000 ވަރަށް ބުއްދިވެރި ހަކީމަކަށް މުއްސަނދި ދަނޑުވެރިއެއްގެ ނޯކަރަކަށް ވެގެން އުޅެން ދިމާވި އެވެ. އޭނާ ނޯކަރެއްގެ ވާޖިބު އަދާކުރަމުން ސާހިބުމީހާގެ ދިރިއުޅުމާމެދު ވިސްނަމުން ގެންދެ އެވެ. އޭނާ ހިތަށް އަރަ އެވެ. އަހަރެންގެ ސާހިބުމީހާ ދިރިއުޅުމާ މެދު ވިސްނަނީ ކޮން ގޮތަކަށް ބާވަ އެވެ؟ އޭނާ ބާވަތް ބާވަތުގެ ހަރާންކަންތައް ހާދަ ގިނައިން ކުރެ އެވެ. ޚާއްސަކޮށް ރާ ބޮ އެވެ. އަދި ހިލޭ އަންހެނުންނާ ގުޅުން ހިންގަ އެވެ. ޚާދިމު ހިތަށްއެރިއެވެ. މިކަމާ ބެހޭ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ވަރަށް ބުއްދިވެރި ހަކީމަކަށް މުއްސަނދި ދަނޑުވެރިއެއްގެ ނޯކަރަކަށް ވެގެން އުޅެން ދިމާވި އެވެ. އޭނާ ނޯކަރެއްގެ ވާޖިބު އަދާކުރަމުން ސާހިބުމީހާގެ ދިރިއުޅުމާމެދު ވިސްނަމުން ގެންދެ އެވެ. އޭނާ ހިތަށް އަރަ އެވެ. އަހަރެންގެ ސާހިބުމީހާ ދިރިއުޅުމާ މެދު ވިސްނަނީ ކޮން ގޮތަކަށް ބާވަ އެވެ؟ އޭނާ ބާވަތް ބާވަތުގެ ހަރާންކަންތައް ހާދަ ގިނައިން ކުރެ އެވެ. ޚާއްސަކޮށް ރާ ބޮ އެވެ. އަދި ހިލޭ އަންހެނުންނާ ގުޅުން ހިންގަ އެވެ.

ޚާދިމު ހިތަށްއެރިއެވެ. މިކަމާ ބެހޭ ގޮތުން އޭނަޔާ ސުވާލުކުރުން ވާނީ ކޮން ކަހަލަ ކަމަކަށް ބާވަ އެވެ؟ އެނގިދާނެތާ އެވެ! އަޅެ ސުވާލުކޮށްލާނަމެވެ. މިގޮތަށް ގަސްދުކޮށްގެން އެފަދަ ވަގުތަކަށް އިންތިޒާރު ކޮށްކޮށް ހުއްޓާ ވަރަށް ހަމަޖެހިގެން ހުރެ އެއް ދުވަހަކު ނޯކަރާ އޭނާ ބައްދަލުކޮށްލި އެވެ. ނޯކަރުގެ ހާލު އަހުވާލު އަހައި، ބޭނުންތަކަކީ ކޮބައިތޯ އޮޅުން ފިލުވުމަށްޓަކަ އެވެ.

އޭނާ ކުރިޔަށް ޖެހިލާފައި ބުންޏެވެ. ސާހިބާ އެވެ. އަޅުގަނޑު އެދެނީ ސުވާލެއް ކޮށްލާށެވެ. އެކަމުގެ ހުއްދަ އެބަ އޮތްތޯ އެވެ؟ އޭނާ ބުންޏެވެ. އާނއެކެވެ. އަވަހަށް ސުވާލުކޮށްބަލާށެވެ. ޖަވާބު ދެވެން އޮތް ގޮތަކަށް ދޭނަމެވެ.

ނޯކަރު އަހާލި އެވެ. އަޅުގަނޑަށް މި ފެންނަނީ ސާހިބު އަބަދުވެސް ހަރާން ކަންތައްތަކަށް އަރައިގަންނަމުން ގެންދަވާ ތަނެވެ. އޭގެ ސަބަބުން ތިމާ ފާފަވެރިވީމާ ތިޔަކުރައްވާ ހެޔޮ ކަންތައްތަކުގެ ރަނގަޅު ދަރުމަ ލިބިލައްވާނީ ކހިނަކުންތޯ އެވެ؟ އަމުދުން މަހުޝަރު ދުވަހު ލިބެން އޮތް ދަރުމަ އާއި ސަވާބު ލިބިލައްވާނެކަމަށާއި ސުވަރުގޭގެ ނިއުމަތް ލިބިލައްވާނެކަމަށް ހީކުރައްވަމުތޯ އެވެ؟

ސާހިބުމީހާ ހީނލާފައި ބުންޏެވެ. ޝައްކެއް ވެސް ނެތެވެ. އަހަރެންގެ ވެސް ގަސްތަކީ ހަމަ ތިޔައީ އެވެ. އެދުވަހުން އަހަންނަށް ނުހަނު ބޮޑަށް، ނުހަނު ގިނައިން ސަވާބާއި ދަރުމަ ލިބޭނެ އެވެ. މިއީ އަހަރެންގެ އުންމީދެވެ.

ތިޔަހެން ކަމަށްވާއިރު، ތިޔަ ކުރައްވަނީ ކޮން ކަހަލަ އަމަލުތަކެއްތޯ އެވެ؟ ނޯކަރު މީހާ ސުވާލުކުރި އެވެ. އޭނާ ބުންޏެވެ. މިހެން މިކަން ހުއްޓަސް، އެކަންކަން އަހަންނަށް ލިބޭނެ އެވެ. ނޯކަރު އެހެންތޯއޭ ބުނެލާފައި ހިނގައްޖެ އެވެ.

އޭގެ ދުވަސްކޮޅެއްގެ ފަހުން ވާރޭ ވެހި، ބިންގަނޑު ރަނގަޅުވެ ގޮވާންކުރުމުގެ މޫސުން އައުމުން ސާހިބުމީހާ ނޯކަރަށް ގޮވާލާފައި ބުންޏެވެ. މިފަހަރު އިންދަންވާނީ ހިމަ ގޮދަނެވެ.(ބާރުލީ އެވެ.) އޭނާ އެހެން ދޮގެއްތޯއޭ ބުނެލާފައި ހިނގައްޖެ އެވެ.

ނޯކަރު މިފަހަރު ކަންތައް ކުރީ ކުރިއާ ތަފާތު ގޮތަކަށެވެ. މިފަހަރު އިންދީ ހަމަ ފަލަ ގޮދަނެވެ. ރަނގަޅު ގޮދަނެވެ. ދުވަސްތައް ވޭތުވަމުން ގޮސް ދަނޑުގެ ގޮވާން ގަސްތައް ފޯދި، ގޮވާން ކަނޑާ ހިސާބަށް ހިނގައްޖެ އެވެ. ސާހިބުމީހާ ދަނޑު ބަލާފައި ވަރަށް ރުޅިއަތުވެއްޖެ އެވެ. ދެން ނޯކަރަށް ގޮވައި، ގެނެސްފިއެވެ. ގެނެސްފައި އަހާލިއެވެ. ބަލަ އަހަރެން ބުނީ ހަމަ ގޮދަން(ބާރުލީ) އިންދަން ނޫން ހެއްޔެވެ؟ އެހެންނަމަވެސް އިންދާފައި ތިޔަހުރީ ގޮދަނެވެ.

މިހިސާބުން ނޯކަރު ކަރު އެލުވާލާފައި، ޖަވާބު ދިނެވެ. ތިޔަ ބުނުއްވީ ތެދެކެވެ. ބުނުއްވީ ބާރުލީ އިންދާށެވެ. އަޅުގަނޑަށް އިންދުނީ ހަމަ ގޮދަނެވެ. އެހެންނަމަވެސް އަޅުގަނޑު އުންމީދުކުރީ ހަމަ ބާރުލީ ކަނޑަން ލިބޭނެ ކަމަށެވެ.

ސާހިބުމީހާ ބުންޏެވެ. ނޭނގޭ ހެއްޔެވެ؟ ދަނޑުގައި ގޮދަން އިންދާފައި ދެން އެދަނޑުން ބާރުލީ ކަނޑަން ލިބޭނެކަމަށް އުންމީދުކޮށްގެން ވާނެ ހެއްޔެވެ؟ ނުވާނެއެއް ނޫން ހެއްޔެވެ؟ ކަނޑަން ލިބޭނީ އިންދި ގޮވާމެކެވެ.

ނޯކަރު ނަންގަތެވެ. އަޅުގަނޑު ސާހިބަށް މިނަންގަންނަނީ ތިޔަ ވާހަކަ އެވެ. ތިޔަ ހުރިހައި ނުބައި އަމަލެއް ކުރައްވާފައި އޭގެ ބަދަލުގައި ދަރުމަ އާއި ސަވާބު ލިބިލައްވާނެކަމަށް އުންމީދުކުރެއްވިދާނެތޯ އެވެ؟ ތިޔަ ބުނުއްވި ގޮތަށް ޖަޒާ ލިބުން ވަނީ ކުރެއްވި އަމަލަކަށް ނޫންތޯ އެވެ؟

ސާހިބުމީހާ އިސްޖަހާލާފައި ބޯޖަހައިލި އެވެ. މި ލިބުނު ބޮޑު ފިލާވަޅު ވިސްނިއްޖެއޭ ބުނާ ކަހަލަ ގޮތަކަށެވެ.

____________________________

About the author
Leave Comment