000 ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ. ލިޔުންތެރީންގެ ގުޅުމުން މިއަދު އާންމު ކުރި އިޢުލާނެއްގައިވާ ގޮތުން ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންގެ ތެރެއިން ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މެންބަރުން، ފުރިހަމަ ކުރައްވަން ޖެހޭ ފޯމު ވަނީ އެ ސައިޓުގައި ހިމަނުއްވައިފައެވެ. އަދި އެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަގުތުން ފޮނުއްވައިލެއްވޭނެވެ. ހިންގާ ކޮމިޓީގައި ހިމެނޭ މަގާމުތަކަކީ:   ރައީސް   ނާއިބު ރައީސް (ދެ މަގާމު)…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ދިވެހިރާއްޖޭގެ ލިޔުންތެރީންގެ ޖަމްޢިއްޔާ، ލިޔުންތެރީންގެ ގުޅުމުގެ ހިންގާ ކޮޓީގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

ލިޔުންތެރީންގެ ގުޅުމުން މިއަދު އާންމު ކުރި އިޢުލާނެއްގައިވާ ގޮތުން ލިޔުންތެރީންގެ ގުޅުމުގެ މެންބަރުންގެ ތެރެއިން ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލައްވަން އެދިވަޑައިގަންނަވާ މެންބަރުން، ފުރިހަމަ ކުރައްވަން ޖެހޭ ފޯމު ވަނީ އެ ސައިޓުގައި ހިމަނުއްވައިފައެވެ. އަދި އެ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ވަގުތުން ފޮނުއްވައިލެއްވޭނެވެ.

ހިންގާ ކޮމިޓީގައި ހިމެނޭ މަގާމުތަކަކީ:

  ރައީސް

  ނާއިބު ރައީސް (ދެ މަގާމު)

  ހިންގާ ސެކްރެޓަރީ

  މަޢުލޫމާތު ފަތުރާ ސެކްރެޓަރީ

  ޚަޒާންދާރު

  އިތުރު މެންބަރު (ފަސް މަގާމު)

ލިޔުންތެރީންގެ ގުޅުމުގެ ވެބްސައިޓް (www.liyuntherin.org)  މެދުވެރިކޮށް ފޯމު ފޮނުއްވި ނަމަވެސް، ހިންގާ ކޮމިޓީ ހޮވުމަށް ބާއްވާ ބައްދަލުވުމަށް ވަޑައިގެން ފޯމުގައި ސޮއިކުރައްވަން ވާނެއެވެ. އަދި އެއްވެސް ސަބަބެއް ދިމާވެގެން އެ ޖަލްސާއަށް ވަޑައިގެންނެވޭ ގޮތް ނުވާނަމަ، ޖަމްޢިއްޔާގެ ކަމާބެހޭ ބޭފުޅަކާ ގުޅުއްވައިގެން ޖަލްސާގެ ކުރިން އެކަންތައް ހަމަޖައްސަވަން ޖެހޭނެއެވެ.

ފޯމު ފޮނުއްވުމުގެ އެންމެ ފަހު ތާރީޚަކީ، 2017 މާޗު 2 ވާ ހުކުރުވިލޭރޭ 12.00 އެވެ. ލިޔުންތެރީންގެ ގުޅުމުން މަޢުލޫމާތު ދިން ގޮތުގައި އިންތިޚާބީ ޖަލްސާއާ ބެހޭ އެންމެހާ މަޢުލޫމާތު ހާމަކުރަމުން ގެންދާނީ އެ ޖަމްޢިއްޔާގެ ވެބްސައިޓުގައެވެ.

____________________

ފޮޓޯ: ލިޔުންތެރީންގެ ގުޅުމުގެ ބައެއް މުއައްސިސުންނާއި ހިންގާ ކޮމިޓީގެ ބައެއް މެންބަރުން

About the author
Leave Comment