ދިވެހި ނޫޓުގެ ތިންވަނަ ސިލްސިލާ "ރަން ދިހަފަހެއް" 

ދިވެހި އިޤުތިޞާދަށް އާރޯކަން

ދިވެހިބަހަށް ހީނަރުކަން

ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
މީގެ 32 އަހަރު ކުރީން 1983 ވަނަ އަހަރު ފަރުމާކޮށްގެން ނެރުނު ނޫޓު ސިލްސިލާގެ ބަދަލުގައި އަލަށް ރޭ ތަޢާރުފުކުރި އައު ނޫޓުތަކަކީ ހުރިހާ ގޮތަކުން ވެސް ރީތި އަދި ސަލާމަތީ ފިޔަވަޅުތައް ވެސް ވަރުގަދަ ނޫޓްތަކެއް ކަމަށް ދަރުބާރުގޭގައި އޮތް ރަސްމީއްޔާތުގައި ޢާއްމުކުރެއްވި މަޢުލޫމާތުން ހާމަވިއެވެ. އަލަށް ތަޢާރުފުކުރެއްވި އާ ނޫޓުތައް ޗާޕުކޮށްފައި ވަނީ ޕޮލިމާ ކަރުދާހުގައި އެންމެ ޒަމާނީ ސަލާމަތީ ސިފަތައް ހިމަނައިގެންކަމަށް މަޢުލޫމާތު ލިބުމުން އެކަމާ އުފާވެއެވެ. އަދި ވަގުނޫޓު ޗާޕުކުރުމުގެ ހުރިހާ ފުރުޞަތެއް މި އައު ނޫޓުތަކުގެ ސަބަބުން މުޅިން ބަންދުވާނޭކަމުގެ ޔަޤީންކަން ގަވަރނަރ ޑރ. ޢަޒީމާ ދެއްވި އެވެ. 
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

 މި ނޫޓްތަކުގެ ފުރިހަމަކަމަށްޓަކައި، މި ޚަބަރު ރިޕޯޓުކުރެއްވި ހުރިހާ ނޫހަކުންވެސް ތަޢުރީފުކުރެއެވެ. މި ޚަބަރު ގެނެސްދިން ބައެއް ނޫސްތަކުގައި މި ނޫޓްތަކުގެ ވާހަކަ ގެންނެވި ޚަބަރުތަކުގެ ބައެއް ޢިބާރާތް މިތާގައި ނަކަލުކޮށްލާނަމެވެ.  “ހިތްގައިމު ރީތި ކުރެހުންތަކާއި ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް ހިމެނޭ ދިވެހި ރުފިޔާގެ އާ ނޫޓު ސީރީސް މިރޭ، ދަރުބާރުގޭގައި، އެމްއެމްއޭ އިން ތައާރަފްކޮށްފި އެވެ.  ——- ހަވީރު
 “ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން ނެރުމަށް ހަމަޖެހިފައިވާ، އައު ނޫޓު ސީރީޒް “ރަންދިހަފަހެއް” ތައާރުފު ކޮށްފިއެވެ.” ——— ވަގުތު
 “ދިވެހިރާއްޖޭގެ އާ ނޫޓުގެ ގޮތުގައި މިރޭ ތައާރަފްކުރި ހަ ނޫޓަކީ ރާއްޖޭގެ ގުދުރަތީ ރީތި ކަމާއި ދިވެހި ވަންތަކަން ދައްކުވައިދޭ ކުރެހުންތަކެއް ފެންނަ ނޫޓުތަކެކެވެ. ހަމަ އެހެންމެ މި ނޫޓްތަކަކީ އެންމެ ޒަމާނީއެއް ކަރުދާސް ކަމަށްވާ ޕޮލިމާ ކަރުދާހަށް ޕްރިންޓުކޮށްފައިވާ ނޫޓުތަކެކެވެ. އެ ނޫޓުތަކުގެ ސައިޒަކަށް އެއްވެސް ބަދަލެއް ނާދެ އެވެ. ނޫޓުގައި ސޮއިކޮށްފައި ވަނީ ގަވަރުނަރު ޑރ. އަޒީމާ އާދަމް އެވެ. މިއީ ދިވެހި ފައިސާގައި އަންނެހަކު ސޮއިކުރާ ފުރަތަމަ ފަހަރެވެ. މިނޫޓުތަކަށް ލިބިގެންދާ އެންމެ ހާއްސަ އެއް ސިފައަކީ ޒަމާނީ ވަސީލަތްތައް ބޭނުންކުރުމާއި ނޫޓްތައް ރީތިކަމެވެ.” ——- ސަން
 “ރަންދިހަ ފަހެއްގެ ނަމުގައި ޕޮލިމާ ކަރުދާހުގައި ނެރުނު ޓުތަކަކީ އެންމެ ފެންވަރު ރަނގަޅު ނޫޓުތަކަށް ވުމުގެ އިތުރުން އެ ނޫޓުތަކުގެ ވަގު ކޮޕީއެއް ނުހެދޭ ގޮތަށެވެ. މިނިވަން 50އާ ގުޅުވައިގެން “ރަންދިހަ ފަހެއް”ގެ ނަން ދީފައިވާ ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރާ 1000 ރުފިޔާގެ ނޫޓެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.” ——  އަވަސް
އާ ނޫޓުތައް ތަޢާރުފުކުރެއްވުމުން ދިވެހި ޤައުމު ދެކެ ލޯބިވާ ދިވެއްސެއްގެ ޙައިސިއްޔަތުން އުފާކުރަމެވެ. މިކަމަށްޓަކައި މި ނޫޓު ތައްޔާރުކުރެއްވުމުގެ ޚިޔާލު އުފަންކުރެއްވި ބޭފުޅުންނަށާއި ލަފާދެއްކި ކޮމިޓީއަށާއި ފަރުމާކުރެއްވި ފަރުމާވެރިޔާއަށާއި މިކަމުގައި ފަންނީ ލަފާދެއްވި ފަންނީ ކޮމިޓީއަށާއި މި މަސައްކަތުގައި ޝާމިލުވެވަޑައިގަތް ހުރިހާ ފަރާތްތަކަށް ތަހުނިޔާ އަދާކުރަމުން ޝުކުރު ދަންނަވަމެވެ. އެއްވެސް ޝައްކެއް ނެތެވެ. މި އައު ނޫޓްތަކުގެ ސަބަބުން ދިވެހި އިޚުތިޞާދަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ އެވެ. މި ނޫޓުތަކުގެ ސަބަބުން ވަގުނޫޓު އުފަންވެ ދިވެހި އިޤުތިޞާދުގައި “ވަގަށް” ދައުރުވުމުގެ ފުރުޞަތު ބަންދުވާނެތީ އެވެ. އެހެނީ ދިވެހި އިޤުތިޞާދުގައި ވަގުނޫޓު އިތުރުވެ ދައުރުވާ ފައިސާ ގިނަވުމަކީ އިންފްލޭޝަން މައްޗަށް ދާނޭ ކަމެކެވެ. މުދަލުގެ އަގު އުފުލޭނޭ ސަބަބެކެވެ. ވީމާ މިއީ އިޤްތިޞާދީ ގޮތުން އެޅުނު ހަރުދަނާ ފިޔަވަޅެއްކަމާމެދަކު އެއްވެސް ޝައްކެއް ނެތެވެ.
މި އައު ނޫޓުތައް ތަޢާރުފުވުމުން އަޅުގަނޑަށް ލިބުނު އުފަލަށްވުރެ ބޮޑު ހިތާމައެއް އަޅުގަނޑަށް އިޙުސާސްވިއެވެ. ސަބަބަކީ މި ނޫޓުތައް ތަޢާރުފުވެގެން މި އައީ ދިވެހިބަހަށް އިތުރު ހީނަރުކަމެއް ގެނެސްދެމުން ކަމަށް ވާތީ އެވެ. ސަބަބު ދަންނަވައިލަންތޯއެވެ؟ މިހާ ފެންވަރު ރަނގަޅުކޮށް މިހާ މޮޅަށް ތައްޔާރުކުރި ނޫޓުތަކަކީ ދިވެހި ޒުވާނުންނާއި ދިވެހި ޅަކުދީންނަށް ވެސް ފެންނާނެ އެއްޗެކެޗެ. ގެންގުޅޭނެ އެއްޗެކެވެ. އަދި މީގެ އިތުރަށް ގިނަ ދުވަހަށް ދެމިގެންދާނޭ އެއްޗެއްވެސް މެއެވެ. މި ނޫޓްތަކުގެ ތެރެއިން 500 ރުފިޔާގެ ނޫޓުގައި ތާނައިން ފަސް ސަތޭކަ ލިޔެފައިވަނީ ނުބައިކޮށްކަން ފާހަގަވީމާ ހިތާމަކުރީމެވެ. މިހާރު ވެސް އެ ކަމަކާ ބަހުސްކުރަމުންދާ ކަމަކާ މެދު ދިވެހި އާ ނޫޓަކުން ނުބައިކޮށް ގެރެންޓީ ދިނީމައެވެ. ދިވެހިބަހަށް ލޯބިކުރާ މީހެއްގެ ހައިސިއްޔަތުން މިކަމާ މެދު ހިތާމަކޮށް ގިސްލެވުނެވެ. “ފަސް ސަތޭކަ ރުފިޔާ” ލިޔަންޖެހޭ ތަނެއްގައި އެ ނޫޓުގައި “ފައްސަތޭކަ ރުފިޔާ” ލިޔެފައި އޮތްތަން ފެނުމުން ހިތަށް ވީ ގޮތެއް ދަންނަވާކަށް ވެސް ނޭނގުނެވެ. އަޅުގަނޑު ހިތަށް އެރީ އަޅުގަނޑުގެ މުސްކުޅި ވިސްނުން ބަދަލުނުވެގެން އުޅުނަސް “ޒަމާނީ” ރަދީފެއްގައި “ފައްސަތޭކަ” ލިޔެފައި އޮވެގެން އެހެން ލިޔުނީ ކަމަށެވެ. އަޅުގަނޑު ހިތްހަމަނުޖެހުނަސް މުޅި މުޖުތަމަޢު ގަބޫލުކުރާ ގޮތަކަށް ބަދަލުކޮށްލީ ކަމަށެވެ. އަވަސް އަވަހަށް ރަދީފު ބަލައިވެސް ލީމެވެ. ނޫނެކެވެ. ރަދީފުގައި އޮތީ ވެސް ހަމަ ރަނގަޅަށެވެ. “ފަސް ސަތޭކަ” އެވެ. “ސަތޭކައިގެ ފަސް ގުނަ” އެވެ. ދެން ހިތަށް އެރިއެވެ. މިހާ ބޮޑު ޚަރަދުކޮށްގެން ދިގު ޒަމާންތަކަކަށް ދެމިގެން ދާ ގޮތަށް، ބޮޑު އެޑްވައިޒަރީ ކޮމީޓީއެއްގެ ލަފާގެ މަތީން ފަރުމާކުރި މި މުހިއްމު ނޫޓު ފަރުމާޚުރި ބަޔަކަށް ދިވެހިބަހަށް ސަމާލުކަން ނުދެއްވުނީ ކީއްވެބާވައޭ ހިތަށް އަރައެވެ.   އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިއީ ބަޔަކަށް އޮޅިގެން ކުރެއްވިފައި އޮތްކަމެކެވެ. ނުވަތަ ފަރަުވާކުޑަކަމުން ވީ ކަމެކެވެ. މިއީ ކުޑެއް ނޫންކަމަށް ވިދާޅުވެ އެ ކުށް ދިފާޢުކުރައްވަން އުޅުއްވައިގެން އިތުރުފުޅުތައް ހައްދަވާންޖެހުން ފިޔަވައި އެހެން ކަމެއް ނުވާނެ އެވެ. “ފަސް ސަތޭކަ” ނުލިޔެ “ފައް ސަތޭކަ” ލިޔުނީ އެއީ އޮޅުމަކުން ނޫންކަމަށާއި އެއީ ގަސްތުގައި ލިޔުނުގޮތެއް ކަމަށް “ކަމާ ބެހޭ ބޭފުޅަކު” ވިދާޅުވެ ޓްވީޓް ކުރެއްވީމާ އަދި މާ ބޮޑަށް ދެރަވި އެވެ. އަޅުގަނޑު ވަރަށް އިޙުތިރާމް ކުރާ ބޭފުޅެއްވެސްމެއެވެ. އެހެންނަމަވެސް އެ ވިދާޅުވި ވިދާޅުވުން ދެކޮޅެއް ނުޖެއްސެވުނެވެ. އެ ވިދާޅުވި ވިދާޅުވުމަކީ ހެއްދެވުނު ކުށެއް ދިފާޢުކުރައްވަން ވިދާޅުވި އެއްޗެއް ކަމުގެ ހެތްކަކީ “ކިޔާ ގޮތަށް” ލިޔުއްވުމަށްޓަކައި “ފައްސަތޭކަ” ލިޔުއްވި އިރު “ކިޔާ ގޮތަށް” ލިޔުއްވުމަށް ޓަކައި “އެންހާސް” ނުލިޔުއްވި ކަމެވެ.  ކޮންމެއަކަސް ދިވެހި ފައިސާގެ 3 ވަނަ ނޫޓު ސިލްސިލާއިން ދިވެހި އިޤުތިޞާދަށް ހިތްހަމަޖެހުމެއް ގެނެސްދީފިއެވެ. އެކަމަކު މި ހިތްހަމަޖެހުން މި ގެނެސްދިނީ ދިވެހިބަސް އިހުމާލުކޮށްލައިފައެވެ. ދިވެހިބަހަށް ހީނަރުކަން ގެނެސްދެމުންނެވެ.  ނިންމައިލުމުގެ ކުރީން އަދި އިތުރުވާހަކައެއްވެސް ދަންނަވައިލާނަމެވެ. “ރަން ދިހަ ފަހެއް”ގެ މާނައަކީ ދިވެހި މިނިވަންކަމު ރަން ޔޫބީލްކަމަށް ވެސް ރޭގެ ރަސްމިއްޔާތުގައި އަޑު އިވުނެވެ. “ދިހަ ފަހެއް” އެއީ 50 ކަމަށް ވެސް އަޑު އިވުނެވެ. ނަމަވެސް އަޅުގަނޑަށް “ދިހަ ފަހަކުން” މާނަކުރެވެނީ 15 އެވެ. 50 އަކީ “ފަސް ދިހަ” އެވެ.  “ނުވަ ދިހަފަހެއް” އަކީ 95 އެވެ. “އަށްޑިހަ ފަހެއް (އަށް ދިހަފަހެއް) އަކީ 85 އެވެ. “ހަތް ދިހަ ފަހެއް” އަކީ 75 އެވެ.  މި އުޞޫލުން 65، 55، 45، 35، 25 ގެ ފަހަތަށް 15 އަންނާނެ އެވެ. އެހެންވީމާ ދިހަ ފަހެއް ނުވަތަ އެއް ދިހަފަހެއް ވާނީ 15 އަށް ނޫންތޯ އެވެ؟
 ކޮންމެއަކަސް އަޅުގަނޑުގެ ޚިޔާލު މާ ބޯދާ އީ ކަމަށް ވެސް ވެދާނެ އެވެ. ކަޓީ ކަމަށް ވެސް ވެދާނެއެވެ. އަޅުގަނޑުގެ މުސްކުޅި ޚިޔާލު ބަދަލު ނުވިޔަސް ޒަމާން ބަދަލުވެ ސް ސުކުން އަލިފު ސުކުނަކަށް ބަދަލުވީ ވެސް ތޯއްޗެކެވެ. 50 ވެސް 15 އަށް ބަދަލުވީ ވެސް ތޯއްޗެކެވެ. ކޮންމެއަކަސް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، ދިވެހި އާ ނޫތުތަކުން ދިވެހި އިޤުތިޞާދީ ދުނިޔެއަށް ހިނިތުންވުން ގެނެސްދީފިއެވެ. ފައިސާވެރީންނަށް ހިތްހަމަޖެހުން ލިއްބައިދީފިއެވެ. މިކަމަށްޓަކައި ދިވެހިރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) ގެ ހިންގުންތެރީންނަށް އަދިވެސް ތަހުނިޔާއާއި މުބާރިކުބާދީ އަރިސްކުރަމެވެ. އެކަމަކު ދިވެހިބަސްދެކެ ލޯބިވާ އަޅުގަނޑު ކަހަލަ ކަޓު މީހުންނަށް ފޫނުބެއްދޭފަދަ ހިތްދަތިކަން ގެނެސްދެމުންނެވެ. އަޅުގަނޑުމެންގެ މަޤުބޫލު މަޝްހޫރު ޝާޢިރު، އަލްއަޚު އާދަމް ނަޞީރު އިބްރާހީމް މިކަމާ ގުޅިގެން ވިދާޅުވަނީ ކީކޭ ކަމަށްތޯ އެވެ؟  “”ފައްސަތޭކަ” ޖަހައި މި ނޫޓު ނެރުން މިއީ ލަދުވެތި ކަމެއް              ލައްކަލައްކައި ރައްޔިތުން ލައްވައި  މިއީ  ކުރެވޭ  ކުށެއް ލިޔެލެވޭ ހަމަ ކޮންމެ ފަހަރަކު މި ޢަދަދަށް ބެންކަށް ޗެކެއް               ލިޔުމުގައި މި ގޮތަށް މި ކުޅަ މަޖުބޫރަކީ ހިތްދަތި  ކުށެއްޢުމުރު ހުސްމިވަނީ ބަހުގެ ހެޔޮ ގޮތް އުނގަންނައިދިނުމުގައި               އަމުރުކޮށް މި ކުށަށްޢަމަލުކުރުވުން މިއީ ވޭންހުރި ކުށެއްމުޅި މި ޤައުމުގެ ރައްޔިތުން ހަމަ އެންމެ ނިންމުމަކަށްޓަކައި               މޮޅިވެފައި، އަނިޔާ، ބަހަށް ދޭންޖެހުމަކީ ކޮންފަދަ ކުށެއް؟؟”
————————————

About the author
19 Comments
  1. އަޙުމަދު

    ދިވެހިބަސް ކުރިއަރުވަން ސަރުކާރުން ހަމަޖައްސާފައިވާ ރަސްމީ އިދާރާއިން ނެރޭ ރަދީފު ފަދަ ލިއުންތަކުގައި މިއޮއްހާދުވަހު ތިޔަ ކުއް ލިޔެފައި އޮތްއިރު ތިހާވަރަށް ހިތާމަކޮށް ޝުޢޫރު ފާޅުކުރެއްވި ނަމަ ހާދަ ރަނގަޅެވެ.

    (0)(0)
  2. tty

    😛

    (0)(0)
  3. hehehe

    jamaal ge liyun fetti fai ves vanee DESIGN kurumun

    (0)(0)
  4. nashid

    could you explain how dhihafeh is 15 ?

    (0)(0)
  5. އިސްމާޢީލް

    އުސްތާޛަކީ އަޅުގަނޑު ވަރަށް ޤަދަރުކުރާ ބޭފުޅެއް ނަމަވެސް އަޅުގަނޑުގެ ޚިޔާލު އުސްތާޛުގެ ޚިޔާލާ މިފަހަރު ވަރަށް ތަފާތު
    ދިހަ ފަހެއް = 5+5+5+5+5+5+5+5+5+5 => 50
    ފަސްދިހަ = 10+10+10+10+10 => 50
    ނަތީޖާ ހަމަ އެކައްޗެއް.
    ދިހަ ފަހެއް = 10+ 5 ނަމަ ފަސް ދިހަ = 5+10
    މިއީ އަޅުގަނޑުގެ ޚިޔާލު.

    (0)(0)
  6. ޙުސައިން

    އަޒީގެ ޚިޔާލު ބޯދާއީއެއްވެސް ކަޓީއެއްވެސް ނޫނެވެ! އަޒީ އަދި ތަންކޮޅެއް ޅައީއެވެ. އަޅުގަނޑުމެން ދުވަސްވީ މީހުން، ދިވެހި ބަސްފޮތުގެ ކުރީގެ އިސްދާރުތައް ވެސް ދެކެމެވެ. "ފައްސަތޭކަ" އޮވެއެވެ. މާނައިގެ ތެރޭގައި، "ފަސް ސަތޭކަ" ވެސް ހިމެނެއެވެ. ވީމާ، ފައްސަތޭކަ މުޅިން ކުށް ކަމަށް ކަނޑައެޅޭކަށް ވެސް ނެތެއް ނޫންތޯއެވެ؟ މި ފަހަރު މިނެރުނު ނޫޓުން ދިވެހި ބަހަށް ކުރިއެރުމެއް ލިބުނު ކަމަށް ދަންނަވަންޖެހެއެވެ. ފުރަތަމަ ކަމަކަށް، ތާނަ އަކުރުން ސޮއިކުރައްވާފައި ނެރުނު ފުރަތަމަ ސީރީޒްގެ ނޫޓަކީ މިއީއެވެ. ދެވަނަ ކަމަކަށް، ނޫޓުގެ ސީރިއަލް ނަންބަރުގެ ޕްރިފިކްސްއަކަށް ތާނަ އަކުރު ބޭނުންކޮށްފައިވާ ފުރަތަމަ ނޫޓަކީ ވެސް މިއީ ކަން ފާހަގަކޮށްލަމެވެ.

    (0)(0)
  7. މަރީ

    "ފައްސަތޭކަ" ލިޔުނީމާ އަޅުގަނޑު ކަން ބޮޑެއް ނުވެއެވެ. އެކަމަކު "އެންހާސް" ނުލިޔެ "އެއްހާސް" ލިޔުނީ ކީއްވެބާވައެވެ. ދެން "ފަސްހާސް" ނުލިޔެ ލިޔަންޖެހޭނީ "ފައްސާސް"ތާއެވެ. ކޮންމެވެސް އުޞޫލެއް ހިފެހެއްޓެވި ނަމަ ރަނގަޅެވެ. ތިޔަ ވިދާޅުވަނީ ވެސް ތެދުފުޅެކެވެ. އުޞޫލެއް ނެތުމަކީވެސް ބަޔެއްގެ އުޞޫލެވެ.

    (0)(0)
  8. އ.އަފޫރު

    މީ މާބޮޑު މައްސަލަ އަކަށް ވާންޖެހޭނޭ ކަމެއް ހެނެއް ހިޔެއް ނުވޭ. ލިޔުމުގުއި ފައްސަތޭކައިގައި (އް) ޖެހިދާނެކަމަށް ހެއްކެތް އޮތްނަމަ އެހެކި ބުނެދީ އަދި އެއަށް ރައްދު ދިނުމަށްފަހު (ސް) އޮންނަން ޖެހެންވީ ގޮތް ހުއްޖަތާއެކު ބަޔާންކޮށްދެވިފައިވީނަމަ ރަގަޅު.

    މިމައްސަލާގައި ފައިސަލާ ކުރަން ހެކި ލިބިގަނެވިދާނެ ގިނަގޮތްތަކެއް އެބައޮތް. ދިވެހި ބަހުގެ އުސްތާޒުންނާއި އަދި މުޝީރުންވެސް ދުނިޔޭގައި އެބަތިއްބެވި. އެބޭބޭކަލުންގެ ރައުޔު އަކީ ކޮބާތޯ ބަލާލުންވެސް ރަގަޅު. އަދި އިހުގެ ލިޔުންތައް، މިސާލަކަށް ފަންސާހުގެ އަހަރުތަކުގެ ލިޔުންތަކަށް ބަލައިލާ އޭރުގަ ފައްސަތޭކަ ލިޔެފައި އޮތީ ކިހިނެތްތޯވެސް ބަލާލުން މުހިއްމު. އަޅުގަނޑު އަހާގޮތުގައި އެދުވަސް ވަރު އިމްލާއަށް ވަރަށް ސަމާލުކަންދެވުނު.
    މީގެ އިތުރުން ފާހަގަ ކޮށްލަން ޖެހޭ އެހެން ނުކުތާ އެއްވެސް އެބައޮތް. އެއީ ދިވެހި އަބްޖަދު ނުވަތަ ބަސް ލިޔުމުގެ ނިޒާމު، އާދެ 'ތާނަ' އަކީ 'ފޮނެޓިކް' ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ އަބްޖަދެއް. ތާނައިން ލިޔެވޭ ބަސްތައް، އުސޫލެއްގެ ގޮތުން، ރަމްޒުކޮށްދެނީ ހަމަ ސީދާ ދިވެހި ބަހުގެ އަޑު ކިޔޭގޮތަށް. މިއުސޫލަށް ބުރަވެ ބުނެވޭނީ 500 ތާނައަކުރުން ލިޔުމުގައި 'ފައްސަތޭކަ' މިހެން ލިޔެވިދާނެކަމަށް. އެހެނީ 500 ގައި ފަސް އަދި ސަތޭކަ މިދެބައި ހިމެނިފައި އޮތަސް ދިވެހިން ފާހަކަދެއްކުމުގައި އާއްމުކޮށް އަޑުއިވެނީ ދެބައި އެއްކޮށްލައިގެން 'ފައްސަތޭކަ' ކިޔާ އަޑު. ފަސް ކިޔާފަ މަޑު ޖައްސާލަފަ ސަތޭކަ ކިޔާ އަޑެއް ވަރަށް ނީވޭ! މިހެން މަޑު ޖައްސާލާފަ ކިޔާބަޔަކު ފަސް ސަތޭކަ ލިޔުންވެސް އެންމެ ރަގަޅު ވެދާނެކަންނޭގެ! އާދެ މީ ފޮނެޓިކްސް އަލީގައި ދަލީލު ލިބޭގޮތް.

    (0)(0)
  9. ސަކީނާއްތަ

    އެކޮއި އަޒީ. އަޒީމެންގެ މި ސައިޓުން ހުޅުވާލެވޭ ރަދީފުގައި ފައްސަތޭކަ އޮތްއިރު އެކަމާ މިހާތަނަށް ކަންބޮޑުވެ ވަޑައި ނުގަތީތީ ސަކީނާއްތަ ހަމަ ޙައިރާން ވެއްޖައިން.
    ޙަޤީޤަތުގައި ކޮންމެ ބަހަކުން ލަފުޒެއް ލިޔާމީހާ ވެސް ވަކި މީހަކު އެބަސް ލިޔަނީ ކިހިނެއްތޯ ބަލައި ބަހަވީ ޢިލްމުވެރިންގެ ރައުޔަކީ ކޮބައިތޯ ބެލުމުގެ ބަދަލުގައި ބަލާ އުޅެނީ ބަސްފޮތުގައި އެ ލަފުޒު ލިޔެފައިވަނީ ކިހިނެއްތޯ؟ އުތަ؟
    ވީމާ، ސަކީނާއްތައަށް ބުރަވެވޭނީ ގަވަރުނަރުގެ ކޮޅަށް.

    (0)(0)
  10. މަހުފޫޒާ

    ރަދީފަު ތަކުގައި އޮތަސް އެ އޮތް މާނައާ މެދު ފުންކޮށް ވިސްނަން ޖެހޭ ރަދީފުގައި އޮތީ ކީކޭތޯ؟ ފައްސަތޭކަ މިގޮތަށް ބޭނުންކުރަނީ މަދު އަތޮޅު ތަކެއްގެ ބައެއް.
    އަޅުގަނޑަށް ބުރެވެވެނީ ޢަޒީބެ ކޮޅަށް
    ބަޔަކަށް ކަމެއް ގޯސް ކޮށް ނުވަތަ އިހުމާލަކުން ކުރެވުމަކީ އެކަން ރަނގަޅު ވާނެ ކަމެއް ނަމަ އަޅުގަނޑުމެން ވަކި ހަމަތަކަކާ އުޞޫލު ތަކަކަށް ތަބާ ވަނީ ކީއްވެގެންތޯ؟
    އެންމެން ނުވަތަ ގިނަމީހުން އުޅޭ ގޮތަކަށް އުޅެންވީ ނޫންތޯ

    (0)(0)
  11. މަރީ

    މި ލިޔުނު މީހާ ލިޔެފަި ފިލީ އެވެ. މީހެއްގެ ކޮމެންޓަކަށް ޖަވާބުދޭކަށް ވެސް ނުކެރުނެވެ. "ސަކީނާއްތަ" ބުނާހެން މީހުން ބަލާނީ ބަސްފޮތަށެވެ. އެކަމަކު ހެއްވާ ތަންކޮޅަކީ 2011 ގައި ޤައުމީ ޔުނިވަރސިޓީއިން ބަސްފޮތެއް ނެރުއްވާފައި އޮތް އިރު އެޔަށް ނުބައްލަވައި އެންމެ ކުރީގެ ބަސްފޮތަށް ބެއްލެވި ކަމެވެ. ޢިލްމީ ގޮތަކީ އަބަދުވެސް އެންމެ ފަހުގެ އިޞްދާރަކަށް ޙަވާލާދެއްވުމެވެ. އެންމެ ފަހުގެ ބަސްފޮތުގައި "ފައްސަތޭކަ"އެއް ނެތެވެ. އެހެންވީމާ 1950 ގެ ތެރެއަށް ގަވަރުނަރު ވަދެވަޑައިގަންނަވަންވީ ސަބަބެއް ނުވިސްނުނެވެ. ވީމާ އެކަމުން ވެސް ދޭހަވީ ގަވަރުނަރަށް ހަމަ ކުށެއް ހެއްދެވުނީކަމެވެ. އެކަމުން ދިފާޢުވާންވެގެން އެއީ ކިޔާ ގޮތަށް ލިޔުނީއްޔޭ ވިދާޅުވެ ދެއްވި ޖަވާބަށް "އެހެންވީ އިރު "އެންހާސް" ނުލިޔުނީ ކީއްވެހޭ" "ސަތޭކަ" ނުލިޔެ "އެއްސަތޭކަ" ލިޔުނީ ކީއްވެހޭ" ކިޔައި ރައްދު ދޭންފެށީމާ ބާ ރަދީފެއް ހާވައިލި އިރު އެތަންކޮޅު ފެނިގެން މިހާރު އެހެންވިދާޅުވަނީ އެވެ. ހަގީގަތަކީ މީހަކު އެއްޗަކަށް ރިފަރ ކުރައްވާނަމަ އަބަދުވެސް އެންމެ ފަހުގެ އެޑީޝަން ބައްލަވައި އޭގައި ވާ ގޮތަށް ޢަމަލުކުރެއްވުމެވެ. މިހާރު ފެހި ޤާނޫނު އަސާސީ އަށް ޢަމަލުކުރިޔަސް ހަމަ 1972 ގެ ޤާނޫނު އަސާސީ ވެސް އެބަ އޮތެވެ. އެޔަށް ޢަމަލެއް ނުކުރަމު ނޫންތޯއެވެ. ވަރަށް ސަލާން!

    (0)(0)
  12. މަރީ

    ޣަފޫރު ލިޔުއްވައިފައި އެބަ އޮތެވެ. "މީގެ އިތުރުން ފާހަގަ ކޮށްލަން ޖެހޭ އެހެން ނުކުތާ އެއްވެސް އެބައޮތް. އެއީ ދިވެހި އަބްޖަދު ނުވަތަ ބަސް ލިޔުމުގެ ނިޒާމު، އާދެ 'ތާނަ' އަކީ 'ފޮނެޓިކް' ނިޒާމެއްގެ މައްޗަށް ބިނާވެފައިވާ އަބްޖަދެއް. ތާނައިން ލިޔެވޭ ބަސްތައް، އުސޫލެއްގެ ގޮތުން، ރަމްޒުކޮށްދެނީ ހަމަ ސީދާ ދިވެހި ބަހުގެ އަޑު ކިޔޭގޮތަށް. މިއުސޫލަށް ބުރަވެ ބުނެވޭނީ 500 ތާނައަކުރުން ލިޔުމުގައި 'ފައްސަތޭކަ' މިހެން ލިޔެވިދާނެކަމަށް. އެހެނީ 500 ގައި ފަސް އަދި ސަތޭކަ މިދެބައި ހިމެނިފައި އޮތަސް ދިވެހިން ފާހަކަދެއްކުމުގައި އާއްމުކޮށް އަޑުއިވެނީ ދެބައި އެއްކޮށްލައިގެން 'ފައްސަތޭކަ' ކިޔާ އަޑު. ފަސް ކިޔާފަ މަޑު ޖައްސާލަފަ ސަތޭކަ ކިޔާ އަޑެއް ވަރަށް ނީވޭ! މިހެން މަޑު ޖައްސާލާފަ ކިޔާބަޔަކު ފަސް ސަތޭކަ ލިޔުންވެސް އެންމެ ރަގަޅު ވެދާނެކަންނޭގެ! އާދެ މީ ފޮނެޓިކްސް އަލީގައި ދަލީލު ލިބޭގޮތް."

    މި އުޞޫލަށް ތަބާވެފައިވާިނަމަ 1000 ރުފިޔާގެ ނޫޓްގައި "އެންހާސް" ލިޔެފައި އޮތްނަމަ ޣަފޫރުގެ ވާހަކަފުޅަށް ތާއީދުކުރީމުހެވެ.

    (0)(0)
  13. އ.އަފޫރު

    މަރީ އަށް ދަންނަވާލަން ޖެހެނީ 'އެއްހާސް' މިލަފުޒު ކިޔާއިރު ކޔެނީ ނޫނު ސުކުނެއް ހެނެއް ހިޔެއް ނުވެޔޭ. ކިޔެނީ ކޮންމެވެސް ވަރަކަށް ނޯށަށް އަރުވައިގެންނޭ. އެހެންވެ 'އެންހާސް" ނުލިޔެ ' އެއްހާސް' ލޔެވެނީ. އަދި ދަންނަވާލަން ޖެހެނީ ނޯށަން އަރުވައިގެން ކިޔާ ކޮންމެ ލަފްޒެއްގައި ހުސް ނޫނު ޖަހާތަނެއް ނުފެނެޔޭ. އަދި ފޮނެޓިކް ލިޔުމުގެ ނިޒާމު ގެ ބަސްތަކުގެ އަބްޖަދަކީ ހުރިހާ ހާލަތެއްގައި ސީދާ ކިޔާގޮތަށް ލިޔެވިފައި ނޯވެދާނެ. 'އެއްހާސް' މީ އޭގެ މިސާލެއް'. އަދި 'އަޅުގަނޑު' ގެ ބަދަލުގައި 'އަޅުގަޑު' މިއީވެސް އެފަދަ އހެން މިސާލެއް.
    ދެން މަރީ ފާހަގަ ކުރައްވާފައިވާ 'ފަސްހާސް' އާއި އެފަދަ އެހެން ލަފުޒުތައް އޭގެ މޯފޮލޮޖީ ނިޒާމަށް ބަލާއިރު އެއީ ތަފާތު ލަފްޒުތަކެއް. 'ފަސްސަތަކޭ' ގައިވާ ސީނު ސުކުން އަލިފު ސުކުނަކަށް ބަދަލުވާގޮތަކީ ޖެހިޖެހި ދެސީނު އޮވެފައި ކުރިން އޮތް ސީނުގައި ސުކުނެއް އޮތުން. 'ފަސްހާސް' މިލަފްޒަކު ދެސީނު މިދެންނެވި ގޮތަށް އައިސްފައެއް ނެތް. ދިވެހި ބަހުގައި މިފަދަ އެހެން ބައެއް މިސާލު އަކީ 'މަސް ސަރު' 'މައްސަރަށް ވުން' އަދި މަސްސާގު' 'މައްސާގަށް' ވުން. މިއިން ކޮންމެ ލަފުޒެއްގައިވެސް ފެންނާނެ ޖެހިޖެހިގެން ދެސީނު އޮވެފަ ކުރީސީނުގައި ސުކުން އޮއްވަ.

    (0)(0)
  14. މަރީ

    ޣަފޫރަށް ސަލާމް!
    ހީވަނީ ޣަފޫރަށް ކޮންމެވެސްތާކުން ކޮންމެވސް މިންވަރަކަށް ފޮނެޓިކްސް ކިޔާ އެއްޗެއް އެނގިވަޑައިގެންފައިވާހެންނެވެ. އެކަމަކު ހަގީގަތަކީ، އިނގިރޭސިބަހުން ކިޔާ "ލެންގުއޭޖް"، ލިޓްރޭޗަރ"، ލިންގުއިސްޓިކްސް"، "ފޮނޮލޮޖީ" މިއީ ތަފާތު ޢިލްމުތަކެއްކަމަށެވެ. ބަސް (ލެނގުއޭޖް) އަށް މޮޅު މީހަކު ބަލަނޖެހެނީ ގްރެމާރ އަށެވެ. އެހެން ހުރިހާ ޢިލމެއް އޭނާ ދަސްކުރާކަށް ނުޖެހެއެވެ. ގަވާއިދު ބުނާ ގޮތުން އހނމ މި 4 އަކުރުންކުރެ އަކުރެއްގެ ކުރިޔަށް އ ސުކުނެއް ނުވަތަ ށ ސުކުނެއް އަޔަސް ކިޔަންޖެހެނީ ނޫނުސުކުނުގެ އަޑުންކަމެވެ. (ކިޔެނީ ވެސް އެހެނެވެ. އެހެނވީމާ ފޮނެޓިކްސް އޭ ވިދާޅުވެ ބިރުދައްކަވަން ނޫޅުއްވައި ގަވާއިދު ބައްލަވާށެވެ. ޕްޮނެޓިކްސް އަކީ އަޅުގަނޑުގެ ދާއިރާއެއް ނޫނެވެ. އަޅުގަނޑަކީ ބަހުގެ ގަވާއިދު މުޠާލިޢާކުރާމީހެކެވެ.

    (0)(0)
  15. ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

    މަރީ އާއި ޣަފޫރަށް ވަރަށް ބޮޑަށް ޝުކުރުދަންނަވަމެވެ.
    މި މައުޟޫޢޫގައި ފާޅުކުރެއްވި ޚިޔާލުތަކަށްޓަކައެވެ. އެކަމަކު އަޅުގަނޑު ފިލީކީ ނޫނެވެ. އަޅުގަނޑު އިތުރު އެއްޗެއް ދަންނަވާން ބޭނުންނުވަނީ އެވެ. އަޅުގަނޑަށް ފެންނަ އެއްޗެއް ދަންނަވައިލީއެވެ. އެއީ އަޅުގަނޑުގެ އެކަނި ޚިޔާލެއްވެސް ނޫނެވެ. މިހާޜު ދުނިޔޭގައި ތިއްބެވި މަޝްހޫރު ގިނަ އަދީބުންގެ ބަސްވާރުންގެ ޚިޔާލުފުޅެވެ.
    ވީމާ ތިޔަ ދެބޭފުޅުންވެސް މި މަޒުމޫނަށް އިތުރަށް ޚިޔާލުފުޅު ފާޅުކުރައްވައި ތިޔަ ޚިޔާލުފުޅުތަކުގެ މައްޗަށް މަޒުމޫނެއް ލިޔުއްވައި މިސައިޓަށް ފޮނުއްވައިދެއްވުމަށް ދަޢުވަތުއަރުވަމެވެ. ޝުކުރިއްޔާއެވެ.

    (0)(0)
  16. އ.އަފޫރު

    މަރީއަރިހު އިުތިރާމާއެކު ދަންނަވާލަން ޖެހެނީ މިތާގައި ހީވާގޮތުގައި މިކުރެވެނީ ބަހުސެއް. ކޮންމެ މީހަކުވެސް އެމީހެއްގެ ރައުޔު ލިޔެލަނީ. އެރައުޔަކީ ކަމަކާބެހޭ ފަހުބަހެއް ނޫން. އަދި އެ.ންމެ ސައްހަކަންބޮޑު އެންމެ ރަގަޅުގޮތް ކަމަށްނުވެވެސް ހިނގައިދާނެ. އެހެންވެ ބިރުދައްކާންޖެހޭނެ ސަބަބެއްއޮތްކަމަކަށް ނުދެކެން.
    ފޮނެޓިކެސްގެ ނަންގަނެވުނީ ބިރުދެއްކުމުގެ ނިޔަތެއްގައެއްނޫން. އެއީ ބަހުސު ކުރެވެމުންދާ މައްސަލަ އެކަމާވެސް ގުޅޭހެން އަޅުގަޑަށް ހީވީމާ. އެއީ އަޅުގަޑަށް ހީވިހީވުމެއް. ކުށްހީއަކަށްވެސް ވެދާނެ. ބަހުސް ކުރުމުގައި ޒާތީ ގޮތުން އެއްކިބާވާވެހުރެ ބުނާއެއްޗެއް ވާހަކަ ދެކެވެމުންދާ ނުކުތާ އަށް އަމާޒުކޮށް ބުނުން މުހިއްމުކަމަށް އަޅުގަޑު ދެކެން.
    މަރީ ފާހަގަ ކުރެއްވި ގޮތުގައި (އހނމ މި 4 އަކުރުންކުރެ އަކުރެއްގެ ކުރިޔަށް އ ސުކުނެއް ނުވަތަ ށ ސުކުނެއް އަޔަސް ކިޔަންޖެހެނީ ނޫނުސުކުނުގެ އަޑުން).
    މިއަށް ބަލާލަމާތޯ.
    'އެއްދުވަސް' މިލަފުޒުގައި (އ) ގެ ކުރިއަށް އެއޮތީ އަލިފު ސުކުނެއް. މިކިޔަން ޖެހޭނީ (އެންދުވަސް) މހެންތޯ؟
    މޮއް، މޮއްކޮޅު، މޮއްސުން، މިލަފުޒުތަކުގައި އެވަނީ މީމުގެ ކުރިއަށް އަލިފު ސުކުނެއް އައިސްފަ. މިލަފުޒުތައް ކިޔަނީ 'މޮން' މޮންކޮޅު، މޮންސުން، މިހެންތޯ؟
    (ހުއްޓިއްޖެ) މިތާ މިއޮތީ "ހ" ގެ ކުރިއަށް އަލިފު ސުކުނެއް އައިސްފަ. މިކިޔަންޖެހޭނީ "ހުންޓިއްޖެ" މިހެންތޯ؟
    ނޯށް، ނޯށްބަބުރު ނުވަތަ ނޯއްބަބުރު، ނޯށްމަތި ، މިލަފުޒުތަކުގައި އެވަނީ ނޫނުގެ ކުރިއަށް ށަވިޔަނި ސުކުން ނޫނީ އަލުފު ސުކުނެއް އައިސްފަ. މިލަފުޒުތައް ކިޔާއުޅެނީ 'ނޯން، ނޯންބަބަރު، ނޯންމަތި މިހެންތޯ.

    (0)(0)
  17. މަރީ

    ޣަފޫރޫ!
    އަޅުގަނޑު ލޔެފައި އޮތް އެއްޗެއް ވިދާޅުވެފައި ކޮްމެންޓްކުރައްވާ!
    ޣަފޫރު ދެއްކެވި މިސާލުގައި "'އެއްދުވަސް' މިލަފުޒުގައި (އ) ގެ ކުރިއަށް އެއޮތީ އަލިފު ސުކުނެއް. މިކިޔަން ޖެހޭނީ (އެންދުވަސް) މހެންތޯ؟
    މޮއް، މޮއްކޮޅު، މޮއްސުން، މިލަފުޒުތަކުގައި އެވަނީ މީމުގެ ކުރިއަށް އަލިފު ސުކުނެއް އައިސްފަ. މިލަފުޒުތައް ކިޔަނީ 'މޮން' މޮންކޮޅު، މޮންސުން، މިހެންތޯ؟
    (ހުއްޓިއްޖެ) މިތާ މިއޮތީ "ހ" ގެ ކުރިއަށް އަލިފު ސުކުނެއް އައިސްފަ. މިކިޔަންޖެހޭނީ "ހުންޓިއްޖެ" މިހެންތޯ؟"

    މި މިސާލުތަކުގައި އެހެރީ "އހނމ" ގެ ކުރިޔަށް ސުކުން އައިސްފަތޯ؟ ރައްދުދެއްވުމަށްޓަކައި ފުރަތަމަ ޖެހެނީ މީހަކު ބުނާ އެއްޗެއް ދޭހަކޮށްގަތުން، ދެން ޖަވާބުދެއްވާ! ޤަފޫރުގެ މިސާލުގައި އެހެރީ އަޅުގަނޑު ބުނި ގޮތުގެ އިދިކޮޅު ނޫންތޯ؟

    (0)(0)
  18. އ.އަފޫރު

    ވަރަށް މުހިއްމު ލިޔާމީހާ ބުނަން ބޭނުންވާ އެއްޗެއް ސާފުވާގޮތަށް ލިޔުން. 'ކުރި' ދިވެހިބަހުގައި ތަފާތުކޮށް ބޭނުން ކުރެވޭ. 'އަންނަން އޮތްތަން' އަދި 'ވޭތުވެދިޔަތަން'. މަރީ ލިޔުއްވުމުގައި 'ކުރި' ބޭނުން ކުރެވިފައިވަނީ މިއިން ކޮންމާނައެއްގައި ކަމެއް ސާފެއްނުވޭ. އަޅުގަނޑު މާނަކޮށްފައި އެއޮތީ 'އަންނަން އޮތްތަން' މިމާނައިގައި. އަމިއްލަ މިސާލެއް ދެއްވިނަ އިތުރަށް ސާފުވީސް. ދެން ކުރިޔަށް' މި އިބާރާތް 'ވޭތުވެދިޔަތަން' މިހެން މާނަކޮށް ބައެއް ލަފުޒުތަކަށްވެސް ބަލާވިދާނެ.
    'ސައްހަ' މިތާގައި 'އް' އާ ވިދިގެން އެއޮތީ 'ހ' އެއް.' މިލަފްޒު ކޔާނީ ސަންހަ ތޯ؟
    ދުއްމީހެއް މިތާގައި މިއޮތީ 'އް' އާވިދިގެން މީމެއް. މިތާގައި ކިޔާނީ ދުންމީހާ ތޯ؟

    (0)(0)
  19. އ.އަފޫރު

    ނައީމަށް ވެދުން.
    މިމައުޟޫއުގައި އަޅުގަނޑުގެ ނަމުގައި ހުރި ކޮމެންޓުތައް ނަންގަވައިދެއްވުން އެދެން.

    (0)(0)