000 – މުހަންމަދު ނަސީރު، އއ.މާޅޮސް-                ލިބޭތޯ ދުނިޔަވީ ޢިބްރަތް، ހިފާށޭ ހެޔޮވަސީލަތުގައި               ފެނޭތޯ ދާށެ މަންޒަރުތައް، ދުނިޔެ  ދައްކާ  ޙަޤީޤަތުގައި ދުވާލާ ރޭގަނޑާ، ހެނދުނާ ހަވީރުގެ މާނަވީސިފަތައް               ސުވާލެއްނޫންހެ ކުރިމަތި ކުރުވަނީ  މިދެކޭ  ޠަބީޢަތުގައި މަރާއި އުފަންވުމާ، ބައްޔާޝިފާގެ އުޞޫލުތައްދެކުނަސް               ޤަރާރުވެދާނެ  މަތިވެރި  ތަޖުރިބާ،  ޒާތީ ޚަޞީލަތުގައި ފަޤީރުވެ ހުނަރުވެރިޔާ، މަހުޖަނުން ކަމުގައިވެ މޮޔަ ގޮފޮޅުން               ޙަޤީޤަތްދުނިޔެ  ދައްކާ،  ދެކިބަލާށެ  މިތާ މަޢީޝަތުގައި މަދަދުވެރި ޢާލިމުންނާ މުޞްލިޙުން ނިކަމެތިވެފައި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

– މުހަންމަދު ނަސީރު، އއ.މާޅޮސް-               

ލިބޭތޯ ދުނިޔަވީ ޢިބްރަތް، ހިފާށޭ ހެޔޮވަސީލަތުގައި

              ފެނޭތޯ ދާށެ މަންޒަރުތައް، ދުނިޔެ  ދައްކާ  ޙަޤީޤަތުގައި

ދުވާލާ ރޭގަނޑާ، ހެނދުނާ ހަވީރުގެ މާނަވީސިފަތައް

              ސުވާލެއްނޫންހެ ކުރިމަތި ކުރުވަނީ  މިދެކޭ  ޠަބީޢަތުގައި

މަރާއި އުފަންވުމާ، ބައްޔާޝިފާގެ އުޞޫލުތައްދެކުނަސް

              ޤަރާރުވެދާނެ  މަތިވެރި  ތަޖުރިބާ،  ޒާތީ ޚަޞީލަތުގައި

ފަޤީރުވެ ހުނަރުވެރިޔާ، މަހުޖަނުން ކަމުގައިވެ މޮޔަ ގޮފޮޅުން

              ޙަޤީޤަތްދުނިޔެ  ދައްކާ،  ދެކިބަލާށެ  މިތާ މަޢީޝަތުގައި

މަދަދުވެރި ޢާލިމުންނާ މުޞްލިޙުން ނިކަމެތިވެފައި ދުނިޔޭ

              ޣަދަރުވެރި  ޖާހިލުން  މަތިވެރި  ނުވޭތޯއޭ ފަޟީލަތުގައި

ޢަދުލު އިންސާފުނެތި މަޢުޞޫމު މީހުންގޮސް މަޅީ ބެދެނީ

              މަދުންތޯއޭ، ދެވޭ ގިނަރިސްވަތުން މިހިނގާ ސަރީއަތުގައި

އަމާނާތްތެރިކަމެއްނެތި ފާޅުގައި ހެއްލުންތަކަށް ވިކިގެން

              ޚިޔާނާތްތެރި ވެދާމީހުން  ނުވޭ  ދެރައެއް  ފަޟީޙަތުގައި

އުޅޭތަން ފެންނަމުން އެބަދޭ، އުފަލުގައި ތާއަބަދު މީހުން

              އުޅެންޖެހިދޭ ބައެއް މީހުން އަބަދުވެސް ގިނަމުޞީބަތުގައި

އަހާތޯއޭ މިދީނާ ދުނިޔެދޭ ފަތުވާތަކާއި ދަރެސް

              “މަހާރާޖާގެ” ދަރުބާރުން  އަޔަސް  ނެރެވޭ ނަޞޭޙަތުގައި

ޙުކުމްކުރެވޭނެޔޭ ސީދާ، ނުކުމެދާށޭ މަގުން އެވިދާ

              ރުކުންހަމަކޮށް މިތާ ނުނިދާ،ޝުކުރުކުރަމުން ރަފީޢަތުގައި

________________________

About the author
Leave Comment