މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރެއްވުމަށް ރޭ ދަރުބާރުގޭގައި ސަރުކާރުން ބޭއްވެވި ރަސްމީ ޖަލްސާގައި ލިޔުންތެރީންގެ ގުޅުމުގެ ދެބޭފުޅަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފިއެވެ. އެ ދެ ބޭފުޅުންނަކީ، ލިޔުންތެރީންގެ ގުޅުމުގެ މުއައްސިސެއް ކަމުގައިވާ މ.ކަށިމާ އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރާއި ޖަމްޢިއްޔާގެ ޚިދުމަތްތެރި މެންބަރެއްކަމުގައިވާ ހއ. އުތީމު އަލިމަސްގޭ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނު (އުތީމު އާދަމްބެ) އެވެ. އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ، ދިވެހި ތާރީޚުގެ ދާއިރާއިން، ތާރީޚާބެހޭ ފޮތް އެކުލަވާލައި…

wp_20161111_01_49_39_pro-2މިއަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރެއްވުމަށް ރޭ ދަރުބާރުގޭގައި ސަރުކާރުން ބޭއްވެވި ރަސްމީ ޖަލްސާގައި ލިޔުންތެރީންގެ ގުޅުމުގެ ދެބޭފުޅަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފިއެވެ. އެ ދެ ބޭފުޅުންނަކީ، ލިޔުންތެރީންގެ ގުޅުމުގެ މުއައްސިސެއް ކަމުގައިވާ މ.ކަށިމާ އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރާއި ޖަމްޢިއްޔާގެ ޚިދުމަތްތެރި މެންބަރެއްކަމުގައިވާ ހއ. އުތީމު އަލިމަސްގޭ އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނު (އުތީމު އާދަމްބެ) އެވެ.

އަލްފާޟިލް ކަށިމާ އަޙްމަދު ޝާކިރަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ، ދިވެހި ތާރީޚުގެ ދާއިރާއިން، ތާރީޚާބެހޭ ފޮތް އެކުލަވާލައި ލިޔެ ޝާއިޢުކުރުމުގެ ރޮނގުންނެވެ. ޝާކިރަށް މީގެ ކުރީންވަނީ ހިތްވަރު ދިނުމުގެ ޤައުމީ ދެ އިނާމެއް ލިބިވަޑައިގެންފައެވެ. އެއީ، ތަމްސީލު ކުޅުއްވުމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު (1985 ވަނަ އަހަރު) އާއި ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ދިވެހިބަހުން ވާހަކަދެއްކުންތެރިކަމުގެ ރޮނގުން ހިތްވަރު ދިނުމުގެ އިނާމު (2002 ވަނަ އަހަރު) އެވެ.

wp_20161111_01_49_19_pro-2އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނަށް ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ، ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިންނެވެ. އާދަމްބެއަށް މީގެކުރީން ވަނީ، ދިވެހި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ ދާއިރާއިން ޅެން ހެދުމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު (2004 ވަނަ އަހަރު) ލިބިވަޑައިގެންފައެވެ.

މި އުފާވެރި މުނާސަބަތުގައި ލިޔުންތެރިންގެ ގުޅުމުގެ ހިންގާ ކޮމިޓީއާއި މެންބަރުންނާއި މި ސައިޓުގެ ކިޔުންތެރިންގެ ނަމުގައި އަލްފާޟިލް އަޙްމަދު ޝާކިރަށާއި އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނަށް ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސް ކުރަމެވެ.

___________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment