ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ. ޖަލްސާ ޚާއްޞަ ކޮށްފައިވަނީ ޝާޢިރުލް ޢުމޫމީ ގެ ހަނދާން އައުކުރުމުގެ މައްޗަށެވެ. ޝާޢިރުލް ޢުމޫމީއަކީ، މިޒަމާނުގެ ގޮތަށް އެންމެ ފުރަތަމަ ޅެމެއް ހެއްދެވި ޝާޢިރުގެ ގޮތުގައި މަޝްހޫރުވެފައިވާ އައްޝައިޚް ހުތް ޢަލީ ދީދީގެ ލޮބުވެތި ދަރިކަލުން ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުލް އަޒްހަރީ (ނުވަތަ ޢަބްދުﷲ ފަހްމީ ދީދީ) އެވެ. އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އިސްކަންދަރު ސްކޫލާ ގުޅިގެންނެވެ.…

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުން މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.

ޖަލްސާ ޚާއްޞަ ކޮށްފައިވަނީ ޝާޢިރުލް ޢުމޫމީ ގެ ހަނދާން އައުކުރުމުގެ މައްޗަށެވެ. ޝާޢިރުލް ޢުމޫމީއަކީ، މިޒަމާނުގެ ގޮތަށް އެންމެ ފުރަތަމަ ޅެމެއް ހެއްދެވި ޝާޢިރުގެ ގޮތުގައި މަޝްހޫރުވެފައިވާ އައްޝައިޚް ހުތް ޢަލީ ދީދީގެ ލޮބުވެތި ދަރިކަލުން ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނުލް އަޒްހަރީ (ނުވަތަ ޢަބްދުﷲ ފަހްމީ ދީދީ) އެވެ.

އެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އިސްކަންދަރު ސްކޫލާ ގުޅިގެންނެވެ. ޖަލްސާ އޮންނާނީ އަންނަ ފެބުރުވަރީ މަހުގެ އެއްވަނަ ދުވަހުގެރޭ 8.30 ގައި އިސްކަންދަރު ސްކޫލް މާލަމުގައެވެ.

އެ ޖަލްސާގައި ލިޔުންތެރީންގެ ގުޅުމުން މިދިޔަ އަހަރު ހުޅުވައިލި ”ޅެންވެރިޔާ – 2016” ހޮވުމުގެ ޅެން ހެދުމުގެ މުބާރާތުން ވަނަތައް ހާސިލުކުރި ފަރާތްތަކަށް އިނާމާއި ހަނދާނީ ސަނަދު ދިނުން ވެސް އޮންނާނެއެވެ. އަދި ޝާޢިރުލް ޢުމޫމީގެ ޅެންވެރިކަމުގެ މައްޗަށް ބަލައިލުމާއި ޝާޢިރުލް ޢުމޫމީ ހައްދަވާފައިވާ ޅެމެއް ހުށަހެޅުމާއި ޅެން ތަމްސީލެއް ހުށަހެޅުން ވެސް އޮންނާނެއެވެ.  އަދި މިނޫން ވެސް މުނާސަބަތާ ގުޅޭ ބައެއް ހަރަކާތްތައް ޖަލްސާގައި ކުރިޔަށް ގެންދެވޭނޭކަމަށް ލިޔުންތެރީންގެ ގުޅުމުން މައުލޫމާތު ލިބިފައި ވެއެވެ.

20170126_173422

20170126_173401

ލިޔުންތެރީންގެ ގުޅުމާއި އިސްކަންދަރު ސްކޫލް ގުޅިގެން ޖަލްސާއާ ބެހޭ ތައްޔާރީތައް ކުރިޔަށް އެބަ ގެންދެއެވެ.

ޖަލްސާގައި ލިޔުންތެރީންގެ ގުޅުމުގެ ވީހާގިނަ މެންބަރުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެ ޖަމްޢިއްޔާ ދައުވަތު އަރުވައެވެ.

______________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment