައިވެރިންގެ ޑިޔު ޑެލިޖަންސް ހެދުން
 4. ބަޔާންތައް ރަޖިސްޓްރީކުރުން
 5. ސެކިޔުރިޓީޒް ދޫކުރާނެ ތާރީޚް ކަނޑައެޅުން
 6. ކަމާބެހޭ އިދާރާތަކުން ހުއްދަދީފައިވާ ހިއްސާގެ ބަޔާން މެދުވެރިކޮށް ސެކިއުރިޓީޒް ވިއްކުމަށް ދައުވަތު ދިނުން
 7. ސެކިއުރިޓީޒް އެކަށައެޅުން
 8. ސެކިއުރިޓީޒް ގަތުމަށް ހުށަހަޅާފައިވާ ފަރާތްތަކަށް ސެކިޔުރިޓީޒްދޫކުރުން
 9. ސްޓޮކް އެކްސްޗޭންޖުގައި ލިސްޓްކުރުން
 10. ޓްރޭޑްކުރުން
 11. ސެކަންޑަރީ މާކެޓް ރެގިޔުލޭޝަންތަކަށް ޢަމަލުކުރުން

މަތީގައި ބަޔާންކޮށްފައިވާ ޕްރޮސީޖައަކީ ޢާންމު ގޮތެއްގައި ސެކިޔުރިޓީޒް ދޫކުރުމަށް ހުޅުވާލާ ކުންފުނިތަކުން ޢަމަލުކޮށް ފުރިހަމަކުރަންޖެހޭ ކަންތައްތަކެވެ. މި ކަންތައްތައް ފުރިހަމަވެފައި ހުރިތޯ ބެލުމަށްފަހު ނޫނީ ހިއްސާވިއްކުމަށް ހުށަހަޅާ ކުންފުނިތަކުގައި އިންވެސްޓްކުރުމަކީ ރަނގަޅުގޮތެއް ނޫނެވެ. ވަކިން ޚާއްޞަކޮށް ކުންފުންޏަކުން ޢާންމުންނަށް ހިއްސާ ބޮންޑު ފަދަ ކެޕިޓަލް މާކެޓް ޕްރޮޑަކްޓް ވިއްކާނަމަ، އެފަދަ ޕްރޮޑަކްޓެއް ގަތުމުގެ ކުރިން ކުންފުނީގެ މަޢުލޫމާތު ރަނގަޅަށް އެނގިހުރެ ގަތުން ވަރަށް މުހިންމެވެ. މިގޮތުން ކުންފުނިން ނެރޭ ހިއްސާގެ ބަޔާން ރަނގަޅަށް ކިޔައި އަހުލުވެރިވެ، އިންވެސްޓްކުރުމުގައި ހުރި ހިރާސްތައް ދެނެގަތުމަށްފަހު ނޫނީ ސެކިޔުރިޓީޒްނުގަތުމަށް ކޮންމެ ޤައުމެއްގެ ވެސް ކަމާ ބެހޭ އިދާރާތަކުން (ސެކިޔުރިޓީޒް ކޮމިޝަނުން) ނަސޭހަތްތެރިވެއެވެ.

__________________________________

About the author
Leave Comment