– މުހަންމަދު ނަސީރު، އއ.މާޅޮސް-                   ޖިސްމުގައި ވޭނުގެ ޝަކުވާ ރިހުމާ އެބަ އުފެދޭ ޙިއްސުތައް ކޮށިވެ، ޢިލާޖެއްނެތި ދުނިޔޭން އެބަދޭ ވީނުވީއެއް ނުއެނގޭ ބަދުވި ނަޞީބާ ގުޅިގެން ހީނުވާހާ  އުނދަގޫ   ޙާލަތު  ފެނިގެން   އާދޭ ދިރިއުޅުން ގެއްލި ޒަރޫރީ މިނިވަންކަން ނެތުމުން ހިރިނުލައިއޮވެ ނިމި ދިއުމެއް ކުރިމަތި ވެއްޖެތެދޭ ކާކުތޯއޭ ތަޤުދީރާއި ތަޙައްދީ ކުރަނީ މާކުރިން  އެކުލެވި  ތަދުބީރު  އޮޔާ  ބެހެމުންދޭ ހިތުގެލޭނާރުތަކާ، މޭގެ ދިރުން ގޮސް ކެނޑިގެން އިތުރު    ވޭނާއިތުރާ   ހުށަހޮޅިފައިވީ  ނުނިދޭ ލޭގެ…

– މުހަންމަދު ނަސީރު، އއ.މާޅޮސް-                  

ޖިސްމުގައި ވޭނުގެ ޝަކުވާ ރިހުމާ އެބަ އުފެދޭ

ޙިއްސުތައް ކޮށިވެ، ޢިލާޖެއްނެތި ދުނިޔޭން އެބަދޭ

ވީނުވީއެއް ނުއެނގޭ ބަދުވި ނަޞީބާ ގުޅިގެން

ހީނުވާހާ  އުނދަގޫ   ޙާލަތު  ފެނިގެން   އާދޭ

ދިރިއުޅުން ގެއްލި ޒަރޫރީ މިނިވަންކަން ނެތުމުން

ހިރިނުލައިއޮވެ ނިމި ދިއުމެއް ކުރިމަތި ވެއްޖެތެދޭ

ކާކުތޯއޭ ތަޤުދީރާއި ތަޙައްދީ ކުރަނީ

މާކުރިން  އެކުލެވި  ތަދުބީރު  އޮޔާ  ބެހެމުންދޭ

ހިތުގެލޭނާރުތަކާ، މޭގެ ދިރުން ގޮސް ކެނޑިގެން

އިތުރު    ވޭނާއިތުރާ   ހުށަހޮޅިފައިވީ  ނުނިދޭ

ލޭގެ ސިސްޓަމް އޮޅި، އޭގައި މެދު މިންވެސް ނެތިގެން

ދޭސަޒާހޫނު،  މަރާ  ކުރިމަތި  ކުރަމުން އޮވެދޭ

އަދުކަފުން ކޮށްފިއްޔެ ނޭވާ ލެވުނަސް، އެނގިތިބެގެން

ތަދުތަކާ  އެކަނިވުމާ،   ފިކުރުކުރުން  ޙަމަލާދޭ

ގެދޮރުނެތި ބަލިވެ ރެފިޔުޖީންގެ ޙަޔާތަށް މިއައީ

ބެދުނު މަޅިތަކުގެ  ތެރޭ ތާށިވުމުން،  ހިތް ނޭދޭ

ވާނެޔޭ ނުރުހުންތެރި ކޮންމެ ކަމެއް ދުނިޔެމަތީ

ދާތަނެއް ހިތުގެ  އެދުން  ޙާޞިލް ވެވިގެން ނާދޭ

އާދައޭ މީ ބިމުގައި ލެއްވެވި ޠަބްޢީ، އަބަދަށް

ވާށަ ވިސްނުންތެރި ފިކުރެއްގެ މަތީ ނަފްސު އެދޭ

ބާރު ޙިއްސުން ނެތިފައި، ނާރުގެ ފިނިކަން ހެދިފައި

ފާރު މޭގައި  ހިލިފައި، އާރު ކަށިން ނެތި އެބަދޭ

                                          ___________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment