ޢ.ޝ ޢ.ޝ. ނުވަތަ ހެންވޭރު، ފިލިގަސްދޮށުގޭ އަލްފާޟިލް ޢަލީ ޝަރީފަކީ، ލިޔުންތެރި، ޅެންވެރި، އަދި ތަރުޖަމާކުކުރެއްވުމުގެ ފަންނުގައިވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އިނގިރޭސިބަހުން ދިވެހިބަހަށް ޚަބަރާއި މަޢުލޫމާތާއި ވާހަކަ ތަރުޖަމާކުރެއްވުމާއި އިނގިރޭސިބަހުން ޅެން ހެއްދެވުމަކީވެސް، ޢަލީ ޝަރީފްގެ ފާހަގަކޮށްލެވޭ ފަންނެކެވެ.  ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ނޫސްވެރިކަމުގެ ރޮނގުން ކުރައްވާފައިވާ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރިހިގަލަމާއި ހަނދާނީ ލިޔުން، 1993 ވަނަ އަހަރު، ދައުލަތުންވަނީ، އަލްފާޟިލް ޢަލީ…

ޢ.ޝ

ޢ.ޝ. ނުވަތަ ހެންވޭރު، ފިލިގަސްދޮށުގޭ އަލްފާޟިލް ޢަލީ ޝަރީފަކީ، ލިޔުންތެރި، ޅެންވެރި، އަދި ތަރުޖަމާކުކުރެއްވުމުގެ ފަންނުގައިވެސް ފާހަގަ ކޮށްލެވޭ ބޭފުޅެކެވެ. އިނގިރޭސިބަހުން ދިވެހިބަހަށް ޚަބަރާއި މަޢުލޫމާތާއި ވާހަކަ ތަރުޖަމާކުރެއްވުމާއި އިނގިރޭސިބަހުން ޅެން ހެއްދެވުމަކީވެސް، ޢަލީ ޝަރީފްގެ ފާހަގަކޮށްލެވޭ ފަންނެކެވެ.

 ދިވެހި ނޫސްވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި، ނޫސްވެރިކަމުގެ ރޮނގުން ކުރައްވާފައިވާ ޚިދުމަތުގެ އަގުވަޒަން ކުރެއްވުމުގެ ގޮތުން ދިވެހި ނޫސްވެރިކަން ދެމެހެއްޓުމުގެ ޚިދުމަތުގެ ރިހިގަލަމާއި ހަނދާނީ ލިޔުން، 1993 ވަނަ އަހަރު، ދައުލަތުންވަނީ، އަލްފާޟިލް ޢަލީ ޝަރީފަށް އަރުވާފައެވެ.  

ޢަލީ ޝަރީފްގެ މިލިޔުން ނަކަލުކޮށްފައި މިވަނީ، ދުވަހު ނޫސް ”ވިޔަފާރިމިއަދު” ގެ 12 މޭ 1967 (ހުކުރު) ދުވަހުގެ އަދަދުންނެވެ.

______________________________

wp_20161127_00_39_43_pro-2ޑޮކްޓަރ ޒާކިރު ޙުސައިނަކީ، އާދައިގެ ކުޑަ ޓައުނެއްގައި ދިރިއުޅުނު ޤާނޫނީ ވަކީލެއްގެ ފިރިހެން ދަރިފުޅެވެ. އޭނާ ހިމެނިވަޑައިގަތީ އިންޑިއާ އުފެއްދި އެންމެމަތީ ފެންވަރުގެ ޢިލްމުވެރިންގެ ތެރޭގައެވެ. ދެން އޭނާ މި އިންތިޚާބުވީ އިންޑިއާގެ ރައީސަކަށެވެ.

ޑޮކްޓަރ ޒާކިރު ޙުސައިނަށް ރިޔާސީ އިންތިޚާބުގައި 4،71،244 ވޯޓް ލިބިވަޑައިގަތެވެ. ވީމާ، ރައީސަކަސް އިންތިޚާބުވުމަށް ބޭނުންއެންމެ މަދު ޢަދަދަށް ވުރެ 52،219 ވޯޓް އިތުރަށް ޒާކިރު ޙުސައިނަށް ލިބިވަޑައިގަތެވެ.

ޕާރލަމެންޓުން ކޮންގްރެސްގެ ކެންޑިޑޭޓް ޒާކިރު ޙުސައިނަށް 447 މެމްބަރުން ވޯޓް ދިނެވެ. އިދިކޮޅު ޕާރޓީތަކުގެ ކެންޑިޑޭޓް ސުބަރާއޯ (ކުރީގެ ޗީފް ޖަސްޓިސް) އަށް ލިބިވަޑައިގަތީ 278 ވޯޓެވެ.

ޢުމުރުފުޅުން 70 އަހަރުވީ ޒާކިރު ޙުސައިނަކީ އޭނާގެ މުޅި ޙަޔާތް ޤައުމީ ޚިދުމަތަށް ވަޤުފު ކުރައްވާފައިވާ އިންޑިއާގެ ޤައުމީ ލީޑަރެކެވެ. އޭނާއަށް މިއަދު އެލިބިވަޑައިގަތް ޤައުމުގެ އެންމެމަތީ މަޤާމު އޭނާއަށް ރައްޔިތުން އެރުވީ ލޯތްބާއި އިޙްތިރާމާއެކުގައެވެ.

އިންޑިއާގެ ލިޔުންތެރިއަކުގެ ޢިބާރާތް ބޭނުންކުރަނީނަމަ އަދެ! “ޑޮކްޓަރ އެސް ރާދަ ކުރިޝްނަން ޕްރެޒިޑެންޓްގެ އޮފީސް ފަޅުފިލުއްވީ އޭނާގެ ވިސްނުންތެރި ޝުޢޫރުތައް ހާމަކުރެއްވީ ރީތިބަސްތަކާއި ފްރޭޒްތަކުންކަމަށް ވަނީނަމަ، ޑޮކްޓަރ ޒާކިރު ޙުސައިން ރަޝްތުރަޕަތީ ބާވަންއަށް ވެދެވަޑައިގަންނަވާނީ އޭނާގެ ޢިއްޒަތްތެރި ޝަޚްޞިއްޔަތުގެ ބާރުގައެވެ.

ޑޮކްޓަރ ރާދަކްރިޝްނަންގެ ބަސްތައް އެއީ ހިތާމަތަކާއި ބިރުތައް އިންޑިޔާ ފިލުވި ޓޮނިކެއް ކަމުގައިވާއިރު، ޑޮކްޓަރ ޒާކިރު ޙުސައިންގެ މާތް ޢިއްޒަތްތެރިކަން ޢިލްމުވެރިކަމާއި އަދި އޭނާގެ ގިނަ ތަޖުރިބާ، އެމަޤާމަށް އޭނާ ލާއިޤުކޮށްފިއެވެ.”

ޖަރްމަން ތަޢުލީމް

ޖަމިޢާ މިއްލިއްޔާ އުފެއްދެވުމަށްފަހު، ޒުވާން ޒާކިރު ޙުސައިން ވަޑައިގަތީ ބަރލިންއަށެވެ. އެތާގައި ހުންނަވާ އިޤްތިޞާދީ ރޮނގުން ޑޮކްޓަރޭޓްގެ ޑިގްރީ އޭނާ ނެންގެވިއެވެ. އެންބުރި ވަޠަނަށް ވަޑައިގެންފައިވެސް އޭނާ މަސައްކަތް ކުރެއްވީ ޅަ ޔުނިވަރސިޓީ ކުރިޔަށް ގެންދަވާ ބޮޑުކުރެއްވުމަށެވެ. މާލީ ދަތިތައް ނިހާޔަތަށް ކުރިމަތުވެފައި އޮތުމާއެކުވެސް 20 އަހަރު ދުވަހު އެމަސައްކަތް އޭނާ ކުރެއްވިއެވެ. މިމަސައްކަތް އޭނާ ކުރައްވާފައިވަނީ ހަމައެކަނި ޚިދުމަތުގެ ރޫޙުގައެވެ.ހިތްވަރުގަދަ ކަމުގެ ފުރިހަމަ މިސާލުގައެވެ. އެންމެފަހުން އެޔުނިވަރސިޓީ ފުރިހަމަވެ، ހިނގައިގެންފިއެވެ. އިންޑިޔާގެއާއި ބޭރު ޤައުމުތަކުގެ ޢިލްމުވެރިންގެ ޤަދަރު އެދަރުސްގާހަށް ލިބިއްޖެއެވެ.

ތަފާތު މަޤާމްތައް

ޑޮކްޓަރ ޒާކިރު ޙުސައިން މަތިވެރި ޚިދުމަތްތައް އަދާކުރައްވާފައިވަނީ ތަޢުލީމީ ރޮނގުންނެވެ. ޖާމިޢާ މިއްލިޔާ އިސްލާމިއްޔާ ވައިސް ޗާންސެލަރއެއްގެ ގޮތުން ޔުނިވަރސިޓީ ތަޢުލީމާބެހޭ ކޮމިޝަންގެ މެންބަރެއްގެ ގޮތުން ޢަލީގަޅު މުސްލިމް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރއެއްގެ ގޮތުންނެވެ. އަދިވެސް ކިތަންމެ ރޮނގަކުންނެވެ.

ޒާކިރު ޙުސައިނަކީ ތަޢުލީމާބެހޭ ހުރިހާ ކޮމިޓީތަކާއި ޖަމާޢަތްތަކުގެ މެންބަރެއްގެ އިތުރަށް “ޔުނެސްކޯ”އާއި ވެސް އޭނާވަނީ ގުޅިވަޑައިގެންފައެވެ. މިހެނީ 1955 ވަނަ އަހަރުން ފެށިގެން އޭނާއަކީ “ޔުނެސްކޯ” އެގްޒެކެޓިވް ބޯރޑްގެ މެންބަރެކެވެ.

ޑޮކްޓަރ ޒާކިރު ޙުސައިން، ޔޫރަޕްގެ ވަރަށްގިނަ ރަށްރަށަށް ވަޑައިގަތެވެ. އަދި އެމެރިކާއަށް ވެސް ޒިޔާރަތްކުރެއްވިއެވެ. އޭނާ ތަޢުލީމުގެ މައްޗަށް ފާޅުކުރައްވާ ކޮންމެ ޚިޔާލަކަށް ދުނިޔޭގެ ޤައުމުތަކުގައި ޤަދަރާއި އިޢުތިބާރު ދެވިގެން ވެއެވެ.

ޑޮކްޓަރ ޒާކިރު ޙުސައިން އިންޑިޠަގެ ނާއިބު ރައީސްގެ މަޤާމަށް އިސްކުރެވުނީ 1962 ވަނަ އަހަރުގެ މޭ މަހުގައެވެ.

ބަހާރަތު ރަތްނާ ލަޤަބު

ޑޮކްޓަރ ޒާކިރު ޙުސައިނަށް ބަހާރަތު ރަތްނާގެ މަތިވެރި ލަޤަބު ދެވުނީ 1963 ވަނަ އަހަރުގައެވެ. އެއީ އޭނާ ޤައުމަށްޓަކައި ކުރެއްވި ގިނަ ޚިދުމަތްތަކުގެ ބަދަލުގައި އެރުވުނު މެޑެލްއެކެވެ.

ޑޮކްޓަރ ޒާކިރު ޙުސައިން ދުނިޔެއަށް ވަޑައިގަތީ ޙައިދަރުއާބާދުގައެވެ. 1897 ވަނަ އަހަރުގެ ފެބްރުއަރީން 8 ވަނަ ދުވަހުއެވެ. އޭނާގެ ބައްޕައަކީ ޕްރޮފެޝަނަލް އެޑްވޮކޭޓްއެކެވެ. ޒާކިރު ޙުސައިންގެ ޢުމުރުފުޅުން 9 އަހަރުގައި އޭނާގެ ބައްޕަ ނިޔާވެއްޖެއެވެ. އޭގެފަހުން ޒާކިރު ޙުސައިނަށް ތަޢުލީމު ދެއްވުމުގެ ހުރިހާ މަސްއޫލިއްޔަތެއް އުފުއްލެވީ އޭނާގެ ވިސްނުންތެރި މަންމައެވެ. ލިބިފައިހުރި ކުޑަ ފައިސާކޮޅާއެކު ފުރަތަމަ އޭނާ އެރަށުގެ ސްކޫލަކަށް ފޮނުވާން ފެއްޓެވީ ޒާކިރު ޙުސައިނާއި އޭނާގެ އަޚުންގެތެރޭގައިތިބި 7 ކުދީންގެތެރެއިން 3 ކުދީންނެވެ. ފަހުން ޒާކިރު ޙުސައިން ބަދަލުވެވަޑައިގަތީ ޢަލީގަޅު ޔުނިވަރސިޓީއަށެވެ. މަގާތުމާ ގާނދީއާއި ޒާކިރު ޙުސައިން ބައްދަލުވެވަޑައިގަތީ އެޔުނިވަރސިޓީންނެވެ.

ޒާކިރު ޙުސައިން ތުރުކުރައްވަނީ ޝެރްވާނީއާއި ޕިޖާމާއެވެ. އޭނާ އަބަދުވެސް ހުންނަވަނީ ސާފުކޮށް ނަލަކޮންނެވެ. އޭނާގެ ހޮބީއަކީ، ސްޓޯންއާއި ފޮސިލް އެއްކުރެއްވުމެވެ. ޒާކިރު ޙުސައިންގެ ތިއްބަވަނީ 2 އަންހެން ބޭފުޅުންނެވެ.

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment