200މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ލިޔުންތެރީންގެ ގުޅުމުން އިސްކަންދަރު ސްކޫލާ ގުޅިގެން ބޭއްވި ޖަލްސާއެއް ރޭ އިސްކަންދަރު ސްކޫލުގެ މާލަމުގައި އޮތެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ. ދިވެހި ޅެންވެރިކަމުގެ ތާރީޚްގެ މައްޗަށް އަލި އަޅުވައިލައްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅު ކުރިޔަށް ގެންދެވީ ޅެންބަހުންނެވެ. ޖަލްސާގެ ފެށުމުގައި ދާދިފަހުން އަޅުގަނޑުމެންނާއި ވަކިވެވަޑައިގެން މާތްﷲ ގެ ހެޔޮ ރަޙްމަތަށް ދަތުރުފުޅުކުރެއްވި، ލިޔުންތެރީންގެ ގުޅުމުގެ މުއައްސިސެއްކަމުގައިވާ އަލްމަރުޙޫމް ޢަލީ…
Share on Facebook2Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

މިއަހަރުގެ ޅެimage-0-02-06-cf1c3e6eb32a7e0ac4afdf339819952363b513200fc465cc2fa7dbbd08b6522f-Vންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ލިޔުންތެރީންގެ ގުޅުމުން އިސްކަންދަރު ސްކޫލާ ގުޅިގެން ބޭއްވި ޖަލްސާއެއް ރޭ އިސްކަންދަރު ސްކޫލުގެ މާލަމުގައި އޮތެވެ. ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑަމީގެ މެންބަރު އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ. ދިވެހި ޅެންވެރިކަމުގެ ތާރީޚްގެ މައްޗަށް އަލި އަޅުވައިލައްވައި ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅު ކުރިޔަށް ގެންދެވީ ޅެންބަހުންނެވެ.

ޖަލްސާގެ ފެށުމުގައި ދާދިފަހުން އަޅުގަނޑުމެންނާއި ވަކިވެވަޑައިގެން މާތްﷲ ގެ ހެޔޮ ރަޙްމަތަށް ދަތުރުފުޅުކުރެއްވި، ލިޔުންތެރީންގެ ގުޅުމުގެ މުއައްސިސެއްކަމުގައިވާ އަލްމަރުޙޫމް ޢަލީ މޫސާ ދީދީގެ ހަނދާނުގައި އެއް މިނެޓުގެ ސްކޫތެއް ގެނެވި، އެ މަރުޙޫމްގެ މައްޗަށް ހެޔޮ ދުޢާ ކުރެވުނެވެ.

ދިވެހިޅެންވެރިކަމުގެ ދުނިޔޭގައި ފާހަގަ ކޮށްލެވޭ ޝާޢިރުލް ޢުމޫމީ، ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން (ނުވަތަ ޢަބްދުﷲ ފަހްމީ ދީދީ)ގެ ހަނދާނުގައި ބޭއްވުނު މި ޖަލްސާގައި ޝާޢިރުލް ޢުމޫމީގެ ޅެންވެރިކަމުގެ މައްޗަށް، ލިޔުންތެރިންގެ ގުޅުމުގެ މަޢުލޫމާތު ފަތުރާ ސެކްރެޓަރީ އަދި ޝައިޚް ޖަލާލުއްދީންގެ ދުރުތާ ދަރިވަރެއްކަމުގައިވާ އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް ހުށަހެޅުއްވި ހުށަހެޅުއްވުން ވެގެންދިޔައީ ޖަލްސާގެ ކުދިބޮޑު ބައިވެރިންގެ ޝައުޤުވެރިކަން ހުސްކޮށްލެއްވި ހުށަހެޅުއްވުމަކަށެވެ. އެ ހުށަހެޅުއްވުމުން އެނގިގެން ދިޔައީ، ޝާޢިރުލް ޢުމޫމީގެ ޅެންވެރިކަމުގެ ފުންކަމާއި އުސްކަން ދެނެގަތުމަށް މުޅި ޖަލްސާވެސް ނުފެދޭ ކަމެވެ.

20170201_210734ނަޞީރުގެ ޝައުޤުވެރި ހުށަހެއްޅުއްވުން ނިންމަވައިލެއްވިއިރު އޮތީ، ޝާޢިރުލް ޢުމޫމީގެ ޅެމެއް ހުށަހެޅުމަށް ތައްޔާރުވެފައެވެ. އަޑުގަދަކުރާގެ ކުޑަ ބަލިމަޑުކަމަކާއި އެކުވެސް އިސްކަންދަރު ސްކޫލްގެ ދަރިވަރުންކޮޅެއް [ނަމާދަކީ ދީނުގެ ތަނބު] ކަން ރޭގެ ޝާޢިރުގެ ކުޅަދާނަފުޅުކަން ހާމަކޮށްދެމުން ވަރަށް ފުރިހަމައަށް ހުށަހަޅައި ދިނެވެ. ކުދީންގެ އަޑުތައް ހެޔޮވަރުކޮށްދެއްވައި ތަމްރީނު ދެއްވީ އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމޭ ދަންނަވައިލީމާ ފުދިއްޖެ ނޫންތޯއެވެ.

20170201_203931އޭގެ ކުރިން އަޅުގަނޑަށް އެންމެ ރީތި ޅެމުގެ މައްޗަށް ދަރިވަރު މުޙައްމަދު ޖައިޝަން ދެއްކި ވާހަކަކޮޅުގެ ފަށުވިކަމާއި ގެތުންތެރިކަން ޖަލްސާގެ ބައިވެރިންގެ ކަޅިތައް ހުއްޓުވައިލިއެވެ. މަރުޙޫމް ޔޫސުފު މުޙައްމަދު ފުޅުގެ [ކޮންފަދަ ނަސީބެއްތޯއެ މީ] ގެ މަދު ބައިތުކޮޅަކުން މުޅި ޅެން ވަށައި ޖައްސައިލީ ވަރަށް ފުރިހަމައައެވެ.

20170201_213732ދެން އިވެން ފެށީ ތަފާތު އަޑެކެވެ. ރައިވަރު، ފަރިހި ވިދާޅުވުމަށް މަޝްހޫރު، އަޑުގެ ވެރިޔާ އަލްފާޟިލް ފިއްލަދޫ ޤާސިމް މުޙައްމަދާއި ލިޔުންތެރިންގެ ގުޅުމުގެ މެންބަރު އަލްފާޟިލް ހޯރަފުށީ މުޙައްމަދު ސަލީމު ތަމްރީނު ކޮށްދެއްވާފައިވާ ކުދީންކޮޅެއް، މަޝްހޫރު [ބޮޑުވިއްސާރަ] ރައިވަރު ބައިގެ ރައިވަރުތަކޮޅެއް ހުށަހެޅި އަޑެވެ. އެބޭފޫޅުންގެ ހުނަރާއި އެ ކުދީންގެ ހުނަރު ގުޅުވައިލެވިފައިވާކަން ހާމަވެގެން ދިޔަ ނަންބަރެއްގެ ގޮތުގައެވެ.

ލިޔުންތެރީންގެ ގުޅުމުގެ ރައީސް އޮނަރަބްލް އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން (ނ.ޢ.ޢ.ވ) ގެ ޅެންވެރިކަމުގެތެރެއިން އުފަން ކުރައްވާފައިވާ [ސިފަކުރާ ގޮތް] ތަމްސީލުކޮށް ދިން ދަރިވަރުންގެ ހުނަރު ވެސް އެންމެ ތަންކޮޅެއް ވެސް ދެރައެއް ނޫނެވެ. ރަސްކަލެއްގެ ދަރުބާރުގައި ފައިސާ ފޮއްޗެއްގެ މައްޗަށް ތާރީފުކޮށް މަލާމާތް ކޮށްލި ފަގީރުކޮއިޔާއި ބައިވެރިންގެ ހަރަކާތްތަކާއި ޅެން ހުށަހެޅި ދެ ދަރިވަރުންނާމެދު ވެސް ބުނެވޭނީ ވަރަށް ކުޅަދާނަ ކަމަށެވެ. އެއީ، ކީއްވެގެންތޯއެވެ؟ އެ ކުދީން ހޭނުއްވީ ކޮންބޭފުޅެއްކަމަށް ތޯއެވެ؟ ލިޔުންތެރީންގެ ގުޅުމުގެ މެންބަރު އަދި [އެކްޓް ކުރެއްވުމުގައި] ރާއްޖޭގެ ފުރަތަމައިން ފެށިގެން މިހާރު ވެސް ދޫދެއްވުމެއްނެތް ހަރަކާތްތެރިޔާ، އަލްފާޟިލް ރޯނުގެ ޙަސަން މަނިކެވެ. އެހެންވީމާ، ދެން އިތުރުއެއްޗެއް ދަންނަވާނެކަމެއް ނެތެއް ނޫން ތޯއެވެ.

20170201_223220ލިޔުންތެރީންގެ ގުޅުމުން މިދިޔަ އަހަރު ހުޅުވައިލި [ޅެންވެރިޔާ-2016] މުބާރާތުގެ ވަނަތަކަށް އިނާމާއި ސަނަދުތައް ދެވުނީ ވެސް އެ ޖަލްސާގައެވެ. [ޅެންވެރިޔާ – 2016] މަގާމު ހާސިލުކުރައްވައި، ހަނދާނީ ފިލަޔާއި ސަނަދާއި އިނާމު ގެންދެވީ، ޏ.ފުވައްމުލައް / ލީކުވިލާ، އަލްފާޟިލް ފަތުޙު ﷲ ޞާލިޙެވެ. 2 ވަނައިގެ އިނާމާއި ސަނަދު ހޯއްދެވީ، ހދ.ކުޅުދުއްފުށީ / ދުރުމި، އަލްފާޟިލް އާދަމް އިބްރާހީމެވެ. 3 ވަނަ އިނާމާއި ސަނަދު މިއަހަރުވެސް ހާސިލު ކުރެއްވީ، ނ.މަނަދޫ / ސިލްވަރބީޗް، އަލްފާޟިލް އަބޫބަކުރު އާދަމެވެ. މުބާރާތުގެ 6،5،4 އަދި 9 ވަނަ ވެސް ހޯއްދަވާފައިވަނީ، އަލްފާޟިލް އާދަމް އިބްރާހީމެވެ. 7ވަނަ ހޯއްދެވީ އަލްފާޟިލް އަބޫބަކުރު އާދަމެވެ. 8ވަނަ އަނެއްކައި ވެސް ފަތުޙުﷲ ޞާލިޙެވެ. 10 ވަނަ ހދ.ނޮޅިވަރަމު / އޯކިޑު، އަލްފާޟިލް އިލްޔާސް ޝުޖާއެވެ. މި ނަންބަރު ފުރިހަމަކޮށްދެއްވައި އިނާމުތައް ހަވާލުކޮށް ދެއްވީ، ޝަރަފުވެރި މެހުމާން އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމެވެ.

އިސްކަންދަރު ސްކޫލަށާއި ޤައުމީ ކުތުބުޚާނާއަށާއި ނައިފަރު ޕަބްލިކް ލައިބްރަރީއަށާއި ތ.ވިލުފުށީ، ތަންދޮރު ލައިބްރަރީއަށް ލިޔުންތެރީންގެ ގުޅުމުން، ވަރަށް މުހިންމު ފޮތްތަކެއް ހަދިޔާ ކޮށްދެއްވީ ގުޅުމުގެ ރައީސް އޮނަރަބްލް ޢަބްދުއްރަޝީދު ޙުސައިނެވެ.

ކަނޑައެޅިފައިވާ ވަގުތަށްވުރެ ފަންސަވީހަކަށް މިނެޓު ލަހުން ޖަލްސާ ނިމެން ދިމާވިޔަސް ގިނަ ބެލެނިވެރިން ބޭރުގައި ތިއްބެވިކަމަށް ފާހަގަ ކުރެވުނީ މާބޮޑު ނުތަނަވަސް ކަމެއްގައެއް ނޫނެވެ. އަމުދުން ޖަލްސާގެ ބައިވެރިންގެ އެއްވެސް ޝަކުވާއެއް ނެތެވެ. ބައެއް ބޭފުޅުން ވިދާޅުވީ މި ޖަލްސާއިން ދިވެހި ބަހަށް އިތުރު ޝައުޤުވެރިކަމެއް އުފައްދައިދީފިކަމަށެވެ.

_________________

ތިރީފޮޓޯގައި : ”ޅެންވެރިޔާ- 2016” ގެ މަގާމު ހޯއްދެވި ފަތުޙުﷲ ޞާލިޙްގެ ދެކަނބަލުން ފޮޓޯއަކަށް ހުއްޓި ވަޑައިގެން.

About the author
Leave Comment