ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ހިންގާ ފުޅައުކުރުމަށްޓަކައި ކުންފުންޏަށް ލިބިދޭނެ ގެއްލުން ކުޑަކުރާނެ ގޮތްތަކުގެ އުސޫލުތަކާއި ސިޔާސަތު ކަނޑައެޅުމަކީ ޑިރެކްޓަރުންގެ ބޯޑު މަސްއޫލިއްޔަތެކެވެ. މިގޮތުން ކުންފުނިން ހިރާސް ނެގޭނެ މިންވަރާއި، އަދި އެކަމަށް ދޫދެވޭނެ މިންވަރު ކުންފުނީގައި ގާއިމުކުރަން ޖެހެއެވެ. ކުންފުނީގެ އަމާޒަށް ވާސިލުވުމަށްޓަކައި އެންމެ ބޮޑުވެގެން ކުންފުނިން ގަބޫލުކުރާނެ ހިރާހުގެ އަދަދާއި މިންވަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅައި ފާސްކުރަން ޖެހެއެވެ. މިގޮތުން ހިރާސް ކަނޑައަޅާއިރު ކުންފުނީގައި ގާއިމުކޮށްފައިވާ އާދަކާދައަށް ރިއާޔަތްކުރަން ޖެހެއެވެ. އަދި ހަމަ…

ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ ވިޔަފާރި ހިންގާ ފުޅައުކުރުމަށްޓަކައި ކުންފުންޏަށް ލިބިދޭނެ ގެއްލުން ކުޑަކުރާނެ ގޮތްތަކުގެ އުސޫލުތަކާއި ސިޔާސަތު ކަނޑައެޅުމަކީ ޑިރެކްޓަރުންގެ ބޯޑު މަސްއޫލިއްޔަތެކެވެ. މިގޮތުން ކުންފުނިން ހިރާސް ނެގޭނެ މިންވަރާއި، އަދި އެކަމަށް ދޫދެވޭނެ މިންވަރު ކުންފުނީގައި ގާއިމުކުރަން ޖެހެއެވެ. ކުންފުނީގެ އަމާޒަށް ވާސިލުވުމަށްޓަކައި އެންމެ ބޮޑުވެގެން ކުންފުނިން ގަބޫލުކުރާނެ ހިރާހުގެ އަދަދާއި މިންވަރު ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ކަނޑައަޅައި ފާސްކުރަން ޖެހެއެވެ. މިގޮތުން ހިރާސް ކަނޑައަޅާއިރު ކުންފުނީގައި ގާއިމުކޮށްފައިވާ އާދަކާދައަށް ރިއާޔަތްކުރަން ޖެހެއެވެ. އަދި ހަމަ މިއާއެކު ކުންފުނީގައި އެކުލެވިގެންވާ ހިރާހުގެ މައުލޫމާތާއި [ރިސްކް ޕްރޮފައިލް] ގާއިމުކުރަން ޖެހޭނެއެވެ. މިކަންކަން ބައްޓަންކުރާނީ [ރިސްކް ގަވަރނަންސް ސްޓަރަކްޗަރ]ގެ ތެރެއިންނާއި، އަދި އެހިރާސްތައް އެކަށައެޅިގެންދާނެ ގޮތްތަކުގެ މައްޗަށް ބަލައިގެންނެވެ. ހިރާހުގެ އޮނިގަނޑެއް ބޯޑުން އެކުލަވާލުމަށްފަހު، އެކަންކަމުން ނުކުންނަ ނަތީޖާ ގަވާއިދުން މޮނިޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއް  ބޯޑުން ގާއިމުކުރަން ޖެހެއެވެ. އަދި މި [ރިސްކް ގަވަރނަންސް ސްޓްރަކްޗަރު] (ދެފުށްފެންނަ އޮނިގަނޑު)ގެ ވާނުވާ ބަލައިހަދަން ޖެހެއެވެ. އަދި މި ކަންކަން މެނޭޖްމަންޓުން ބޯޑަށް އަންގައި ރިޕޯޓުކުރަން ޖެހޭނެއެވެ.

ހިރާސް ނަގަން ބޭނުންވާ މިންވަރު ފާސްކުރުމުގެ ކުރިން ކުއަންޓިޓޭޓިވް (ގުނާ އަދަދުކުރުން) އަދި ކޮލިޓޭޓިވް (ފެންވަރު ރަނގަޅު ގޮތްކަމަށް ގަބޫލުކުރާ) ބަޔާންތައް ތައްޔާރުކުރަން ޖެހެއެވެ. ތިރީގައި މިވާ ދެ ތާވަލުން ދައްކުވައިދެނީ ކުއަންޓިޓޭޓިވް  އަދި ކޮލިޓޭޓިވް ހިރާހުގެ ބަޔާނެއް އެކުލެވޭ މިސާލެކެވެ.

ތާވަލު 1

ކުއަންޓިޓޭޓިވް
ވަޒަންކުރުން ހިރާސް ނަގަން ބޭނުންވާ މިންވަރު
އާމްދަނީ 1 އިންސައްތަ އާއި 2.5 އިންސައްތާ އާދެމެދު
ހިއްސާއަކަށް ޖެހޭ ފައިދާ 3 އިންސައްތަ އާއި 5 އިންސައްތާ އާދެމެދު
ކޭޝް ފްލޯ (ދައުރުވާ ފައިސާ) 5 އިންސައްތަ އާއި 10 އިންސައްތާ އާދެމެދު

ތާވަލު 2

ކުއަންޓިޓޭޓިވް
ވަޒަންކުރުން ހިރާސް ނަގަން ބޭނުންވާ ލަނޑުދަނޑި
ހަކަތަ ބޭނުންކުރާ ފެންވަރު ކޮންމެ ޔުނިޓަކުން ބޭނުންކުރާ މިންވަރު ދަށްކުރުން
ފާހަގަކޮށްލެވޭ ވަރަށް ވާސިލުވުން ސަލާމާތާއި ރައްކާތެރިކަމުގެ ފިޔަވަޅުއެޅުން  މިސާލަކަށް ހިނގާ ހާދިސާތަކުގެ ރެކޯޑް ބެލެހެއްޓުން
މީޑިއާގައި ނުރަނގަޅު ޚަބަރުތައް އެއްގޮތަކަށްވެސް ނެތުން ނުވަތަ ކަސްޓަމަރުންގެ ހިތްހަމަޖެހުން ހަރުދަނާކުރުން ބަލައިގަތުން، މަގުބޫލުކަން

ތާވަލު 1 ން ދައްކުވައިދެނީ ކުންފުނިން ނަގާ ހިރާހުގެ އެންމެ ބޮޑު މިންވަރަކަށް ވާންޖެހޭ އިންސައްތައެވެ. މިސާލަކަށް ކުންފުންޏަށް ލިބިދާނެ ގެއްލުން އެންމެ ބޮޑުވެގެންވެސް ހުންނަންޖެހޭނީ ލިބޭ އާމްދަނީ 2.5 އިންސައްތައިގައެވެ. ހިރާސް ނަގައިގެން ބޮޑު ފައިދާއެއް ލިބުމުގެ ފުރުސަތު ކިތަންމެ ބޮޑު ނަމަވެސް 2.5 އިންސައްތައަށްވުރެ މައްޗަށް ނުދާނެ ގޮތަކަށް މެނޭޖްމަންޓުން ކަންތައްތައްކުރަން ޖެހެއެވެ. އަދި ކުންފުނީގެ ކޭޝް ފްލޯގެ 10 އިންސައްތައަށްވުރެ ބޮޑު ހިރާހެއް ނަގައިގެންނުވާނެއެވެ.

ތާވަލު 2 ން ދައްކުވައިދޭ ކަންކަމަކީ ގުނާ އަދަދު ނުކުރެވޭނެ އެހެންނަމަވެސް ބެލޭނެ ކަންކަންކަމެވެ. މިސާލަކަށް އިމާރާތްކުރާ ބައެއްގެ އަމާޒަކީ މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން އެފަރާތްތަކަށް ލިބިދިނުމެވެ. މިކަންކަމަށް އަޅަންޖެހޭ ފިޔަޅުވަޅުތައް އެޅުމަށްފަހު، ސަލާމަތާއި ރައްކާތެރިކަން ބެލުމަށް ބޭނުންކުރާނެ މިންގަނޑަކީ ހިނގާ ހާދިސާތަކުގެ ރެކޯޑެވެ. މަދު ހާދިސާތަކެއް ހިނގައިފިނަމަ، ނުވަތަ އަހަރުން އަހަރަށް ދަށަށްދާނަމަ، އެކުންފުޏާއި މެދު މީހުން ދެކޭގޮތް ރަނގަޅުވެގެންދެއެވެ.

ބޯޑުން ހިރާސް ނަގާނެ މިންވަރު ކަނޑައެޅުމަށްފަހު އެކަން ގަވާއިދުން ބެލުމާއި، އަދި އަލުން މުރާޖައާ ކުރުމަށްޓަކައި ގަވާއިދުން ބޯޑަށް މައުލޫމާތު ގެނެސް އެކަމާ މެދު މަޝްވަރާކޮށް އިސްލާހުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅަކީ ކޮބައިކަން ދެނެގަނެ ގަވާއިދުން ފިޔަވަޅު އެޅުމަކީ ބޯޑުގެ ޒިންމާއެކެވެ.

_________________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment