ވޮރަން ބުފެޓް މަޝްހޫރުވެފައި ވަނީ ކާމިޔާބު އިންވެސްޓަރެއްގެ ގޮތުގައްޔާއި، ވިޔަފާރިވެރިއެއްގެ އިތުރުން ހިލޭ ސާބަހަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ މުއްސަދި މަހުޖަނެއްގެ ގޮތުގައެވެ. އެހެންކަމުން ވޮރަން ބުފެޓްގެ ކުރު ތާރަފަކަށް ދަމާތޯއެވެ. ވޮރަން ބުފެޓް އުފަންވީ، 1930 ވަނަ އަހަރު އެމެރިކާގެ އޮމަހާ ، ނެބްރަސްކާގައެވެ. ބުފެޓްގެ މައިންބަފައިންނަކީ ތަނަވަސް ބައެއްނަމަވެސް ބުފެޓްގެ އޭނާގެ ކިޔެވުމުގެ އެންމެ ޅަ އުމުރުގައިވެސް ވިޔަފާރިކުރުމަށާއި އަމިއްލައަށް މަސައްކަތްކުރުމަށް ވަރަށް ލޯބިކުރިއެވެ. ބުފެޓް ސާނަވީ މަރުޙަލާ ފުރިހަމަކުރުމަށްފަހު ނިންމީ ކޮލެޖަށް…

image-0-02-06-fd1928cafc8c89dd4a00061db6edb3bb28222ebe4ff6c8e02ace64ea66b6a3b2-Vވޮރަން ބުފެޓް މަޝްހޫރުވެފައި ވަނީ ކާމިޔާބު އިންވެސްޓަރެއްގެ ގޮތުގައްޔާއި، ވިޔަފާރިވެރިއެއްގެ އިތުރުން ހިލޭ ސާބަހަށް މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އެމެރިކާގެ މުއްސަދި މަހުޖަނެއްގެ ގޮތުގައެވެ. އެހެންކަމުން ވޮރަން ބުފެޓްގެ ކުރު ތާރަފަކަށް ދަމާތޯއެވެ.

ވޮރަން ބުފެޓް އުފަންވީ، 1930 ވަނަ އަހަރު އެމެރިކާގެ އޮމަހާ ، ނެބްރަސްކާގައެވެ. ބުފެޓްގެ މައިންބަފައިންނަކީ ތަނަވަސް ބައެއްނަމަވެސް ބުފެޓްގެ އޭނާގެ ކިޔެވުމުގެ އެންމެ ޅަ އުމުރުގައިވެސް ވިޔަފާރިކުރުމަށާއި އަމިއްލައަށް މަސައްކަތްކުރުމަށް ވަރަށް ލޯބިކުރިއެވެ. ބުފެޓް ސާނަވީ މަރުޙަލާ ފުރިހަމަކުރުމަށްފަހު ނިންމީ ކޮލެޖަށް ދިއުމުގެ ބަދަލުގައި ސްޓޮކްބްރޯކަރެއްގެ ގޮތުގައި މަސައްކަތްކުރުމަށެވެ. އަދި ލިބިފައިވާ ފައިސާ ހިއްސާގައި އިންވެސްޓްކޮށް ވިޔަފާރީގެ ތެރެއަށް ވަނެވެ. މިގޮތުން ބުފެޓް ވިޔަފާރި ފެށުމުގެ ގޮތުން ކޮށްފައިވާ  ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ޗްވިންގަމް ވިއްކުމާއި، ކޮކާކޯލާ ފުޅި ވިއްކުމާއި އަދި ދޮރުންދޮރަށް ނޫސް މަޖައްލާ ގެންގޮސްދިނުން ހިމެނެއެވެ. ބުފެޓަކީ ވިސްނުން ތޫނު އަދި ވިޔަފާރީގެ ކަންކަމަށް ވަރަށް ބޮޑަށް ލޯހުޅުވި އަދި ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކަށް ވާނުވާ ވަރަށް ރަނގަޅަށް ބަލައި އަދި ދިރާސާކޮށް ހައްދަމުން ގެންދިޔަ މީހެކެވެ. މިގޮތުން ހިއްސާގެ އަގު މައްޗަށްދާނެ ކަމަށް ބެލެވޭ ކުންފުނިތަކުގެ ހިއްސާ ގަނެ އަދި އަގު މައްޗަށް ދިއުމުން އެކުންފުނިތަކުގެ ހިއްސާ ވިއްކައިގެން ފައިދާ ހޯދަން ފެށިއެވެ. މިގޮތަށް ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްގެން  އެއްދުވަހުން އަނެއް ދުވަހަށް ބުފެޓްގެ ތަނަވަސްކަން އިތުރުވެ، އުމުރުން އެންމެ 32 އަހަރު ފުރުނުއިރު ބުފެޓަކީ މިލިއަނަރެކެވެ. މިލިބުނު މުއްސަދިކަމާއެކުވެސް މަސައްކަތް ކުރީ ކުންފުނިތައް ދިރާސާކޮށް ރަނގަޅަށް ހިނގާ ކުންފުނިތަކުގައި އިންވެސްޓްކޮށްގެން ތަނަވަސްކަން އިތުރުކުރުމަށެވެ. ނަތީޖާއެއްގެ ގޮތުން 1990 ވަނަ އަހަރު ބުފެޓް ގުނާލެވުނީ އެމެރިކާގެ މުއްސަދި ބިލިއަނަރެއްގެ ގޮތުގައެވެ. އަދި 2008 ވަނަ އަހަރު ދުނިޔޭގެ އެންމެ މުއްސަދި މީހާގެ މަގާމު ވޮރަން ބުފެޓަށް ލިބުނެވެ. މިހާރުވެސް ދުނިޔޭގެ އެންމެ މުއްސަދި ދިހަ ބިލިއަނަރުންގެ ތެރޭގައި ބުފެޓް ހިމެނެއެވެ. އިޖުތިމާޢީ ކަންކަމަށާއި، ޞިއްޙީ ކަންކަމަށާއި އެހީއަށް ބޭނުންވާ ފަރާތްތަކަށް، މަޝްހޫރު މަހުޖަނު ބިލް ގޭޓާއި ގުޅިގެން ގޭޓް ފައުންޑޭޝަނުން އެތައް ބިލިއަން ޑޮލަރެއް ކޮންމެ އަހަރަކު ބުފެޓް ޚަރަދުކުރެއެވެ. މިގޮތުން 2006 ވަނަ އަހަރު ވޮރަން ބުފެޓްގެ އިންވެސްޓްމަންޓުން ގާތްގަނޑަކަށް 30 ބިލިއަން ޑޮލަރުގެ އަގުހުރި އިންވެސްޓްމަންޓެއް ވަނީ ގޭޓް ފައުންޑޭޝަނަށް ހަދިޔާކޮށްފައެވެ.

 މިއަދު ދުނިޔޭގައި ވޮރަން ބުފެޓް މަޝްރޫވެފައިވަނީ ޙިއްޞާގެ ބާޒާރުގައި އިންވެސްޓްކުރުމުގެ އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު މީހާގެ ގޮތުގައެވެ. މިއަދު ވަރަށް ގިނަ އިންވެސްޓަރުން ބުފެޓްގެ ފިޔަވަޅުތައް ބަލައިގެން އަދި ބުފެޓް އިންވެސްޓްކުރާ ކުންފުނިތަކުގައި އިންވެސްޓްކުރުމަށް މީހުން ސަމާލުކަންދެއެވެ. ބުފެޓަކީ ހިއްސާގެ ބާޒާރުގައި އިންވެސްޓަރުންގެ ބްރޭންޑަކަށް ވަނީ ވެފައެވެ.

ބުފެޓަކީ މޮޅު ވާހަކަ ދެއްކުންތެރިއެއްގެ އިތުރުން ވިޔަފާރިއާ ބެހޭ ލިޔުންތައް ލިޔުމަށް މަޤްބޫލު ލިޔުންތެރިއެކެވެ. އެގޮތުން އިޤްތިޞާދުކުރުމުގައި ސަމާލުކަން ދިނުމަށާއި، ފަހަށްރައްކާކޮށް އިންވެސްޓްކުރުމަށް މީހުން ހޭލުންތެރިކުރުމަށް ތަފާތު ލިޔުންތައް ލިޔެ ޝާއިޢުކުރަމުން ގެންދެއެވެ. ފަހަށް ރައްކާކުރުމާބެހޭ ގޮތުން ވޮރަން  ބުފެޓްގެ ބަސްކޮޅެއް މިތަނުގައި ނަކަލުކޮށްލާނަމެވެ. “ޚަރަދަކުރުމަށްފަހު ބާކީވާ އެއްޗަކުން ފަހަށްރައްކާ ނުކުރާށެވެ. އެހެންނަމަވެސް ފަހަށްރައްކާކޮށްފައި ބާކީވާ އެއްޗަކުން ޚަރަދުކުރާށެވެ” ބުފެޓް ބުނެފައިވެއެވެ. މިއީ ވަރަށް ޢިބްރަތެރި ބަސްކޮޅެކެވެ. އެބަސްކޮޅުން ދޭހަވަނީ، އިމެއް، ޕްލޭނެއްނެތި އެއްގޮތަކަށްވެސް ޚަރަދު ނުކުރުމަށެވެ. ބޭނުންވާހާ އެއްޗެއް ގަތުމަށް އަތުގައި ހުރި ހުރިހާ ފައިސާއެއް ޚަރަދުނުކުރުމަށެވެ. ޚަރަދުކުރުމުގައި ކެތްތެރިކަން ބެހެއްޓުމަކީ ވަރަށް މުހިންމު އެއް އަސާސެވެ. ލިބޭ އާމްދަނީ ކަންކަމަށް ބަހާލައިގެން ރޭވުންތެރިކަމާއެކު ދުރާލާ ކުރާނެ ޚަރަދު ކަނޑައެޅުމަށެވެ. ބޮޑު ކަމެއް ދިމާވެދާނެ ކަމަށް ބަލައިގެން އަބަދުވެސް ލިބޭ އެއްޗަކުން ކޮންމެވެސް މިންވަރެއް ރައްކާކުރުމަށް ސަމާލުކަން ދެމާހެއްޔެވެ.  ބުފެޓްގެ މިބަސްކޮޅުން ޢިބްރަތް ހޯދައިގެން ޚަރަދުކުރުމުގައި ސަމާލުވެ ފަހަށް ރައްކާކުރުމުގެ ރިވެތި އާދައަކަށް ދަމަހައްޓަމާހެއްޔެވެ. މީހުން އަތުން އެތިކޮޅުކޮޅު ހޯދާ މިހަކަށް ވުމުގެ ބަދަލުގައި އެހެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މީހަކަށްވުމަށް ޢަޒުމް ކަނޑައަޅާށެވެ!

_______________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment