000 އާދަމް އިބްރާހީމް،  ދުރުމީ ، ހދ. ކުޅުދުއްފުށި         ރާގު: ޔާމެރީ މަންޒިލް ބަތާ ޔާ ޒިންދަގީ ކޯ ޖީނެލޭ.. ގާތުގައި ހުންނަން ކަލާ، ލޯބިން ހިތޭ ބޭނުންވަނީ                        ތިޔަ އުފާވެރި މޫނު ދެކިލަން، އަބަދުވެސް ބޭނުންވަނީ – – – – – – – – – – – – – – – – – – – –      ނިދި ލިބޭތޯ އެދުމަތީގައި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

އާދަމް އިބްރާހީމް،  ދުރުމީ ، ހދ. ކުޅުދުއްފުށި

        ރާގު: ޔާމެރީ މަންޒިލް ބަތާ ޔާ ޒިންދަގީ ކޯ ޖީނެލޭ..

ގާތުގައި ހުންނަން ކަލާ، ލޯބިން ހިތޭ ބޭނުންވަނީ

                       ތިޔަ އުފާވެރި މޫނު ދެކިލަން، އަބަދުވެސް ބޭނުންވަނީ

– – – – – – – – – – – – – – – – – – – –

     ނިދި ލިބޭތޯ އެދުމަތީގައި ފުރޮޅި އޮވެ ރޭ ނިމިދަނީ

                   ނިދި ފިލައި  ރޭގަނޑު ހަތަރުދަމު،  ތިޔަ ޚިޔާލޭ ކުރެވެނީ

              ގާތުގައި ހުންނަން  ކަލާ،  ލޯބިން ހިތޭ ބޭނުންވަނީ

     ފިކުރު ކުރެވޭގޮތްވަނީ، ތިޔަ ލޯބިވާގެ ހަނދާނުގައި

                   މިތުރު  ތިޔަ ތުނިތުނި އަތުން،   ފިރުމާލަ ދޭށޭ އެދެވެނީ

              ގާތުގައި ހުންނަން  ކަލާ، ލޯބިން ހިތޭ ބޭނުންވަނީ

     ބަދަހިކަން ބޮޑު ގުޅުމަކުން، ގުޅެވޭނެ ބާ މި ދެހިތް އެކީ

                   މަދަދު އެދި ލޯތްބަށް ތިބާ،   އަރިހުން ސަލާމޭ މިޖަހަނީ

               ގާތުގައި ހުންނަން ކަލާ، ލޯބިން ހިތޭ ބޭނުންވަނީ

*************************************

About the author
Leave Comment