000ޢަލީ ޖައިޝަން ޢާމިރު، ހ.މާދޫގެ   ނެތޭ ލަފުޒުތަކަކުން ބަޔާންކޮށް ދެވޭކަށް     ނެތޭ ފޮނި ހަނދާންތައް ދުރަށް އަދުލެވޭކަށް … ކިހާ ހުނަރުވެރިހޭ، ކިހާ ދަރުމަވެރިހޭ        އެހާ ގާތް އަޅާލުން ދިނީ ޝަރުޠު ނެތިއޭ               ނިހާއީ ދަރަޖައަށް އެދިން ސާފު ލޯތްބޭ × 2                      މިހާރުން ހިތަށް ފަޅުކަމެއް ވެރި ނުވޭތޯ …                           ނެތޭ ލަފްޒުތަކަކުން … ޤަދަރުވެރިވި ޝަޚްޞެއް، ޝަރަފުވެރިވި ދަރިއެއް        ޢަދުލުވެރިކަމާއެކު ގެއެއް ހިންގި ވެރިއެއް…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ޢަލީ ޖައިޝަން ޢާމިރު، ހ.މާދޫގެ

 

Aminath Abdulla(1)

ނެތޭ ލަފުޒުތަކަކުން ބަޔާންކޮށް ދެވޭކަށް

    ނެތޭ ފޮނި ހަނދާންތައް ދުރަށް އަދުލެވޭކަށް …

ކިހާ ހުނަރުވެރިހޭ، ކިހާ ދަރުމަވެރިހޭ

       އެހާ ގާތް އަޅާލުން ދިނީ ޝަރުޠު ނެތިއޭ

              ނިހާއީ ދަރަޖައަށް އެދިން ސާފު ލޯތްބޭ × 2

                     މިހާރުން ހިތަށް ފަޅުކަމެއް ވެރި ނުވޭތޯ …

                          ނެތޭ ލަފްޒުތަކަކުން …

ޤަދަރުވެރިވި ޝަޚްޞެއް، ޝަރަފުވެރިވި ދަރިއެއް

       ޢަދުލުވެރިކަމާއެކު ގެއެއް ހިންގި ވެރިއެއް

              ހަތުރުނެއް ނެތޭ ބުނެވިދާ ފަދަ މިތުރެކޭ × 2

                     އެހިނިތުންވުމުން ފަޅުފިލައިގެން ނުދޭތޯ …

                          ނެތޭ ލަފްޒުތަކަކުން …

ވަނީ ފެތުރި ސާލެއް މޮޅިންނާ ހިތާމައިން

           ވަނީ ހިތުތެރޭ ކުރެހިފާ ރީތި ހަނދުމައިން،

                ވަނީ ފަޅުކަމެއް ފުން ބަޔާންވެސް ނުވާހާ × 2

                     ދެލޯ ކަރުނައިން ފުރި އެބަންޑުން ނުވޭތޯ …

                          ނެތޭ ލަފުޒުތަކަކުން …

ނިތުން ފެނިދަނީ ދީލަތުގެ މާތް ނިޝާނޭ

       ހިތުން މީ ކިޔޭ ޝުކުރުވެރިވީ ބަޔާނޭ

            ރިހުން ހުއްޓިގެން ދާނެހޭ ހިތުގެ އުމުގުން × 2

                      ސިހުން ކުއްލި ޚަބަރުން އެލިބިގެން ނުދޭތޯ …

                          ނެތޭ ލަފުޒުތަކަކުން …

ދަތުރުތައް އެކީ ކުރި ހަނދާން އާވަނިއްޔޭ

       ނަޒުމުތައް ކުޅުނު ރާގުތައް އިވިދަނިއްޔޭ

             އުނދޯލީގެ މާލަމުގެ ހުރިހާ އުފާތައް × 2

                     ދުޢާކުރެވެނީ ޖަންނަތުންވެސް ލިބޭތޯ …

                           ނެތޭ ލަފުޒުތަކަކުން …

________________

About the author
2 Comments
  1. ެއަހުމަދު ޝިޔާމު

    ޒުވާންޖައިޝަން ގެ ޅެންތަކަކީ ވަރަށް އޮއްޓަރު ހުރި އަދި ކިޔާ ލަން ފަސޭހަ ޅެންތަކެކެވެ.

    (2)(0)
Leave Comment