بسم الله الرحمن الرحيم ލިޔުންތެރީންގެ ގުޅުން       ހ.އާމުލީގެ، މާލެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބީ އާންމު ޖަލްސާ، އަންނަ މާޗު މަހުގެތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. ހިންގާ ކޮމިޓީގެ މަގާމުތަކަކީ: ރައީސް ނާއިބު ރައީސް (ދެ މަގާމު) ހިންގާ ސެކްރެޓަރީ މަޢުލޫމާތު ފަތުރާ ސެކްރެޓަރީ ޚަޒާންދާރު އިތުރު މެންބަރު (ފަސް މަގާމު)…

بسم الله الرحمن الرحيم


ލިޔުންތެރީންގެ ގުޅުން

      ހ.އާމުލީގެ، މާލެ


ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުން

މި ޖަމްޢިއްޔާގެ ހިންގާ ކޮމިޓީގެ 3 ވަނަ ދައުރަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ އިންތިޚާބީ އާންމު ޖަލްސާ، އަންނަ މާޗު މަހުގެތެރޭގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ހިންގާ ކޮމިޓީގެ މަގާމުތަކަކީ:


  1. ރައީސް
  2. ނާއިބު ރައީސް (ދެ މަގާމު)
  3. ހިންގާ ސެކްރެޓަރީ
  4. މަޢުލޫމާތު ފަތުރާ ސެކްރެޓަރީ
  5. ޚަޒާންދާރު
  6. އިތުރު މެންބަރު (ފަސް މަގާމު)

މި ޖަމްޢިއްޔާގެ މެންބަރުންގެ ތެރެއިން، ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތި ލައްވާން ބޭނުންފުޅުވާ ބޭފުޅުން މި ޖަމްޢިއްޔާގެ ވެބްސައިޓްގައިވާ ފޯމު ފުރުއްވުން އެދެމެވެ. ވެބްސައިޓްގެ ވައަތްފަރާތު އަރިމަތީގައި އެވާ “މަގާމުތަކަށް ކުރިމަތިލާން އެދޭ ފޯމު” އަށް ފިއްތަވައިލެއްވީމާ ފޯމު ހުޅުވޭނެއެވެ. ފޯމު ފުރުއްވައިފައި “ފޮނުވާ” އަށް ފިއްތަވައިލެއްވީމާ ފޯމު ފޮނުއްވުނީއެވެ. ހިންގާ ކޮމިޓީ ހޮވުމަށްޓަކައި ބާއްވާ ބައްދަލުވުމަށް ވަޑައިގެން އެ ބޭފުޅަކު ފޮނުއްވި ފޯމުގައި ސޮއި ކުރެއްވުމުގެ އިންތިޒާމު ޖަމްޢިއްޔާއިން ހަމަޖައްސާނެއެވެ. ސޮއި ނުކުރައްވާ ފޯމު ބާތިލު ވާނެއެވެ. ރަށުގައި ނޫޅުއްވިގެން ނުވަތަ އެހެންވެސް ކަމަކާ ގުޅިގެން ބައްދަލުވުމަށް ވަޑައިނުގެންނެވޭ ގޮތް ވެއްޖެ ނަމަ އެކަން އަންގަވައި، ޖަމްޢިއްޔާގެ ބޭފުޅަކާ ވާހަކަފުޅު ދައްކަވައިގެން، ފޯމު ސައްހަ ކުރުމުގެ އެހެން އިންތިޒާމެއް ހަމަޖައްސަވަން ވާނެއެވެ.

ފޯމު ފޮނުއްވުމުގެ ސުންގަޑިއަކީ، 2017 މާޗު 2 ހުކުރު ވިލޭރޭ 12:00 އެވެ.

އިންތިޚާބީ ޖަލްސާއާ ބެހޭ އެންމެހައި މަޢުލޫމާތު ހާމަކުރަމުން ގެންދާނީ މި ޖަމްޢިއްޔާގެ ވެބްސައިޓްގައި ކަމުގައިވެސް ދެންނެވީމެވެ.

18 ޖުމާދަލްއޫލާ 1438

15  ފެބްރުއަރީ 2017

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment