ކުޅަދާނަ ޅެންވެރިއެއްކަމުގައިވާ ގ. ރޯޒަރީ އަލްފާޟިލާ ޢާއިޝަތު މޫސާ (ރަޙިމަހަﷲ) މިރޭ އަވަހާރަވެއްޖެއެވެ. އަލްފާޟިލާ ޢާއިޝަތު މޫސާ އަވަހާރަވީ، އައި.ޖީ.އެމް.އެޗް.ގައި ފަރުވާދެއްވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައި ވަނިކޮށް މިރޭގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 80 އަހަރެވެ. އަލްފާޟިލާ ޢާއިޝަތު މޫސާ ޅެން ހައްދަވަން ފައްޓަވާފައިވަނީ، ޢުމުރުން ތޭރަ ސާދަ އަހަރުގެތެރޭގައެވެ. އޭނާގެ ޅެމެއް އެންމެފަރަތަމަ ޝާއިޢު ކުރެވުނީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ.) އުފެއްދެވި “މިނިވަން އައްސޭރި” ޖަމްޢިއްޔާއިން ނެރުއްވި “އައްސޭރި” މަޖައްލާގައެވެ. އެއަށްފަހު އަންޖަމަން…

wp_20161111_01_48_49_pro-2ކުޅަދާނަ ޅެންވެރިއެއްކަމުގައިވާ ގ. ރޯޒަރީ އަލްފާޟިލާ ޢާއިޝަތު މޫސާ (ރަޙިމަހަﷲ) މިރޭ އަވަހާރަވެއްޖެއެވެ. އަލްފާޟިލާ ޢާއިޝަތު މޫސާ އަވަހާރަވީ، އައި.ޖީ.އެމް.އެޗް.ގައި ފަރުވާދެއްވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައި ވަނިކޮށް މިރޭގެ ވަގުތެއްގައެވެ. އަވަހާރަވީއިރު ޢުމުރުފުޅަކީ 80 އަހަރެވެ.

އަލްފާޟިލާ ޢާއިޝަތު މޫސާ ޅެން ހައްދަވަން ފައްޓަވާފައިވަނީ، ޢުމުރުން ތޭރަ ސާދަ އަހަރުގެތެރޭގައެވެ. އޭނާގެ ޅެމެއް އެންމެފަރަތަމަ ޝާއިޢު ކުރެވުނީ، އޮނަރަބްލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދު (ނ.ޢ.ޢ.ވ.) އުފެއްދެވި “މިނިވަން އައްސޭރި” ޖަމްޢިއްޔާއިން ނެރުއްވި “އައްސޭރި” މަޖައްލާގައެވެ. އެއަށްފަހު އަންޖަމަން އަމީނުގެ މަޖައްލާއާއި “ފަތްތޫރަ” އާއި “ހުވަނދު” މަޖައްލާއާއި “ހަވީރު” ދުވަހުނޫހާއި “ޤައުމީ ނިދާ” އާއި “ރީތިޅެން” ފަދަ ޅެންފޮތްތަކުގައި ވެސް އޭނާގެ ޅެންތައް ޝާއިޢު ކުރެވިފައިވެއެވެ.

އަލްފާޟިލާ ޢާއިޝަތު މޫސާގެ ޅެންވެރިކަމުގެ ޚިދުމަތް ފާހަގަ ކުރައްވައި، ދިވެހި ޅެންވެރިކަމުގެ ރޮނގުން އާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު 1990 ވަނަ އަހަރު ދައުލަތުން އޭނާއަށް ވަނީ އަރުވައިފައެވެ.

އަލްފާޟިލާ ޢާއިޝަތު މޫސާއަކީ، ލިޔުންތެރީންގެ ގުޅުމުގެ މުއައްސިސެއްކަމުގައިވާ ހ.ނަވާގަން އަލްފާޟިލް ޢަލީ މޫސާ ދީދީގެ ލޮބުވެތި ދައްތައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަނބިކަބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހީމް ދީދީގެ ލޮބުވެތި މަންމައެވެ.

މިހިތާމަވެރި ދަނޑިވަޅުގައި ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮމިޓީއާއި މެންބަރުންނާއި މި ސައިޓުގެ ކިޔުންތެރިންގެ ނަމުގައި އަލްފާޟިލް ޢަލީ މޫސާ ދީދީއަށާއި މަރުޙޫމާގެ ލޮބުވެތި އާއިލާއަށް އިޚްލާސްތެރި ތައުޒިޔާ ރައްދުކުރަމެވެ. އަދި މަރުޙޫމާއަށް ރުއްސެވުމާއި ފުއްސެވުން މިންވަރު ކުރެއްވުން އެދި ދުޢާ ކުރަމެވެ.

_________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment