000          ދިވެހި ޕާސްޕޯޓަކީ ދިވެހީން ދަތުރު ކުރާ މަންޒިލުތަކުން އަބަދުވެސް  ވަރަށް ފަސޭހަ ކަމާއެކު ބަލައިގަނެ އަދި ގައުމުތަކަށް އެތެރެ ވުމުގައި ފަސޭހަ ތަކެއް ލިބިގެންވާ ލިޔުމެކެވެ. އަޅުގަނޑުގެ ހަނދާން ބަލި ނޫންނަމަ، އެންމެ ފުރަތަމަ ދިވެހި ޕާސްޕޯޓުގެ ކުލައަކީ ކަޅު ކުލައެވެ. އޭރު ގެންގުޅުނު ޕާސްޕޯޓުގައި މިހާރު ހުންފަދަ ކުރެހުންތަކެއްވެސް ނުހުރެއެވެ. އަދި ސައިޒުގެ ގޮތުންވެސް ބޮޑެވެ. ދިވެހި ޕާސްޕޯޓުގެ ބޭރުގަނޑުގެ ކުލަ ތަފާތު ކުލަ ތަކުގައި ހަދަން ފެށި ފަހުން އެކި ދަރަޖައިގެ…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

         ދިވެހި ޕާސްޕޯޓަކީ ދިވެހީން ދަތުރު ކުރާ މަންޒިލުތަކުން އަބަދުވެސް  ވަރަށް ފަސޭހަ ކަމާއެކު ބަލައިގަނެ އަދި ގައުމުތަކަށް އެތެރެ ވުމުގައި ފަސޭހަ ތަކެއް ލިބިގެންވާ ލިޔުމެކެވެ. އަޅުގަނޑުގެ ހަނދާން ބަލި ނޫންނަމަ، އެންމެ ފުރަތަމަ ދިވެހި ޕާސްޕޯޓުގެ ކުލައަކީ ކަޅު ކުލައެވެ. އޭރު ގެންގުޅުނު ޕާސްޕޯޓުގައި މިހާރު ހުންފަދަ ކުރެހުންތަކެއްވެސް ނުހުރެއެވެ. އަދި ސައިޒުގެ ގޮތުންވެސް ބޮޑެވެ. ދިވެހި ޕާސްޕޯޓުގެ ބޭރުގަނޑުގެ ކުލަ ތަފާތު ކުލަ ތަކުގައި ހަދަން ފެށި ފަހުން އެކި ދަރަޖައިގެ މީހުންނަށް އެކި ކުލަ ޚާއްސަ ކުރެވިގެންދިޔައެވެ. އަދި އެތެރޭގެ ގަނޑު ތަކުގައި ކުލަކުލައިގެ ކުރެހުންތަކާއެކު އެކި ދުވަސްވަރު ޕާސްޕޯޓަށް ބަދަލުތައް އަންނަމުން ދިޔައެވެ. މިފަހަރު ނުކުތް ޕާސްޕޯޓު  މިހާރު ވަނީ އޭޝިޔާގެ އެންމެ ރީތި ޕާސްޕޯޓުގެ މަގާމު ހޯދައި ފައެވެ.

         ރަތް ކުލައިގެ ޕާސްޕޯޓަކީ މީގެ ކުރިން ވަކި ފެންވަރެއްގެ މަގާމުތަކުގައި ތިބޭ މީހުންނަށް ޚާއްސަ ކުރެވި އަދި އެ ޕާސްޕޯޓު ލިބޭ މީހުން އެއަރ ޕޯޓުން  ބަލާ ފާސް ކުރުމުގައި ޚާއްސަ އިނާޔަތްތަކެއް ލިބޭ ލިޔުމެކެވެ. އެކުލަ ހޯދުމަށް ބައެއް މީހުން ބޭނުންވެގެން އުޅުނު ކުލަ އެކެވެ.

         2016  ވަނަ އަހަރު ޖުލައި 24 ގައި ތައާރުފު ކުރެވުނު އާ ޕާސްޕޯޓާއެކު އާންމު ފަރުދުންނަށް ދޫކުރާ ޕާސްޕޯޓުގެ ކުލައަކީ ރަތް ކުލައަށް ބަދަލު ވެގެން ދިޔައީ އެވެ. ރަތް ކުލަ ލިބުމަކީ ގިނަ ބަޔަކަށް ހައިރާން ކުރުވި ކަމެކެވެ. ކަޅުކުލަ ޑިޕުލޮމެޓިކު ފަރާތްތަކަށް އަދި ނޫކުލަ ޚާއްސަ ކުރެވުނީ އޮފިޝަލް ޕާސްޕޯޓުގެ ގޮތުގައެވެ. އާ ޕާސްޕޯޓާއެކު އެއަރޕޯޓުގައި އާކަމެއްވެސް ތައާރަފު ކުރެވުނެވެ. އެއީ އިލެކްޓްރޯނިކް ގޭޓުގެ ޚިދުމަތެވެ. މިގޭޓުގެ އެހީގައި ރާއްޖެއަށް އެތެރެވާ ދިވެހީން ޕާސްޕޯޓުގައި ތައްގަނޑު ޖަހަން ނުޖެހި ފަސޭހަކަމާއެކު އިމިގްރޭޝަން ކޮށި ގަނޑުގެ ތެރެއިން އެތެރެ ވެވެއެވެ.

         އަޅުގަނޑު ކުރިން ހައްދާފައި އޮތް ނޫ ކުލައިގެ ޕާސްޕޯޓުގެ މުއްދަތު ހަމަވުމާއެކު އަލަށް ހެއްދި ޕާސްޕޯޓަކީ ސަލާމަތީ ގޮތުން ވެސް ފުރިހަމަ ކަމެއް އެކުލެވިފައިވާ އަދި  އެކުލައެއްގެ ޕާސްޕޯޓު ދުވަހަކުވެސް ނުލިބޭނެ ކަމަށް ބަލައިގެން ހުރި ރަތްކުލައިގެ ޕާސްޕޯޓެވެ.

       ރަތްކުލައިގެ ޕާސްޕޯޓު ލިބިގެން ފުރަތަމަ ކުރި ދަތުރު ނިންމާފައި މާލެ އާދެވުނު ރޭގެ އެވަގުތަކީ، އެއަރޕޯޓުވެސް ތޮއްޖެހިފައި އޮތް ވަގުތެކެވެ. ދިވެހީންނަށް ޚާއްސަ ކުރެވިފައިވާ ސަފުގައި އަޅުގަނޑު މަޑު ކޮށްލައިގެން ހުއްޓާ ރަތްކުލައިގެ ޕާސްޕޯޓު އޮތް މީހުންނަށް ފަސޭހަކަމާއެކު އެތެރެވެވޭ ތަން ފެނިއްޖެއެވެ. ބަލަން ނުހުރެ އަޅުގަނޑު ހުރި ސަފު ދޫކޮށްލުމަށް ފަހު އެއްކަލަ ދޮރާ ދިމާއަށް މިސްރާބު ޖަހައިފީމެވެ. އާ ކަމަކަށް ވާތީ އެހެން މީހުން ހަދާ ގޮތް ބަލައިގެން އެކަން ކުރަން އުޅެ ފުރަތަމަ ފަހަރު ނުވުމުން އިމިގްރޭޝަން އޮފިސަރުގެ އެހީ ތެރިކަމާއެކު ނުހަނު ފަސޭހަކަމާއެކު ޕާސްޕޯޓު ސްކޭން ކުރެވި އިނގިލީގެ ނިޝާން ނެގުމާއެކު އެތެރެވާ ދޮރު ހުޅުވިއްޖެއެވެ. އަޅުގަނޑު ދަތުރު ކުރި މަތިންދާ ބޯޓުން ދަތުރުކުރި ދިވެއްސަކު އެތަން ބަލަން ހުރެ އަޅުގަނޑާ ދިމާ އަށް ބުނެލިއެވެ. މިއީ ހާދަ ފަސޭހަ ގޮތެކެވެ. މިއީ ހާދަ ބޮޑު ކުރި އެރުމެކެވެ.

          ރަތް ޕާސްޕޯޓު އަޅުގަނޑުމެންނަށް ލިބުނު އިރު މިއޮތީ ޒަމާނީ ތަރައްގީއާއި  ފަސޭހަ ކަމާއެކު ޚިދުމަތް ވެސް  ލިބިފައެވެ. ދުނިޔޭގައި ކުރިއަރާ ފައިވާ ގައުމުތަކުގައި ހުންނަ ފަދަ ފަސޭހަތައް ގާއިމު ކުރެވިފައެވެ.

          ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެއްވަގުތެއްގައި ގިނަ މަތިންދާ ބޯޓު ޖައްސައިފިނަމަ ތޮއްޖެހި ދިގު ކިޔުތަކުގައި މަޑު ކުރާން ޖެހޭ ޖެހުމަށް ދިވެހީންނަށް މިވަނީ ހައްލު ލިބެން ފަށައި ފައެވެ. ދެތިން އަހަރު ފަހުން ދިވެހި ހުރިހާ ރައްޔިތުން ވެސް ގެންގުޅޭނީ އިލެކްޓްރޯނިކް ގޭޓުން ވަދެވޭ ޕާސްޕޯޓެވެ. ރަތް ޕާސްޕޯޓެވެ. ކުރީގެ އެންމެ ޚާއްސަ ކުލަ އެވެ. މިހާރު ޚާއްސުންނަށް ކަޅުކުލަ އެވެ. ދެން ނޫކުލަ އެވެ. ކުލަ ބަދަލުވީ އިރު މިއޮތީ ޚާއްސަ ފަސޭހަތަކެއް ވެސް ލިބިފައެވެ.

_____________

About the author
2 Comments
  1. ޕާސް

    ރަތް ޕާސްޕޯރޓް ތަޢާރަފު ކުރީ 2016 ޖުލައި 24 ގައި ކަމަށް އޮތް މަޢުލޫމާތު ރަނގަޅުހެން ހިއެއް ނުވޭ... ކޮމެންޓް ޗާއިއު ނުކުރެއްވިޔަސް މަޢުލޫމާތު އިޞްލާޙުކޮށްލުން ރަނގަޅު..

    (0)(0)
  2. ެއަޙްމަދު ޝިޔާމު

    ރަނގަޅު ގޮތަކީ 24 ޖަނަވަރީ 2016 މިތާރީޚް. ޕާސް ގެ ނަމުގައި ކޮމެންޓް ކުރެއްވި ބޭފުޅާއަށް ޝުކުރިއްޔާ! އަޅުގަނޑު ދަންނަވާފައިވާނީ އަލަށް އެންމެ ފަހުން ނެރުނު ޕާސްޕޯޓުގެ ވާހަކަ .

    (0)(0)
Leave Comment