ކުންފުނި ހިނގާނުހިނގާބޮތް ބަލައި ދިރާސާކުރާ ފަރާތަށް ކުންފުންޏަކީ ހިރާސް ބޮޑު ކުންފުންޏެއްކަން ދެނެގަނެވޭނީ ކުންފުނިން ފެންނަ ކަންތައްތަކެއްގެ ސަބަބުންނެވެ. މިގޮތުން ހިރާސް އެކުލެވޭ މިންވަރު ދެނެގަތުމުގައި ތިރީގައި މިވާ ކަންތައްތައް ނުވަތަ ޙާލަތްތަކެއް ދިމާވެއްޖެނަމަ އެކުންފުންޏަކީ ވަރަށް ހިރާސް ބޮޑު ކުންފުންޏެކޭ ބުނެވިދާނެއެވެ. ގިނަ ނޭދެވޭ ކަންކަން ދިމާވާނަމަ ހިރާސްގެ މިންވަރު ބޮޑުވާނެއެވެ. މިގޮތުން ހިރާސް އެކުލެވޭ ކަންތައްތަކުގެ ބައެއް މިސާލުތައް ފާހަގަކޮށްލާނަމެވެ. ކުންފުނީގެ މަތީ ފަޑީގައި ތިބި މީހުންގެ ރާގާއި ބަހުރުވަ ރަނގަޅުނޫންނަމަ ކުންފުނީގެ ކަންތައްތައް…

ކުންފުނި ހިނގާނުހިނގާބޮތް ބަލައި ދިރާސާކުރާ ފަރާތަށް ކުންފުންޏަކީ ހިރާސް ބޮޑު ކުންފުންޏެއްކަން ދެނެގަނެވޭނީ ކުންފުނިން ފެންނަ ކަންތައްތަކެއްގެ ސަބަބުންނެވެ. މިގޮތުން ހިރާސް އެކުލެވޭ މިންވަރު ދެނެގަތުމުގައި ތިރީގައި މިވާ ކަންތައްތައް ނުވަތަ ޙާލަތްތަކެއް ދިމާވެއްޖެނަމަ އެކުންފުންޏަކީ ވަރަށް ހިރާސް ބޮޑު ކުންފުންޏެކޭ ބުނެވިދާނެއެވެ. ގިނަ ނޭދެވޭ ކަންކަން ދިމާވާނަމަ ހިރާސްގެ މިންވަރު ބޮޑުވާނެއެވެ. މިގޮތުން ހިރާސް އެކުލެވޭ ކަންތައްތަކުގެ ބައެއް މިސާލުތައް ފާހަގަކޮށްލާނަމެވެ.

ކުންފުނީގެ މަތީ ފަޑީގައި ތިބި މީހުންގެ ރާގާއި ބަހުރުވަ ރަނގަޅުނޫންނަމަ ކުންފުނީގެ ކަންތައްތައް ރަނގަޅު ކަމަކަށް ނުބެލެވޭނެއެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ކުންފުނީގެ އިސްވެރިން އަވަސް އަވަހަށް ބަދަލުވުމަކީ ނުރަނގަޅު މެސެޖެއް ލިބޭ ކަމެކެވެ. ކުންފުނި ހިންގުމުގައި މައްސަލަތަކެއް ހުރި ކަމަށްބެލެވެއެވެ. އަދި މީގެ އިތުރުން ކުންފުނީގެ ނިންމުންތައް ނިންމަނީ ގަވަރަނަންސް އުޞޫލުތަކާއި ޚިލާފަށް ދިމުޤްރާޠީ އުޞޫލުތަކުން ބޭރުންކަމުގައި ވަނީ ނަމަ، އެކުންފުންޏާއި މެދު ސްޓޭކްހޯލްޑަރުން ދެކޭގޮތް ތަފާތުވާނެއެވެ. އަދި ކުންފުނި ލޭބަލްކުރާނީ އެކަކުގެ ފަހަތުން އެނބުރޭ، އެހެންމީހުންގެ ވިސްނުމަށް ފަރުވާލެއްނުބަހައްޓާ ކަންކަން ނިންމާ ކުންފުންޏެއްގެ ގޮތުގައެވެ. އަދި އެއީ ކުންފުންޏަށް މަސްލަޙަތު ހުރި ގޮތެއްނޫނެވެ.

އޮޑިޓް ކޮމިޓީއަށް ކަނޑައަޅާފައިވާ މުއްދަތުގައި ގަވާއިދުން ޖަވާބުދާރީނުވުމާއި، އަދި ކޮމިޓީއަށް ލިބެންޖެހޭ ރިޕޯޓުތައް ނުލިބުމެވެ. އެކަމުގެ ސަބަބުން ކުންފުނީގެ އެތެރޭގެ ހިންގުން ނުވަތަ އިންޓަރނަލް ކޮންޓްރޯލްގެ ދޯހަޅިކަން ފެނެއެވެ. ހިސާބުތައް ބެލެހެއްޓުމުގައި ފަރުވާ ކުޑަކުރުމާއި، އަދި މެނޭޖްމަންޓުން ކަންތައްތައްކުރާ ގޮތް އެހެން ފަރާތްތަކަށް ހާމަކުރުމުގައި މައްސަލަ ހުރިކަމެވެ.

އަވަސް އަވަހަށް ޓެކްނޮލޮޖިކަލް ބަދަލުތައް އައުމާއި، އައު ޓެކްނޮލޮޖީ ތައާރަފުވުމަކީ ކުންފުންޏަށް ނޭދެވޭ އަސަރުކުރާނެކަމެކެވެ. ވަކިން ޚާއްޞަކޮށް އައު ޓެކްނޮލޮޖީ ނުވަތަ އައު އުފެއްދުމަކީ ކުންފުނީގެ ވިޔަފާރިއާ ސީދާ ގުޅުން ހުރި ކަމެއްނަމަ ކުންފުންޏަށް ލިބިދާނެ ގެއްލުން ބޮޑެވެ. މިސާލަކަށް މޯބައިލް ފޯނު ތަޢާރަފުވުމުން ފޯނު ބޫތުތަކާއި، ގޭގޭގައި ބަހައްޓާ ފޯނުތަކުގެ ޑިމާންޑަށް އައި ބޮޑު އިންޤިލާބާއި، ކޮންޕިއުޓަރު ސިސްޓަމްތަކަށް އައި ކުރިއެރުމާއި ގުޅިގެން ޓައިޕްރޭޓަރުތަކަށް ވެގެންދިޔަ ގޮތަކީ މިޒަމާނުގެ ގިނަ މީހުންގެ ހަނދާން ހުންނާނެ ރަނގަޅު މިސާލުތަކެވެ.

ޞިނާޢަތްތަކަށް ކުރާ އަސަރާ އަދި އެއް ޞިނާޢަތެއް އުވި އައު ޞިނާޢަތްތައް ތަޢާރަފުވުން ހިމެނެއެވެ.  މާލި ބާޒާރަށް އަންނަ ބަދަލުތަކުގެ ސަބަބުން ފައިސާގެ އަގު މައްޗަށް ދިއުމާއި ދަށަށް ދިއުމަކީ ވިޔަފާރިއަށް ސީދާ އަސަރުކުރާ ކަންކަމެވެ. އަދި މީގެ އިތުރުން އިންޓަރެސްޓް ރޭޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުންފުނީގެ ޚަރަދަށާއި އާމްދަނީއަށް އެކަމުގެ އަސަރު ފޯރާނެއެވެ. މައިގަނޑު ސަބަބަކީ ކުންފުނީގެ ވިޔަފާރިއަށް ބޭނުންވާ ފައިސާ ހަމަޖައްސާ އެއް މަސްދަރަކީ ލޯނެވެ. އިންޓަރެސްޓް ރޭޓް މައްޗަށް ދިއުމަކީ ކުންފުނީގެ ޚަރަދު ބޮޑުވެގެންދާނެ ކަމެކެވެ. އަދި ހަމަ މިއާއެކު ކުންފުނީގެ ކަންކަމަށް ޚަރަދުކޮށްފައި، ފައިދާގެ ގޮތުގައި އިތުރުވާ އަދި ރިޒާވްގައި ބަހައްޓާ ފައިސާ ޢާންމު ގޮތެއްގައި ރައްކާކުރަނީ ބޭންކް ގައި ނުވަތަ ޓްރެޜަރީ ބިލް، ބޮންޑު ފަދަ މާލީ ވަސީލަތްތަކުގައި އިންވެސްޓްކުރުމުގައެވެ. އިންޓަރެސްޓް ރޭޓް ދަށްވެއްޖެނަމަ މިފަދަ ކަންކަމުގައި އިންވެސްޓްކުރާ ފައިސާ އަދި ބޭންކްގައި ބަހައްޓާ ފައިސާއިން އިންޓަރެސްޓްގެ ގޮތުގައި ލިބޭ އާމްދަނީ ދަށްވެގެންދާނެއެވެ. މިކަމުގައި އެކި ކުންފުންޏަށް ލިބޭ ގެއްލުމާއި ފައިދާގެ ނިސްބަތް ތަފާތުވާނެއެވެ.

 ކުންފުނީގެ މެނޭޖްމަންޓްގައި ތަޖުރިބާ ލިބިފައިވާ މީހުން ނެތުމާއި، މެނޭޖްމަންޓްގެ އިސްވެރިން ނުވަތަ ސީ.އީ.އޯ އިސްތިއުފާ ދީފި ހިނދެއްގައި އެ މަގާމުފުރާނެ ފަރާތެއް ތަމްރީންކޮށްފައި ނެތުމާއި، އޯގަނައިޒޭޝަނަލް ސްޓްރަކްޗަރ (ހިންގުމުގެ އޮނިގަނޑު) އަވަސް އަވަހަށް ބަދަލުވުން ފަދަ ކަންކަމަކީ ކުންފުނި ހިންގުމުގައި ހިރާސް ބޮޑު ކަންކަމެވެ. ކުންފުނި އަދަޔާ ޚިލާފަށް ކުރިއަރައި ދިއުމާއި އަދި އެކަމަށް މާބޮޑަށް އަމާޒު ހިފާފައި ހުރުމަކީވެސް އޭގެ ޒާތުގައި ހިރާސް ބޮޑު ކަންކަމެވެ. މިދެންނެވި ކަންކަމަކީ ހިރާސްތަކުގެ ބައެއް މިސާލެވެ. މިފަދަ ގިނަ ކަންކަން ކުންފުންޏަކަށް ދިމާވާނަމަ އެއީ ނިސްބަތުން ހިރާސް ބޮޑު ކުންފުންޏެކެވެ. މިކަންކަމަށް އިންވެސްޓްކުރުމުގެ ކުރިން ސަމާލުވުމަށް އާދަކުރައްވާށެވެ!

____________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment