000” ޕޯޗްގީޒުންގެ އަނިޔާ ދަފުޢު ކުރުމުގައި މުޙައްމަދު ތަކުރުފާނު އެކުރެއްވީ  ހުރިހާ މާނައެއްގައިމެ (فى سبيل الله) ހަމގުރާމައެކެވެ. އިސްލާމީ ވަޒަނަކުން ކާފިރުކަން ދިފާޢު ކުރެއްވީއެވެ. ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވީއެވެ. ރާއްޖޭގެ ޖިހާދުގައި، މުޙައްމަދު ތަކުރުފާނު ކަންތައް ގެންދެވި ގޮތުން، ފައުޅުވެ އަލިވަނީ، އެތަކުރުފާނީ ސިޔާސީ މުދައްބިރުންގެތެރެއިން އަރައިހުރި ބޭކަލެއް ކަމެވެ. ހިތްވަރުގަދަ މުޖާހިދެއް ކަމެވެ. ދިފާޢުގެ މަކަރުތަކާއި މުޤާބަލާގެ ހުނަރުތަކުގެ އެދުރެއް ކަމެވެ. ޣީރަތްތެރި ޒަޢީމެއް ކަމެވެ. ފުރިހަމަ މުސްލިމެއް ކަމެވެ. މިތަކުރުފާނަށް ނަޞްރާއި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

wp_20161130_16_04_43_pro-2” ޕޯޗްގީޒުންގެ އަނިޔާ ދަފުޢު ކުރުމުގައި މުޙައްމަދު ތަކުރުފާނު އެކުރެއްވީ  ހުރިހާ މާނައެއްގައިމެ (فى سبيل الله) ހަމގުރާމައެކެވެ. އިސްލާމީ ވަޒަނަކުން ކާފިރުކަން ދިފާޢު ކުރެއްވީއެވެ. ރާއްޖޭގެ މިނިވަންކަން ސަލާމަތް ކުރެއްވީއެވެ. ރާއްޖޭގެ ޖިހާދުގައި، މުޙައްމަދު ތަކުރުފާނު ކަންތައް ގެންދެވި ގޮތުން، ފައުޅުވެ އަލިވަނީ، އެތަކުރުފާނީ ސިޔާސީ މުދައްބިރުންގެތެރެއިން އަރައިހުރި ބޭކަލެއް ކަމެވެ. ހިތްވަރުގަދަ މުޖާހިދެއް ކަމެވެ. ދިފާޢުގެ މަކަރުތަކާއި މުޤާބަލާގެ ހުނަރުތަކުގެ އެދުރެއް ކަމެވެ. ޣީރަތްތެރި ޒަޢީމެއް ކަމެވެ. ފުރިހަމަ މުސްލިމެއް ކަމެވެ. މިތަކުރުފާނަށް ނަޞްރާއި ކާމިޔާބު ލިބުނީ وكان حقا علينا نصر المؤمنين މިއާޔަތުގައި ވަޢުދު ކުރައްވާފައިވާ ފުރިހަމަ މަގުންނެވެ.

މުޙައްމަދު ތަކުރުފާނު ޤަޞްތު ކުރެއްވީ ރާއްޖޭގެ ދީނާއި މިނިވަންކަން ރައްކައުތެރި ކުރެއްވުމެވެ. އެތަކުރުފާނުގެ މާތް ކާބަފައިންނާއި ވެރިކަމުގެ ގުޅުމުން ގުޅިފައިވާ ދިވެހި ޙުކޫމަތު، ލާއިޤުވެގެންވާ ދިވެހިބައެއްގެ އަތްމައްޗަށް ގެންނެވުމެވެ. އެންމެ ފަހަރަކުވެސް ދިވެހިރަސްކަމެއް ކުރައްވާނަމެކޭ، އަދި ކިއެއްތަ ލިބޭނެބާއެކޭވެސް ހިތަކަށް ނުވައްދަވައެވެ.

އާޚިރުގައި ކަންދިމާވި ގޮތުން މުޙައްމަދު ތަކުރުފާނު ރަސްކަން ޤަބޫލުކުރެއްވުން ނޫން އެއްވެސް މަގެއް ފެނިނުލެއްވީއެވެ. ދިވެހި ހިތްތަކަށް ހުރިހައި ގޮތަކުން ޝިފާ ލިބުނީ މުޙައްމަދު ތަކުރުފާނު ރަސްކަން ޤަބޫލު ކުރެއްވީމައެވެ.

މުޙައްމަދު ތަކުރުފާނު ރަސްކަން ޤަބޫލުފުޅު ކުރެއްވިކަމީ ދިވެހި ޤައުމަށް ލިބުނު ވަރަށްބޮޑު ނަސީބެކެވެ. އެރަދުންގެ ރަސްކަމުގެ ދުވަސްވަރަކީ ދިވެހި ޖައްވަށް އައި އެންމެ އުފާވެރި ދުވަސްވަރެވެ. އެރަދުންނަށް ދިވެހި އުންމަތާއި ދިވެހި ދައުލަތުގެ ފަރާތުން ދެންނެވޭނީ ގިނަވެގެންވާ ސާބަހާއި އެކަށޭނަ ސަނާއެވެ. އިޚްލާޞްތެރި ޝުކުރިއްޔާއެވެ. ”

_____________________


  • މި ލިޔުންނަގާފައި މިވަނީ، 1 ރަބީޢުލްއައްވަލް 1401 (7 ޖަނަވަރީ 1981) ގައި ”ދިވެހި ނާދީ” ޝާއިޢު ކުރެއްވި ލުއިފޮތަކުންނެވެ.
About the author
Leave Comment