އާދަމް އިބްރާހީމް ދުރުމީ، ކުޅުދުއްފުށި      މާދަރީ ބަހަކީ ދިވެހި،   ދިވެހީންގެ  ޤައުމީ  ދިވެހިބަސް               ހާދަ އަގުހުރި   ތަރިކައެއް  މީ ފަޚުރުވެރިވާ   ދިވެހިބަސް ކާބަފައިން  ބޭނުންކުރެއްވީ، އިހު ޒަމާނުންސުރެ މިބަސް               ލާބަހޯދަން މިއަދުވެސް،   ދިރުވަން   މިއެދެނީ ދިވެހިބަސް ރީތި ލަވަޔާ، ރައިވަރާ، އަންބާ،ފަރިހި،   ޅެންހެދި މިވެސް               ރީތި ދިގުތާރީޚަކާއި،    ޘަޤާފަތެއް ވާ      ދިވެހިބަސް ބޭރުބަސްތައް  ބަހުގެ ތެރެއަށް ވަދެ، ބަހާ  ގުޅިފައިވިޔަސް               އޭރުވެސް އަދި މިއަދުވެސް،  ދިވެހިންގެ  ބަހަކީ ދިވެހިބަސް ބޭރު…

އާދަމް އިބްރާހީމް ދުރުމީ، ކުޅުދުއްފުށި

     މާދަރީ ބަހަކީ ދިވެހި،   ދިވެހީންގެ  ޤައުމީ  ދިވެހިބަސް

              ހާދަ އަގުހުރި   ތަރިކައެއް  މީ ފަޚުރުވެރިވާ   ދިވެހިބަސް

ކާބަފައިން  ބޭނުންކުރެއްވީ، އިހު ޒަމާނުންސުރެ މިބަސް

              ލާބަހޯދަން މިއަދުވެސް،   ދިރުވަން   މިއެދެނީ ދިވެހިބަސް

ރީތި ލަވަޔާ، ރައިވަރާ، އަންބާ،ފަރިހި،   ޅެންހެދި މިވެސް

              ރީތި ދިގުތާރީޚަކާއި،    ޘަޤާފަތެއް ވާ      ދިވެހިބަސް

ބޭރުބަސްތައް  ބަހުގެ ތެރެއަށް ވަދެ، ބަހާ  ގުޅިފައިވިޔަސް

              އޭރުވެސް އަދި މިއަދުވެސް،  ދިވެހިންގެ  ބަހަކީ ދިވެހިބަސް

ބޭރު ގިނަ އެކި   ބަސްބަހަށްވުރެ، މާ ފަޤީރޭ   ހީވިޔަސް

              ބޭރު ބަސް ހުއްޓަސް މަށަށް، ހަމަ އެންމެ ރީތީ ދިވެހިބަސް

ތާނަ އަކުރުން ލިޔެ އުޅޭ، ދިވެހިން ފަޚުރުވެރިވާ މިބަސް

              ހާނަމާ ޅަދަރީން ބަހަށް –     ވާނޭ ތަރައްޤީ ދިވެހިބަސް

ކާބަފައިން ގެންނެވި މިޖީލަށް، ވާރުތައިން ދިވެހިންގެ ބަސް

              ކާބަފައިން ގެންނެވި  ފަދައިން، އާލާކުރަންވީ  ދިވެހިބަސް

މީ ދަރިން ކުރުމަށް މިއަދު،  ލާޒިމްކަމެއް- ނަގަމާހެ އިސް

              އޭ ދަރީންނޭ ރޫޙުގައި   ކުރަމާ،   ތަރައްޤީ  ދިވެހިބަސް

ނިންމަމުންވެސް، އިލްތިމާސްކުރަމޭ އިނގޭތޯ މިއަދުވެސް

              އެންމެނަށްވެސް ވާޖިބޭ،  ޚިދުމަތް ކުރަން- މީ ދިވެހިބަސް

                                   ********************************************

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment