ޢަލީ ޖައިޝަން ޢާމިރު،  ހ.މާދޫގެ ތިމާ ބުރުސޫރަ ހެއްދެވި ގޮތުގެ  ފުރިހަމަކަން އެއީ އަޞްލީ،     ތިމާ އެހެނަސް އެއަށް އުނިއިތުރު ކުރުމީ މޮޔަކަމެއް ނަޤްލީ ދަލާ ގިނަ ލޭ  އޮހޮރުވައިގެން   ހޮވާ ރަންމުތް ވެޔޭ  އަޞްލީ،     ބަލާ އާފާތް ޖުވާ   މަސްތުން   ބަހާ ވަގުނޫޓަކީ ނަޤްލީ ފަރިޝްތާއެއް  ފަދައިން  މަދަދާ  އެހީދޭ   މިތުރަކީ އަޞްލީ،       ސަރިންދާއެއް ފުމޭ އަޑު އިވި    ފިރާލާ ހަތުރަކީ ނަޤްލީ ބޮވޭއިރު ސައިފޮދުން  ރާހަތު ލިބޭ…

ޢަލީ ޖައިޝަން ޢާމިރު،  ހ.މާދޫގެ

ތިމާ ބުރުސޫރަ ހެއްދެވި ގޮތުގެ  ފުރިހަމަކަން އެއީ އަޞްލީ،

    ތިމާ އެހެނަސް އެއަށް އުނިއިތުރު ކުރުމީ މޮޔަކަމެއް ނަޤްލީ

ދަލާ ގިނަ ލޭ  އޮހޮރުވައިގެން   ހޮވާ ރަންމުތް ވެޔޭ  އަޞްލީ،

    ބަލާ އާފާތް ޖުވާ   މަސްތުން   ބަހާ ވަގުނޫޓަކީ ނަޤްލީ

ފަރިޝްތާއެއް  ފަދައިން  މަދަދާ  އެހީދޭ   މިތުރަކީ އަޞްލީ،

      ސަރިންދާއެއް ފުމޭ އަޑު އިވި    ފިރާލާ ހަތުރަކީ ނަޤްލީ

ބޮވޭއިރު ސައިފޮދުން  ރާހަތު ލިބޭ ފޮނި   ހަކުރަކީ އަޞްލީ،

      ބޮވޭހިނދު ވިހަ އަސަރު ހަށްޓަށް ކުރާ ހިތި ހަކުރަކީ ނަޤްލީ

ޙަޔާތެއް ޢިބްރަތާ   އަރަތުން ވަނީ ނަމަ  ފުރި ވެޔޭ އަޞްލީ،

      ގަޔާވާހެން ދުލުން ފަތުރާ   ‘އަލިފު ލައިލާ’ ވެޔޭ ނަޤްލީ

ކުރުން ހެޔޮ ޢަމަލު ގިނަކޮށް ފާހިޝުން ދުރުހެލިވުމީ އަޞްލީ،

      ކުރުން ކުށްފާފަ ގިނަކުރުމަށް    ގޮވާލާ އަޑުތަކީ ނަޤްލީ

ނިކަން ޚާލިޞްވި   ހިތަކައިގެން ކުރާ   ޚައިރާތަކީ އަޞްލީ،

      ނިކަން ރުޅިވެރި ޒުވާބެއްގާ   ތިބާ ކަލަގޮވުމަކީ ނަޤްލީ

ޝަހީދީ ލޭ ދެމޭ ކޯރުން ނަގާ   ޖިސްމެއްގެ  އަގު އަޞްލީ،

      ބަހީ އަނިޔާކުރަން ކަތުނަށް އެއުފުލާ އަތްތަކީ ނަޤްލީ

ޤިޔާމަތްވާނެކަން ކަށަވަރު ކުރާ ހިތްތައް ވަރަށް އަޞްލީ،

      ނިޔާ އިއްވާނެ ދުވަހެއް ނެތްކަމަށް ވިސްނޭ ސިކުނޑި ނަޤްލީ

ކަލާމްފުޅު މާތްވި ތަންޒީލުން އޮހޭއިރު ހާސް ދަރުސް އަޞްލީ،

     ގަލާ ހިލަވެލި ބުދަށް ގުދުވުން އެއީ ބޯދާ ކަމެއް ނަޤްލީ …

                                             __________________


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
2 Comments
  1. ޙަސަން ޝާކިރު މުޙައްމަދު

    ޒުވާން ޅެންވެރިއެއް އަދި ލިޔުންތެރިއެއް ކަމަށްވާ އަލްއަޚް ޢަލީ ޖައިޝަން ޢާމިރު މިސައިޓާ ގުޅި ވަޑައިގަތުމަކީ، މި ސައިޓުގެ ހިންގުންތެރިންނަށާއި ކިޔުންތެރީންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. ޖައިޝަންގެ މި ޅެމަކީ ވެސް ވަރަށް މުނާސަބު ވަގުތެއްގައި ހައްދަވާފައިވާ ރީތި ޅެކެވެ. މަރުހަބާއެވެ. އުންމީދު ކުރެވެނީ ޖައިޝަންގެ އަދަބީ އުފެއްދުންތަކުން މި ސައިޓަށް އާ ދިރުމެއް ލިބެމުންދާނެކަމަށެވެ. ކާމިޔާބީއާއި ބާއްޖަވެރިކަމަށް އެދެމެވެ. ދަރުމަހުރި!

    (4)(0)
Leave Comment