އަދަބީ މުރާސިލު ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުން އަހަރަކު އެއްފަހަރު ނެރެމުން ގެންދާ ޅެންފޮތް ”ޅެންވެރިޔާ” ގެ 5 ވަނަ އަދަދު ނުކުމެއްޖެއެވެ. ޅެންވެރިޔާގެ މި ފަހަރުގެ އަދަދުގައި ވެސް ރާއްޖޭގެ މަޝްހޫރު ގިނަ ޅެންވެރީންގެ ޅެންތައް ހިމެނިފައިވެއެވެ. އޭގެތެރޭގައި ޅެންވެރިކަމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ތަފާތު ރޮނގުންތަކުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ، އޮނަރަބްލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ.) އާއި އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ.) އާއި އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނާއި އަލްފާޟިލް…

އަދަބީ މުރާސިލު

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުން އަހަރަކު އެއްފަހަރު ނެރެމުން ގެންދާ ޅެންފޮތް ”ޅެންވެރިޔާ” ގެ 5 ވަނަ އަދަދު ނުކުމެއްޖެއެވެ.

ޅެންވެރިޔާގެ މި ފަހަރުގެ އަދަދުގައި ވެސް ރާއްޖޭގެ މަޝްހޫރު ގިނަ ޅެންވެރީންގެ ޅެންތައް ހިމެނިފައިވެއެވެ. އޭގެތެރޭގައި ޅެންވެރިކަމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ތަފާތު ރޮނގުންތަކުން ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ، އޮނަރަބްލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ.) އާއި އޮނަރަބްލް އަލްފާޟިލް ޢައްބާސް އިބްރާހީމް (ނ.ޢ.ޢ.ވ.) އާއި އަލްފާޟިލް އުތީމު އާދަމް ޢަބްދުއްރަޙްމާނާއި އަލްފާޟިލް ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރާއި އަލްފާޟިލް ދޮންފަނު މުޙައްމަދު ޔޫސުފާއި އަލްފާޟިލް ރޯނުގޭ ޙަސަން މަނިކާއި އަލްފާޟިލް ތިނަދޫ ޢަބްދުﷲ ޢަފީފާއި އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމާއި އަލްފާޟިލް ދަރަވަންދޫ އަޙްމަދު ނާޝިދާއި އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދާއި އަލްފާޟިލާ ޒުލްފާ އިބްރާހީމް ފަދަ ބޭބޭފުޅުންގެ ޅެންތައް ހިމެނެއެވެ. އަދި އަލްފާޟިލް ހަތިފުށީ ޢަބްދުﷲ ޝާކިރާއި އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމާއި އަލްފާޟިލް ޝަރަފުއްދީން އަބޫބަކުރާއި އަލްފާޟިލް ޢަބްދުއްރަޝީދު އަޙްމަދު ފަދަ ޅެންވެރީންގެ ޅެންތައް ވެސް ހިމެނިފައިވެއެވެ.

މީގެ އިތުރުން، ލިޔުންތެރީންގެ ގުޅުމުން 2016 ވަނަ އަހަރު ހުޅުވައިލި ”ޅެންވެރިޔާ- 2016” މުބާރާތުގެ 1 ވަނަ، 2 ވަނަ، 3 ވަނައަށް ހޮވުނު ޅެންވެރީންގެ ފޮޓޯއާއި އެބޭފުޅުން ކުރު ތާރަފަކާއި 4 ވަނައިން 10 ވަނައަށް ހޮވުނު ޅެންތައް ވެސް ހިމަނާފައިވެއެވެ.

”ޅެންވެރިޔާ- 2016” މުބާރާތުން 1 ވަނަ ހާސިލު ކުރައްވާފައިވަނީ، ޏ.ފުވައްމުލަކު، ލީކުވިލާ އަލްފާޟިލް ފަތުޙުﷲ ޞާލިޙެވެ. 2 ވަނަ ހާސިލު ކުރައްވާފައިވަނީ، ހދ.ކުޅުދުއްފުށީ، ދުރުމި އަލަފާޟިލް އާދަމް އިބްރާހީމެވެ. 3 ވަނަ ހާސިލު ކުރައްވާފައިވަނީ، ނ. މަނަދޫ، ސިލްވަރބީޗް އަލްފާޟިލް އަބޫބަކުރު އާދަމެވެ.

މުޅިއެކު 31 ޅެމުގެ މައްޗަށް އެކުލެވިގެންވާ 55 ސޮފުހާގެ ”ޅެންވެރިޔާ” ގެ އަގަކީ އެންމެ =/40 ރުފިޔާއެވެ.  ބައްލަވައިގަންނަން ބޭނުންބޭފުޅުން 7774062 މިނަންބަރަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ލިޔުންތެރީންގެ ގުޅުމުން ”ޅެންވެރިޔާ” ނެރެން ފަށާފައިވަނީ، 2012 ވަނަ އަހަރުއެވެ.

_____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment