އިނިޝިއަލް ޕަބްލިކް އޮފަރިންގ (އައި.ޕީ.އޯ) އަކީ ވިޔަފާރިއަށް ބޭނުންވާފަންޑު ހޯދުމަށް ޢާންމުކޮށް ހުޅުވާލައިގެން ކެޕިޓަލް މާރކެޓް މެދުވެރިކޮށް ސެކިޔުރިޓީޒް ވިއްކުމެވެ. އައި.ޕީ.އޯ.އަކީ ޢާންމު ފަރުދުންނަށް އިންވެސްޓްކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. އައި.ޕީ.އޯ.އިން ކުންފުނިތަކާއި ސަރުކާރުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ސެކިޔުރިޓީޒް ދޫކުރެއެވެ. މިގޮތުން ކުންފުނިތަކުން އާންމުގޮތެއްގައި ފަންޑު ހޯދުމަށް ހިއްސާއާއި ބޮންޑު ވިއްކައެވެ. ހިއްސާއެއް ގަތުމުން އެ ހިއްސާ ގަތްފަރާތަކީ ކުންފުނީގެ ވެރިއެކެވެ. އެހެންނަމަވެސް ބޮންޑު ގަތްފަރާތަކީ ކުންފުނީގެ ކްރެޑިޓަރެއް (އަރަނިވެރި) އެކެވެ. ބޮންޑުގެ މުއްދަތު ހަމަވުމުން ކަނޑައެޅިފައިވާ…

އިނިޝިއަލް ޕަބްލިކް އޮފަރިންގ (އައި.ޕީ.އޯ) އަކީ ވިޔަފާރިއަށް ބޭނުންވާފަންޑު ހޯދުމަށް ޢާންމުކޮށް ހުޅުވާލައިގެން ކެޕިޓަލް މާރކެޓް މެދުވެރިކޮށް ސެކިޔުރިޓީޒް ވިއްކުމެވެ. އައި.ޕީ.އޯ.އަކީ ޢާންމު ފަރުދުންނަށް އިންވެސްޓްކުރުމަށް ހުޅުވާލެވޭ ދޮރެކެވެ. އައި.ޕީ.އޯ.އިން ކުންފުނިތަކާއި ސަރުކާރުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ސެކިޔުރިޓީޒް ދޫކުރެއެވެ. މިގޮތުން ކުންފުނިތަކުން އާންމުގޮތެއްގައި ފަންޑު ހޯދުމަށް ހިއްސާއާއި ބޮންޑު ވިއްކައެވެ. ހިއްސާއެއް ގަތުމުން އެ ހިއްސާ ގަތްފަރާތަކީ ކުންފުނީގެ ވެރިއެކެވެ. އެހެންނަމަވެސް ބޮންޑު ގަތްފަރާތަކީ ކުންފުނީގެ ކްރެޑިޓަރެއް (އަރަނިވެރި) އެކެވެ. ބޮންޑުގެ މުއްދަތު ހަމަވުމުން ކަނޑައެޅިފައިވާ ރިޓާން ނުވަތަ އިންޓަރެސްޓާއެކު ބޮންޑުގެ ފައިސާ ބޮންޑު ހޯލްޑަރުންނަށް ރައްދުކުރަންޖެހެއެވެ. ސަރުކާރުތަކުން ޓްރެޜަރީ ބިލާއި ބޮންޑު ފަދަ ދަރަނީގެ ވަސީލަތްތައް ވިއްކައެވެ. އެއްވެސް ހާލަތެއްގައި ސަރުކާރުތަކުން ހިއްސާއެއް ނުވިއްކާނެއެވެ. ސަބަބަކީ ދައުލަތުގެ މިލްކުވެރިކަން ވަކި ފަރާތަކަށް ފައިސާގެ އަދަދެއް ދިނުމުން ލިބިނުދެވޭނެތީއެވެ.

ސަރުކާރުންނާއި ކުންފުނިތަކުން ސެކިޔުރިޓީޒް ފުރަތަމަ ވިއްކަނީ ޕްރައިމަރީ މާރކެޓްގައެވެ. މިގޮތަށް ޕްރައިމަރީ މާކެޓުން ދޫކުރާ ހިއްސާ ނުވަތަ ބޮންޑު ލިބޭނީ ސީދާ އެ ސެކިއުރިޓީޒް ދޫކުރާ ފަރާތަކުންނެވެ. ސެކަންޑަރީ މާރކެޓުން ގަންނަން ލިބޭނީ ކުރިން  ޕްރައިމަރީ މާކެޓުން ގަނެފައިވާ ހިއްސާ ބޮންޑު ފަދަ މާލީ ޕްރޮޑަކްޓް ވިއްކާލުމަށް ހުށަހަޅައި ހިސާބުންނެވެ. އެހެން އިބާރާތަކުން ބުނާނަމަ އިންވެސްޓަރުންނަށް ހިއްސާ ބޮންޑު ފަދަ މާލީ ވަސީލަތްތައް ގަނެވިއްކާނީ ސްޓޮކް އެކްސްޗޭންޖް (ހިއްސާގެ ބާޒާރު) ގައެވެ.

ކެޕިޓަލް މާކެޓާއި އިންވެސްޓަރުންނާއި ފަހަށްރައްކާކުރާ ފަރާތްތަކާއި ވަނީ ގުޅި ލާމެހިފައެވެ. ކެޕިޓަލް މާރކެޓަކީ ފަހަށް ފައިސާ ރައްކާކުރާފަރާތާއި އިންވެސްޓަރުންނާ ގުޅުވައިދޭ ޕްލެޓްފޯމެކެވެ. ފަހަށްރައްކާކުރާ ފައިސާ އުފެއްދުންތެރި ގޮތެއްގައި އިންވެސްޓްކުރުމަށް ކެޕިޓަލް މާރކެޓް ވަރަށް މުހިންމު ދައުރެއް އަދާކުރެއެވެ. އިތުރުވެފައި (ސާރޕްލަސް) ގޮތުގައި ހުންނަ ފައިސާ ދަރަނި އަދާކުރުމަށް (ޑެފިސިޓް) ފިލުވައިދިނުމަށާއި އުފެއްދުންތެރި މަސައްކަތްތަކަށް ބޭނުންވާ ފަންޑު ކެޕިޓަލް މާރކެޓް މެދުވެރިކޮށް ފޯރުކޮށްދެއެވެ. މިގޮތަށް ފޯރުކޮށްދޭ ފަންޑުތަކުގެ ސަބަބުން ގައުމުގެ އިގުތިސޯދީ ކަންކަން ތަރައްގީކޮށް ކުރިއެރުމަށް ބޭނުންވާ ފައިސާގެ އިންތިޒާމު ހަމަޖެހި އުފެއްދުންތެރި މަޝްރޫއުތައް ހިންގުމަށް މަގު ފަހިކޮށްދެއެވެ.

ކެޕިޓަލް މާކެޓަކީ ހަމައެކަނި ގައުމުގެ އިގުތިސޯދުގެ ޢާންމު ހާލަތު ރަނގަޅުކޮށްދޭ ޕްލެޓްފޯމެއްނޫނެވެ. ކެޕިޓަލް މާކެޓުން އިގުތިސޯދުކުރިއެރުމާއި ގުޅޭ އިޖުރާއަތްތައް އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއެވެ. ކެޕިޓަލް މާކެޓާއި ގުޅޭ ތަފާތު އިދާރާތަކުން، މިސާލަކަށް، ނޮން ބޭންކިންގ ފައިނޭންޝަލް އިންޓަރމީޑިއަރީޒް މެދުވެރިކޮށް ތަރައްގީގެ އެކިކަންކަމަށް ބޭނުންވާ ރިސޯސް ނުވަތަ ވަސީލަތްތައް އެކަމަށް ބޭނުންވާ ނިސްބަތުން ގައުމުގެ ކުރިއެރުމަށް ފޯރުކޮށްދެއެވެ. ސަރުކާރާއި އަމިއްލަ ޕްރައިވެޓް ކުންފުނިތަކުގެ ވިޔަފާރިއާއި ސިނާއަތްތަކަށް ބޭނުންވާ ވަސީލަތްތައް ތަރައްގީކުރުމަށްޓަކައި ރަނގަޅަށް ރިސޯސްތައް އެކަށައަޅައި އެފަރާތްތަކަށް ކެޕިޓަލް މާކެޓްގެ ތެރެއިން ފަންޑު ހޯދުމުގެ ފުރުސަތު އޮވެއެވެ. އަދި ތިލަފަތް ހަމަ އިގުތިސޯދީ ކުރިއެރުމަށް އެހީތެރިވެދެއެވެ. އަދި މީގެ އިތުރުން ކެޕިޓަލް މާކެޓަކީ ސްޓޮކާއި ސެކިޔުރިޓީޒްގެ އަގު ހިފެހެއްޓުމަށައި އަދި އަގަށް އަންނަ ބަދަލު ކުޑަކުރުމަށް އެހީތެރިވެދޭ ޕްލެޓްފޯމެކެވެ. މިގޮތުން ފަންޑު ބޭނުންވާ ފަރާތްތަކަށް ކުޑަ އިންޓަރެސްޓް ރޭޓެއްގައި ފަންޑު ލިބޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމާއި އަދި އުފެއްދުންތެރިކަން ނެތް އިގުތިސޯދީ ހަރަކާތްތައް ދަރަނި ލިބުމުގެ ފުރުސަތު ކުޑަކުރެވޭނެ ގޮތްތައް ކެޕިޓަލް މާކެޓްގައި ހަމަޖެހިފައި އޮތުމުން  ސްޓޮކްގެ އަގު ހިފެހެއްޓުމަށް އެހީތެރިވެދެއެވެ.

_____________________________

About the author
- ތިރީގައި މިވަނީ މި ލިޔުންތެރިޔާގެ ބައެއް އިތުރު ލިޔުމެވެ. ލިޔުންތެރިޔާގެ ހުރިހައި ލިޔުމެއް ހޯއްދަވާން ބޭނުންފުޅުނަމަ މި ލިޔުމުގެ މަތީގައިވާ ލިޔުންތެރިޔާގެ ނަންފުޅަށް ފިއްތަވައިލައްވާށެވެ. ނުވަތަ މި ސަފުހާގެ އެންމެ ތިރީގައި އެވާ 'ލިޔުންތެރިން' ގެ ލިސްޓުން ލިޔުންތެރިޔާގެ ނަންފުޅު ޚިޔާރު ކުރައްވާށެވެ.
Leave Comment