000ދިވެހީންގެ ބައެއް މީހުންނަށް ކިޔަނީ އަރަބި ނަންނަމެވެ. އަދި ނަމާ އެކުގައި ބޭނުންކުރާ ބައެއް ލަގަބުތަކަކީ ވެސް އަރަބީން ގެނެސްފައި ވާ ލަގަބުލަގަބެވެ. ދިވެހީންނަށް ކިޔާ އަރަބި ނަންނަމުގެ ތެރެއިން ޢަބްދުން ފެށިފައި ހުންނަ ބައެއް ނަންނަން ތާނައިން ލިޔާ އިރު ޢަބްދުގެ ދާލުއުބުފިލީގެ ފަހަތުގައި އޮންނަ ސުކުން ބައެއް ފަހަރު އޮޅިފައި އޮންނަ ތަން ފެނެއެވެ. މިސާލަކަށް ޢަބްދުއްރައްޒާޤު، ޢަބްދުއްލަޠީފު، ޢަބްދުއްސަމީޢު ފަދަ ނަންނަން ލިޔާ އިރު ޢަބްދުގެ ދާލުއުބުފިއްޔާ ޖެހިގެން އެ ފިލީގެ ފަހަތުގައި…
Share on Facebook0Tweet about this on TwitterShare on LinkedIn0Share on Google+0Email this to someonePrint this page

ދިވެހީންގެ ބައެއް މީހުންނަށް ކިޔަނީ އަރަބި ނަންނަމެވެ. އަދި ނަމާ އެކުގައި ބޭނުންކުރާ ބައެއް ލަގަބުތަކަކީ ވެސް އަރަބީން ގެނެސްފައި ވާ ލަގަބުލަގަބެވެ. ދިވެހީންނަށް ކިޔާ އަރަބި ނަންނަމުގެ ތެރެއިން ޢަބްދުން ފެށިފައި ހުންނަ ބައެއް ނަންނަން ތާނައިން ލިޔާ އިރު ޢަބްދުގެ ދާލުއުބުފިލީގެ ފަހަތުގައި އޮންނަ ސުކުން ބައެއް ފަހަރު އޮޅިފައި އޮންނަ ތަން ފެނެއެވެ. މިސާލަކަށް ޢަބްދުއްރައްޒާޤު، ޢަބްދުއްލަޠީފު، ޢަބްދުއްސަމީޢު ފަދަ ނަންނަން ލިޔާ އިރު ޢަބްދުގެ ދާލުއުބުފިއްޔާ ޖެހިގެން އެ ފިލީގެ ފަހަތުގައި އޮންނަ އަލިފުސުކުނުގެ ބަދަލުގައި ލާމުސުކުން ކޮށް ޢަބްދުލްރައްޒާޤު، ޢަބްދުލްލަޠީފު، ޢަބްދުލްސަމީޢު ލިޔެފައި އެބަ ހުރެއެވެ.

މި ފަދަ ނަންނަން ލިޔާ އިރު ޢަބްދުގެ ދާލުއުބުފިއްޔާ ޖެހިގެން އެ ފިލީގެ ފަހަތުގައި ލާމުސުކުން އޮންނާނީ އެ ނަން ކިޔާ އިރު ޢަބްދުގެ ދާލުއުބުފިއްޔަށް ފަހު ލާމުގެ އަޑު ފާޅުކުރާ ނަންނަމުގައެވެ. ޢަބްދުގެ ދާލުއުބުފިއްޔަށް ފަހު ލާމުގެ އަޑު ފާޅުނުކޮށް ނޯށަށް ނާރުވައި ކިޔާ ނަންނަމުގައި ޢަބްދުގެ ދާލުއުބުފިއްޔާ ޖެހިގެން އެ ފިލީގެ ފަހަތުގައި އޮންނާނީ އަލިފުސުކުނެވެ.

ޢަބްދުން ފަށާ ނަންނަމުގެ ތެރެއިން ޢަބްދުގެ ދާލުއުބުފިއްޔަށް ފަހު ލާމުގެ އަޑު ފާޅުކުރާނީ އެ ލާމުގެ ފަހަތަށް ހ، ބ، ކ، އ، މ، ފ، ޔ، ޖ، ޙ، ޚ، ޢ، ޣ، ޥ، ޤ މިއިން އަކުރެއް އަންނަ ނަމައެވެ. އެހެންކަމުން ޢަބްދުގެ ދާލުއުބުފިއްޔާ ޖެހިގެން އެ ފިލީގެ ފަހަތުގައި ލާމުސުކުން އޮންނާނީ ޢަބްދުލްހާދީ، ޢަބްދުލްބާރީ، ޢަބްދުލްކަރީމު، ޢަބްދުލްއައްޥަލު، ޢަބްދުލްޥަދޫދު، ޢަބްދުލްމަތީނު، ޢަބްދުލްފައްތާޙު، ޢަބްދުލްޖަލީލު، ޢަބްދުލްޙަމީދު، ޢަބްދުލްޚާލިޤު، ޢަބްދުލްޢަލީމު، ޢަބްދުލްޣަފޫރު، ޢަބްދުލްޤާދިރު ފަދަ ނަންނަމުގައެވެ.

ނަމުގެ ކުރީގައި ބޭނުންކުރާ ލަގަބުތައް ލިޔުމުގައި ވެސް ލާމުސުކުން ކުރާނީ ލާމުގެ އަޑު ފާޅުކުރާ ތަންތާނގައެވެ. މިސާލަކަށް އަލްއަމީރު، އަލްފާޟިލާ ފަދަ ލަގަބުތަކުގައެވެ. އައްޝައިޚު، އައްސައްޔިދު ފަދަ ލަގަބުތަކުގައި އޮންނާނީ /އަލް/އެއް ނޫނެވެ. /އައް/އެވެ. މި ފަދަ ލަފުޒެއްގައި ވެސް /އަލް/ގެ ލާމުގެ އަޑު ފާޅުކުރާނީ އެ ލާމުގެ ފަހަތަށް ކުރިން ބަޔާންކުރި ސާދަ އަކުރުން އަކުރެއް އަންނަ ނަމައެވެ.

About the author
Leave Comment