އާދަމް އިބްރާހީމް،  ދުރުމީ / ހދ.ކުޅުދުއްފުށި            ހިތެއްގައި ލޯބި ނެތް   ހިތަކީ، ހިތެއް    ކަމަކަށް ނުބެލެވެނޭ                      މުތެއް ކަމުގައިވިއަސް  އަގުނެތް،   އެއީ މުތަކަށް  ނުބެލެވޭނޭ            ރަޙުމް ލޯތްބާއި     އޯގާތެރިކަމެއް   ހިތުގައި   ނެތީވިއްޔާ                      ފަހުމް މައިވަންތަ  ނުވިނަމަ ލޯބި،  މަޔަކަށްވެސް  ނުބެލެވޭނޭ            މައިންދޭ ލޯބި، ޤުރުބާނީ،    ދަރިންނަށް    ދޭހަ ނުވިނަމައީ                      މައިންނަށް ރަޙުމު ނެތަމަ ދަރީން،  ދަރީން ކަމަކަށް ނުބެލެވޭނޭ            އަތެއް ނެތްނަމަ  އެހީތެރިވާން،  ތިމާއަށް  ރައްޓެހިންގެ…

އާދަމް އިބްރާހީމް،  ދުރުމީ / ހދ.ކުޅުދުއްފުށި

           ހިތެއްގައި ލޯބި ނެތް   ހިތަކީ، ހިތެއް    ކަމަކަށް ނުބެލެވެނޭ

                     މުތެއް ކަމުގައިވިއަސް  އަގުނެތް،   އެއީ މުތަކަށް  ނުބެލެވޭނޭ

           ރަޙުމް ލޯތްބާއި     އޯގާތެރިކަމެއް   ހިތުގައި   ނެތީވިއްޔާ

                     ފަހުމް މައިވަންތަ  ނުވިނަމަ ލޯބި،  މަޔަކަށްވެސް  ނުބެލެވޭނޭ

           މައިންދޭ ލޯބި، ޤުރުބާނީ،    ދަރިންނަށް    ދޭހަ ނުވިނަމައީ

                     މައިންނަށް ރަޙުމު ނެތަމަ ދަރީން،  ދަރީން ކަމަކަށް ނުބެލެވޭނޭ

           އަތެއް ނެތްނަމަ  އެހީތެރިވާން،  ތިމާއަށް  ރައްޓެހިންގެ ތިބޭ

                      ގޮތެއްނެތް ރައްޓެހިންނީ، ރައްޓެހިން ކަމަކަށް     ނުބެލެވޭނޭ

           ވެރިންނަށް ރައްޔިތުން   ބޭނުންތަކާ   ވާޖިބް ނުއެނގުނިއްޔާ

                     ވެރިންނީ ވެރިކަމަށް   ޤާބިލް ވެރިން    ކަމަކަށް ނުބެލެވޭނޭ

           ވެރިންނަށް ބޯލަނބައި  ކިޔަމަންނުވާނަމަ  ރައްޔިތުންނީ ވެސް

                     ވެރިންނަށް ހެޔޮއެދޭނޭ    ރައްޔިތުން    ކަމަކަށް ނުބެލެވޭނޭ

           ތިމާއަށް އޮންނަ  ވާޖިބުތައް   ތިމާ އަށް    ނޭނގެނީވިއްޔާ

                     ތިމާ، ވާޖިބް އަދާ   ކުރެވޭނެ  ކަތަކަށްވެސް    ނުބެލެވޭނޭ

                                                          ***************

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
1 Comment
  1. އެނޮނީމަސް

    ވަރަށް މޮޅު، ނަލަ ޅެމެއް

    (2)(0)
Leave Comment