– މުހަންމަދު ނަސީރު، އއ.މާޅޮސް-                މިއީ ވަގުތީ މަނާޒިރެކޭ، ދަރެސްތައް ފެންނަ ސާޙަތުގައި              މިއީ  ދެދުވަހުގެ   މަންޒިލެކޭ،   އުފާލިބިދޭނެ  ރާޙަތުގައި ސިކުނޑިޔާވިސްނުމާ، ފިކުރާ، ހިތާއި ޒަމީރުވެސް ލިބިގެން              ނުކުމެމިތިބީ  ދަތުރު   ފެށުމަށްޓަކައިނޫންތޯ   ސިޔާޙަތުގައި ދެމަގު އެބައޮތް ތިމާއަށް ރީތިކޮށް ފެންނަން މިތާދުނިޔޭ              ދެމަގުގައިވާ  ތަފާތު  ބަލާށެ   ވިސްނައިގެން  މި ޙާލުގައި ފިނީގެ އުފާ ރަބީޢީ މޫސުމެއްގެތެރޭން ލިބެން އޮއްވާ              ގިނީގެމަގުން    ޚަރީފުދެކޭށަ    ބޭނުންތޯއެ    އާފަތުގައި ތަފާތުތަކެއްވެޔޭ ދުނިޔޭގެ އިންސާނުން…

– މުހަންމަދު ނަސީރު، އއ.މާޅޮސް-   

           

މިއީ ވަގުތީ މަނާޒިރެކޭ، ދަރެސްތައް ފެންނަ ސާޙަތުގައި

             މިއީ  ދެދުވަހުގެ   މަންޒިލެކޭ،   އުފާލިބިދޭނެ  ރާޙަތުގައި

ސިކުނޑިޔާވިސްނުމާ، ފިކުރާ، ހިތާއި ޒަމީރުވެސް ލިބިގެން

             ނުކުމެމިތިބީ  ދަތުރު   ފެށުމަށްޓަކައިނޫންތޯ   ސިޔާޙަތުގައި

ދެމަގު އެބައޮތް ތިމާއަށް ރީތިކޮށް ފެންނަން މިތާދުނިޔޭ

             ދެމަގުގައިވާ  ތަފާތު  ބަލާށެ   ވިސްނައިގެން  މި ޙާލުގައި

ފިނީގެ އުފާ ރަބީޢީ މޫސުމެއްގެތެރޭން ލިބެން އޮއްވާ

             ގިނީގެމަގުން    ޚަރީފުދެކޭށަ    ބޭނުންތޯއެ    އާފަތުގައި

ތަފާތުތަކެއްވެޔޭ ދުނިޔޭގެ އިންސާނުން ތެރޭ ފެނިދާ

             ލަފާގޮތަކީ  ޤަޟާޤަދަރަށް  ވުމޭ   ރުހިގެން  ސަލާމަތުގައި

މަތީވަތުގައި ތިމާ ނެގިހުންނައިރު ތަޢުރީފު ޚާއްޞަވިޔަސް

             ދަތީގައިވާ  ދުވަހު   ފުސްމޫނު   ފެނިގެންދޭ  ޖަމާޢަތުގައި

އަސަރުކުރިޔަސް ތިމާގެ ފަޤީރުކަން ކުރިމަތިވެގެން އައުމުން

             ޙަސަދަވެރިވުން   އޮވޭތޯއޭ    އަޚާއަށްދޭ    ޙަރާރަތުގައި

ޠަބީޢަތުގައި މިތާ އިންޞާފުހުރި އެއްވެސް ކަމެއްވޭތޯ؟

             ހޮބީއެއްގައި  ހިފާށޭ    ކެތްކުރާ   ޒާތީ   ސިޔާސަތުގައި

މަސައްކަތުގައިވެގެން ހީވާގި ހެޔޮ ރަޙުމަތްފުޅަށް އެދިގެން

             މަސަލަހުން ދުނިޔެ އުޅުމޭ އެންމެ ރަނގަޅީ ހެޔޮ އަމާނަތުގައި

ލިޔާނެޔެ ޢަމަލުތައްހުރިހާ، ކިޔާނެޔެ ކަން ތިމާ ކުރިހާ،

             އިޔާދަވެ   ޕޭޖުތައް   ފުރިހާ،   ނިޔާކުރެވޭ  ޤިޔާމަތުގައި

                       *


 

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment